މުޢިއްޒު އެންޑޯޒް ކުރަން ނުނިންމަން, ޕްލޭން ބީ އަކީ މުޢިއްޒެއް ނޫން: ޕީޕީއެމް

ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަކީ ޕީޕީއެމްގެ ގެ ކެންޑިޑޭޓް ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރު ޕީޕީއެމްއިން ދޮގުކޮށްފިއެވެ. ޕީޕީއެމްއިން ބުނީ އެ ޕާޓީން ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓެއްކަމަށް ނިންމައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. “ޒިންމާދާރު ނޫސްވެރިކަން ކުރައްވާއިރު ކަމުގެ ޙަޤީޤީ މައުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް ގޮވާލަން. ޕީޕީއެމްގެ ފަރާތުން […]
މުޢިއްޒުގެ ރަނިންމޭޓަކަށް މެންބަރު ޙުސައިން މުޙައްމަދު ލަޠީފް

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސައިފިއެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލެއްވީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ. ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ 48 މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މުޢިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ޑރ.މުޢިއްޒު މިއަދު […]
ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ.މުޢިއްޒަށް

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުކޮށްފިއެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް މިއަދު ހެނދުނު ހުޅުވައިލި ފުރުސަތު ހަމަވީ މެންދުރު 14:00 އަށެވެ. އެ މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ. ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް މީގެ ކުޑައިރުކޮޅެއް ކުރިން ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ 48 މެންބަރުންގެ މެދުގައި ވަނީ ސިއްރު ވޯޓެއް ނަގައިފައެވެ. އެގޮތުން 25 ވޯޓާއެކު ރިޔާސީ ޓިކެޓް […]
އާދަމް ޝަރީފް ވިދާޅުވަނީ ޓިކެޓް ކަށަވަރު ކުރެވޭނެކަމުގެ %100 ޔަގީންކަން އެބައޮތް ކަމަށް

ޕީއެންސީގެ ރިޔާސީ ޓިކެޓް ކަަށަވަރު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމެވީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަން ކުރެއްވުމަށާއި ޕާޓީގެ މެންބަރުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ. ރައީސް ޔާމީންގެ […]
ޓިކެޓަށް ކުރިިމަތިލުމުގެ ސުންގަޑިއަކީ 2: ކުރިިމަތިލެއްވުމަށް މުޢިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޕީއެންސީން މިއަދު ހެނދުނު ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ އަޣުލަބިއްޔަތުން ވަނީ އަންނަ ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރެން ނިންމައިފައެވެ. އެއާއެކު ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. ކުރިމަތިލުމުގެ މުއްދަތު ހުޅުވާލައިފައިވަނީ މިއަދު މެންދުރުފަހު 14:00 އަށެވެ. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅަން ހަމަޖެހިފައިވަނީ މިއަދު 16:00 ގައި ބާއްވާ މަޝްވަރާ ބައްދަލުވުމުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން […]
ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފާސްކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން އިދިކޮޅު ޕީއެންސީން މިއަދު ނިންމައިފިއެވެ. އެ ގޮތަށް ނިންމީ ޕީއެންސީން މިހާރު ކުރިއަށްގެންދާ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ. ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 ވޯޓުގެ އަޣުލަބިއްޔަތުން ފާސްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރުމަށެވެ. މިއާއެކު ދެން އޮންނާނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލުމެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފާ […]
ހަފީޒު އެކްސިޑެންޓްވުން: ބާރު ސްޕީޑުގައި ސައިކަލު ދުއްވި ޒުވާނާ ބަންދުން ދޫކޮށްލައިފި

މިދިޔަ ޖޫން މަހުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް އެމްއެންޔޫގެ ލެކްޗަރަރ ޢަލީ ހަފީޒުގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓްވި މައްސަލާގައި ހައްޔަރުކުރި ޒުވާނާ މިއަދު ބަންދުން ދޫކޮށްލައިފިއެވެ. ޖޫންމަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެމްއެންޔޫގެ ލެކްޗަރަރ ޢަލީ ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ސައިކަލު ދުއްވަން އިން 22 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށް ބަންދަށް ފުރަތަމަ […]
ފިތުނަވެރި ހުރިހާ ވާހަކަތަކަށް ޕާޓީގެ މެމްބަރުން ސަމާލުވޭ: ޔާމީންގެ އިންތިޚާބީ އެޖެންޓް

ފިތުނަވެރި ހުރިހާ ވާހަކަތަކަށް ޕާޓީގެ މެމްބަރުން ސަމާލުވެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް މުޙައްމަދު ތޮލާލް މިއަދު އެދިވަޑައިގެންފިއެވެ. އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލަ ސްޕްރީމް ކޯޓުގައި ރަޖިސްޓްރީވެ ފައިސާ ދައްކައި ވެސް ނިމުނުކަން ފާހަގަކުރައްވައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ތޮލާލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އަދި ސެނެޓް އޮތީ ވަރަށް ސާބިތުކަމާއެކު ކުރިއަށް […]
ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު އިއްޔެ އީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން އިއްޔެ ހަވީރު ވަނީ ޝަރުތު ހަމަނުވާ ކަމަށް ބަލައި ކެންޑިޑެންސީ ބަލައިނުގަންނަން ނިންމައިފައެވެ. މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ރޭ ފަތިހުގައެވެ. “ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑެންސީގެ މައްސަލަ ހުށަހަޅައިފިން. މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން […]
ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އީސީއިން ނިންމައިފި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ޕީޕީއެމްއިން ރައީސް ޔާމީީންގެ ކެންޑިޑެންސީ ފޯމު އީސީއަށް ހުށަހެޅީި މިއަދު ހެނދުނުއެވެ. ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު […]