ކައިވެނިކުރުމުގައި ކުފޫހަމަވުމާއި މަޖުބޫރުކަމެއްނެތުން
ކުފޫހަމަވުން: ކުފޫހަމަވުމަކީ ހަމަހަމަވެގެންވުމާއި އެއްފަދަވެގެންވުމެވެ. ކައިވެނި ކުރުމުގައި ކުފޫހަމަވުމޭ ބުނެވެނީ ދީނާއި ނަސަބާއި މުދަލާއި ޢިލްމާއި އިޖްތިމާޢީ ޙައިޘިއްޔަތާއި ޢައިބުތަކުން ސަލާމަތްވެގެންވުމުގައި ފިރިމީހާ، އަނބިމީހާއާ ހަމަހަމަވެގެން ވުމަށެވެ. އިޖްތިމާޢީ މައްސަލަތަކާ ބެހޭގޮތުން ލިޔެއުޅުއްވާ ލިޔުންތެރިންނާއި ބައެއް މުފައްކިރުން ވިދާޅުވާ ގޮތުގައި ކުފޫހަމަވުމަށް ބެލެވޭ އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގައި އަނބިމީހާއަށްވުރެ ފިރިމީހާގެ ޙައިޘިއްޔަތާއި ދަރަޖަ އުފުލިފައިވާނަމަ ނުވަތަ އެދެމީހުންގެ މެދުގައި މާބޮޑު ތަފާތެއް ނުވާނަމަ އެދެމަފިރިކަމުގެ ޙަޔާތް ކާމިޔާބު ކުރުމަށް އޮންނަ ފުރުޞަތު ބޮޑުވެފައި މައްސަލަތައްޖެހުން ކުޑަވާނެއެވެ. ޢިލްމުވެރިން […]