އީމާންކަން ހަރުދަނާ ގޮތެއްގައި ހިތްތަކުގައިވާނަމަ، މީސްތަކުންގެ އުޅުމާއި ގުޅުންތަކަށް ހެޔޮ ބަދަލު އަންނާނެ: ޚުތުބާ

އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައިވާނަމަ މީސްތަކުންގެ އުޅުމާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގައި ވަނީ ”ތައުޙީދުގެ މަތީގައި ދަރީން ތަރުބިޔަތުކުރުން“ މި މައުލޫއުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަބަދާއި އަބަދު މާތް الله ބައްލަވައިވޮޑިގެންވާކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ ޢަމަލުތަކާއި ބުނާ ބަސްތައް ލިއުއްވަން ތިއްބަވާނޭކަން، ޅަފަތުއްސުރެ ހިތުން ކެހިގެން ނުދާ ފަދަ […]

”އޮޕަރޭޝަން އަލިމަގު“ ގެ ނަމުގައި މުޅި ރާއްޖޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް

”އޮޕަރޭޝަން އަލިމަގު“ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަށައިފިއެވެ. މިިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް […]

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން: އިމިގްރޭޝަން

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އީ-ވިސާގެ ޚިދުމަތް ތަޢާރަފްކުރުމާއި ގުޅިގެން އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ވަނީ 10ނޮވެންބަރު 2025ގައި ރަސްމީކޮށް ތަޢާރަފްކުރެވިފައިވާ އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީ-ވިސާއަށް އެދި ހުށަހެޅޭނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށެވެ. ެއެގޮތުން މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް […]

އައްޑޫގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައިގައި ފިޔަވަޅު އަޅަނީ

އައްޑޫ ސިޓީ ހިތަދޫގެ މިސްކިތަކަށް މިރޭ ގެއްލުންދީފައި ވާތީ މައްސަލަބަލައި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާކަން ވަނީ ހާމަކޮށްފައެވެ. ގެއްލުން ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މަސްޖިދުލް ޢުމަރުލް ފާރުޤަށެވެ. […]

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. އެމް.ސީ.އެސްގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ގާއިމުކޮށްފައި ވަނީ ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައެވެ. އެ އިމާރާތް ހުޅުވައިދެއްވުމަށް މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސް މުޢިއްޒުއެވެ. އެ މުއައްސަސާގެ އަމިއްލަ ބިމެއްގައި ފުރަތަމަ ފަހަރަށް ހުޅުވި އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ […]

ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފި

ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. ފައިސާ ދޫކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ. މި ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާގޮތުގެ ތަފުސީލު: • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) – 13,316,689.57ރ• […]

އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ރާއްޖެ ވަޑައިގަންނަވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެ މަނިކުފާނަށް އެއާޕޯޓުން މަރްހަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މި ދަތުރުފުޅުގައި ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ކުރިއަށްދިޔަ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ […]

ތުރުކީވިލާތުން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ތުރުކީވިލާތުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިއެވެ. ނަތަންޔާހޫ ހައްޔަރު ކުރުމަށް ތުރުކީވިލާތުން އެގޮތަށް އަމަރުނެރެފައި ވަނީ، ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ހިންގަމުން އަންނަ އަނިޔާވެރި ޖަރީމާތަކާއި ގުޅިގެންނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ތެރޭގައި އިސް އޮފިޝަލުންނާ ދެކޮޅަށް އެ އަމުރު ނެރެފައިވާކަން ތުރުކީން އިއުލާނުކުރީ ހުކުރު ދުވަހު އެވެ.އެގޮތުން ހައްޔަރު ކުރުމަށް ލިސްޓްކޮށްފައިވާ މީހުންގެ ތެރޭގައި ޔަހޫދީ އިޒްރޭލު ސަރުކާރުގެ އިސް 37 އޮފިޝަލެއް ހިމެނެއެވެ. […]

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. މިއީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރަލެވެ. އެ ތަކެތި ނައްތާލާފައި ވަނީ މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ނައްތާލައިފައި ވަނީ 224 ފުޅި ބަނގުރަލާއި 260 ދަޅު ބަނގުރަލެވެ. ފުލުހުން ބުނީ އެ ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން […]

މާލެއިން ފުރައިގެން ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ވ. ފެލިދޫ ކައިރީ އޮންނަ ފަރަކަށް އަރައިފިއެވެ. ފަރަށް އަރާފައި ވަނީ ”ފަހިރޯޅި“ ނަމަކަށް ކިޔާ ބޯޓެކެވެ. އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި ”ފަހިރޯޅި ފަރެސްމާތޮޑާ“ ދޯނި، ވ.ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާ […]