ޓެކްސީތަކުން ނަގާ ފީ ބޮޑުވަމުންދަނީ

އެއަރޕޯޓުން ހުޅުމާލެއަށް ދިއުމާއި މާލެއަށް ކުރާދަތުރުތަކުންނާއި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބައެއް ޓެކްސީތަކުން ނަގާ ފީ ބޮޑުވަމުންދާކަމުގެ ޝަކުވާ ބައެއްފަރާތްތަކުން ކުރަމުން އެބަދެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ހުޅުމާލެ ފޭސް އެކަކުން ދޭކަށް އަދި ފޭސް ދެއަކުން އެކަކަށް ޓެޖްސީ ދަތުރު ކުރާއިރު ފަސިންޖަރުންގެ އަތުން ނަގާ ފީގެ މިންވަރު ކަނޑައަޅާފައެވެ. މީގެ އިތުރުން މާލެސިޓީއިން ހުޅުމާލޭގެ ސިޓީގެ ފޭސް އެކަކާ ދެއަކަށް، އަދި އެ ތަންތަނުން މާލެއަށް ކުރާ ޓެކްސީ ދަތުރު ތަކުން ފަސިންޖަރުންގެ އަތުން […]

ރާއްޖޭގައި އޮތީ ހަތަރު ބާރޭ ބުނުމަކުން ދޮގަކަށް ނުވާނެ

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވަނީ ތިން ބާރެއްގެ ވާހަކައެވެ. ނަމަވެސްގާނޫނު އަސާސީގައި ބަޔާން ކުރެވިފައި ނުވާ ބާރެއްވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މިއީ ރައްޔިތުން ވިސްނާލަންވެއްޖެ ކަމެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައި ނުވާ މިދެންނެވި ބާރަކީ އަނެއް ތިންބާރަށްވުރެ މާގަދަފަދަ ބާރެކެވެ. މިބާރުގެ ސަބަބުން ރާއްޖޭގައި ގަތުލުޢާންމުތަކާއި ބޮންގޮއްވުމާއި މާރާމާރީ ހިންގުންފަދަ ބިރުވެރި އެތަކެއް ޙާދިސާއެއް ހިނގަމުން ދެއެވެ. ކަންމިހެން ހުރިނަމަވެސް ސަރުކާރުތަކުން މި ނުރައްކާތެރި ބިރުވެރި ބާރު ނައްތާލަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. […]

ގައުމީ އެެއްބައިވަންތަކަން ނަގާނުލާށެވެ.

ސިޔާސީ ޕާޓީ ތަކުގެ މަގުސަދަކީ ގައުމީއެއްބައިވަންތަކަން ނަގާލުމެއް ނޫނެވެ. ކަން މިހެން ހުރިނަމަވެސް މި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިން ދެކެލައްވަނީ އެހެނެއްނޫނެވެ. ރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައަޅަނީ ރައްޔިތުންނެވެ. އެހެންކަމުން ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެނަސް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ސިޔާސީ ވާދަވެރިކަން ބޮޑުވެ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތުގެ ޝުޢޫރު ތައް އަށަގެންނެވުމުގެ ސިލްސިލާ އިދިކޮޅު ޕާޓީތަކުން އެދަނީ އުފައްދަމުންނެވެ. މުޅި ގައުމުގެ ރައްޔިތުން އުފައްދާފައިވާ ސަރުކާރެއް ވައްޓާލަން އެެއްވެސް ޕާޓީއަކުން ގޮވާލުމަކީ ވެސް […]

މާފުށީ ޖަލުގައި ތިބި ދާއިމީ ބަލިތަކަށް ބޭސްފަރުވާދެމުން އަންނަ މީހުންގެ ބޭސް މެދުކަނޑާލައިފި

މާފުށީ ޖަލުގައި ތިބި ހަކުރުބަލީގެ މީހުނާއި ލޭމައްޗަށްދާ މީހުންގެ ބޭސްފަރުވާ މެދުކަނޑާލާފައިވާ ކަމަށް މާފުށީ ޖަލުގައި ތިބިގައިދީންނާއި ޝަރީޢަތް ނިމެންދެން ޖަލަށްލާފައިވާ މީހުންގެ ޢާއިލާތަކުން ބުނެފިއެވެ. ޢާއިލާތަކުން ބުނާގޮތުގައި ބޭސްފަރުވާ މެދުކެނޑުނީ ކީއްވެތޯ ޖަލުގައި ތިބޭމީހުނަށް ބޭސް ގެނެސްދޭ ފަރާރާތްތަކާއި ސުވާލުކުރުމުން ބުނާކަމަށް ވަނީ ޖަލުގައި ތިބި ދާއިމީ ބަލިތަކަށް ފަރުވާ ދެމުން އަންނަ މީހުންގެ ލިސްޓް މުރާޖައާ ކުރަން ފޮނުވާފައިވާ ކަމަށާއި ލިސްޓް މުރާޖައާކޮށް ނިމުނުހާ އަވަހަކަށް ބޭސް ލިބޭނެ ކަމަށެވެ. ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ […]

ކެތްތެރިވެލައްވާ

ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ވެގެން ނޫނީ މިގައުމުގައި ދޮންވެ ފައްކާވަމުން އަންނަ ޑިމޮކްރަސީގެ ފޮނިމީރުކަން ރައްޔިތުންގެ ކަރުބުޑުގައި ނުލާނެއެވެ. މިގައުމުގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިޔަކު ނުވަތަ ރައީސަކު ހޮވުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގެ ގާނޫނު އަސާސީއިން އެވަނީ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައެވެ. ރާއްޖޭގައި އުފެދެމުން އަންނަ ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކާއި ކޮށްނުދޭ ކަންކަން ބަލައި ފާރަވެރިވުމަށް ވެސް ބަޔަކު ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގެ ޖުމްހޫރިޔާގެ ގާނޫނު އަސާސީއިން އެވަނީ ރައްޔިތުންނަށް ކަށަވަރު […]

ޝަރުޢީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި ޖާގައިގެ މައްސަލަ ހައްލުނުވެ ކުށަށް ތުހުމަތު ކުރެވޭ މީހާ ޖަލުގައި

ކޯޓުތަކަށް ބޭނުންވާ ވަސީލަތް ތަކާއި ޖާގައިގެ މައްސަލަތަކަށް ޙައްލު ނުލިބޭކަން އެނގި ތިބެ ދައުލަތުން ރައްޔިތުންނަށް ދެމުން އެދަނީ އިންޞާފުން އެއްކިބާވެފައިވާ ހިތުން ފިލުވާލަން އުނދަގޫ އަނިޔާތަކެކެވެ. ކުށަށް ތުހުމަތުކުރެވޭ ރައްޔިތުމީގެ މައްޗަށް ޖަލު ބަންދުގެ ދުވަސްތައް ޖަހަމުން ގޮސް އެންމެ ފަހު މަރުޙަލާގައި ދައުލަތުން ކޯޓުގައި އެދެނީ ރައްޔިތުމީހާގެ މައްޗަށް ވާނުވާ ޖެހުމަށެވެ. ޖަލަކީ އުފާވެރި މަންޒިލެއްނޫނެވެ. އެތައްސަތޭކަ ޢާއިލާ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ އެތައްސަތޭކަ މީހުން އެތިބީ ޖަލުގައެވެ. އެއްވެސް ލުޔެއް ނުލިބެއެވެ. […]

ދިވެހި ރައްޔިތުން ހޭލުންތެރިވާން އެބަޖެހޭ

ދިވެހިރައްޔިތުން ހޭލުން ތެރިވެގެން މެނުވީ މިގައުމު އިސްލާޙެއް ނުވާނެއެވެ. ދިވެހި ރައްޔިތުންނަކީ ހެޔޮނުބައި ވަކިކުރަން އެނގޭ ބަޔަކަށް ނުވާނަމަ ގައުމުގެ ޙާލަތު ބަދަލެއް ނުވާނެއެވެ. އެކަން މިއަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ނިމިގެންދާއިރު ހެޔޮވިސްނޭ ބަޔަކަށް ފެނިގެން ދާނެއެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ދާއިރާތަކުގެ ރައްޔިތުންނަށް އެބައެއްގެ ވަނަވަރު ވަރަށް ސާފުކޮށް އެނގިލައްވާނެއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލިސްގައި ތިއްބެވި މެންބަރުންގެ އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއި ޢިލްމުވެރިކަން ހުރި މިންވަރާއި އެބޭފުޅުން ގާނޫނުތައް ފަރުމާކުރަމުންދާގޮތާއި ވޯޓުދެއްވާ ގޮތް ބައްލަވަމުން […]

ފ.އަތޮޅުގެ ބައެއް ރަށްތައް ވީރާނާ ވަނީ

ފ.އަތޮޅުގެ ބައެއް ތަކާ އެއްވެސް ސަރުކާކުންކާރަކުން އަޅާ ނުލުމުގެ ސަބަބުން އެ ރަށްތައް އެވަނީ ފަޅު ވެފައެވެ. އެ އަތޮޅުގެ ރަށްތަކުގައި އަމިއްލަ ގެދޮރު ހުރި ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ މާލޭ ސަރަހައްދުގައެވެ. ބޭސްފަރުވާ ކުރުމުގެ ފުރުޞަތު އަތޮޅުގެ ރަށްތަކުގައި ނެތުމުގެ ސަބަބުން މާލޭގައި ދިރިއުޅެން މަޖުބޫރުވަނީއެވެ. ރަށެއްގައި ހެލްތުޕޯސްޓެއް ހުރުމަކުން ނުފުދެއެވެ. ސިއްހީ ނިޒާމަށް ބަލާއިރު ނަރުހެއް ޑޮކްޓަރެއް ނެތުމުން ބޮޑެތި ބަލިތަކަށް ފަރުވާ ނުލިބުމާ ގުޅިގެން އެ ފަރާތްތަށް މަޖުބޫރުވަނީ މާލޭ ސަރަޙައްދަށް […]

މަގުމަތީގެ ޓްރެފިކް ބާރުބޮޑުވަނީ ކަމާބެހޭ ފަރާތްތަކަށް ބަލަންވާ ވަރަށް ނުބެލޭތީ

ހުޅުމާލޭގެ މަގުތައް ކަމާބެހޭ ފަރާތްތަކުން ބަލަހައްޓަންވާ ވަރަށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިމަތިވާ ޓްރެފިކް މައްސަލަތައް އަނަނީ އިތުރުވަމުންނެވެ. މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިހުންނަ ވެހިކަލްތައް ޓޯކުކުރަން ފުލުހުން ވަނީ ފަށާފައެވެ. އަދި ހުޅުމާލެއާއި މާލޭގެ މުހިންމު ސަރަޙައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކު ކުރޭތޯ ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ. އެގޮތުން ގްރީންޒޯނާއި ޕަބްލިކް ޓްެރާންސްޕޯޓް ބޭނުންކުރާ މަގުތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ތަންތަނާއި ސްކޫލްތަކުގެ ކައިރި ސަރަޙައްދުތަކާއި ގަރާޖުތަކަށް ދަތިވާ ގޮތަށް […]

ގޯޅިގޯޅިއާއި ކަންމަތިތަކުގައި ޕާކު ކޮށްފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވޭ

ގޯޅިގޯޅިއާއި ބައެއް މަގުތަކުގެ ކަންމަތީގައި ޕާކު ކޮށްފައި ހުންނަ ކާރާއި ޕިކަޕްފަދަ ވެހިކަލް ތަކުގެ ސަބަބުން އިންސާނުންގެ ފުރާއަށް އަންނަނީ ނުރައްކާވަމުންނެވެ. ސަރުކާރަށް މިކަންކަން ކޮންޓްރޯލް ކުރެވިދާނެބާއެވެ. ހިތަށްއެރި ތަނެއްގައި ޕާކު ކުރަމުން އަންނަ ވެހިކަލްތަށް ޕާކުކުރާނެ ތަންތަން ސަރުކާރަށް ދެއްކިދާނެބާވައެވެ. ސަރުކާރުން ބުނަމުން އަންނަނީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލް ތަކުގައި ސްޓިކާ ޖަހާނީ އެތަކެތި ޕާކުކުރާނެ ތަންތަން ދެއްކުމަށްފަހުގައި ކަމަށެވެ. އުފެދޭ ސުވާލަކީ ރާއްޖެތެރޭގެ ރަށްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުން މާލޭ ސަރަހައްދަށް […]