علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތު

علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތާއި އުނގެނޭ މީހުންނަށް މިންވަރުކޮށް ދެވާފާއިވާ މަތިވެރި ނިޢުމަތްތަކާއި ، ޢިލްމު އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަ ކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ ކަމާއި، އުޑާއި ބިމުގައިވާހާ އެއްޗަކާއި ކާއިނާތުގައި ވާހާ އެއްޗަކީ އެކަލާންގެ އަށް މިލްކުވެ ވޮޑިގެންވާ ތަކެތިކަމާއި ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ނުވާނެކަން ވެސް ޢިލްމުން އިންސާނާއަށް ދެނެގަނެވެއެވެ.   ޢިލްމުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި ފަލަކީ އިލްމާއި ހިސާބު ޢިލްމު ހިމެނޭނެއެވެ. ދަންނަންޖެހޭ […]

މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނުބައިކަން

މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މީހެއްގެ މުދަލެއް އަތުލައިގަތުމަށްޓަކައި ދޮގުވެރި ޙާލުގައި ހުވާކުރިމީހާ ދަންނާށެވެ! އެމީހާ ﷲއާ ބައްދަލުކުރާނީ އެކަލާނގެ އޭނާ ދެކެ ރުހިވޮޑިނުގަންނަވާ ޙާލުގައެވެ. “ ( ބުޚާރީ މުސްލިމު)މާތް ﷲ ރުއްސުންލެއްވި އިބުނި މަސްޢޫދު އަރިހުން އަރިހުން ރިވާވެގެންވޭ މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އެއްވެސް ޙަޤީޤަތެއް ނެތި މުސްލިމެއްގެ މުދާ ހުވާ ކޮށްގެން އަތުލާމީހާ ޤިޔާމަތް ދުވަހުން މާތް ﷲ އާ […]

ޤުރުއާނާއި ޙަދީސުގެ އަލީގައި އީރާން

އަޅުގަނޑު އީރާން ދެކެ ލޯބިވެ ސަޕޯޓުކުރާ ތަފާތު ސަބަބުތައް އެބަހުއްޓެވެ. އެއީ :1- އެތާގެ ރައްޔިތުންގެ 99% އަކީ މުސްލިމުން ކަމުގައި ވާތީއެވެ. 2- އެމީހުންގެ ތައުރީފުގައި ކީރިތި ރަސޫލާ صلعمގެ މިޙަދީސު ބަސްފުޅު އައިސްފައިވާތީއެވެ. وَالَّذِي نَفْسِي بِيَدِهِ لَوْ كَانَ الْإِيمَانُ مَنُوطًا بِالثُّرَيَّا لَتَنَاوَلَهُ رِجَالٌ مِنْ فَارِسَ (މާނައީ ﷲ ގަންދީ ވިދާޅުވަމެވެ. ޢިލްމާއި އީމާންކަން އަސްމާނީ ތަރިތަކުގައި އެލުވިފައި ހުއްޓަސް ފާރިސް ކަރައިގެ (އީރާނު) މީހުން އެކަންކަން ޙާޞިލުކުރާނެއެވެ.) [މިއީ […]

ފަލަސްތީނަށް ވެރިވެގަނެގެން އުޅެނީ ޒައަނިސްޓް ޓެރަރިސްޓް ޖަމާޢަތެކެވެ.

ފަލަސްޠީނުގެ ބިމުގައި އިޒްރޭލު ކިޔާ ޓެރަރިސްޓް ދައުލަތެއް އިނގިރޭސިންނަށް އުފެއްދުނީ، ޢަރަބިންގެ ޣަފުލަތުންނެވެ. އިނގިރޭސިވިލާތާއި ހުޅަގުގެ މަޞްލަޙަތަށްޓަކާ ފަލަސްޠީނުގެ ބިމުގައި، ފުރަތަމަ ޒައަނިސްޓް ޓެރަރިސްޓް ޖަމާޢަތަކުން އުފެއްދި ޤައުމަކީ، އިނގިރޭސިވިލާތް ކަމަށް ވިޔަސް އިނގިރޭސިވިލާތަށް އެކަނި އިޒްރޭލު ޙިމާޔަތް ކޮށްދިނުމަކީ ނާދިރުކަމަކަށް ވުމުން އެމެރިކާ އާއި  ޖަރުމަނާއި ފްރާންސް އާއި އިޓަލީ އަދި މިނޫން ހުޅަގުގެ ޤައުމުތައް ބައިވެރިކުރުވިއެވެ.އަބަދުވެސް އިސްލާމުންނަށް ގޯނާއެއް ކުރެވެން އޮތިއްޔާ މިކާފަރުންތައް އެއްބައިވެތެވެ.  އިޒްރޭލު އުފެއްދުނީއްސުރެއް އިޒްރޭލު ޙިމާޔަތްކުރުމުގައި ފަލަސްޠީނާއި އެއްބޯޑަރެއް ޙިއްސާކުރަން […]

އެވަގުތު މާތްވަނީ ކީއްވެގެން ހެއްޔެވެ!

ކޮންމެ ރެއެއްގެ ހާރުދަންވަގުތަކީ މާތްކުރެވިފައިވާ ވަގުތުކޮޅެކެވެ.އެވަގުތު ކޮޅަކީ ގާތްގަޑަކަށް1:30ފެށިގެން އަންނަ ވަގުތުތަކެވެ. އެވަގުތު މާތް ވަނީ އެވަގުތަކީ، ﷲ އެކަލާނގެ ޛާތުފުޅާ އެކަށީގެންވާގޮތެއްގެމަތީން ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގަންނަވާ ވަގުތުކޮޅެކެވެ. އެވަގުތުކޮޅުގައި އެކަލާނގެ އަންނަނިވި ކަންކަމުގެނިދާ އިއްވައެވެ. އެއީ; ދުޢާކުރާމީހާގެ ދުޢާ އިޖާބަކުރަށްވާނެ ވާހަކައެވެ.ކަމަކަށްއެދި ދަންނަވާ މީހާގެ އެކަމެއް ފުރިހަމަ ކޮށްދެއްވާނެ ވާހަކައެވެ.ފާފަ ފުއްސަވާދެއްވުން އެދި ދަންނަވާމީހާގެ ފާފަތައް ފުއްސަވާދެއްވާނެ ވާހަކައެވެ.ފަތިސްނަމާދުވަގުތު ވަންދެން މިގޮތަށް ނިދާއިއްވުމުގައިﷲދެމިވޮޑިގެންވެއެވެ.މި ވާހަކަ އައިސްފައިވަނީإمَامُ مُسْلِمُއާއި އެހެނިހެން އިމާމުން ރިވާކުރަށްވާފައިވާصَحَّޙަދީޘްތަކުގައެވެ. އެހެންކަމުން ބަރަކާތްތެރިرَمَضَانމަހަކީ […]

ކުރު ވާހަކަ:ދަރިފުޅު ކަދުރު ގެނެސްފައި އޭގެ އޮށް ނުނަގަމެއް ނޫން ހެއްޔެވެ؟

ފަތިސް ނަމާދަށް ފަހު، އަބޫ ބަކުރުގެފާނު، ކޮންމެ ދުވަހަކު ވެސް، މަދީނާގެ ރަށް ބޭރަށް ވަޑައިގެން، ކުޑަކުޑަ ގެގަނޑަކަށް ވަންނަވައި، ވަގުތުކޮޅެއް ހޭދަކޮށްލައްވާތީ އެކަމާ ދިމާއަށް އުމަރުގެފާނުގެ ސަމާލުކަން ދިޔައެވެ. އާންމު ގޮތެއްގައި، އަބޫ ބަކުރުގެފާނު ކުރައްވާ ކަންކަން އުމަރުގެފާނު ދެނެވަޑައިގަނެއެވެ. ނަމަވެސް، ރަށްބޭރުގައި ހުންނަ މި ގެއަށް އަބޫ ބަކުރު ވެދެވަޑައިގަންނަވީ ކީއްވެގެން ކަމެއް، އެކަމުގެ ސިއްރަކީ ކޮބައި ކަމެއް، އެއްގޮތަކަށް ވެސް އުމަރުގެފާނަކަށް އެނގިވަޑައިގެން ނުވެއެވެ. ކޮންމެއަކަސް، މިގޮތުގައި، ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަބޫ […]

 ފުރާވަރު

ފުރާވަރު އުމުރަކީ ކުދީންގެ އުޅުމަށް އިންޤިލާބެއް ގެނުވާ އުނދަގޫ ދުވަސްވަރެކެވެ. ވުމާއިއެކު ބެލެނިވެރިން އެމީހުންގެ ދަރީންނަށް ފުރާވަރު އުމުރުގައި ޙާއްޞަ ސަމާލުކަމެއް ދިނުން މުހިއްމެވެ. މި އުމުރުގައި ކުދީންގެ އުޅުމަށް ޙާއްޞަ ސަމާލުކަމެއް ނުދެވިއްޖެނަމަ، ކުއްޖާގެ އަޙްލާޤަށް ބޮޑެތި ބަދަލު ތަކެއް އައިސް ގޯޅި އެޅުން އޮންނާނީ ދާދި ގާތުގައެވެ.      ފުރާވަރު އުމުރުގެ ކުދިން، ބެލެނިވެރިންނާއި، ދަރިފުޅާއިމެދު، ބަދަހި އިތުބާރު ހިފޭ ގުޅުމެއް ޤާއިމް ކުރެވިފައިވާނަމަ، ފުރާވަރު އުމުރުގައި ކުއްޖާ މަގުގެއްލިގެން ދިއުން ދުރެވެ. އަދި […]

އިސްލާމީތާރީޚުގެ ތެރެއިން ހަޖަރުލް އަސްވަދު – 2

https://sandhaanu.today/36032/ އާއި ގުޅޭ … ިއުންތެރިންގެ ސަމާލުކަމަށްޓަކައި އަދިވެސް އެއްފަހަރު ހަނދާންކޮށްލަ ދޭންބޭނުމެވެ. މާތްވެގެންވާ އިސްލާމްދީނަކީ މާތް ﷲ ބާވައިލެއްވި ސީދާވެގެންވާ ތެދުމަގެވެ. އެހެންނަމަވެސް އަހަރެމެންގެ ތާރީޚަކީ ދުނިޔޭގެ އެހެން ޙާދިސާތަކުގެ ވާހަކަތަކެކޭ އެއްފަދައިން އިންސާނުންގެ އުފެއްދުމެކެވެ. އޭގައި އެ ތާރީޚުގެ ޙާދިސާ ގެނެސްދިން ބަޔަކު ބޭނުންވާގޮތް އެކުލެވިފައިވާނޭ ކަމަށް ބެލެވެއެވެ. ހިޖުރައިން 317 ވަނައަހަރު ހިނގާދިޔަ ޙާދިސާގެ މުހިންމުކަން ފާހަގަކުރަން ޖެހެއެވެ. އިސްލާމީ ތާރީޚުގެ ނައު އެހިސާބަށް ދަތުރުކުރިއިރު ތަފާތު މަޒްހަބުތައް އުފެދި އިސްލާމީ އުސޫލުތަކުގައި ހަމައެކަނި […]

އިސްލާމީތާރީޚުގެ ތެރެއިން ޙަޖަރުލް އަސްވަދު -1

ތާރީޚު އިލްމަކީ މާޒީގެ ޙާދިސާތައް ކުރިއަށްއޮތް ޖީލުތަކަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން ގެންދާ ވަސީލަތް ކަމުގައި އެއްވެސް ކިއުންތެރިއަކު ދެބަސް ނުވާނެއެވެ. ހަމަ އެއާއިއެކު ދެނެގަންނަންޖެހޭ އަނެއް ޙަގީގަތަކީ ތާރީޚުގެ ޙާދިސާތައް ގެނެސްދިނުމަކީ އިންސާނުންނާ ގުޅިފައިވާ ކަމަކަށް ވުމާއެކު އެ ޙާދިސާތައް ގެނެސްދީފައިވަނީ ސައްތަ އިންސައްތަ ޙަގީގަތާއި އެއްގޮތަށް ކަމަށް ނުވުމަކީ އެކަށީގެންވާކަމެކެވެ.  އެ ހާދިސާތަކުގެ މަޢުލޫމާތު ގެނެސްދޭ މީހާގެ ވިސްނުމާ ފިކުރާއި އަދި އޭނާ ޖައްސަން ބޭނުންވާ ކުލައެއް އޭގައި ޖެއްސުމުގެ ފުރުސަތު […]

ނަމާދުގެ ކުރުމުގައި ޚުޝޫރަތްތެރިވުން

ނަމާދުގައި ޚުޝޫޢަތްތެރިވާން އެދޭ ކޮންމެ މީހަކުވެސް މިލިޔުން ކިޔައިލާށެވެ. އަދި އެކުވެރިންނާ ހިއްޞާވެސް ކޮށްލާށެވެ. ވަރަށް ރަނގަޅަށް މިކަމާއިމެދު ވިސްނަވައި ޢަމަލުކުރަން ޖެހޭނެއެވެ. ތިބާ ހުއްޓިހުރީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައިކަން ހިތުގައި އޮންނަން ޖެހޭނެއެވެ. މާތްﷲ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ. ގިނަފަހަރަށް އަހަރެމެެނަށް ރަސްކަލެއްގާތު މާ ޚުޝޫރަތްތެރި ކަމާއިއެކު ގިނަބަޔަކު ތިބޭތަން އެބަފެނެވެ.  އެހެންވުމުން ތިބާގެ ކިބައިގައި އެއްވެސް ސަމާލުކަމެއްނެތިތިބާގެ ވިސްނުމަށް ﷲ ނުގެނެވެނެއެވެ. ސިކުނޑީގައި ދައުރުކުރަމުން ގެންދާނީ މުޅިން ތަފާތު ފިކުރުތަކެކެވެ. ދުނިޔެއިން ތިބާ އެދޭ ކަންތައްތަކެކެވެ! ނޫންތޯއެވެ؟ ނިކަން ބުނެބަލާށެވެ! އެ ޙާލަތުގައި ތިބާގެ ދަރަޖައަކީ ކޮބައިހެއްޔެވެ؟ ތިބާގެ […]