ގުރޫޕު ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ގުރޫޕު ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މި މައްސަލައިގައި ހޯދަމުންދަނީ ރ.މަޑުއްވަރީ/ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) އެވެ.  އޭނާ ހޯދަމުންދަނީ މި މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި, ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ […]

އިބްރާހީމް ޢަބްދުﷲ ހައްޔަރުކޮށްފި, ބަންދަށް 30 ދުވަސް

މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުން އައި މއ.ނައިޓްވިލާ އިބްރާހީމް ޢަބްދުﷲ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ. ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިބްރާހީމް ޢަބްދުﷲ ހޯދަމުންދާކަން ފުލުހުން ހާމަކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މިއަދު އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.  އަދި އޭނާގެ ބަންދާމެދު […]

ކޮވިޑު ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޮވިޑު ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑު ޖެހުނު އިތުރު މީހަކު މިިދިޔަ ހަފުތާގައި ވަނީ ނިޔާވެފައެވެ.  އެހެންކަމުން ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 315 އަށް އަރައިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގައި (މެއި 14 އިން 20 އަށް) އިތުރު 36 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.  އަލަށް ޕޮޒިޓިވްވި މީހުންގެ […]

“ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީ ރަޖިސްޓްރީކުރަން  ”ފިކުރެއްގެ ދިރުން“ ފެކްޝަނުން ފޯމު ހުށަހަޅައިފި

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން އާ ސިޔާސީ ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފިއެވެ. އާ ޕާޓީ ހަދަން ހުށަހެޅީ “ދަ ޑިމޮކްރެޓްސް“ ގެ ނަމުގައެވެ. ނަމަވެސް ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ ކިތައް ފޯމުކަމެއް އަދި ސާފެއް ނުވެއެވެ. އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ އެމްޑީޕީން ވަކިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން […]

ފުރަތަމަ ކުއާޓާގައި 10,000 އަށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހައިފި

މިއަހަރުގެ ފުރަތަމަ ކުއާޓާގައި 10,000 އަށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހުގައި 10,617 ވެހިކަލެއްގައި ފުލުހުން ވަނީ ސްޓިކާ ޖަހައިފައެވެ. ސްޓިކާ ޖެހި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 5093 ސައިކަލާއި 3979 ކާރާއި 853 ޕިކަޕާއި 475 ވޭނާއި 107 ޖިޕާއި 111 ޓްރަކެވެ. މީގެއިތުރުން ގަވާއިދާ ޚިލާފުވެގެން 543 ސައިކަލަކާއި 40 ކާރާއި 13 ބައިސްކަލާއި 08 ޕިކަޕާއި 7 ވޭނާއި […]

“މިލޮސޮވިޗްގެ ކަޅު ދަބަސް“

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދަށްވުރެ ނުބައިނުލަފާ ޣައްދާރެއް މި ރާއްޖެއަކު ނުހުންނާނެ ކަމަށާއި އޭނާއަކީ “މިލޮސޮވިޗްގެ ކަޅު ދަބަސް“ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ 19 ވަނަ މަޖިލީހުގައި އެންމެ ފުރަތަމައަށް ކުރި މަސައްކަތަކީ މަސްވެރިކަމާ ބެހޭ ގާނޫނެއް އެކުލަަވައިލުން ކަމަށާއި, އެ ގާނޫނުގައި އޮފްޝޯ ޕްލެޓްފޯމްތައް އެޅުމުގެ ވާހަކައާއި ދިވެހިރާއްޖޭގެ […]

މޮސްޓާގެ ބޮޑެތި ތުހުމަތުތަކެއް ސަޢީދަށް

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދާމެދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ. މޮސްޓާ މިފަދަ ތުހުމަތުތަކެއް ކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވައިލުމަށް ސަރުކާރަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް އިއްޔެ ބަހުސް […]

ދޮގު ބަޔާން ދެއްވިކަމަށް ބުނެ މުޢިއްޒުގެ މައްޗަށް އުފުލި ސާބިތެއްނުވި

ނޫމަޑި މައްސަލާގައި ދޮގު ބަޔާން ދެއްވި ކަމުގެ ތުހުމަތުގައި މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މޭޔަރު މުޢިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލީ ނޫމަޑި ކުންފުންޏާއެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީ ސަރުކާރުން ބާތިލުކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވިކަމަށް ބުނެއެވެ. މި […]

އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ބަންޑާރަނައިބު ނޯޓިސް ފޮނުވައިފި

ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިގުތިސާދީ ސަރަހައްދުން ފުށުއަރާ ކަމަށް ބުނާ ބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ގާނޫނާ ޚިލާފަށް އަމަލުކުރެއްވި ކަމަށް ބުނެ, އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްޢަތަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ މިއަދު ފަށާފައިވާއިރު, އެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަނައިބު ރިފްޢަތުގެ […]

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ. އެމްޑީޕީން އިއްޔެ ވަކިވެވަޑައިގެންނެވި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ޕީޖީން މަސައްކަތް ފަށާފައިވަނީ އިއްޔެގައެވެ. މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގައި މިހާރު ތިއްބެވި 87 މެމްބަރުންގެ ތެރެއިން މަދުވެގެން 22 މެމްބަރުންގެ ސޮޔާއެކު ކަމަށްވާއިރު އެނގިފައިވާ ގޮތުން އީވާގެ މައްސަލަ […]