”ފޭރާން“ މި މައުޟޫޢުއަށް ސަލަފް ޖަމިއްޔާއިން މާދަމާރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ދެނީ

ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ހާއްސަ ދަރުހެއް މާދަމާރޭ ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ”ފޭރާން“ މި މައުޟޫއަށް ހާއްސަކޮށްގެން މާދަމާރޭ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. އެޗްޑީސީން ބުނީ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ 08:30 ގައި ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައި ކަމަށެވެ.”ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެވެސް […]
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ޖުމްލަ 8 މީހުން ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކަކީ “އޮޕަރޭޝަން އަލިމަގު” ގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއް ކަމަށާއި މި އޮޕަރޭޝަންތަކުގައި މާލޭގެ 7 އެޕާޓްމަންޓް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ) އާއި ހ. ބްލޫސްކޫޕް / […]
ގަލޮޅު ޕޮލިހާއި ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފި

ގަލޮޅު ޕޮލިހާއި ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ. ފުލުހުން މިއަދު ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލާފައިވާ ކަމަށެވެ. ”ދޫނިދޫގައި މިއަދު ނައްތާލާފައި ވަނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރެޓު.“ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އެ ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ […]
ޓެކްސީ ޚިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވާ ޓެކްސީ ޚިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހެޅުއްވި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް […]
މާލޭގެ ދެ ގެއެއް ބަލާ ފާސްކޮށް ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް

މާލޭގެ ދެ ގެއެއް ބަލާ ފާސްކޮށް ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ބުނީ އެ ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައި ކަމަށެވެ. މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖްއާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި […]
140,000ރ. ގެ އިންޖީނެއް ވަގަށް ނަގައި 1083 ރުފިޔާއަށް ވިއްކާލައިފި

ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ވަގަށް ނަގައިގެން 1083 ރުފިޔާއަށް ވިއްކާލާފައި ހުއްޓާ އެ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން […]
ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 6 މީހަކު ޝަހީދުވެ 4 މީހުން ޒަޚަމްވެއްޖެ

ފަލަސްތީނުގެ ޣައްޒާގެ އިރުމަތީ އަވަށުގެ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދީފައިވާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ ހަތަރު މީހަކު ޒަޚަމްވެއްޖެ އެވެ. އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލު ސިފައިން ޣައްޒާގެ އިރުމަތީ އަވަށުގެ އަލް ތޫފާހް އަވަށުގެ ސްކޫލަކަށް ހުކުރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި އަންހެނަކު ހިމެނޭހެން ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.އަލްޖަޒީރާއާ ހަވާލާދީ ލޯކަލް މަސްދަރުތަކުން ބުނި […]
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ފަށައިފި

ބިންވެރިޔާ ސްކީމުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފިއެވެ. ފޭސް ތިނަކުން ދޫކުރި ގޯތިތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލްގައެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރަން ހަމަޖެހިފައި ވަނީ 698 ގޯއްޗެވެ. އެގޮތުން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުމަށްވަނީ ނިންމާފައެވެ. ހައުސިން މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ މިނިސްޓްރީގެ […]
މި ބިންމަތީގައި ހިނގާބިނގާވެ، އުޅެން ޖެހޭނީ ބޮޑާކަމެއް ނެތި: ހުތުބާ

މި ބިންމަތީގައި ހިނގާބިނގާވެ، އުޅެން ޖެހޭނީ ބޮޑާކަމެއް ނެތި ކަމަށް މިއަދުގެ ހުކުުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫޢު އަކީ ”ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!“ މިއެވެ. މިނަމުގައި ދިން ހުކުރު ހުތުބާގައި ބުނީ އަހަރެމެންގެ އަމިއްލަ ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށާއި ގުނައި ޢަދަދުނުކުރެވޭހައި ގިނަ ނިޢުމަތްތައް، މާތް الله އަހަރެމެންނަށް ދެއްވާފައިވާ ކަމަށެވެ. އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ […]
10 ތަނެއް ބަލާފާސްކޮށް، 4 ބިދޭސީން ހައްޔަރުކޮށްފި

މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 4 ބިދޭސީން ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުންދިއަ 10 ތަނެއް ބަލައި ފާސްކޮށް، 04 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ […]