އެންމެ ބޮޑު ”ހަކާ“ގެ ދުނިޔޭގެ ރެކޯޑް ނިއުޒީލެންޑުން އަލުން ހޯދައިފި

އެންމެ ބޮޑު ”ހަކާ“ގެ ދުނިޔޭގެ ރެކޯޑް ނިއުޒީލެންޑުން އަލުން ހޯދައިފި އެވެ. މި ރިކޯޑާއެކު އެ ޤައުމުން ވަނީ 2014 ވަނަ އަހަރުން ފެށިގެން ފްރާންސް އިން ގާއިމުކޮށްފައިވާ ރެކޯޑް ފަހަތަށް ޖައްސާލާފައެވެ. ހަކާ އަކީ ނިއުޒީލެންޑް ދަރިކޮޅުގެ މީހުން ކަމަށްވާ މައޯރީންގެ ގަދީމީ ނެށުމެކެވެ. އެގޮތުން މި ހަރަކާތުގައި 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، މީގެ ކުރިން ފްރާންސްގައި މީގެ ދިހަ އަހަރު ކުރިން ހެދި ރެކޯޑް ވަނީ ފަހަތައް ޖައްސާލާފައެވެ. ކުޑަކުދިންނާއި […]

ތޭރަ ފުލުހަކު ތަމްރީނު ޕްރޮގްރާމް ތަކެއްގައި ބައިވެރިވާން ތުރުކީ، ސިންގަޕޫރު އަދި ޔޫއޭއީ އަށް ފުރައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ތުރުކީ،ސިންގަޕޫރު އަދި ޔޫއޭއީއަށް ފުރައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި 13 ފުލުހުން ސިންގަޕޫރު އަދި އެމިރޭޓްސްގައި އެ ޕްރޮގްރާމަކަށް ހޮވުނު ފުލުހުން ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރާނެ ކަމަށެވެ. އެގޮތުން ތުރުކީގެ ނޭޝަނަލް ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ ދެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް 10 ފުލުހަކު ތުރުކީއަށް ވަނީ ފުރާފައެވެ. މި ފުލުހުން ބައިވެރިވާނީ އަންޑަރގްރެޖުއޭޓް އަދި މާސްޓާސް […]

މަރުވެފައި އޮތް ދިވެހި ފިރިހެނަކު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެ

މަރުވެފައި އޮތް ދިވެހި ފިރިހެނަކު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެއެވެ. އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގެ އުމުރުން 62އ ގެ އިބްރާހިމް ޖައުހަރެވެ. ފުލުހުން ދެންމެ ބުނީ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު 5:06 ހާއިރު ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. އެއީ ދިވެހި […]

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓްކޮށްފި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓްކޮށްފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ބުނީ ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި މި މަހުގެ 5ވަނަ ދުވަހު ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ޑީޕޯޓްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. މި މައްސލައިގައި ހައްޔަރުކުރި މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ އާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ވަނީ ފެނިފައެވެ. އިމިގްރޭޝަނުން ވަނީ މިރެއިޑުގައި […]

މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. ފުލުހުން މިއަދު ބުނީ ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި މިއަދު ހެނދުނު 6:30 ހާއިރު އަލިފާން ރޯވެފައިވާ ކަމަށެވެ.އަދި ފުލުހުންނާއި ސިފައިން އެ ދޯނީގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަަމަށް ފުލުހުން ހާމަކުރެއެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިިއޯއަކުން މަސްދޯންޏެއްގެ ފަހަތުގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ މަންޒަރު ފެނެއެވެ. ސިފައިން ކުރި މަސައްކަތުން ދޯނީގައި ރޯވި އަލިފާން ގަނޑު މިހާރު ވަނީ ނިވާލާފައެވެ. މި ހާދިސާގައި އެއްވެސް […]

ފުރިހަމަ މުސްލިމުން ތިމާގެ ހައްޤުތައް ލިބެން އެދޭ ފަދައިން އެހެން މީހުންގެ ހައްޤުތައް ލިބިދެވޭތޯ ބަލާނެ:ޚުތުބާ

ތިމާގެ ހައްޤުތައް ލިބެން އެދޭ ފަދައިން އެހެން މީހުންގެ ހައްޤުތައް ލިބިދެވޭތޯ ފުރިހަމަ މުސްލިމުން ބަލާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާ ހާއްސަކޮށްފައި ވަނީ ”ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން“ މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ ކަންކަން ކުރުމުގައި ރައްޔިތުންގެ ހައްޤުތަކަށާއި ޤައުމީ މަސްލަހަތަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ ފަރާތަކާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި ދުނިޔެމަތީގައި އިންސާނާއާ ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ […]

އިސްރާއީލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ޔޫކޭގެ ބޮޑުވަޒީރު ގޮވާލައްވައިފި

ޒަޔަނިސްޓް އިސްރާއީލުން ލުބުނާނުގައި ހިޒްބު ﷲ ޖަމާއަތާއި ކުރިމަތިލާ ހިންގަމުން އަންނަ ހަމަލާތައް ހުއްޓާލަން ޔޫކޭގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ގޮވާލައްވައިފިއެވެ.  ސްޓާމަރ މިގޮތަށް ގޮވާލައްވާފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ދުނިޔޭގެ ލީޑަރުންގެ މެދުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. ސްޓާމަރ ވަނީ ލުބުނާނުގައި އިސްރާއީލާއި ހިޒްބުالله އާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. ހަމައެހެންމެ ޑިޕްލޮމެޓިކް ސެޓްލްމަންޓަކަށް ޖާގަ ހޯދުމަށް ވަގުތުން ހަނގުރާމަ ހުއްޓާލަން ބަލަން ޖެހޭ ކަމަށް ސްޓާމަރ […]

އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން 4.4 މިލިއަން ޑޮލަރުގެ އެހީ ދެނީ

އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)އިން ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން 4.4 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ. މިކަންހާމަކޮށްފައި ވަނީ އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓާ ސަމައިންތާ ޕަވާއެވެ. އެގޮތުން ޑިމޮކްރަސީ ކުރިއެރުވުމަށް ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާއިރު އޭގެ ތެރެއިން ތިން މިލިއަން ޑޮލަރު ދޭން ނިންމާފައި ވަނީ މީޑިއާ ލިޓްރެސީ ޕްރޮގްރާމިން ހަރުދަނާކޮށް ޕަބްލިކް އަދި މީޑިއާގެ ދާއިރާގައި ދެފުށް […]

ލޯނު ނުދެއްކުމުން ބީއެމްއެލްއިން މާލޭގެ ދެ ގެއެއް ވިއްކާލަނީ

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އަށް ދައްކަންޖެހޭ ލޯނެއް ނުދެއްކުމުން މާލޭގެ ދެ ގެއެއް ވިއްކާލަން އެ ބޭންކުން ނިންމައިފިއެވެ. ބީއެމްއެލް އިން ކުރި އިއުލާނެއްގައި ބުނީ ނީލަމުގައި އެންމެ ބޮޑު އަގެެއް ހުށަހަޅާ ފަރާތަކަށް ސަންފްރަންޓް ލައިޓްޝޮޕްގެ ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އާއި ބިސްބުރު ކައިރީގައި ހުންނަ މ. ބީޗްކޯނާ ވިއްކާލަން ނިންމާފައިވާ ކަމަށެވެ. ނާއިންފަރުއާގެ އަކީ 792 އަކަފުޓޫގެ ގެއެއް ކަމަށާއި ނާއިންފާރުއާގެ ގަތުމަށް އަންނަ މަހުގެ 10ގެ މެންދުރު 12:00ގެ ކުރިން ނީލަން ހުށަހެޅޭނެ ކަމަށް […]

ގެއްލިގެން ހޯދަމުންދިޔަ ސާއިފް ފެނިއްޖެ

Maldives Dhivehi News

ގެއްލިގެން ހޯދަމުންދިޔަ ހއ. ހޯރަފުށި/ ހީރާ، މުޙައްމަދު ސާއިފް 30އ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އޭނާ ގެއްލިގެން ހޯދަން އިއުލާނުކުރީ މިއަދު މެންދުރުއެވެ. އޭގެ ފަހުން މިރޭ އިރުއޮއްސުނުހާއިރު ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ އެ ޒުވާނާ މާލެއިން ފެނިފައިވާ ކަމަށެވެ. އަދި ހާލުވެސް ރަނގަޅު ކަމަށެވެ. ފުލުހުން މިއަދު މެންދުރު ކުރި ޕޯސްޓެއްގައި ބުނީ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފުލެޓް 205-2-35 ޚަބަރެއްނުވެ […]