ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދޭން ކުންފުނިތަކަށް އަންގައިފި

ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ނުދިނުމަށް ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފިއެވެ. ޕީސީބީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށް އަންގައި ރޯދަ މަހާ ގުޅުވައިގެން އިތުރު ހަދިޔާތައް ނުދޭން އަންގާފައެވެ. ހަމައެހެންމެ އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނީ އެ މީހެއްގެ އަސާސީ […]
މާލޭގައި ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކޮށްފި

މާލެ ސަަރަހައްދުގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. އެމްޓީސީސީއިން ބުނީ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީ ލައިނެއް ކަމަށެވެ.މި ޚިދުމަތަށް ނަގާނީ މިހާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީގައި ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާ އަގުތަކެވެ. ޚިދުމަތް ހޯދުމަށް ހަތް ދުވަސް ކުރީން ބުކްކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އެމްޓީސީސީގެ […]
ވިލުފުށީގެ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަނީ

ތ. ވިލުފުށީގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ވިލުފުށީގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 12:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ […]
ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންގެ ދައުރު މުހިންމު:ރައީސް

މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި ފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، […]
މީހަކު ރަހީނުކޮށް އަނިޔާކުރި 5 މީހަކު ހައްޔަރުކޮށްފި!

އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި 5 މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި ރަހީނުކޮށް އަނިޔާކޮށްފައި 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 1:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނުމުން އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. […]
މޯލްޑިވިއަންއަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް އޮކްޓޫބަރުގައި ގެންނަނީ

މޯލްޑިވިއަން އަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު މަހުގައި ގެނައުމަށް ހަމަޖެހިއްޖެއެވެ. އެގޮތުން މި އައު އެއަރކްރާފްޓް ގެނައުމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖެއިން އުދުހެން ފެށޭނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. މޯލްޑިވިއަން އިން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް […]
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހި ފަރުވާ ލަސްވި ކަމަށް ބުނާ މައްސަލައެއް!

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހި ފަރުވާ ދިނުން ލަސްވިކަމަށްބުނާ މައްސަލައެއް ފެންމަތިވެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 10:34 ހާއިރު ހުޅުމާލޭ ފިތުރޯނު މަގުގެ އަރިމައްޗަށް އަރައި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރި ކަމަށް ފުލުހުން އޭނާއަށް ތުހުމަތުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވްވުމުން އޭނާ ދޫކޮށްލީ […]
އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުންވުމުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން

މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުންވުމުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ޕޯސްޓެއްގައި ބުނީ މ.ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތު ކުރެވެންދެން 2 ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން މީގެ ތެރޭގައި 20 ބިދޭސީން ވެސް […]
މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން

މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ ރިޔާސީ ބަޔާން 2025 ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނަކީ މަސްވެރި ސިނާއަތަށް އުންމީދީ ބަޔާނެއް ކަމަށެވެ. މި ސަރުކާރުގެ ފާއިތުވި އަހަރެއްހާ ދުވަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައި ހުރި ކަންކަމާއި ކުރިއަށް ކުރަން ހުރި ކަންކަމަށް ބަލާއިރު މަސްވެރި އާއިލާތަކަށް […]
އައިޖީއެމްއެޗުން ވައްކަން ކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް!

އައިޖީއެމްއެޗް ހޮސްޕިޓަލުން ވައްކަން ކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ ދެ ފިރިހެނުންނެެވެ. އެއީ 40 އަހަރުގެ ފިރިހެނަކާއި 46އަހަރުގެ ފިރިހެނެކެވެ. އޭސީތަކުގެ ބައިތަކެއް ވަގަށް ނަގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި 40 އަހަރުގެ މީހާ ވަނީ މިއީ އޭނާގެ ބައިވެރިވުން އޮތް ކަމެއް ނޫން ކަމަށާއި އެ ތަަނަށް ދިޔައީ ރައްޓެއްސަކު ފެނިގެން ކަމަށް ބުނެފައެވެ. […]