ނިއުމޯނިއާ ޖެހޭގޮތާއި މަގުފަހިކުރާ ކަންކަން!

ނިއުމޯނިޔާ އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިޔާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ނިއުމޯނިޔާ ޖެހޭ ސަބަބު: ނިއުމޯނިޔާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާ ތަކުގެ ތެރޭގައި “ސްޓްރެޕްޓަކޮކަސް ނިއުމޯނިއޭ”(streptococcus pneumonia)، “މައިކަޕްލާޒްމާ ނިއުމޯނިއޭ”(mycoplasma)، ފަދަ ޖަރާސީމުތައް ހިމެނެއެވެ. ނިއުމޯނިޔާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި “އިންފުލުއެންޒާ އޭ ވައިރަސް” […]
މާބަނޑު ދުވަސްވަރު ބޮލުގައި ރިއްސާ ސަބަބުތައް

ބޮލުގައި ރިހުމަކީ ވެސް ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. މިއީ މާބަނޑު އަންހެނުންގެ އެންމެ އާންމުއެއް ޝަކުވާ އެވެ. އާންމުގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. އެކި މީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަ މަދުމިން ތަފާތެވެ. އެންމެ އާންމުކޮށް މާބަނޑު ދުވަސްވަރު ވެސް ކުރިމަތި ވަނީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ބޮލުގައި ރިހުމެވެ. ސަބަބު: ފުރަތަމަ 3 މަހުގައި ބޮލުގައި ރިއްސާ ސަބަބުތައް: […]
ޗިސްމޭ

ޗިސްމޭ (Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން ގްލޭންޑް (Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް (Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ […]
ވާބައްޔަކީ ކޮބައިކަމާއި އެ ބަލި ފެތުރޭ ގޮތް

ވާބަލި (Poliomyelitis) ނުވަތަ ޕޯލިއޯ އަކީ ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ތަރައްގީވަމުން އަންނަ 3 ވަނަ ދުނިޔޭގެ ގައުމުތަކުގައި ވާބަލި ބޮޑަށް ޢާންމު ވެފައިވަނީ ތުއްތު ކުދިންނާއި ޕްރީސުކޫލް އުމުރުފުރާގެ ކުދިންގެ މެދުގައެވެ. ނަމަވެސް ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި މިބަލި ބޮޑަށް އާންމީ ބޮޑެތި މީހުންގެ މެދުގައެވެ. އާންމު ގޮތެއްގައި ފިރިހެނުންނަށް ބަލިޖެހޭ ނިސްބަތް އިތުރެވެ. އަދި ހޫނު މޫސުމުގައި ފެތުރޭ މިންވަރު ވެސް މައްޗެވެ. ނިސްބަތުން ރަށްފުށުގައި މިބަލި ފެތުރުން އިތުރެވެ. ސަބަބު […]
ބޮޑު މެދުކެނޑުމަކަށް ފަހު ޔާމީންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި

މެދުކެނޑުމަކަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގެ ޝަރީއަތްތަކުގެ އަޑުއެހުން މި ހަފުތާގެ ދުވަސްތަކުގައި ކްރިމިނަލް ކޯޓުން ތާވަލުކޮޮށްފި އެވެ. ޔާމީނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަ ދެ އެވެ. އެއް މައްސަލައަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެ […]
ޓެކްސްއަށް މަކަރު ހެދުމުން މައި ކެމިސްޓުގެ ވެރިޔާއަށް ދައުވާކުރަން ފޮނުވައިފި

ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް އިމްޑޯޓްކޮށް ވިއްކާ ”މައި ކެމިސްޓް“ ގެ ވެރިޔާ ހުސެއިން އިރުފާން، ގަސްދުގައި ޓެކްސް އަށް މަކަރު ހަދާ ކަމަށް ފާހަގަވެފައި ވާތީ އޭނާއާ ދެކޮޅަށް ދައުވާކޮށްދޭން އެދި މޯލްޑިވްސް އިންލޭންޑް ރެެވެނިއު އޮތޯރިޓީ، މީރާ އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ. އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިރުފާން ގަސްދުގައި ޓެކްސް އަށް މަކަރު ހަދާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ކަމާ ގުޅިގެން ޖިނާއީ […]
މި މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ރިޒާވު ހުސްވެދާނެ: އެމްއެމްއޭ

މި މަސް ނިމުމުގެ ކުރިން ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ފައިސާ އެއްކޮށް ހުސްވެދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ. އެމްއެމްއޭއިން ވަނީ ސިޓީއަކުން އެކަން ފިނޭންސް މިނިސްޓްރީއަށް އަންގައިފައެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި ނިމުނުއިރު، ޖުމްލަ ޑޮލަރު ރިޒާވު (ގްރޮސް އިންޓަނޭޝަނަލް ރިޒާވު) ގައި ހުރީ 395 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަސް ނިމުނުއިރު އެ ރިޒާވުގައި 509 މިލިއަން […]
ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ

ތ. ވޭމަންޑޫގައި ފުލުހުން މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. އެއީ ކޮން މައްސަލައެއްގައި ހައްޔަރު ކުރި މީހެއްކަން އެނގިފައި ނުވި ނަމަވެސް، ފުލުހުން އެމީހާއަށް އަނިޔާ ކުރުމުގެ ތެރޭގައި އަނިޔާ ކުރި ކަމަށް ބުނެ އެރަށުގެ ބައެއް ފަރާތްތަކުން ވަނީ އެރަށު ޕޮލިސް ސްޓޭޝަނަށް ކައިރިއަށް އެއްވެ އަޑު އުފުލާފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ، ތ. ވޭމަންޑޫގައި މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ ޝޯޝަލް […]
ބަނޑުހިކެނީ ކީއްވެ؟

ބަނޑުހިކުމަކީ ކޮބާ؟ އާންމުގޮތެއްގައި ބޮޑުކަމުދިއުމުގެ އާދަ އަދި ދެވޭ މިންވަރު އެކި މީހުންނަށް ތަފާތެވެ. ބައެއްމީހުން ދުވާލަކު އެއްފަހަރު، ނުވަތަ ދެފަހަރު ނުވަތަ ތިން ފަހަރު ބޮޑުކަމުދާން ޖެހޭއިރު، އަނެއްބައި މީހުންނަށް 2 ދުވަހުން އެއްފަހަރު ދެވެއެވެ. މަދުން ނަމަވެސް ހަފްތާއަކު ގިނަވެގެން 3 ފަހަރު ބޮޑުކަމުދާންޖެހޭ މީހުން ވެސް އުޅެއެވެ. ނަމަވެސް އުދަނގޫތަކެއް މެދުވެރި ނުވާކަމުގައި ވާނަމަ މިގޮތަށް ބޮޑުކަމުދާން ޖެހުމަކީ މައްސަލައެއް ނޫނެވެ. ބޮޑުކަމުދާންޖެހޭ ނިސްބަތް، މީހާގެ އުމުރާ، ކާންބޭނުންކުރާ ކާނާ، ހަރަކާތްތެރިވެ އުޅޭ […]
ސީއޯޕީޑީ: އަލާމާތްތަކާއި ކުރިމަތިވެދާނެ ނުރައްކާ!

ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (COPD) އަސީއޯޕީޑީ އަކީ ދާއިމީ ގޮތެއްގައި ފުއްޕާމޭ ދުޅަވުން ކުރިމަތިވާ ފުއްޕާމެޔަށްޖެހޭ ބައްޔެކެވެ. މިއީ ނޭވާލާން އުނދަގޫވާ، ބަލީގައި ދުވަސްވާވަރަކަށް ގޯސްވަމުން (ބަލިބޮޑުވަމުން އަންނަ)ދާ ބައްޔެކެވެ. މިބަލިޖެހުމުން ފުއްޕާމެޔަށް ވައި އެތެރެވެ، ބޭރުވުމަށް ހުރަސްއަޅައެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުރި ކަމެއްގެ ސަބަބުން ނުވަތަ ހުށަހެޅުނު އެއްޗެއްގެ ސަބަބުން ފުއްޕާމެޔަށް ގެއްލުން ލިބުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިސާލަކަށް މިބަލި އެންމެ އާންމުކޮށް ޖެހެނީ ދިގު މުއްދަތަކަށް ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ […]