ގެއްލިގެން ހޯދަމުންދިޔަ ޢާތިފް ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ފެނިއްޖެއެވެ. މާލެއިން ގެއްލިގެން ހޯދަމުން ދިޔައީ ދ.ކުޑަހުވަދޫ/ދިލްކަޝްވިލާ ޢަލީ ޢާތިފް ސާފީ (30އ) އެވެ. ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެ, ގެއްލިގެން އާއިލާގެ ފަރާތުން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓުކުރުމުންނެވެ. އޭނާ ހޯދަމުންދާކަން ފުލުހުންގެ އިދާރާއިން ހާމަކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މެންދުރުފަހު 13:40 ގައި […]

ނަޝީދު ފިޔަވައި ފިކުރެއްގެ ދިރުންގެ އިސް ބޭފުޅުން އެމްޑީޕީން ވަކިވެއްޖެ

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ. އެ ހުރިހައި މެންބަރުންގެ އިތުރުން ޕާޓީން ވަކިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވެސް ހިމެނިވަޑައިގަންނަވައެވެ. ޕާޓީން ވަކިވެވަޑައިގަތް މަޖިލިސް މެންބަރުން: މަޖިލީހުގެ ނައިބު ރައީސް އީވާ.  ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު […]

ނުރުހުމުގައި އަންހެނެއްގެ ގައިގައި އަތްލި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ މުހުތާރު އަންސާރީ ކިޔާ 22 އަހަރުގެ ފިރިހެނެކެވެ. އަންހެން މީހާގެ ނުރުހުމުގައި ގައިގައި އަތްލައި ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހީ 10 ދުވަހެވެ. ކޯޓު އަމުރުގައިވާ ގޮތުން އަންހެން މީހާގެ ނުރުހުމުގައި ގައިގައި އަތްލައި ޖިންސީ ފުރައްސާރަކުރިކަމަށް މުހުތާރުގެ މައްޗަށް […]

ކަނޑުގެ ސަރަހައްދު ބެހި ގޮތާމެދު ބާ ކައުންސިލުން ދިރާސާއެއް ކުރަނީ 

އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) މެދުވެރިކޮށް ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހިގޮތާމެދު ދިރާސާއެއް ކުރަން ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނެފިއެވެ. ބާ ކައުންސިލުން ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމަކީ ގައުމީ މުހިންމު މައްސަލައެއް ކަމަށާއި އާންމު މަސްލަހަތާ ގުޅުން ހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ބާ ކައުންސިލުގެ ރައުޔާއި […]

އާޒިމް އެމްޑީޕީން ވަކިކޮށް, އަހަރެއް ވަންދެން އަލުން ޕާޓީއަށް ނުވަދެވޭ ގޮތް ހަދައިފި

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެމްޑީޕީން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމައިފިއެވެ. ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަަކަށް ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) އިން ފިޔަވަޅު އަޅާ ކޮމިޓީގައި އެދުމުން މިއަދު ހެނދުނު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕާޓީން އާޒިމް ވަކިކުރަން ނިންމީ ކޮމިޓީގެ […]

ފުރަތަމަ ވެސް ދޫކޮށްލީ ކުޑަކުއްޖަކާ ބެހުނު މީހެއް: މިއަދު ވިދާޅުވަނީ ކުދިންނަށް ގޯނާ ނުކުރުމަށް

ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމާ ގުޅިފައިވާ އެއްކަމަކީ އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ އެ ތަނެއްގައި ދިރިއުޅޭ ކުޑަކުދިންކަން ފާހަގަކުރައްވައި ރައީސް […]

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ފިލައިފި

އއ.ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ.  ފުލުހުން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ގޮޅިން ނެރެފައި ހުއްޓާ ފިލާފައިވާ ކަމަށެވެ. އަދި އޭނާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. އެ ގޮތުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅުވައި […]

ރައީސް ޔާމީން ހުންނަވާ ގޮޅީގައި ކެމެރާ ހަރުކޮށްގެން ބަލަމުންދާކަމުގެ ތުހުމަތު

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާ ކޮޓަރިއާއި ފާހާނައިގައި ކެމެރާ ހަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ނިންމަވައި އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައެވެ. ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި […]

ލޯންޗު އެކްސިޑެންޓްގައި ނިޔާވީ ސަސްއީގެ ވެރިޔާ

މިއަދު ހިނގި ލޯންޗު އެކްސިޑެންޓްގައި ނިޔާވީ ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއެއްކަން އެނގިއްޖެއެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެކްސިޑެންޓް ހިނގީ ސަސް ސްޕީޑް ނަމަކަށް ކިޔާ ގަލްފް ކްރާފްޓް ލޯންޗަކާއި އެމްޑަބްލިޔުއެސްސީގެ ލޯންޗެއް ޖެހިގެންނެވެ. ފުލުހުން ވިދާޅުވީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ހިނގި  އެކްސިޑެންޓްގައި ނިޔާވީ 53 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ ސަސްއީ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު ސަޢުދުﷲ އަޙްމަދެވެ.  […]

“ހަސަން ކުރުސީ“ ގެ އަސްލު ހޯދަން ނަޝީދު ޕޮލިހަށް

“ހަސަން ކުރުސީ“ ގެ ނަމުގައި ބޭނުން ކުރަމުން އަންނަ ޓުވިޓާ އެކައުންޓުގެ ވެރި ފަރާތް ހޯއްދެވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅުއްވައިިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުއްވި ސިޓީއެއްގައި ރައީސް ނަޝީދު ވިދާޅުވީ “ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ އަޅުގަނޑުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އަޅުގަނޑަށް އިންތިހާއަށް ގެއްލުން […]