ޔޫއެންއޯޑީސީއިން ފުލުހުންގެ ޚިދުމަތަށް ޒަމާނީ ފޮރެންސިކް އާލާތް ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނީ ފޮރެންސިކް އާލާތް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަވާލުކުރުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް ޔޫއެންއޯޑީސީއިން ދެމުންގެންދާ އެހީތެރިކަމަށް […]
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ ސަބަބު ހޯދަން މިނިސްޓަރާ ސުވާލުކުރަނީ

ރާއްޖޭގައި އަލުން ފަށަން ހަމަޖެއްސި، ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ ސަބަބު ހޯދަން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ. އެގޮތުން އެކަމާ ގުޅިގެން މާދަމާގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.މެންބަރު މިނިސްޓަރާ ސުވާލުކުރަން ހަމަޖެހިފައިވަނީ މިދިޔަ މާޗު މަހު ރާއްޖޭގައި ހިދުމަތްދޭން ފަށާނެ ކަމަށް ބުނި ހެލިކޮޕްޓަރުގެ ހިދުމަތް މިހާތަނަށް ނުފެށި ލަސްވާ ސަބަބަކީ ކޮބައިތޯ […]
ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20،000 ޑޮލަރު ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20،000 ޑޮލަރު ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. ”އޮކްޓޫބަރު 24 ވަނަ ދުވަހުގެ ރޭ 2:40 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވޭ“ ފުލުހުން ބުނެފައި ވެެއެވެ. ފުލުހުން ބުނީ އެ މައުލޫމާތު […]
އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަނުކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް 4 ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ޢައްޔަން ކުރައްވައިފިއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ: ދަފްތަރު. ނަންބަރު ރސ 1188، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނާއި، ދަފްތަރު. ނަންބަރު ރސ 12854، އަލްއުސްތާޛު ޝިފާޒު ޢަލީއާއި ދަފްތަރު. ނަންބަރު ރސ 1851، ޢަލީ މުޙައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި […]
ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން ރިޒާ އިސްތިއުފާދެއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގައި ހުންނެވި މާފުށި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް އެ ކޮމިޝަނުގެ ރައީސްކަމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ. ރިޒާ ޖޭއެސްސީގައި އިންނަވަނީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުގެ ގޮތުގައެވެ. ނަމަވެސް ރިޒާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ޖޭއެސްސީގެ މެންބަރުކަމަށް ރިޟާ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރީ […]
އެމްޕީއެލްއިން އަލިފާން ނިވާފުޅި ރީފިލްކުރުމަށް ޚާއްސަ ސެންޓަރެއް ހުޅުވައިފި

އެމްޕީއެލްއިން އަލިފާން ނިވާފުޅި ރީފިލްކުރުމަށް ޚާއްސަ ސެންޓަރެއް ހުޅުވައިފިއެވެ. އެމްޕީއެލްއިން މިއަދު ބުނީ އަލިފާން ނިވާ ފުޅި ރީފިލްކޮށްދިނުމުގެ ޚިދުމަތް އެކަމަށް ޚާއްސަ ސެންޓަރަކާއެކު ހުޅުވާފައިވާ ކަމަށެވެ. އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި މި ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް […]
މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫޢުގެ އެކްސްޗޭންޖް ލެޓަރގައި ސޮއިކޮށްފި

މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމަށް ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢު ތަންފީޒުކުރުމަށް ރާއްޖޭގެ ސަރުކާރާއި ޗައިނާގެ ޕީޕަލްސް ރިޕަބްލިކް ސަރުކާރާއެކު އެކްސްޗޭންޖް ލެޓަރެއްގައި ސޮއިކޮށްފިއެވެ. މި އެކްސްޗޭންޖް ލެޓަރގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ. ޗައިނާގެ ޕީޕަލްސް ރިޕަބްލިކްގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު، ކޮންގް ޒިއަންހުއާ އެވެ. މި އެކްސްޗޭންޖް ލެޓަރގައި ސޮއިކުރެވުނީ މި މަޝްރޫޢުގެ […]
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ އޮކްޓޯބަރ 21 ވަނަ ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް 2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ އިރު އޮއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު […]
ވީއައިއޭގެ ޓާމިނަލް 1 އިން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފިއެވެ. ޓާމިނަލް 1 އިން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބް އެވެ. މި ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ އެއާޕޯޓް މެނޭޖަރު މުހައްމަދު ނިހާން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި […]
ނޮވެންބަރު 2 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

ނޮވެންބަރު 2 ވާ އާދިއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ 2 ނޮވެންބަރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ނަޞްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ،2025 ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، […]