ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުކުރަން ހޯދަން އިއުލާނުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުކުރަން އޭނާ ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު ރައްބީ (32އ) ކަމަށެވެ. ފުލުހުން ބުނީ އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ. އެގޮތުން އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ […]
އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެ

އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވަނީ ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައި ކަމަށެވެ. މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ […]
ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. “މި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ އަށާއި، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުވަމެވެ. […]
ރައީސް އޮފީސް ކުރިމަތީ ހެދި މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ އެ ފެންޑާ އުވާލައިފި

ރައީސް އޮފީސް ކުރިމަތީ ހެދި މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ އެ ފެންޑާ އުވާލައިފިއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މިއަދުން ފެށިގެން، މީޑިއާ ފެންޑާ އުވާލާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، 29 މެއި 2025 […]
ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުން: ޚުޠުބާ

ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢު އަކީ ”ނަމާދުގައި ޚުޝޫޢަތްތެރިވުން“ މި މައުޟޫޢުއެވެ. އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަމަށާއި ނަމާދަކީ ދީނުގެ ތަނބު ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ. ޚުޠުބާގައި ބުނީ މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައި ކަމަށެވެ. […]
ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާދެނީ

ކ. ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރީ މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެ މީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މައްސަލައެއް މިއަދު މެންދުރު 2:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވީ ސްރީލަންކާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާދެމުން އަންނައިރު އެ ހާދިސާގައި ސީރިއަސް […]
މާލޭގެ މަގުތަކުގައި ޕާކިންއަށް ދޫކުރި ތަންތަން އާންމުންނަށް ހުޅުވާލަނީ

މާލޭގެ މަގުތަކުގެ ޕާކިންއަށް ދޫކުރި ތަންތަން އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ. މިކަންހާމަކޮށް މާލެ ސިޓީ ކައުންސިލުން ބުނީ އިއްޔެ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަށް ޢަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް އިތުރަށް ކުއްޔަށް ނުދެވޭނެ […]
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުންގެ ވެބްސައިޓުގައި ވީޑިއޯ އާންމުކޮށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ ސައިބަރ ކްރައިމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވާ މީހެއް ކަމަށެވެ. ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. https://youtube.com/watch?v=OAefKiUFV2s%3Fsi%3Dkb38lAmZfuB_aDz އެހެންކަމުން ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް […]
އިއްޔެ އެކަނިވެސް އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލާފައިވޭ

އިއްޔެ އެކަނިވެސް ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލު ސިފައިން ދިން ހަަމަލާތަކުގައި 41 މީހުން ޝަހީދުކޮށްލާފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލު ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ 41 މީހެއްގެ ހަށިގަނޑު އިއްޔެ އެކަނިވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 184 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަަނަ […]
ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީއަށް ކަނޑައަޅަން ނިންމަވައިފި

ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީއަށް ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން އެ މަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި، ޖުޑިޝަރީއަށް މާލީ […]