ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ފާސްކޮށްފި

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރާ ބާ ކައުންސިލުގެ މެމްބަރު ކަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. ބާކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ގާނޫނަށް ގެނައި އިސްލާހު ހުށަހަޅާފައި ވަނީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފްއެވެ. ބާކައުންސިލުން ބަންޑާރަ ނައިބު ވަކި ކުރަން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. މީގެ އިތުރުން ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު […]
ދިވެހި އުފެއްދުންތައް ޖަޕާނުގެ ވެބްސައިޓެއްގައި އަގަކާއި ނުލައި އިޝްތިހާރު ކުރުމުގެ ފުރުސަތެއް

ޖަޕާނުގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިން ލިމިޓެޑުން ވިޔަފާރިތަކަށް އެމީހުންގެ ”ފުޑް ޓްރިޕް“ ވެބްސައިޓުގައި ކާބޯތަކެތީގެ އުފެއްދުންތައް ދައްކާލުމުގެ ފޯރިގަދަ ފުރުސަތެއް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ 1 އޭޕްރީލް 2024 އިން 31 މާޗް 2025 އަށް ”ފުޑް ޓްރިޕް“ ގައި ބީޓުބީ ޕްލެޓްފޯމް މެދުވެރިކޮށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ކުންފުނިތަކަށް ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް އަގެއް ނުލައި އިޝްތިހާރު ކުރެވޭނެ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އިސްނެގުމަކީ […]
ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން 7 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި 7 މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފަިއ ވަނީ ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމާއި ލ. […]
ރާއްޖެއަށް ކުރި ވިއްސާރައިގައި 208 ގެއަކަށް ސިފައިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފި

ނިމިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި 208ގެއަކަށް ސިފައިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުންތަކުގައި ސިފައިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ސިފައިން އެހީތެރިކަން ފޯރުކޮށްދިން ރަށްތަކުގެ ތެރޭގައި، ހއ. […]
ބުޅާ މަސްކަން ނޭނގި އެ ކެއުމަކުން ފާފަވެރިއެއް ނުވާނެ: ޝެއިހް ސަމީރު

ބުޅާ މަސްކަން ނޭނގި އެ ކެއުމަކުން ފާފަވެރިއެއް ނުވާނެ ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝެއިހް ސަމީރު މިހެން ވިދާޅުވެފައި ވާއިރު މާލޭގައި ބުޅާމަސް އަޅައިގެން ކާތަކެތި ވިއްކާ ކަމަށް ތުހުމަތުކޮށް ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން މިކަމަށް އިޝާރާތް ކުރައްވާ ޝައިހް ސަމީރު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށެވެ. އަދި ބުޅާ މަަސް ކެެއުމާއި ގަނެ ވިއްކުން ހަރާމް ވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. […]
އެންޑީއެމްއޭއިން 49 ބާވަތެއްގެ ޞިއްޙީ ސާމާނު އެމްއެންޑީއެފަށް ހަދިޔާކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެމްއެންޑީއެފަށް49 ބާވަތެއްގެ ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ. އެންޑީއެމްއޭއިން ހަދިޔާކުރި ޞިއްޙީ ސާމާނުގެ ތެރޭގައި ހޮސްޕިޓަލް ވޯޑުގައި ބޭނުންކުރާ އާލާތްތަކާއި، އޮޕަރޭޝަން ތިއޭޓަރުގައި ބޭނުންކުރާ އާލާތްތަކާއި، އެނދުމަތިކޮށްފައި ތިބޭ ބަލިމީހުން މޮނިޓަރކުރާ މެޝިނާއި، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި، ބޮޑީ ކަވަރ ފަދަ ސާމާނު ހިމެނެއެވެ. މިތަކެތި ހަވާލުކުރުމަށް މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކުރެއްވީ މިނިސްޓަރ އޮފް […]
ކުއްލި ހާލަތްތަކުގައި ފަސޭހަކޮށް ދިނުމަށް ޤައުމީ ހެލްޕްލައިނެއް ޤާއިމު ކުރަނީ

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށްދިނުމަށް ޝޯޓްކޯޑް ލައިނެއް ޤާއިމް ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއިއެކު މަޝްވަރާ ކުރައްވައިފިއެވެ. މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. ރައްޔިތުންނަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމް ކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންނެވެ. މި […]
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ބުނެ ހޯދަމުން ދިޔަ މީހާ އަތުލައިގެންފި

މާލޭގެ މަގުމަތީގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކޮށް އިމިގްރޭޝަނުން ހޯދަން އިއުލާން ކުރި ބިދޭސީ މީހާ ހައްޔަރުކޮށްފިއެވެ. ރޭގެ ވަގުތެއްގައި އިމިގްރޭޝަނުން ހޯދަން އިއުލާންކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އަރްފާތް ހޮސެއިން، 32އ އެވެ. އިމިގްރޭޝަނުން މިއަދު ބުނީ އަރަފާތު ހުސެއިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނުކޮށްފައިވަނިކޮށް އިމިގްރޭޝަންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އޭނާ […]
ސުޝާންތުގެ މަރާ ގުޅިގެން ރިއާ ކެތްކޮށްފައި ވާތީ އާމިރު ތައުރީފުކޮށްފި

ބޮލީވުޑްގައި ފިޔަޖަހަމުންދިޔަ ތަރި ސުޝާންތް ސިންގް ރާޖްޕުތްގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ބަތަލާ ރިއާ ޗަކްރޯބަތީ ކެތްކޮށްފައި ވާތީ ސްޕަ ސްޓާރް އާމިރް ޚާން ރިއާ އަށް ތައުރީފުކޮށްފިއެވެ. ރިއާ ދާދި ފަހުން ވަނީ އޭނާގެ އާ ޓޯކް ޝޯގައި އާމިރު ޚާން އާއި އެކު އިމޯޝަނަލް ވާހަކަތަކެއް ހިއްސާކޮށްފައެވެ. ވީޑިއޯ ކްލިޕަކުން އެ ޝޯގެ ޓީޒާ އޭނާ ވަނީ އިންސްޓަގްރާމްގައި ޕްރޮމޯޓުކޮށްފައެވެ. ޕްރޮމޯގައި ރިއާ ވަނީ އެމީހުންގެ މަޝްވަރާގައި ’ސްޓާޑަމް، ފިލްމު، ތެރަޕީ، އަދި […]
ބުޅާމަސް އަޅައިގެން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް މަރައިގެން އޭގެ މަސްއަޅައިގެން ކާއެއްޗެހި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ. މިކަމުގެ ތުހުމަތުގައި އިމިގރޭޝަނުން ހޯދަން އިއުލާންކޮށްފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްް ކަަމަށްވާ،ބަންގްލަދޭޝް އަށް ނިސްބަތްވާ އަރްފާތް ހޮސެއިން 32އ، އެވެ. އެނގިފައިވާ ގޮތުގައި އެ ބިދޭސީމީހާ ހޯދަން އިއުލާނުކޮށްފައި ވަނީ މާލޭގައި އުޅޭ ބުޅާތައް މަރައިގެން ކާނާ ތައްޔާރު ކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެހެންކަމުން އިމިގްރޭޝަނުން […]