މި ފަހަރުގެ އިންތިޚާބަކީ މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށް ވޯޓު ދެއްވާ އިންތިޚާބަކަށް ހައްދަވާ: ޢުމަރު

މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ މަސްތުވާ އެއްޗެހިން މި ގައުމު ސަލާމަތް ކުރުމަށް ވޯޓު ދެއްވާ އިންތިޚާބަކަށް ހެއްދެވުމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިއަދު އިލްތިމާސް ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު މި ގޮތަށް އިލްތިމާސް ކުރެއްވީ ރިޔާސީ ކެމްޕޭނަށް މިހާރު ވ.އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ފެލިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ޢުމަރު ވިދާޅުވީ ސިޔާސީ ބޭފުޅުން ކޮންމެ ފަހަރަކު ވެސް […]

ރައީސް ނަޝީދު އެމަނިކުފާނުގެ އަމިއްލަ ޕާޓީ ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރައްވައިފި

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރައްވައިފިއެވެ. އެމްޑީޕީ ދެބައިވެ އުފެދުނު ”ދަ ޑިމޮކްރެޓްސް“ އަށް ރައީސް ނަޝީދު ސޮއިކުރެއްވީ އެކަމަށް ޚާއްސަކޮށްގެން މިރޭ ކުރިއަށްގެންދާ ޖަލްސާގައެވެ. އާޓިފިޝަލް ބީޗުގައި ކުރިއަށްދާ މި ޖަލްސާގައި އިތުރު މީހުން ވެސް ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ. ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަކިވެވަޑައިގަތްކަން ހާމަކުރައްވައި  ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް […]

“ދަ ޑިމޮކްރެޓްސް“ ރަޖިސްޓްރީކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އުފައްދާ ”ދަ ޑިމޮކްރެޓްސް“ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ”ދަ ޑިމޮކްރެޓްސް“ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އީސީއަށް ހުށަހެޅީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ނަމުގައެވެ. ޑިމޮކްރެޓްސް އުފައްދަން ހުށަހެޅީ 550 އަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކުއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ […]

ޔާމީންގެ ޝަރީއަތް ލަސްވާތީ އިދިކޮޅު ކޯލިޝަނުން ރައީސް އޮފީހަށާއި ބައެއް މުއައްސަސާތަކަށް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހަމަޖައްސާފައިވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތްތައް ކުރިއަށްދާ ގޮތާމެދު ހުރި ކަންބޮޑުވުންތަކާއެކު އެ ކޯލިޝަންގެ ލީޑާރޝިޕުން މިއަދު ރައީސް އޮފީހަށާއި ބައެއް މުއައްސަސާތަކަށް ވަޑައިގެންފިއެވެ. ރައީސް އޮފީހުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ހައިކޯޓަށް ވަޑައިގެންފައެވެ. ހާޒިރުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ޢަބްދުއްރަޙީމް (އަދުރޭ) އާއި ކޯލިޝަންގެ […]

ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ބަންދުކޮށްފައި ހުރި އިސޫ ދޫކޮށްލައިފި

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ މަރުގެ މައްސަލައާއި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މ.ލެގޫންވިއު އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ) ބަންދުން ދޫކޮށްލައިފިއެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާައިވާ އިސޫ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އިސޫ ބަންދުން ދޫކޮށްލި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ފައިގައި ޓެގް އަޅުވައި ޕާސްޕޯޓް ހިފަހައްޓައި ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް […]

އާމިނަތު ޢައްބާސް އަވަހާރަވެއްޖެ

މަޝްހޫރު ޅެންވެރިޔާ ގ.އައްބާސާ އާމިނަތު ޢައްބާސް މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެކަމަނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގައެވެ. އުމުރުފުޅުން 69 އަހަރުގައި އަވަހާރަވި އާމިނަތު ޢައްބާސަކީ ކުރީގެ ކުޅަދާނަ ޅެންވެރިޔާ އާމިނަތު ފާއިޒާ (ޑޭޒީމާ) ގެ ދަރިކަނބަލެކެވެ. އާމިނަތު ޢައްބާސަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ހިންގި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ 5 ކޯހަކާއި ދިވެހި ނާދީއާއި ދިވެހިނާދީގެ އަތޮޅު ގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި […]

ޢަލީ ވަޙީދު މިހާރު ވިދާޅުވަނީ ރައީސް ޞާލިޙަށް 35 މިލިއަން ރުފިޔާ ލިބިވަޑައިނުގަންނަވާ ކަމަށް

ރައީސް އިބްރާހިމް މުޙައްމަދު ޞާާލިޙަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް ކުރިން ވިދާޅުވި ވިދާޅުވުމަކީ ދޮގެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މިއަދު ވިދާޅުވެއްޖެއެވެ. ޢަލީ ވަޙީދު މިހެން ވިދާޅުވީ 3 އަހަރާއި 3 ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު އެ ތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި […]

ދައުވާތައް ކުރިއަށް ނުގެންދަން ނިންމުމުން ޢަލީ ވަޙީދު ރާއްޖެ ވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމު ފުރުއްވި ޢަލީ ވަޙީދުގެ މައްޗަށް އުފުލި ޖިންސީ ކުށުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމުމުން މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ދެ އަހަރެއްހައި ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ޢަލީ ވަޙީދު ރާއްޖެ ވަޑައިގެންނެވީ މިއަދު 1:30 ހާއިރުއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު އެ ތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 18 ނޮވެމްބަރު 2020 ގައި ދައުލަތުން ޢަލީ ވަޙީދުގެ މައްޗަށް 7 ދައުވާއެއް އުފުލިއެވެ. އެއީ […]

ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދީފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދީފިއެވެ. މިކަމާ ގުޅޭ ގޮތުން ކަރެކްޝަންގެ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް އަދީބުގެ އާއިލާގެ މެމްބަރަކު ވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ލިބިވަޑައިގެންފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ. ދާދިފަހުން އަދީބަށް ވަނީ އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާދީފައެވެ. މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއިން […]

އައްޑޫގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ހުޅުދޫ އަންހެނަކު މޫދަށް ދިޔަ ގޮތަށް ޚަބަރެއްނުވާތީ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ އުމުރުން 78 އަހަރުގެ ދިވެހި އަންހެން މީހާ ހޯދަމުން ދަނިކޮށް ފެނުނީ މިއަދު މެންދުރު ކުރި 11:48 ހާއިރު ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހުޅުދޫ ކަނޑޫއެޅެ ބީޗް ސަރަހައްދުންނެވެ.  ހުޅުދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން […]