ކުނި ބަރުކޮށްގެން ބުރިޖުން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައިފި

މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ސިނަމާލޭ ބްރިޖުގައި ފުރޮޅާލައިފިއެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 09:45 އެހާކަންހާއިރުއެވެ.ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ ޕިކަޕް ފުރޮޅާލަން މެދުވެރިވީ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް، އަރި އަޅާލައި ފެންސުގައި ޖެހުމުގެ ސަބަބުން ކަމަށެވެ.ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތަކަށް ބަދަލުގެނެސްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތަކަށް ބަދަލުގެނެސްފިއެވެ. ެެެެއެސްޓީއޯ އިން ބުނީ ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށާއި އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ ތިރިވެފައި ކަމަށެވެ.އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން […]

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި

މާލޭގައި ހުންނަ ވެމްކޯ ސައިޓެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އޭނާ އަށް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ.”މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުން“ ފުލުހުން ބުނެފައި ވެއެވެ.ފުލުހުން […]

ނޭޕާލްގައި ފަރުބަދަ މަތިން ބަހެއް ވެއްޓި 19 މީހަކު މަރުވެ 25 މީހަކު ޒަހަމްވެއްޖެ

ނޭޕާލްގައި ފަރުބަދަ މަތިން ދަތުރު ކުރަމުންދިޔަ ބަހެއް ވެއްޓި 19 މީހަކު މަރުވެ 25 މީހަކު ޒަހަމްވެއްޖެއެވެ. ހައިވޭއަކުން ވެއްޓުނު މި ބަސް ދަތުރުކުރަމުން ދިޔައީ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށެވެ. ފުލުހުން ބުނީ ގިނަ އަދަދެއްގެ ފަސިންޖަރުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ އެ ބަސް ވެއްޓުނީ ޕްރިތުވީ ހައިވޭގައި ދަތުރު ކުރަމުންދަނިކޮށް ކަމަށެވެ. އޭބީސީ ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބަސް ވެއްޓުނީ ކަތުމަންޑޫގެ ހުޅަނގުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ބެނިގަޓް […]

ލ.ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ. ެެއެ މިސްކިތް ހުޅުވުމަށްޓަކައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. އެއީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އެއީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މިއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެއް ކަމަށް […]

ފުޓް ވެއަރ އެންޑް ލެދާ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ފުޓް ވެއަރ އެންޑް ލެދާ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.. އެ މަޢުރަޒު ކުރިޔަށް ދަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ. މިގޮތުން އެ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 27 އިން މި ފެށޭ މާރިޗު މަހުގެ 2 އަށް ހަތަރު ދުވަހުގެ މުއްދަތަކަށެވެ. މި މަޢުރަޒުގައި ފައިވާން، ބޫޓު، ލެދާ ނުވަތަ ޖަނަވާރު ހަމުން އުފައްދާ […]

އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރަކު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

މިއަދު ހެނދުނު މާލޭގެ މަގުމަތިން ދަތުރުކުރި އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރަކު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މާލޭ، އަލިކިލޭގެފާނު މަގުގައެވެ.މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ޖޫރިމަނާކޮށް ލައިސަންސު ހިފަހައްޓާފައި ވަނީ ކުއްލި ހާލަތުގައި ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، ޕިކަޕަކުން މުދާ ބޭލުމުގައި އުޅުނު ޑްރައިވަރަކަށެވެ. އެކަމާއި ގުޅިގެން ޕިކަޕްގެ ޑްރައިވަރު ފުލުހަށް ހާޒިރުކޮށް އޭނައަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން އޭނާ 750ރ. އިން […]

މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތްތައް ކުރަން ޖަޕާނުގެ ކުންފުންޏަކާއެކު ސޮއިކޮށްފި

މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތްތައް ކުރަން ޖަޕާނުގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖް 2 ގެ އެއްބަސްވުމުގައި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާއެކު މި މަހުގެ 17 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު […]

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުނުކުރަން އަންގައިފި

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. އެ އޮތޯރޮޓީން މިއަދު ބުނީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައި ހުންނަ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފަައިވާ ކަަމަށެވެ. އަދި ފުޅިތަކަކީ އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކިވައްތަރެއްގެ ޕްލަސްޓިކް (ޕޮލިއެތިލީން ޓެރަތަޔަލޭޓް) އިން ތައްޔާރުކޮށްފައިވާ ފުުޅިތަކެއް ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ. އެމްއެފްޑީއޭ އިން […]

މީހަކު ރަހީނުކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 1:22ހާއިރު، ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ތެރެއިން ކުރި މަސައްކަތުން، އެ މީހާ ހިފަހައްޓާފައި ހުރި ތަން ދެނެގަނެ، ބާރުގެ ބޭނުންކޮށްގެން ވަދެ، 2:29ހާއިރު އެ މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.ެެއެގޮތުން މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ، އިގްބާލް މިއާ […]