ރައީސް ޔާމީންގެ މައްސަލަ އަނބުރާ ގެންދަން އިދިކޮޅު ކޯލިޝަނުން ޕީޖީގެ ކިބައިން އެދިއްޖެ

ވ.އާރަށުގެ މައްސަލައިގައި މަނީ ލޯންޑަރިންގއާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ އަނބުރާ ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމްގެ ކިބައިން މިއަދު އެދިއްޖެއެވެ. ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އިއްވެވި ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށައެވެ. ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ […]

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް ޞަލާޙާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް ހއ.ފިއްލަދޫ ނިއުސްޓަރ ފާޠިމަތު ޞަލާޙާ އައްޔަން ކުރައްވައިފިއެވެ. ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް ފާޠިމަތު ޞަލާޙާ އައްޔަން ކުރެއްވީ މި މަހުގެ 13 ގައެވެ. ޞަލާޙާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޞަލާޙާ ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމެވެ.  ޞަލާޙާ ވަނީ 2023 ވަނަ […]

އަދުހަމް މެރުމަށް ހުކުމްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރައިލި މައްސަލައިގައި ދައުވާ ލިބޭ އަދުހަމް މުޙައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ. ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު އދ.މާމިގިލީ, ކަނީރުމާގޭ ޤާސިމް ޙަސަން (59އ) އަށް ވަޅިން ހަމަލާދިނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 04 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އެ ގޮތުން ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައި ޤާސިމް ނިޔާވިއެވެ. މި މައްސަލައިގައި އަދުހަމްގެ މައްޗަށް ދައުލަތުން އުފުލި […]

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި, ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 ގެ ނިޔަލަށެވެ. ވާދަކުރައްވާ ކެންޑިޑޭޓުން: ކެންޑިޑޭޓް ނަންބަރު 01: ޙުސައިން ރިޟާ، ޝީވީޑް/ކ.ގުރައިދޫ (ޕީޕީއެމް) ކެންޑިޑޭޓް ނަންބަރު 02: އިބްރާހިމް ޝާޒް، […]

މަހްލޫފަށް ކުރި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަނީ

ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ. މަހުލޫފްގެ މައްޗަށް ދައުވާ ކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތުން 33,000 އެމެރިކާ ޑޮލަރު ހޯއްދެވިކަމަށް ބުނާ މައްސަލައިގައެވެ.  މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއްކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން […]

މެންބަރު ޢަލީ ޙަމީދު ޖުމްހޫރީ ޕާޓީން ވަކިވެ, އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. ޢަލީ ޙަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ މުލިއާގޭގައި މިއަދު އޮތް ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޢަލީ ޙަމީދު ސޮއިކުރެއްވުމާއެކު މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދު ވަނީ 67 އަށް އަރައިފައެވެ. ޢަލީ ޙަމީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ. އޭރުއްސުރެ މިއަދާ ހަމައަށް ހުންނެވީ ޖޭޕީގައެވެ. […]

މީހުން ޓްރެފިކް ކުރުން: ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދު ދަމަހައްޓައިފި

މީހުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި މިދިޔަ މާޗުމަހުގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ ދަމަހައްޓަވައިފިއެވެ. އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ހައްޔަރުކުރީ  މިދިޔަ މާޗުމަހުގެ 16 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ. ހެންވޭރު ސަލީމް ގެސްޓުހައުސްގައި އުޅެމުން ވެންކަޓަރަމަނާގެ މައްޗަށް ފުލުހުން ކުރަނީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މީހުން ޓްެރެފިކް ކުރުން ނުވަތަ ޓްރެފިކް ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. […]

ހިތަދޫ – ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި ގަރާރެއް

ލ.ހިތަދުއާއި ކުނަހަންދޫ ގުޅުވައިލާ ކޯޒްވޭގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް ގޮވާލައްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. ސަޢީދުގެ ގަރާރުގައި ވިދާޅުވެފައިވަނީ ހިތަދުއާއި ކުނަހަންދުއަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ރައްޔިތަކު ދިރިއުޅޭ ދެ ރަށަށްވެފައި އެ ދެ ރަށުގެ ރައްޔިތުން އަބަދުވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަންޖެހޭ ކަމަށެވެ. އެ ގޮތުން ދެ ރަށް ކޯޒްވޭއަކުން ގުޅުވައިލުމަކީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ފައިދާ ލިބޭނެކަމެއްކަން ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. […]

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ޕީޕީއެމްއިން މިއަދު ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އެ ޕާޓީގެ މެންބަރު މުޙައްމަދު ޢައްބާސް ހައްޔަރުކޮށް ހުޅުމާލޭ ކޯޓުން މިއަދު އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށެވެ. މިވމައްސަލައިގައި މީގެކުރިން ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ތިން ފިރިހެނުންނާއި އަންހެނެކެވެ.  އޭގެތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަަސް ޖަހާފައިވާއިރު, އަނެއް ދެ މީހުންގެ ބަންދަށްޖެހީ 5 […]

“ފިކުރެއްގެ ދިރުން“ ފެކްޝަނުން މިރޭ ޖޭޕީއާ ބައްދަލުކުރަނީ

އަންނަ ރިޔާަސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމްޑީީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން މިރޭ ޖުމްހޫރީ ޕާޓީއާ ބައްދަލު ކުރުމަށް ނިންމައިފިއެވެ. ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެެރިވެވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް އެމްޑީޕީގެ ފަރާތުން އޭނާއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މިރޭ ޖޭޕީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު […]