އާމިނަތު ޢައްބާސް އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

މަޝްހޫރު ޅެންވެރިޔާ ގ.އައްބާސާ އާމިނަތު ޢައްބާސް މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެކަމަނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގައެވެ.

އުމުރުފުޅުން 69 އަހަރުގައި އަވަހާރަވި އާމިނަތު ޢައްބާސަކީ ކުރީގެ ކުޅަދާނަ ޅެންވެރިޔާ އާމިނަތު ފާއިޒާ (ޑޭޒީމާ) ގެ ދަރިކަނބަލެކެވެ.

އާމިނަތު ޢައްބާސަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ހިންގި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ 5 ކޯހަކާއި ދިވެހި ނާދީއާއި ދިވެހިނާދީގެ އަތޮޅު ގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ 6 ކޯހެއް ވިލަރެސްކުރައްވައި މައުލޫމާތު ދެއްވާފައިވާ ބޭފުޅެކެވެ. އަދި ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި ލަވަ މުބަރާތްތަކާއި ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި އިންސާފު ކޮށްދެއްވުމުގެ މަސައްކަތް ވެސް ކޮށްދެއްވާފައިވެއެވެ. 

2002 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ވެސް ހާސިލުކުރައްވައިވާ އާމިނަތު ޢައްބާސަށް ލިބިވަޑައިގެންފައިވާ އިތުރު ކާމިޔާބީތަކުގެ ތެރޭގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން 1 ވަނަ ލިބިވަޑައިގަތުން ހިމެނެއެވެ. އަދި ސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވެވި ދީނީ ޅެންހެދުމުގެ މުބާރާތުން 1 ވަނަ ލިބިވަޑައިގެންނެވިއިރު ގައުމީ ޅެންހެދުމުގެ މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް