ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނަށް ލޯބިކުރާ މީހެއްގެ ކިބައިގައި ހުންނާނެ ޢަލާމާތްތައް

ތިިންވަނަ ޢަލާމަތް އިތުރު އެކަލޭގެފާނު އަމުރުކުރެއްވި ކަންތައްތައްކޮށް، މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވުން: ލޯބިވެރިޔާ އޭނާގެ މަޙްބޫބު ބުނާގޮތަށް ކަންތައްކުރާނެކަމީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. އޭނާ އަބަދުވެސް ކޮށްއުޅެނީ އޭނާގެ ލޯބިވެރިޔާ އެދޭ ކަންތަކެވެ. އަދި އޭނާގެ ލޯބިވެރިޔާ ރުޅި އަންނަ ކަންތައްތަކާއި ދުރުހެލިވާނެއެވެ. އޭނާގެ ލޯބިވެރިޔާ ރުހޭކަންތައް ކުރުމުން، ސިފަކުރަންވެސް ނޭނގޭފަދަ މީރުކަމާއި ފޮނިކަން އޭނާއަށް އިޙްސާސްވާނެއެވެ. ހަަމައެފަދައިން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ދެކެ ލޯބިވާ މީހަކުވެސް އުޅޭނީ އިތުރު އެކަލޭގެފާނާއި ތަބާވެވޭތޯއެވެ. އަދި އިތުރު އެކަލޭގެފާނުގެ […]