އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިންހިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ރާއްޖޭން ޕަލަސްތީނުގެ ރައްޔިތުންނާއެކު އަބަދުވެސް ވާކަން ތަކުރާރުކޮށް، އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ބާރުއެޅުމަށް ވަނީ ގޮވާލާފައެވެ. އިސްރާއީލުން ކެނޑިޅޭނި ދެމުންގެންދާ ހަމަލާތަކަކީ ޕަލަސްތީނު ރައްޔިތުންގެ […]

ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒު: ޚުޠުބާ

ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒު ކަަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުޠުބާގެ މަައުލޫއަކީ ”ނަމާދު އެޅުމުގެ ނުރައްކާތެރިކަން“ މިއެވެ. ހުޠުބާގައި ބުނީ މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށާއި ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒު ކަމަށެވެ. ”ހަމަކަށަވަރުން، ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.“ މާތް ﷲ ވަހީ […]

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ އިސްރާއީލުން ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ފަލަސްތީނުގެ 30 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލާފައެވެ.އަދި ޚާން ޔޫނުސްގެ އިރުމަތީ ފަރާތުގައި އޮންނަ ބާނީ ސުހައިލާ ޓައުންގައި ގެއަކަށް ދިން […]

ރައުދު ކުށަށް އިއުތިރާފްވެއްޖެ

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އޭނާ އެއްބަސްވެއްޖެއެވެ. މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލާގައި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ […]

ސައުދީން ރާއްޖެއަށް 25،000 އަށްވުރެގިނަ މުސްހަފު ހަދިޔާކޮށްފި

ސައުދީން ރާއްޖެއަށް 25،000 އަށްވުރެގިނަ މުސްހަފު ހަދިޔާކޮށްފިއެވެ. ސައުދީ ސަރުކާރުން ހަދިޔާކުރި 25500 މުސްހަފުގެ ތެރޭގައި ބޮޑެތި މުސްޙަފްވެސް ހިމެނެއެވެ.އިސްލާމިކް މިނިސްޓްރީން ބުނީ އެ މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް ކަމަށެވެ. މި އަހަރުގެ އޭޕްރީލްމަސް ތެރޭގައި ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 25،000 މުސްހަފާއެކު އިއްޔެ ހަދިޔާކުރި 25،500 މުސްހަފާއެކު މި އަހަރު ސައުދީން ރާއްޖެއަށް ހަދިޔާކުރި މުސްހަފްގެ އަދަދު ވަނީ 50500 އަރާފައެވެ. މުސްޙަފްތައް ރަސްމީކޮށް […]

ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައިވެސް ދަނީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އިސްރާފުތައް ކުރަމުން: މާރިޔާ

މި ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައިވެސް ދަނީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އިސްރާފުތައް ކުރަމުން ކަމަށް އެމްޑީޕީ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މީީޑިއާއެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މި ސަރުކާރަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ޒިންމާދާރުކަން ކުޑަ ސަރުކާރު ކަމަށެވެ.އެގޮތުން މާރިޔާ ވަނީ ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައިވެސް ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.އަދި އެ ފައިސާއަކީ ރައްޔިތުންގެ އެއްޗެއްކަމާއި އެ ފައިސާއަށް ހިޔާނަތްތެރިވާއިރު […]

24 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

24 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން އިއްޔެ ބުނީ މި މަހުގެ 16ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.އަދި އައިޖީއެމްއެޗުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ 24 އަހަރުގެ […]

ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަށް ލުއިކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ބޭންކުގައި އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި އެ މަނިކުފާނު ވަނީ، ބީ.އެމް.އެލް.އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް […]

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

މާލެއިން ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރީފް (30އ) އެވެ.  ޝަރީފް ހޯދަމުންދަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް 2025 ނޮވެމްބަރ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. ”އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، […]

ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ: ރައީސް

ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ ކަމަށް ރައީސް ޑރ. މުހައމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާއި ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެން އަހުލުވެރިވުން މުހިންމު ކަމަށެވެ. އަދި ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވާން […]