ގާނާއަށް ނިސްބަތްވާ ފުޓުބޯޅަ ކުޅުންތެރިޔާ މިންތާއަށް މެލޭޝިއާގެ ރަށްވެހިކަން ދީފި

ކުޗިން ސިޓީގެ ކުޅުންތެރިޔާ، ޖޯޑަން މިންތާހް، މެލޭޝިއާ ރަށްވެއްސަކަށް ވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ނެޗުރަލައިޒޭޝަން ޕްރޮސެސް ފުރިހަމަ ކުރުމުން، އޭނާ އެގައުމުގެ ރަސްމީ ރައްވެސްއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފިއެވެ. އުމުރުން 29 އަހަރުގެ ގާނާއަށް އުފަން ފުޓްބޯޅަ ކުޅުންތެރިޔާއަށް މިހާރު މެލޭޝިއާގެ ފުޓްބޯޅަ މުބާރާތްތަކުގައި ލޯކަލް ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހައްގު ލިބިފައިވާއިރު، މީގެ ސަބަބުން ސްކޮޑް ހޮވުމުގައި އޭނާގެ ކްލަބަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. ސުޕަ ލީގުގެ ކުޗިން ސިޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ބަޔާނެއްގައި […]

ކޮފީ އާއި ޗޮކްލެޓް އެކްސްޕޯޓް ކޮށްގެން ޖަރުމަނަށް ބޮޑު އާމްދަނީއެއް، އެއީ އެ ގައުމުގައި ހައްދާވެސް އެއްޗެއް ނޫން!

ކޮފީ ބީންސް ނުވެސް ހައްދާ ޖަރުމަނަށް 2023 ވަނަ އަހަރު ކޮފީ އެކްސްޕޯޓް ކުރުމުން 5.9 ބިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ 2022 ވަނަ އަހަރު މުޅި އެފްރިކާ ބައްރަށް ކޮފީއިން ލިބުނު 3.6 ބިލިއަން ޑޮލަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ. ދުނިޔޭގައި ކޮފީ އުފައްދާ ގައުމުތަކުގެ އެންމެ މޮޅު ދިހަ ގައުމުގެ ތެރޭގައި އިތިއޮޕިއާ އާއި ޔޫގަންޑާ ހިމެނުނު ނަމަވެސް، ރޯސްޓް އަދި ޕެކޭޖްޑް ކޮފީ ޕްރޮސެސްކުރާ އަދި ބޭރުކުރާ ފަރާތެއްގެ ހައިސިއްޔަތުން […]

އިންވެސްޓްމަންޓް އިތުރުކުރުމަށް އޮމާނުން ގޯލްޑަން ވިސާ އާއި ޑިޖިޓަލް ޓްރޭޑް ރިފޯމްސް ތައާރަފް ކުރަނީ

ގްލޯބަލް އިންވެސްޓްމަންޓް ހަބެއްގެ ގޮތުގައި އޮމާންގެ ދައުރު ހަރުދަނާކޮށް، ޑިޖިޓަލް ޓްރޭޑް އެޖެންޑާ ކުރިއެރުވުމަށް އަޅާ ބޮޑެތި ފިޔަވަޅުތަކުގެ ތެރެއިން އިންވެސްޓަރުންނަށް އާ ގޯލްޑަން ވިސާ ޕްރޮގްރާމެއް އޮގަސްޓް 31 ގައި ތައާރަފްކުރުމަށް އޮމާނުން ތައްޔާރުވެއްޖެއެވެ. މިނިސްޓްރީ އޮފް ކޮމާސް، އިންޑަސްޓްރީ އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަނުން ބުނީ މި އިސްނެގުމަކީ އިގްތިސާދީ ސިންދަފާތަށް އެހީތެރިވެދީގެން އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް ހަމަޖެހުން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. ގޯލްޑަން ވިސާ ތައާރަފް ކުރާނީ އޮމާންގެ މަތީ ފެންވަރުގެ ކުންފުނިތަކަށް […]

އިޒްރޭލުގެ ކުރީގެ ސިފައިންގެ މީހަކަށް ވަޒީފާ ދިނުމުން ޓިކްޓޮކަށް ފާޑުކިޔުން އަމާޒުވެއްޖެ

ޓިކްޓޮކްގެ ނިއުޔޯކުގެ އޮޕަރޭޝަންތަކަށް އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ކުރީގެ ޓްރެއިނަރަކު އައްޔަން ކުރުމުން މެލޭޝިއާ ސަރުކާރުން ޓިކްޓޮކްއާއި ދެކޮޅަށް ފިޔަވަޅު އަޅަން ވިސްނަމުންދާކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު ޑަޓޫކް ފަހުމީ ފަޟީލް އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ. ފަހުމީ ފާހަގަކުރެއްވި ގޮތުގައި މެލޭޝިއާގައި ޓިކްޓޮކް ހިންގަނީ ލައިސަންސެއްގެ ދަށުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެގައުމުގައި އެކުންފުނީގެ ހަރަކާތްތެރިކަމާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމާނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެ ކުންފުންޏާއެކުގައި ބާއްވާ ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. […]

އެޕްރޫވްޑް އިންވެސްޓްމަންޓް 190 ބިލިއަން ރިންގިޓަށް އަރައި، އައު ރިކޯޑަކާއި ދިމާލަށް ގޮސްދާނެކަމުގެ އިޝާރާތެއް!

2025 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގައި މެލޭޝިޔާއިން ފާސްކުރި އިންވެސްޓްމަންޓްތައް 190.3 ބިލިއަން ރިންގިޓަށް އެރުމާއެކު، މިއަހަރު އައު ރިކޯޑެއް ހެދިދާނެކަމުގެ އުންމީދު މެލޭޝިއާއަށް އާވެއްޖެއެވެ. މިގޮތުން، މެލޭޝިއާގެ މިދިޔަ އަހަރުގެ ރެކޯޑް ޕާފޯމަންސް ކަމުގައިވާ 378.5 ބިލިއަން ރިންގިޓް ފަހަނައަޅައި ދިއުމުގެ އުންމީދު މިއަހަރު ބޮޑު ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި މެލޭޝިއާ އިން ވަނީ މިދިޔަ އަހަރުގެ ޖުމްލަ އަދަދުގެ ދެބައިކުޅައެއްބަޔަށްވުރެ އިތުރު އަދަދެއް އިންވެސްޓްމަންޓްގެ ގޮތުގައި […]

ހަތް އަހަރަށްފަހު އިންޑިއާގެ ބޮޑުވަޒީރު ޗައިނާއަށް!

ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ހަތް އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓިއަންޖިންގައި ބާއްވާ އެސްސީއޯ ސަމިޓުގައި ބައިވެރިވުމަށް ޗައިނާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މޯދީ ޗައިނާއަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 31 އިން ސެޕްޓެމްބަރު 1 އަށެވެ. މި ދަތުރާއި ގުޅިގެން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބޮޑުވަޒީރު މޯދީ އެހެން ގައުމުތަކުގެ ވެރިންނާ އެކު އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ސަމިޓުގައި ހުންނަވާ ދުވަސްވަރު ދެ […]

2026 ގައި ތައާރަފްކުރަން ބްރިކްސް ކަރަންސީ އޮތީ ތައްޔާރުވެފައި: އެނަލިސްޓުން

ތައާރަފްކުރުމަށް ތައްޔާރުވެފައިވާ ބްރިކްސް ފައިސާގެ ތަސްވީރުތައް އަލުން ދައްކާލާފައިވާއިރު، އެ ތަސްވީރުތަކުން ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، އަދި ދެކުނު އެފްރިކާގެ ދިދަތައް ފެންނަން ހުރެއެވެ. މި ޑިޒައިންތައް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ ވިޔަފާރީގައި އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ މަގުސަދުގައި 2026 ވަނަ އަހަރުގެ ތެރޭގައި އާންމު އައު ކަރަންސީއެއް ތައާރަފް ކުރުމަށް ބްލޮކުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހަބަރުގެ ބާރު އިތުރުވަމުން ކަމަށާއި، އަދި މި އިނިޝިއޭޓިވް ޖާމިޔާބުކުރުމަށް ބޭނުންވާ ފަންނީ […]

ބަލްގޭރިއާ ގޯލްޑަން ވިސާ 2025: ޝެންގެން އެންޓްރީ، ފުރަތަމަ ދުވަހު ޕީއާރު، އަދި ފަސް އަހަރަށް ފަހު ސިޓިޒަންޝިޕް

ޔޫރަޕިއަން ޔޫނިއަންގެ އެންމެ ޒުވާން މެމްބަރުކަމުގައިވާ ބަލްގޭރިއާ، އިންވެސްޓްމަންޓް ހަބެއްގެ ގޮތުގައި ފާހަގަވެފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ޝެންގޭން އޭރިއާއާ ރަސްމީކޮށް ގުޅުމަށް ފަހުގައެވެ. މި ސްކީމްގެ ދަށުން އިންވެސްޓަރުންނަށް ޔޫރަޕްގައި ރެޒިޑެންސީގެ އިތުރުން، ދިގު މުއްދަތުގެ ސެކިއުރިޓީ ކަށަވަރު ކުރެވޭއިރު، އެއް އެޕްލިކޭޝަނެއްގެ ދަށުން އަނބިމީހާއާއި، ދަރިންނާއި، މައިންބަފައިނަށްވެސް އެފުރުސަތުތައް ކަށަވަރުކުރެވެއެވެ. ދުނިޔޭގެ ގިނަ އިންވެސްޓަރުންނަށް ބަލްގޭރިއާއިން ހުށައަޅާ ޝެންގެން މޮބިލިޓީ އާއި ސިޓިޒަންޝިޕް ގެރެންޓީ އަކީ މިސަރަހއްދުގައި ފާހަގަކޮށްލެވޭ […]

އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ބްރިކްސް އިން ކިއުއާރު ކޯޑް ޕޭމަންޓްސް ތައާރަފްކޮށްފި

ބްރިކްސްގެ މެމްބަރު ޗައިނާ އާއި އިންޑޮނޭޝިއާ ގުޅިގެން އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ މަގުސަދުގައި ކިއުއާރު ކޯޑް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރެވޭ އާ ޕޭމަންޓް ސިސްޓަމެއް ތައާރަފްކޮށްފި އެވެ. ބޭންކް އިންޑޮނޭޝިއާ (ބީއައި) އާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އިސްނަގައިގެން ފަށާފައިވާ މި މަސައްކަތުގައި މިހާރު ކުރިއަށްގެންދަނީ ދެ ގައުމުގެ ދެމެދުގައި ހިންގާ ކްރޮސް-ބޯރޑަރ މުއާމަލާތްތަކުގެ ކިއުއާރު ކޯޑް ޕައިލެޓް ޓެސްޓް ކުރުމުގެ މަރުހަލާއެވެ. މި ނިޒާމުގައި މައިގަނޑު ޕޭމަންޓް އިންޓަފޭސްގެ ގޮތުގައި […]

މެލޭޝިއާ މިހާރު ފެންނަނީ އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި!

ސިޔާސީ ހަމަޖެހުމާއި، ފަންނީ ވަޒީފާގެ ބާރާއި އަގުތަކުގެ ވާދަވެރިކަމުގެ ސަބަބުން އޭޝިއާގެ ކުރިއަރަމުން އަންނަ މާކެޓްތަކުގެ ތެރެއިން މެލޭޝިއާ ފާހަގަކޮށްލެވެނީ އެޓްރެކްޓިވް އިންވެސްޓްމެންޓް މަންޒިލެއްގެ ގޮތުގައެވެ. ސިޓިބެންކްގެ މެނޭޖިން ޑިރެކްޓަރު އަދި އޭޝިއާ ސައުތުގެ ހެޑް އޮފް މާކެޓްސް ސޫ ލީ ސްޓާބިޒްއަށް ވިދާޅުވީ، މި ކަންތައްތަކުގެ ސަބަބުން މެލޭޝިއާ އަކީ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކަށް އިސްކަންދޭ ޗޮއިސްއަކަށް މިހާރު ވެފައިވާކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ކުރިއެރުމުގެ ފުރުސަތުތަކާއި، ގައުމީ ހަމަޖެހުން ބެލެންސް ކުރުމުގެ ގާބިލްކަން ހުރި ގައުމެއްކަން […]