ޙާކިމާގެ ސިފަތައް

މާތްވެގެންވާ އިސްލާމްދީނުގައި، މީސްތަކުންގެ މައްޗައް އިސްކުރެވޭ އެންމެ މަތީ ވެރިޔާގެ ކިބައިގައި އަންނަނިވި ސިފަތައް ހުރުން ވާޖިބު ވެގެންވެއެވެ. (1) މުސްލިމެއްކަމުގައިވުން: މާތްވެގެންވާ އިސްލާމްދީނުގައި މުސްލިމްނޫން މީހެއްގެ ވެރިކަމެއް ޞައްޙައެއް ނުވާނެ އެވެ. އެންމެ މަތީވެރިކަމަކީ މުސްލިމުންގެ ކަންތައްތައް ތަންޡީމު ކުރުމާ ގުޅިފައިވާ ޝަރުޢީ ހުކުމްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެންކަމުން، މިޙުކުމްތަކަށް އީމާންނުވާ މީހެއްގެ ވެރިކަމެއް ސައްޙައެއް ނުވާނެއެވެ. 2)ފިރިހެނެއް ކަމުގައިވުން: މާތްވެގެންވާ އިސްލާމްދީނުގައި އަންހެނެއްގެ ވެރިކަން ޞައްޙައެއް ނުވާނެއެވެ. މިއީ ޝާފިޢީ މަޛުހަބުގައިވެސް މިކަން އޮންނަ […]