1447ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ’ފިޠުރު ޕޯޓަލް‘ ތަޢާރުފުކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ”ފިޠުރު ޕޯޓަލް“ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރުފުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ފިޠުރު ޕޯޓަލް ތަޢާރުފުކުރުމުގެ މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުޞޫލަކުން އެ ކަން ކުރިއަށް ގެންދިއުން ކަމަށެވެ. ”މި ޕޯޓަލް މެދުވެރިކޮށް، […]

ކުޅުދުއްފުށި ސިޓީގެ ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި / ފައިންސް، ޙަސަން މޫސާ (33އ) އެވެ.ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.އެގޮތުން ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސުލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ޙަސަން މޫސާ ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން […]

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ފަށައިފި

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ.ެާއާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގިރާވަރު ފަޅުން 4،072 ގޯތި ދޫކުރާނެ އެވެ. ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގޯތި ލިބިފައިވާ މީހުންނަށް ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދުތަކަށް ވަނީ ބަދަލު އައިސްފައެވެ.އެހެންކަމުން މިއަދު ހެނދުނު 9:30 ގައި ވަނީ ގޯތި ލިބުނު މީހުންގެ ގުރު ނެގުން ފަށާފައެވެ.ގުރުއަތުލުމުގެ ކަންކަން ކުރިއަށްދާނީ ގޯތި ލިބުނު މީހުންގެ ކުރިމަތީގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ […]

ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެއް: ހުތުބާ

ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ، ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ”ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ.“ މިއެވެ. އެ މައުޟޫޢުގައި ދިން ހުކުރު ހުތުބާގައި ވަނީ މިއީ އަހަރެމެންގެ ދަރީން، އައު ޢަޒުމަކާއެކު ދިރާސީ އައު އަހަރުގެ ދަތުރު ފެށި ހަފުތާކަން ހަނދާންކޮށްދީ މަދަރުސާގެ ދޮރޯށިތަކުން ދަރިވަރުން ވަންނަ މަންޒަރުން، އުންމީދުތައް އައުކޮށްދޭކަން ހަނދާންކޮށްދީފައެވެ. ހުތުބާގައި ބުނީ މިއީ އެ ދަރީންގެ މުސްތަޤުބަލު ބިނާކުރުމުގެ އައު […]

ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ޤާއިމް ކޮށްފި

ފުވައްމުލައް ސިޓީގައި ތަރައްްގީކުރި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ އެ ލެބޯޓަރީ ޚާއްޞަކުރެވިފައި ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގޭ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ހާއްސަ ލެބޯޓަރީގެ އިންފްރާސްޓްރަކްޗާގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މިކަމުގެ ސަބަބުން ދަނޑުތަކުގެ އުފެއްދުންތެރިކަމާއި، ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލް ކުރުމުގެ އިތުރުން ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ”ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީން […]

މާލޭގައި 13،000 ޓަނުގެ ދެ ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތް ފަށައިފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން މާލޭގައި 13،000 ޓަނުގެ 2، ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ. އެމްޑަބްލިޔުއެސްސީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ބަހައްޓާ 13،000 ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތުގެ ދަށުން ގްރައުންޑް ތައްޔާރުކޮށް އެކަމަށް ބޭނުންވާ ސާމާނު ގެނެސް ތައްޔާރުވެފައިވާ ކަމަށެވެ.އެގޮތުން ފައުންޑޭޝަންގެ މައިގަނޑު މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން ޓެސްޓް ޕައިލިންގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީގެ ޕޯސްޓުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އަލަށް ބަހައްޓާ […]

ތިލަފުށީގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި

ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސިއަކު މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ވެސްޓު ބެންގޯލް އިން ނިޕާ ވައިރަސް ފެނުމުން ސަމާލުވާން އެދިއްޖެ

.ވެސްޓް ބެންގޯލް ސަރަހައްދުގައި ނިޕާ ވައިރަސް ފެތުރޭތީ، އެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިގޮތަށް ޢިލްތިމާސްކުރީ، ވެސްޓް ބެންގޯލްއިން މި މަހުގެ ތެރޭގައި ނިޕާ ވައިރަސްގެ 3 ކޭހެއް ފެނުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.އެޗްޕީއޭއިން ބުނީ، މި ވަގުތު ރާއްޖެއަށް ނިޕާ ވައިރަސްގެ ނުރައްކާ އޮތް މިންވަރު ކުޑަ ކަމަށެވެ. ނަމަވެސް އިންޑިއާގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށާއި ވެސްޓް ބެންގޯލަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުން […]

ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަން އިއުލާނުކޮށްފި

ޏ.ފުވައްމުލަކު މީހަކު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) ދުންފިނިގެ/ދޫޑިގަން،އެވެ. ފުލުހުން މިއަދު ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައި […]

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީއެއް ތަރައްގީކުރަން ސޮއިކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް، އައިސޮލޭޓް ކުރެވޭގޮތަށް ފެސިލިޓީއެއް އެޅުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ 53،560،648.01 ރުފިޔާ (ފަންސާސް ތިން މިލިޔަން ފައްސަތޭކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސާޅީސް އަށް ރުފިޔާ އެއް ލާރި) އަށެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 435 ދުވަހުގެ ތެރޭގައެވެ.ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް […]