މަސްވެރިއެއްގެ ޝުޢޫރު

އައްޑު އަތޮޅު ގައި މި ފަހުން ކުރި މަސްވެރިން ކުރި އިހުތިޖާޖުގެ ބައިވެރިއަކު އޭނާގެ ހިތުގެ ޝުޢޫރު ސަންދާނާއި ހިއްޞާކުރަމުން ކިޔައި ދިނެވެ. އަހުރެމެން އެއްވެ މިއުޅެނީ އެއްވެސް ހަމަނުޖެހުމެއް ހިންގުމުގެ މަގުޞަދު އޮވެގެނެއް ނޫނެވެ. އަދި ދައުލަތުގެ މުދަލަށް ގެއްލުންދޭކަށެއް ވެސް ނޫނެވެ. ފުލުހުންނާ ކުރިމަތިލުމުގެ ނިޔަތެއް އޮވެގެން ވެސް ނޫނެވެ. ކޮންމެ ބޭފުޅަކު ވެސް ފުންކޮށް ވިސްނަވައިލައްވާށެވެ. ތިމާގެ އަނބިދަރިން ބަނޑަށް ޖެހިއްޖެނަމަ ތިމާގެ ހިތަށް ކުރާނެ ފުން އަސަރާއި ލޮލުން ފޭދިގެންދާނެ ކަރުނައިގެ […]

ދިވެހި އަންހެނުން ބާރުވެރި ކުރުވާ ވާހަކަ އަކީ ކޮންކަހަލަ ވާހަކައެއްބާ!

އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކައަކީ ކޮންކަހަލަ ވާހަކައެއް ބާވައެވެ! ކޮންމެ ސަރުކާރަކުން ވެސް އަންހެނުން ބާރުވެރި ކުރުވާ ވާހަކަ ދައްކައެވެ. އެހެނަސް މިވާހަކަ ދެއްކުން ފިޔަވައި އިތުރު އެހެން ކަމެއް ކުރާ ތަނެއް ނުފެނެއެވެ. އަންހެނުންގެ ތެރޭގައި އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ހާހުން ގުނާލެވޭހާ ގިނަ އަންހެނުން ރާއްޖޭގައި ވަޒީފާ ނުލިބިގެން އުޅޭކަން ސަރުކާރަށް އެނގޭ ހެނެއް ހީއެއް ނުވެއެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކަޅި ހިންގާލާއިރު އެފަދަ މަގާމުތަކުގައި އަންހެނުން ވަރަށް މަދެވެ. […]

ރާއްޖެއަކީ ރިޝްވަތާ ފަސާދައިގެ ހާއްޔެއް

ރާއްޖޭގެ އެންމެހައި މުވައްސަސާތަކާއި އަމިއްލަ ކުންފުނި ތަކުގައިވެސް އޮތީ ރިޝްވަތާ ފަސާދަ ޢާންމުވެފައެވެ. މި ނުރައްކާތެރި ވަބާ ރާއްޖޭގައި ފެތުރެމުން އަންނަތާ އެތަކެއް ޒަމާނެެއްވެއްޖެއެވެ. މިއީ އިއްޔެއަކު ނުވަތަ މިއަދަކު ހިނގާ ކަމެއް ނޫނެވެ. އަންޒަމާނުއްސުރެ ރާއްޖޭގައި ވަނީ މިވަބާ ފެތުރެން ފަށާފައެވެ. އިންސާނާ މުސްލިމެއްގެ ގޮތުގައި ހުރުމަށްޓަކައި ކުރަންވާނެ ކަންތަކާ ކުރަން ނުވާނެ ކަންތައްތައް މާތްރަސްކަލާނގެ ބާވައިލެއްވި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ވަނީ ސާބިތުކޮށް ދެއްވާފައެވެ. ރިޝްވަތު ނަގާމީހާ އެ ރިޝްވަތު ނަގަނީ މާތްރަސްކަލާނގެއަށް […]

ބަލިމީހުންނަށް ވެސް ފަސޭހަކަމާއެކު ފުލެޓުތަކުގައި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ

އެކި ސަރުކާރުތަކުން ހުޅުމާލޭގައި 3 ބުރީގެ އެތައް ހާސް ފުލެޓެއް އަޅައި ދީފައިވާއިރު އެެއިން އެއްވެސް ތަނެއްގައި ލިފުޓެއް ނުބަހައްޓައެވެ. އެއީ ޢުމުރުން ދުވަސްވެފައިވާ ބަލި މީހުން އެ ތަންތަނުގައި ދިރިއުޅެފާނެ ކަމަށް ބަލައިގެން ފަރުމާކޮށްފައިވާ ފުލެޓްތަކެއް ނޫންކަން ފެންނަމުންދާ މަންޒަރު ތަކުން އެނގެެއެވެ. އެހެނަސް މި ދެންނެވި ފުލެޓްތަކުގައި ޙާލުދެރަ, ޢުމުރުން ދުވަސްވީ ގިނަ ޢަދަދެއްގެ ބަލިމީހުން ދިރިއުޅެމުން އެބަދެއެވެ. ޢުމުރުން ދުވަސްވީ ގިނަ ބަލިމީހުންނަކީ މުސްކުޅި ބަލީގައި މަރާ ހަނގުރާމަކުރަމުންދާ މީހުންނެވެ. އޭތެރޭގައި ތަފާތު […]

މިޔަރު ހިމާޔަތް ކުރުމުގެ ގާނޫނު އިސްލާހު ކުރަންޖެހޭ

ރާއްޖެއަކީ ނުރައްކާތެރި އެތަށް ބާވަތެއްގެ މިޔަރު ގިނަ ގައުމެކެވެ. އެހެންކަމާއެކު ފަތުރުވެރީންގެ އިތުރުން ދިވެހި ޒުވާނުންނާ ކުޑަކުދީން ރާއްޖޭގެ ރަށްރަށުގެ މޫދަށްއެރިއުޅުމުގެ ނުރައްކާތައް ދުވަހެއް ދުވަހެއް އަންނަނީ ބޮޑުވަމުންނެވެ. ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް މި ނުރައްކާތެރިކަން ދާނީ ބޮޑުވަމުންނެވެ. ސަރުކާރުން މިޔަރު ހިމާޔަތްކޮށްފައި ވަނީ މޫދަށް އެރި ފީނާ އަދި އެކި ތަމްރީނުތަކުގައި ބައިވެރިވާ މީހުން މިޔަރުގެ ނުރައްކަލުން ސަލާމަތް ވާގޮތަކަށް ނޫނެވެ. އެހެންކަމުން ރާއްޖެއަކީ ކަނޑުތަކާއި ފަރު ފަދަ ތަންތަން އިންތިހާއަށް ރީތި އަދި […]

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޢިބުރަތެއް

ކޮންމެ މަގާމެއްގައި ހުއްޓަސް އަދި މަގާމެއްގައި ނެތަސް ޒުވާނަކަށް ވިޔަސް މުސްކުޅިއަކަށް ވިއަސް ކޮންމެ އިންސާނަކުމެ މަރާ ބައްދަލު ކުރަންޖެހޭނެއެވެ. އެ ވަގުތަކީ އެއްވެސް އިންސާނަކަށް އެނގިގެންވާ ވަގުތެއް ނޫނެވެ. ބައެއް ސިޔާސީ ބޭފުޅުން ސިޔާސީ އިސް މަގާމު ތަކުގައި ތިއްބަވައިގެން ރިޝްވަތު ނަންގަވައި ވައްކަންކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރަމުން ގެންދަވާއިރު ތިމާގެ ގާތަށް ވެސް މަރު އަންނާނެ ކަން ކަށަވަރުކޮށް އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު ވަޒީފާ އަދާކުރުން މަތީގައި ދެމިހުރުމަކީ ފަހުން އުފާ ލިބޭނެ ކަންކަމެވެ. […]

ރާއްޖޭގެ އިގުތިޞާދުގެ ހަގީގީ ލޭނާރަކީ ކަނޑު ރޯދީގެ ސިނާޢަތެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުރޯދީގެ ޒަރީޢާއިން ބަނޑުފުރާނަ މުއްތިކުރަމުން އަންނަ ގައުމެކެވެ. އެހެން ކަމުން ރަންބިސް އަޅާ ކުކުޅަށްވުރެ މުޅި ދިވެހީ އުންމަތަށް އެންމެ ފައިދާހުރި ސިނާޢަތަކީ ކަނޑުރޯދީގެ ސިނާޢަތެވެ. އެއީ އެންމެ ގިނަ ދިވެހީންނަށް ބެހިގެންދަނީ ކަނޑުރޯދީގެ ނަފާ ކަމަށް ވީތީއެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ވުރެ މުޅި ދިވެހި އުންމަތަށް ދިވެހި މަސްވެރިކަމުން ލިބޭ އާމްދަނީ ހަގުނަ އިތުރެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަސް 1970ގެ ިކުރީގައި ކިރުވަނީ ރަށްރަށުގައި ތިބޭ މަހުޖަނުންގެ ވިޔަފާރި ގެތަކަށެވެ. އޭރު […]

ދިވެހި ފިލްމީ ސިނާޢަތު އޮޔާދާން ދޫކޮށްލާފައި

ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފިލްމް އުފައްދާ މީހުންނާ މެދު ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލުމަކީ ހިތާމަ ކުރަން ޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ ފިލްމީ ސިނާޢަތުގައި ގިނަ ޒުވާނުން ޙަރަކާތްތެރިވަމުންދާއިރު އެއްވެސް ސަރުކާރަކުން އެ ސިނާޢަތު ކުރިއެރުވުމުގެ ވިސްނުމެއް ނުގެންގުޅުއްވާތީ ފިލްމް އުފައްދާ ފަރާތްތަށް އެވަނީ މާޔޫސްވެފައެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދިވެހި ފިލްމު ބެލުމުގެ ޝައުވެރިކަން އިތުރުވަމުން އަންނައިރު ދިވެހި ފިލްމީ ސިނާޢަތު ކުރިއެރުވުމަށްޓަކާ އެއްވެސް ސަރުކާރަކުން އަޅާނުލާއިރު އުފައްދާ ފިލްމު ތައް އަޅުވާނެ ސިނަމާތަކެއްވެސް ސަރުކާރުން […]

ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ބަރަހަނާ ޙާލުގައި

ގައުމެއް ތަރައްގީ ވާނީ އެގައުމެއްގެ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެންނެވެ. ރައްޔިތުމީހާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަކީ ސަރުކާރެއްގެ އެންމެ މައިގަނޑު އަސާސެވެ. ކަން މިހެން ހުރިނަމަވެސް މިހާތަނަށް އުފެދުނު އެއްވެސް ސަރުކާރަކުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް މާބޮޑު ސަމާލު ކަމެއް ދޭތަނެއް ނުފެނެއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ބަރަހަނާ ޙާލުގައެވެ. ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަބަދުގެ ޝަކުވާއަކީ އެބަޔަކު އެ ދިރި އުޅޭ ސަރަޙައްދަކުން އެކަށޭނެ ބޭސްފަރުވާ ނުލިބުމުގެ ޝަކުވާއެވެ. އެހެނަސް އެއްވެސް ސަރުކާރެއްގެ […]

ގއ.ދިޔަދޫ އަކީ އަދިވެސް ފަޅުރަށެއް ނޫނެވެ.

ގއ.ދިޔަދޫގެ ރައްޔިތުން ރާއްޖޭގެ އެކި ރަށްރަށަށް ބަދަލުކުރިތާ 16 އަހަރު ވެގެން ދިޔަ އިރު އަދިވެސް އެރަށަކީ ފަޅުރަށެއް ނޫނެވެ. ދިޔަދޫ އަކީ ބުނެވޭ ގޮތުގައި 18 ވަނަ ގަރުނުގައި އާބާދީ ބޮޑުރަށެކެވެ. އެ ރަށު ރައްޔިތުން މައިގަނޑު ގޮތެއްގައި އޭރުގެ ކޮށް އުޅުނު މަސައްކަތަކީ މަސްވެރިކަމެވެ. ދިޔަދޫއަކީ ދިގުމިނުގައި މޭލެއް، އަދި އެންމެ ފުޅާދިމާގައި ބައިމޭލު ހުރި ރަށެކެވެ. އެ ރަށުގެ ޖަންގައްޔަށް ބަލާލުމުން އެރަށަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރި އުޅުނު ރަށެއްކަން އެނގެއެވެ. […]