ވެސްޓް ބޭންކުގައި ހަމަލާތައް އިތުރުވާނެކަމަށް ސަލާމަތީ ބާރުތަކުން ނަތަންޔާހޫއަށް އިންޒާރުދިން

އޮކްޓޫބަރު 7 ގެ ކުރިން ހަމާސް މުޖާހިދުންގެ އެއްވެސް އަސަރެއް ނެތް، އިސްރާއީލުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ވެސްޓު ބޭންކުގައި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުންތައް އިތުރުވާނެކަމަށްބުނެ ސަލާމަތީ ބާރުތަކުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދީފައިވާކަން ހާމަވެއްޖެއެވެ. މިގޮތުން، އިސްރާއީލުންވަނީ އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއިއެކު، ޑީ9 ބުލްޑޯޒަރެއް ވެސްޓު ބޭންކުގެ ތުލްކަރްމް ކޭމްޕަށް ފޮނުވައި އެތަން ހިޞާރުކޮށްފައެވެ. އަދި ފަލަސްތީނުގެ މުޖާހިދުންވަނީ ތުލްކަރްމް ކޭމްޕަށް ވަންނަށް އައި ގިނަ އުޅަނދުތަކަކަށް ހަމަލާދީ ގޮއްވާލާފައެވެ. ވެސްޓު […]
ޔޫރަޕަށް އިޤްތިޞާދީ ތޫފާނެއްގެ މަލަމަތި ފެނިއްޖެ

2017 ވަނަ އަހަރަށްފަހު އެންމެ ގިނަ އަދަދެއްގެ ކުންފުނި އުވާލެވުނީ 2023 ވަނަ އަހަރުގައި ކަމަށް ބޭންކް އޮފް ފްރާންސްއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފިއެވެ. ބެންކް އޮފް ފްރާންސްގެ ވްބްސައިޓްގައި ޝާއިއުކުރި މި ރިޕޯޓުގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ ތެރޭގައި ފްރާންސްގެ 55،435 ކުންފުނި އުވާލާފައިވާކަމަށާއި، މީގެ ތެރޭގައި ގިނައީ 250 އާއި ހަމައަށް މުވައްޒަފުން ގެންގުޅޭ ކުދި އަދި މެދު ފަންތީގެ ކުންފުނިތައްކަމަށެވެ. މިގޮތުން، އުވާލެވުނު މެދު އަދި ބޮޑު ފަންތީގެ ވިޔަފާރިތަކުގެ އަދަދު […]
ރަތް ކަނޑުގެ ހަމަނުޖެހުމާއެކު ޝިޕިންގް ކުންފުނިތަކުގެ ހިއްސާގެ އަގު މައްޗަށް!

ރަތް ކަނޑުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއެކު، ބޭނުންކުރުމަށް ލިބެން ހުންނަ ކޮންޓެއިނަރުގެ އަދަދު މަދުވުމުގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރުގައި މުދާއުފުލާ ކުންފުނިތަކުގެ ހިއްސާގެ އަގާއި ފްރައިޓްގެ އަގުތަށް މައްޗަށް ޖެހިއްޖެއެވެ. އެގޮތުން، (މެއާސްކް-އޭ.ކޯ، މެއާސްކް-ބީ.ކޯ) ގެ ހިއްސާގެ އަގު 37 އިންސައްތަ މައްޗަށް ޖެހިފައިވެއެވެ. ޑިސެންބަރުމަހުގެ މެދުތެރޭގައި ހޫތީ މުޖާހިދުން ރަތްކަނޑުގައި ދޭންފެށި ހަމަލާތަކުގެ ފަހުން ޑެންމާކްގެ މެއާސްކް ކުންފުނީގެ އިތުރުން، އެހެން މުދާއުފުލާ ކުންފުނިތަކުން ރަތްކަނޑުން ސުއޭޒް ކެނެލް ހުރަސްކޮށް ދަތުރުކުރުން ހުއްޓާލާފައިވާއިރު، މިއީ އޭޝިއާއާއި […]
ޓައިވާނަށް ހަތިޔާރުދިނުމުން ޗައިނާއިން އެމެރިކާގެ މައްޗަށް ފިޔަވަޅު އަޅަނީ

ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިން އެމެރިކާގެ 5 ކުންފުންޏަކާއި ދެކޮޅަށް ޗައިނާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ. މިގޮތުން، ޗައިނާއިން ވަނީ އެމެރިކާގެ ޑިފެންސް ކުންފުނިތަކެއްގެ މުދާ ފްރީޒްކޮށް، ވިޔަފާރި މުއާމަލާތްތައް ނުކުރެވޭގޮތަށް މެދުކަނޑާލާފައެވެ. ޗައިނާއިން ބުނީ، ޓައިވާނަށް ހަތިޔާރު ފޯރުކޯށްދިނުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލާކަމަށާއި، ޣައިރުޤާނޫނީ ފިޔަވަޅުތަކާއެކު ޗައިނާއަށް ޓާގެޓުކުރުން ހުއްޓާލުމަށް ލަފާދޭކަމަށެވެ. އެހެންނޫންނަމަ، ޗައިނާއިން ”ވަރުގަދަ ރައްދެން ދޭނެޖެހިދާނެ“ ކަމަށް ބުނެ އެގައުމުން ވަނީ އެމެރިކާއަށް އިންޒާރުދީފައެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ 4 ވަނަ ދައުރަކަށް ޝެއިޚް ހަސީނާ އިންތިޚާބުވެވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހޮވުމަށް ނެގި ވޯޓު ކާމިޔާބުކުރައްވައި، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޖެހިޖެހިގެން ބޮޑުވަޒީރުކަމުގެ ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ. ޝެއިޚް ހަސީނާ ތަމްސީލުކުރައްވާ އަވާމީ ލީގް އާއި އެކުވެރީން އިތުރު ފަސް އަހަރަށް ހޮވިފައިވަނީ 300 ޕާލިމެނޓަރީ ގޮނޑީގެ ތެރެއިން 223 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ބަންގްލަދޭޝްގެ އިދިކޮޅު ސިޔާސީ މައި ޕާޓީ ކަމުގައިވާ ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީއިން މި ވޯޓު ބޮއިކޮޓްކުރަމުން ދިޔުމާއެކު، ޝެއިޚް ހަސީނާގެ ޕާޓީއިން މަޖިލީހުގެ ބާކީހުރި ގޮނޑިތައްވެސް ކާމިޔާބުކުރާނެކަމަށް ލަފާކުރެވެއެވެ. […]
ބްލިންކެން އަށް ތުރުކީއިން ކީ ފިނި މަރުހަބާއެއް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން، ތުރުކީގެ ވެރިރަށް އަންކާރާއަށް ކުރަމުން ގެންދާ ދަތުރުގައި ތުރުކީއިން އޭނާއަށް ކިޔާފައިވަނީ ފިނި މަރުހަބާއެކެވެ. ބްލިންކެން ތުރުކީއަށް ގޮސްފައިވަނީ، މެދުއިރުމަތީގެ ގިނަ ގައުމުތަކަކަށް ޒިޔާރަތްކުރުމަށްފަހު އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ. އެހެންނަމަވެސް، ތުރުކީ ސަރުކާރުގެ އިސްވެރީން އޭނާއަށް މަރުހަބާކިޔުމަށްޓަކައި ގޮސްފައިނުވާކަން ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ. އޭނާއަށް މަރުހަބާ ކިޔާފައިވަނީ އަންކާރާގެ ޑެޕިއުޓީ ގަވަރްނަރު ނަމީކް ކަމާލް ނަޒްލީއެވެ. ތުރުކީއަށް ދިޔުމުގެ ކުރިން ބްލިންކެންވަނީ ފަލަސްތީނުގެ ލީޑަރު، މަހްމޫދް އައްބާސްއާއި އާދީއްތަދުވަހު ބައްދަލުކޮށްފައެވެ. […]
މެލޭޝިއާއިން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފުޅާކުރަނީ، މަހުޖަނުންގެ މައްސަލަތައް ވެސް ތަހުގީގުކުރާނެ

މެލޭޝިއާއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން، ސަރުކާރުގެ އިސްވެރީންނާއި ސިޔާސީ ލީޑަރުންގެ އިތުރުން، މަހުޖަނުންނާ ގުޅުންހުރި މައްސަލަތައް ވެސް ތަހުގީގުކުރަން ފަށައިފިއެވެ. މިގޮތުން، މަޝްހޫރު ވިޔަފާރިވެރިޔާ މިރްޒާން މަހާތީރް އާ ގުޅުން ހުރި މައްސަލައެއް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. މެލޭޝިއާގެ ކުރީގެ މާލީ ވަޒީރު، ޓުން ދައިމް ޒައިނުއްދީނުގެ އާއިލާގެ މިލްކުގައިވާ އިމާރާތެއްކަމަށްވާ ”އިލްހާމް ޓަވަރ“ މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ވަރަށްފަހުން އަތުލާފައިވާއިރު، ތަހުގީގީ ފުލުހުންގެ ނަޒަރު މިހާރު ހުއްޓިފައިވަނީ މެލޭޝިއާގެ […]
އިސްރާއީލުގެ ފަރާތުން ޣައްޒާގައި އިންޑިއާ ސިފައިން ވެސް ހަރަކާތްތެރިވޭ

ބައިލައިން ޓައިމްސްގެ ކޮލަމްނިސްޓެއްކަމަށްވާ ކޯޓްނީ ޖޭ ވާލްމަންގެ ”ދަ ސީޖޭ ވާލްމަން ޝޯވ“ ގައި ޝާއިއުކުރި ވީޑިއޯއެއްގައި ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ހަނގުރާމަމަތީ ސިފައިންގެތެރޭގައި އިންޑިއާ ސިފައިން ތިބިކަމަށް އޭނާ ބުނެފިއެވެ. ފަލަސްތީނުގެ ކުޑަކުއްޖަކު ޤަތުލުކޮށްލުމަށްފަހު އެކުއްޖާ ނިދާ އެނދުގައި އިސްރާއީލުގެ އައިޑީއެފްގެ ޔުނިފޯމު އަޅައިގެންތިބި ދެ ސިފައިންގެ މީހުން ނަގާފައިވާ ތަސްވީރެއް މިފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ތަސްވީރުގައި ވާތްފަރާތުން ފެންނަން އިންނަ މީހަކީ އިންޑިއާއަށް ނިސްބަތްވާ މީހެއްކަމަށް ބުނެ ވާލްމަން ބުނީ، […]
އެޕްސްޓީން މައްސަލައިގެ ލިޔެކިޔުންތަކުގައި ޕްރިންސް އެންޑްރޫގެ ނަން، ތުހުމަތުކުރެވެނީ ކުޑަކުއްޖަކާ ބެހުނުކަމަށް!

ޖިންސީ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ކޯޓު ލިޔެކިޔުންތައް އާންމުކުރިއިރު، އޭނާގެ ކްލަޔަންޓު ލިސްޓުގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޕްރިންސް އެންޑްރޫގެ ނަން އޮތުމުން އެމައްސަލަ ފުލުހަށް ރިޕޯޓުކޯށްފިއެވެ. އާންމުކުރި ލިޔެކިއުންތަކުގައި ވާގޮތުގައި، ޕްރިންސް އެންޑްރޫ ވަނީ ކުޑަކުއްޖަކާއި އެކު ބަދުއަޚްލާޤީ އަމަލު ހިންގާފައެވެ. އަދި ކުއްޖާގެ ނަން ހާމަ ނުކުރުމުގެ ގޮތުން، އެލިޔެކިޔުމުގައި އެކުއްޖާ ފާހަގަކޮށްފައިވަނީ ”ޖޭން ޑޯ ނަންބަރު 3“ ގެ ނަމުންނެވެ. ގަބޫލުކުރެވޭ ގޮތުގައި، އެލިޔެކިޔުންތަކުގައިވާ ”ޖޭން ޑޯ ނަންބަރު […]
ޤަތަރާއި އޮމާނުން ފަލަސްތީނާއި އެއްކޮޅަށް ބައިނަލްއަޤްވާމީ ކޯޓަށް ބަޔާނެއް ހުށައަޅައިފި

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓުގައި އިސްރާއީލާއި ދެކޮޅަށް ހިނގަމުންދާ މައްސަލާގައި، ފަލަސްތީނާއި އެއްކޮޅަށް އަރައި މެދުއިރުމަތީގެ ޤަތަރާއި އޮމާނުންވެސް ބަޔާނެއް ހުށައަޅައިފިއެވެ. މި ދެގައުމުން އައިސީޖޭއަށް ބަޔާނެއް ހުށައަޅާފައިވަނީ ލިޔުމުންނެވެ. ޤަތަރުގެ ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ ގާނޫނުގެ ދަށުން އިސްރާއީލުން ފަލަސްތީނުގެ ބިން ހިޞާރުކޮށްފައިވާ ކުރިން މިހާރުން މިހާރަކަށް ނިމުމަކަށް ގެންނަންޖެހޭކަމަށާއި، ހަމަލާތައް ހުއްޓާލައި، ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް ބައިނަލްއަޤްވާމީކޯޓުން އމުރު ނެރެދޭންޖެހޭކަމަށެވެ. އޮމާނުގެ ބަޔާނުގައި […]