މާދަމާ “ލޯ މަރާލައިފިނަމަ“ ވެގެންދާނީ އިންޑިއާ ނޫނީ ބޭރު އެހެން ބައެއްގެ ރާއްޖެއަކަށް: ޑރ.މުޢިއްޒު

މިއީ ދިވެހި ގައުމު ކަމަށާއި މިތަން ދިވެހިންގެ ރާއްޖެއަކަށް ހަދަންޖެހޭ ކަމަށާއި މާދަމާ “ލޯ މަރާލައިފިނަމަ“ ވެގެންދާނީ އިންޑިއާ ނޫނީ ބޭރު އެހެން ބައެއްގެ ރާއްޖެއަކަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މާލޭގައި ރޭ ބޭއްވި އިވެންޓެއްގައި މުޢިއްޒު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށާއި […]
ރައީސް ޔާމީންގެ ވަކީލެއް އެމްޑީޕީއަށް ސޮއިނުކުރާނެ, މަގާމަށާއި ފައިސާއަށް ނުވިކޭނެ: ޝިޔާޒް

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުން ފައިސާއަށް ނުވިކޭނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ޢަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އާދަމް އާސިފް އިއްޔެ އެމްޑީޕީއާ ގުޅިވަޑައިގަތުމުން ބައެއް ނޫސްތަކުން ވަނީ އެއީ ރައީސް ޔާމީންގެ ވަކީލެއް ކަމަށް ދޭހަވާ ގޮތަށް ޚަބަރު ފަތުރައިފައެވެ. އެކަމާ ގުޅިގެން ޝިޔާޒް ކުރެއްވި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަތަކުގައި މަސައްކަތްކުރައްވާ އެއްވެސް ވަކީލެއް އެމްޑީޕީއަށް ނުވަތަ އެހެން […]
ޑރ.މުޢިއްޒުގެ ކެމްޕޭން ނިންމާލުމަށް މިއަދު ހަވީރު ހިނގާލުމެއް ބާއްވަނީ

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭން ނިންމާލުމަށް މިއަދު ހަވީރު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. ޕީޕީއެމްއިން ބުނީ “ދިވެހީންގެ ނިންމުން“ މި ނަމުގައި ހިނގާލުން ފަށާނީ ހަވީރު 15:45 ގައި އާޓިފިޝަލް ބީޗު ސަރަހައްދުން ކަމަށެވެ. މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ. ރިޔާސީ ކެމްޕޭނަށް ޑރ.މުޢިއްޒުއާއި އެމަނިކުފާނުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ޒިޔާރަތް ކުރައްވައި ދޮރުންދޮރަށް […]
ޑރ.މުޢިއްޒަށް ތާއީދުކުރައްވައި 100 އިލްމުވެރިންގެ ބަސް އިއްވަވައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވައި ރާއްޖޭގެ 100 ދީނީ އިލްމުވެރިން ބަޔާނެއް ނެރުއްވައިފިއެވެ. ރާއްޖޭގައި ދީނީ ތަގުރީރުކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ދޫކުރެވިފައިވާ 100 ޢިލްމުވެރިންގެ ނެރުއްވި ބަޔާނުގައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން […]
ޝައިޚް ޒައިދުގެ ތާއީދު ޑރ.މުޢިއްޒަށް: މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބީ މުޢިއްޒު

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން އައްޝައިޚް ޢަލީ ޒައިދު މިއަދު ހާމަކުރައްވައިފިއެވެ. ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާގެ ތާއީދު އޮތީ ޑރ.މުޢިއްޒަށް ކަމަށެވެ. “ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ ތާއީދު އޮތީ ޑރ.މުޢިއްޒު އަށް! މިގޮތަށް މިނިންމީ މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ.މުޢިއްޒު ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭތީވެ!“ […]
މާލޭގެ ފިހާރައެއްގައި އަލިފާން ރޯވެ, އެތަން އެއްކޮށް އަނދައި ހުލިވެއްޖެ

ރޭ ފަތިހު މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަން އެއްކޮށް އަނދައި ހުލިވެއްޖެއެވެ. ގަލޮޅު އޮޓޯ ގަރާޖު ސަރަހައްދުން ރަތްވިލާ ގޯޅީގައި ހުންނަ ވެގާ ޕޮއިންޓްގައި މި ހާދިސާ ހިނގީ ފަތިހު 4:30 ހާއިރުއެވެ. މި ހާދިސާގައި އެ ތަނުގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދައި އަޅިއަށްވެފައެވެ. އެމްއެންޑީއެފްއިން ބުނީ ފިހާރަ ކުރިމަތީގައި ޕާކްކޮށްފައިހުރި 15 ވަރަކަށް ސައިކަލުގައި ވެސް އަލިފާން ރޯވި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވީ ކަމުގެ މައުލޫމާތެއް […]
ރައީސް މައުމޫންގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބުނު, އެކަމަށް މައާފަށް އެދެން: ފާރިސް

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބުނުކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް ރޭ އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ބައްޕާފުޅު ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރުގައި ބައެއް މީހުންނަށް އަނިޔާތަކެއް ލިބި ހިތާމަތަކެއް މެދުވެރިވިކަމީ ހަގީގަތެއް ކަމަށެވެ. “އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބިކަމީ […]
އިލްމުވެރިންގެ %87 ތާއީދު ޑރ.މުޢިއްޒަށް, ރައީސަށް %4

ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ “އިލްމުވެރިންގެ ގުޅުން“ ޖަމްއިއްޔާގައި ތިއްބަވާ އިލްމުވެރިންނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ވޯޓެއް ނަގައިފިއެވެ. “އިލްމުވެރިންގެ ގުޅުން“ ޖަމްއިއްޔާއަކީ ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ ޖަމްއިއްޔާއެވެ. މި ޖަމްއިއްޔާގައި 150 އަށްވުރެ ގިނަ އިލްމުވެރިން ތިއްބަވައެވެ. އެ ޖަމްއިއްޔާއިން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭ ދިރާސީ ރިޕޯޓެއް ހަދާފައެވެ. އެ ދިރާސާގެ ހޯދުންތަކާބެހޭ މައުލޫމާތު އެ ޖަމްއިއްޔާގައި ހިމެނިވަޑައިގަންނަވާ […]
ކޯނީ ރިޕޯޓު ގެއްލިއްޖެ, މައްސަލަ ފުލުހަށް ހުށަހަޅައިފިން: ރައީސް ޞާލިޙް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތް ތަހުގީގުކުރަން އެކުލަވައިލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން އެކަން ތަހުގީގުކުރުމަށްފަހު އެކުލަވައިލި ރިޕޯޓު ގެއްލިފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ތިން އަހަރުވީ ތަނާ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި މުޒާހަރާތަކާ ގުޅިގެން ނަޝީދުގެ ވެރިކަން ވެއްޓުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުއެވެ. ރިޔާސީ ކެމްޕޭނަށް ހދ.ނޭކުރެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި […]
ވޯޓު ކަރުދާހުގައި ފާހަގަޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން އެކަނި ކަމަށް ނިންމައިފި

މި މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ. އީސީން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއް ކަމަށް ބުނެ ބައެއް ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލަތަކާބެހޭ ގޮތުން ކޮމިޝަންގެ ގާނޫނީ ޓީމާއެކު އިއްޔެ ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށެވެ. އިންތިޚާބުތަކާބެހޭ ގާނޫނާއި ގަވާއިދުގައި […]