ޚުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށް ޤާނޫނާ ޤަވާޢިދުތަކަށް ދަރިވަރުން ހޭލުންތެރި ކުރުވަންޖެހޭ:ނައިބު ރައީސް

ޚުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ދަރިވަރުން ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފުވައްމުލަކު ސްކޫލުގައި ބޭއްވި ސަތޭކަވަނަ ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި މުޙައްމަދު ޖަމާލުއްދީނު ސްކޫލާއި ޙާފިޡު އަޙްމަދު ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު […]
އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކޮށް، އާ އުސްމިނަކަށް ވާޞިލުވުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

އަވަށްޓެރި އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކޮށް، އާ އުސްމިނަކަށް ވާޞިލުވުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތް ކުރައްވާނެ […]
އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް ނިންމާ ދިވެހި ސަރުކާރާ ހަވާލުކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކާ ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. މި […]
އަމިއްލަ ނަފްސުދެކެ ލޯބިވާނީ ކިހިނެތް؟

އަމިއްލަ ނަފްސުދެކެ ލޯބިވާން ދަސްކުރުމަކީ ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަމިއްލަ ނަފްސްދެކެ ލޯބިވުމުގައި ހިމެނެނީ ތިމާއަކީ ކާކުކަން، ހުރިހާ އުނިކަންތަކަކާއި އެކު ހުރިހާ ކަމެއް ގަބޫލުކޮށް އަގުވަޒަން ކުރުމެވެ. އަމިއްލަ ނަފްސުދެކެ ލޯބިވުމަށް އެހީތެރިވެދޭނެ ބައެއް ކަންކަން ހިމަނާލާނަމެވެ. އަމިއްލަ ނަފްސުދެކެ ލޯބިވުމަށްޓަކައި އަމިއްލަ ނަފްސަށް އޯގާތެރިވެ ރަނގަޅު ރަޙްމަތްތެރިއަކާ މެދު ކަންތައް ކުރާ ފަދައިން އަމިއްލަ ނަފްސާއި މެދުވެސް ހެޔޮކޮށް ކަންތައް ކުރާށެވެ. މާބޮޑަށް ފާޑުކިޔުމެއް ނެތި ތިމާގެ މަސައްކަތާއި ނާކާމިޔާބީތައް […]
ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ކުޅިވަރު ހަރަކާތް، އިންޓަރނޭޝަނަލް ބޮޑީބޯޑިންގ ކޮމިއުނިޓީ (އައި.ބީ.ސީ) ވޯލްޑް ޓުއާގައި ހިމެނޭ ”ވިޒިޓް މޯލްޑިވްސް ޕްރޯ 2024“ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރި ކޮށްދެއްވައިފިއެވެ. ”ވިޒިޓް މޯލްޑިވްސް ޕްރޯ 2024“ ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި ވިމެންސް އޯޕަން […]
ހުކުރު ހުޠުބާގެ އިނގިރޭސި ތަރުޖަމާ އަރުވަން ފަށައިފި

އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް އަރުވަން ފަށައިފިއެވެ. އިސްލާމިކް މިނިސްޓްީން ބުނީ މިއަދުގެ ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވުޒާރާގެ ފޭސްބުކް ޕޭޖުގެ ލައިވް އަދި އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ޓީވީތަކުން ގެނެސްދީފައިވާ ކަމަށެވެ. މިކަންހާމަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއިން ފެށިގެން ޓީވީ ޗެނަލްތަކަށްވެސް ތަރުޖަމާގެ ފީޑު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މިއަދުގެ ހުކުރު […]
އީރާނުން އިސްރާއީލަށް ރައްދު ދޭނީ ބައިނަލްއަގްވާމީ ޤާނޫނުތަކާއެއްގޮތްވާ ގޮތުގެ މަތިން

ޔަހޫދީ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކަށް އިރާނުން ދޭ ހަމަލާ ރައްދު ވާނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ހައި ކައުންސިލް ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ކާޒެމް ޣަރީބާބާދީ ވިދާޅުވެއްޖެ އެވެ. މުސްލިމުން ޝަހީދުކޮށް އީރާނުގެ އެކި ވަސީލަތްތައް ސުންނާފަތިކޮށް ޒަޔަނިސްޓް ވެރިކަމުގެ ސުލޫކުގެ މައްޗަށް ބިނާކޮށް ހަމަލާތައް ދީފައިވާއިރު އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގައިވާ ގޮތުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އީރާނަށް ޖަވާބުދާރީވުމުގެ ހައްގު ލިބިގެންވާ ކަމަށް ޣަރީބާބާދީ […]
އިސްރާއީލުގެ އަޔަން ޑޯމްއަށް ނުހުއްޓުވޭނެ ހަތިޔާރު އީރާނުގައި އެބަހުރި: އެމެރިކާގެ މީޑިއާ

އިސްރާއިލްގެ އަޔަން ޑޯމްއަށް ނުހުއްޓުވޭނެ ހަތިޔާރު އީރާނުގައި އެބަހުރި ކަމަށް އެމެރިކާގެ މަސްދަރަކުން އިންޒާރު ދީފިއެވެ. އިސްރާއީލުން ތައްޔާރުވަމުން ދަނީ އީރާނާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކުގެ ކޯޑިނޭޓްޑް ހަމަލާއަކަށް ކަމަށާއި އެ ހަމަލާއަކީ އިސްރާއީލުގެ ވައުންޓް އަޔަން ޑޯމް ނިޒާމަށް ވުރެ މާ ބޮޑަށް ފުޅާވާން ޖެހިފައިވާ މަލްޓިލޭޔަރ އެއާ ޑިފެންސް ސިސްޓަމަކަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖު ކަމަށް ވޯލް ސްރީޓް ޖާނަލްގައި ރިޕޯޓުކޮށްފިއެވެ. އެމެރިކާއާއި އިސްރާއީލުން އުފެއްދި އަޔަން ޑޯމް އަކީ […]
ސާކްގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސިލެންސީ ގޮލަމް ސަރްވާރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސާކްގެ ފަރާތުން މެންބަރު ޤައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި […]
މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި

މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައި މިވަނީ އެ ޤައުމުގެ ސިޔާސީ ހަމަނުޖެހުންތައް ހޫނުވެ ބޮޑު ވަޒީރު ޝައިހް ޙަސީނާ އިއްޔެ އިސްތިއުފާ ދެއްވާ ޤައުމު ދޫކުރައްވާ ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މޯލްޑިވިއަނުން އެ ޤައުމަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާކަން ހާމަކޮށް އެ ކުންފުނިން ބުނީ ބަންގްލަދޭޝްގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް މިއަދު ދަތުރުކުރަން […]