ޕީޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި

ޕްރޮސިކިއުޓަރ ޖެނެރަލް(ޕީޖީ)ގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. އެގޮތުން ޕީޖީގެ މަގާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މި މަގާމަށްއެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހާއި 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ […]

ރައީސް މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު ”ސެކަންޑް އޮޕީނިއަން“ އެއް ހޯއްދެވުމުގެ ބޭނުމުގަ އެވެ. މީގެ އިތުރުން ސިންގަޕޫރަށް ވަޑައިގަންނަވަނީ މީގެ ދެތިން އަހަރު ކުރިން ކުރި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއަކަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. މިއީ ދެ ދުވަހަށް ކުރައްވާ […]

އާރިޔަންއަކީ އޭނާގެ ބައްޕަ ޝާހްރުކް ފަދައިން މަސައްކަތަށް ލޯބިކުރާ މީހެއް:މަނޯޖް

ބޮލީވުޑްގެ ސްޕަ ސްޓާރު ޝާހްރުކް ޚާންގެ ފިރިހެން ދަރިފުޅު އާރިޔަން ޚާން އޭނާގެ ބައްޕަ، ޝާހުރުކް ފަދައިން ކުރާ މަސައްކަތަށް ލޯބި ކުރާ ކަމަށް އެ ދެ މީހުންނާއެކުވެސް މަސައްކަތް ކޮށްފައިވާ އެކްޓަރު މަނޯޖް ޕަހުވާ ބުނެފިއެވެ. ދާދިފަހުން ދިން އިންޓަވިއުއެއްގައި މަނޯޖް ޕަހުވާ ވަނީ ޝާހުއާއި އާރިޔަންގެ ޕްރޮފެޝަނަލް ވޯކް އެތިކްސްއާއި އަހުލާގު ރަނގަޅުކަން ފާހަގަކޮށް އެ ދެބަފައިންގެ އެއްގޮތްކަންކަން ފާހަގަކޮށްފައެވެ. އިންޓަވިއުގައި މަނޯޖްއަށް އާރިޔަންއާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޝާހްރުކް އާއި […]

ސަރުކާރު ވައްޓާލަން ގޮވާލި ކަމަށް ބުނެ މައްސަލަ ތަހުގީގު ކުރަނީ

Maldives Dhivehi News

މި ސަރުކާރު ވައްޓާލަން ގޮވާލި ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ ތަހުގީގު ކުރަން ނިންމައިފިއެވެ. ،މިކަމަށް އިޝާރާތްކޮށް ފުލުހުން ދެންމެ ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ގޮތަކަށް ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމަ އެވަގުތު ސޯޝަލްމީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް […]

ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ

ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ނިންމަވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.  ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. އެގޮތުން މި ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާ ކުރުމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް […]

ބަނގުރަލާއެކު ހައްޔަރު ކުރި ދެ ބިދޭސީއެއްގެ އަތުން ވަގު ޑޮލަރުތަކެއް

Maldives Dhivehi News

ބަނގުރަލާއެކު ހައްޔަރުކުރި ދެ ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ވަގު ޑޮލަރުތަކެއް ފެނިއްޖެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނެކެވެ. މި ދެ މީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނީ މާލޭގެ ފިހާރައެއްގައި ބަނގުރާ ވިއްކާ ކަމަށް ޕޮލިސް ކޮމާންޑް ސެންޓަަރަށް ދިން މައުލުމާތަކާއި ގުޅިގެން ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން އެ ފިހާރަ ބަލައި ފާސް ކޮށްފައިވާ ކަމަށެވެ. މިގޮތުން ބަލާ ފާސްކުރުމުގެ ތެރޭގައި ގުދަނުން ގިނަ އަދަދެއްގެ […]

 ސާފުތާހިރުކަމެއް ނެތި، ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން 15 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!

ސާފުތާހިރުކަމެއް ނެތި މާލޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން 15 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަންހާމަކޮށް މިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯހަށް ލިބިފައިވާ މަޢުލޫމާތަކާއާއި ގުޅިގެން ހޮނިހިރު ދުވަހު މާލޭގެ ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ބަލާ ފާސްކޮށްފައި ވަނީ ހ.ބިއަންކާ، އެވެ. އިމިގްރޭޝަނުންބުނީ ބަލާ ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ […]

ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ މަހުގެ 5 ބަންދުކޮށްފި  

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ މަހުގެ 5 ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މި އަހަރަުގެ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެންނެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ. ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ […]

ބޭންކުން މިއަދު ހެނދުނު ގެނައި ބަދަލުތައް އަނބުރާ ގެންގޮސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ލިމިޓަށް އެ ބޭންކުން މިއަދު ހެނދުނު ގެނައި ބަދަލުތައް ހަވީރު އުވާލައިފި އެވެ. ބީއެމްއެލުން މިއަދު ހެނދުނު ބުނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އެހެންކަމުން ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ރުފިޔާ އެކައުންޓެއް ކަނޑައަޅާފައިވާނަމަ ޑޮލަރުގެ ހިދުމަތް ނުދޭން ނިންމާފައިވާ ކަމަށެވެ.    އެހެންކަމުން މިކަމަށް އިޝާރާތްކޮށް މިއަދު […]