ސްޓެލްކޯގެ އެމްޑީގެ މަޤާމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަޤާމަށް މިފްކޯގެ ކުރީގެ އެމްޑީ ހުސައިން ޝަމާހް ރަޝީދު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެ މަގާމަށް މ. ސިސްކިން، އަހްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަޤާމުން ފަހުމީ ވަކިކުރި ސީދާ ސަބަބެއް […]

އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ މިދިޔަ އޮގަސްޓު މަހުގެ […]

ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފި

ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފިއެވެ. އެ ޒިޔާރަތުގައި އައިޖީއެމްއެޗް، އެޗްއެމްއެޗް، އޭޑީކޭ އަދި އޭއީއެޗް ތަމްސީލުކުރާ ޑޮކްޓަރުން ހިމެނެއެވެ. އެ މެޑިކަލް ޓީމު ޒިޔާރަތްކޮށްފައި ވަނީ ޗެންގްޑޫގެ ވެސްޓް ޗައިނާ ސެކަންޑް ޔުނިވާސިޓީ ހޮސްޕިޓަލް ސީއެން އަށެވެ. “މި ޒިޔާރަތުގައި އެ ޓީމުން ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕީޑިއަޓްރިކްސް އެންޑް މެޑިކަލް ސިމިއުލޭޝަން ލެބްސް ތަހުގީގުކޮށް، ކްލިނިކަލް އެންޑް އެކަޑަމިކް ތަމްރީންތައް ފުރިހަމަކޮށްފައި“ ހެލްތު މިނިސްޓްރީން ބުނެފައި […]

ފަތުރުވެރިކަމުގެ ބާނީ އެމް.ޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވަނީ

ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މަރްހޫމް މުޙައްމަދު އުމަރު މަނިކު، އެމްޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މޯލްޑިވްސް (މަޓީ) އިން ނިންމައިފިއެވެ. އެމްޔޫ މަނިކު އަވަހާރަވެފައި ވަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އޭރު އުމުރުފުޅުން އުމުރުފުޅުން 78 އަހަރުގެ އެމްޔޫ […]

ދުވަސްވީ މީހުންނަށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ދިިނުމަށް މަޝްވަރާކޮށްފި

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ގޭގެއަށް ގޮސްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ ކޮމިއުނިޓީ ނާރސް ވޮލަންޓިއަރސް (ސީއެންވީ)ގެ ފަރާތުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއާއެކު ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން މި ބައްދަލުވުމުގައި ސީއެންވީއިން ވަނީ ގޭގައި ތިއްބަވާ އުމުރުން ދުވަސްވީ މީހުންނަށް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ރިސްކް ފެކްޓަރސް ދެނެގަތުމާއި، ސޭފް މޮބިލިޓީ ޕްރޮމޯޓްކުރުމާއި، ކަސްރަތު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން ބެލެހެއްޓުންތެރިންނަށް ތަމްރީނު ދިނުމާއި، […]

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ. އެ މެޑިކަލް ކޭމްޕް އިންތިޒާމްކޮށްފައި ވަނީ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިންނެވެ. އެގޮތުން އެ މެޑިކަލް ކޭމްޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މިމެޑިކަލް ކޭމްޕް ބާއްވާފައިވަނީ މިއަދު ހަވީރު 4 އިން ރޭގަނޑު 10:30އަށެވެ. ”މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ސިއްޙަތާ ގުޅޭ މަޢުލޫމާތު ހޯދައި، ޗެކަޕް ހެދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި މެޑިކަލް ކޭމްޕެއް“ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން […]

މާދަމާ ރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަނީ

މާދަމާ ރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި އެދިއްޖެއެވެ. މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ މާދަމާރޭ ހަނދުކޭތަ ހިފާނޭ ކަމަށެވެ. އަދި އެ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން މާދަމާ ރޭގެ 08:28 ގައި ކަމަށެވެ. ”އަދި ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭގެ 11:11 ގައިކަން ފާހަގަކުރަމެވެ. ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން އެރޭގެ މެންދަމު އަލިވެ 01:55 ގައި“ […]

ޑްރަގާއެކު ހައްޔަރުކުރި ފުލުހަކު ވަޒީފާއިން ވަކިކުރަނީ

މިދިޔަ ޖުލައި މަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުހަކު ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ. ފުލުހުންގެ މީޑިއާ ގްރޫޕްގައި ބުނީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 32އ، ގެ މައްސަލަ ބެލުމަށް ފަހު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އައިޝަތު ޝިޔާޒާ އާއިއެކު ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ […]

މަސްތުވާތަކެތީގެ މައްސަލައެއްގައި މ. މުލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މ. މުލިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މުލި / ރުއްކަރަ، ނައުފަލް އަޙްމަދު (33އ) އެވެ. ފުލުހުން ބުނީ މީނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހު މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ނައުފަލް އަޙްމަދުގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 […]

ރަސޫލާދެކެ ލޯބިވުމަކީ، ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއް: ޚުޠުބާ

ރަސޫލާދެކެ ލޯބިވުމަކީ، ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައި ވަނީ ރަސޫލާ ދެކެ ލޯބިވުން މި މައުޟޫޢުގެ މައްޗަށެވެ. ހުތުބާގައި ބުނީ ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނުއަނދިރީގައި ކަމަށާއި އަނިޔާއާއި ބޭއިންސާފުން ފުރިފައި ކަމަށެވެ. އަދި ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށާއި މީސްތަކުން ތިބީ، އެކި ފަންތިތަކަކަށް ބަހައި، ޤަދަރުވެރީންނާއި ނިކަމެތީންނާއި ސާހިބުންނާއި އަޅުން ކަމަށެވެ. […]