އަމިއްލަގޮތުން ވާދަކުރައްވާ ތިން ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް ނިންމައިފި

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވާ ތިން ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ އެމްއާރްއެމްގެ ރައީސް ފާރިޝް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލެވެ. އީސީން ބުނީ އެ ބޭފުޅުންގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް […]

މަޑަވެލީގައި ރައީސްގެ ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ހުޅުޖަހައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގދ.މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ހުޅުޖަހައިފިއެވެ. މަޑަވެލީގެ އުތުރު ފަރާތުގައި ހަދާފައި ހުރި އެ ތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. މުޅި ތަން އޮތީ އަނދާފައި ކަމަށާއި ދެން އެ ތަނުގައި ޖަލްސާ ނުބޭއްވޭނެކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. މިކަމުގެ ސަބަބުން ދަތުރުފުޅު ލަސްކުރި ނަމަވެސް ރައީސް ޞާލިޙް މިހާރު ވަނީ މަޑަވެއްޔަށް ވަޑައިގެންފައެވެ. ޖަލްސާ […]

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ބޭފުޅުން

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ހުޅުވައިލި ފުރުސަތު ހަމަވިއިރު 8 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވައިލީ ޖުލައި 23 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިއަދު 14:00 އަށެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ފަސް ޕާޓީއެއްގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ތިން ބޭފުޅަކު ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެވެ. ޕާޓީތަކުގެ ޓިކެޓުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް […]

ޑރ.މުނައްވަރު އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފި

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު އެ ނިންމުން އަނބުރާ ގެންދަވައިފިއެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޑރ.މުނައްވަރު ވަނީ އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ވެސް ހަމަކުރައްވައިފައެވެ. އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ނިންމުން ބަދަލުކުރެއްވިކަން ހާމަކުރައްވާފައެވެ. ނަމަވެސް އިންތިޚާބުގައި ވާދަނުކުރަން ނިންމެވި ސަބަބެއް ހާމަކުރައްވައިފައެއް ނުވެއެވެ. އެ ޓުވީޓުގައި މުނައްވަރު ވަނީ އޭނާއަށް ތާއީދުކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ޑރ.ޖަމީލުގެ ފުރިހަމަ ތާއީދު މުޢިއްޒަށް އޮތްކަން ހާމަކުރައްވައިފި

ރައީސް ޔާމީން ޢަބްދުލްްޤައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދުގެ ފުރިހަމަ ތާއީދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް އޮންނާނެ ކަމަށް ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ. ޖަމީލު މިހެން ވިދާޅުވީ ޑރ.މުޢިއްޒު މިއަދު އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ’އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަ ކެނޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެއެވެ.“ ޑރ.މުޢިއްޒަށާއި އޭނާގެ ރަނިންގމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފަށް މަރުހަބާ ވިދާޅުވެ […]

މުޢިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅަނީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ”ބެކަޕް ކެންޑިޑޭޓެއް” ގެ ގޮތުގައި ޕީއެންސީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް ނިންމައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ މުޢިއްޒެވެ. މުޢިއްޒު މިހާރު ވަނީ އޭނާގެ ރަނިންގމޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ […]

ޔާމީން އެންގެވި ނަމަވެސް އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްް/ޕީއެންސީގެ ސެނެޓުން ފާސްކޮށްފި

އަންނަ ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްް/ޕީއެންސީގެ ސެނެޓުން ފާސްކޮށްފިއެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދު ހެނދުނު ވަނީ ހުކުމް އިއްވައިފައެވެ. ސްޕްރީމް ކޯޓުން ހުކުމް ކުރީ އީސީގެ ނިންމުން ރަނގަޅު ކަމަށެވެ. އެ ހުކުމާ ގުޅިގެން ޕީޕީއެމްއިިން އިންތިޚާބު ބޮއިކޮޓްކުރަން ރައީސް ޔާމީން ޕާޓީގެ ލީޑާޝިޕަށް އެންގެވިއެވެ. އެކަމާ ގުޅިގެން ލީޑާޝިޕުން ބޭއްވި ބައްދަލުވުމުގައި ނިންމި ގޮތަށް […]

ތިން ކެންޑިޑޭޓެއްގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ތިން ކެންޑިޑޭޓެއްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. މިއަދު ހެނދުނު 09:00 ގައި ހުށަހެޅުއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެންޑިޑެސީ ފޯމެވެ. އޭގެފަހުން 10:00 ޖެހިއިރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވާއިރު މީގެ އިރުކޮޅެއް ކުރިން  ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު ވަނީ ހުށަހަޅުއްވާފައެވެ. މި […]

ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންސްއަށް ހުށަހެޅުއްވުމުން ބަލައިނުގަންނަން އެ ކޮމިޝަނުން ނިންމި އެއް ސަބަބަކީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ ކިބައިިގައި […]

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ: ހުކުމް އިއްވުން މާދަމާ 3 ގައި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް ކުރުން މާދަމާ ބާއްވަން ސްޕްރީމް  ކޯޓުން ތާވަލުކޮށްފިއެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާއަކީ, ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހެއް ކަމުގައިވާންޖެހޭ ކަމަށެވެ. ނަމަވެސް […]