ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓިގެން މުޅިގައުމު އެލާޓަށް

ރާއްޖެ އެލާޓަށް ގެނުވި އެތަކެއް މަރުގެ ކާރިސާތައްވެސް އަޅުގަނޑުމެން ދެކެފީމެވެ. މައްސަލައިގެ ޙަގީގަތް ހޯދުމަށްޓަކާ ފުރޮޅާނުލާ ގަލެއް ވެސް ނުބާއްވާނޭ ކަމަށް ތަޙުގީގީ އިދާރާތަކުން ނިކަން ހިތްވަރު ލާފައި ބުނިއަޑުވެސް އަޅުގަނޑުމެން އެހީމުއެވެ. މިރާއްޖޭގައި މީހަކު މަރާލިއަސް އަންހެނަކު ރޭޕްކުރިއަސް އެކަން ކަން ކުރަމުން އަންނަނީ ފައިސާވެރިންނާއި އަދި އެބައިމީހުންގެ ދަރީންނާއި ބާރުގަދަ ސިޔާސީ ވެރިންނާއި އެބައިމީހުންގެ ދަރިން ނުވަތަ ޢާއިލާގެ މެންބަރުން ހިމެނިގެނެވެ. އެހެން ކަމުން އިންޞާފުލިބެނީ އެފަރާތްތަކަށެވެ. މިގައުމުގައި ފަގީރަކަށް ނިކަމެއްޗަކަށް އިންޞާފު ލިބުން […]
ދައުލަތުގެ ދަރަނި ބޮޑުވުމުން ހުރިހާ ބާރެއް ކުރަނީ ރައްޔިތުންގެ ޖީބަށް

ދައުލަތުގެ ދަރަނި ބޮޑުވުމުން ހުރިހާ ބާރެއް ކުރަނީ ރައްޔިތުންގެ ޖީބަށެވެ. ދައުލަތުގެ ދަރަނި ބޮޑުވަނީ ސަރުކާރުގެ ވެރިން ވައްކަންކުރާތީ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. މިއަދުވެސް ރާއްޖޭގައި މިއޮތީ ހަމަ ދައުލަތުގައި ދަތްއަޅާ ސަރުކާރެކޭ ބުނެވެން އެބައޮތެވެ. ސަރުކާރުގެ މަތިން ފެށިގެން ތިރިއަށް ބައިއަޅައިގެން ދައުލަތުގެ ކުންފުނިތައް މިއަދުވެސް އެދަނީ ބޮޑެތި ޚިޔާނާތްތައް ހިންގަމުންނެވެ. މިހާރު މި ކަންކަމަކީ ސިއްރުން ހިންގާ ކަމެއްވެސް ނޫނެވެ. މިގައުމުގެ އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭނެ މިންވަރަށެވެ. ކަންމިހެން ހުރިނަމަވެސް […]
އަމިއްލަ ބޯހިޔާވަހިކަމަށް އެދި މަރުފަލިޖަހަޖަހާތިއްބާ ރައްޔިތު މީހާ ނޯށުން ރޮއްވާ ނުލާށެވެ.

މާލެއަށް ވިހާ މާލޭގައި ދިރިއުޅެ އަމިއްލަ ބޯހިޔާވަހިކަމުގެ މިނިވަންކަން ނުލިބި ޢުމުރުން ފަންސާސް އަހަރު މާޟީއާއި އެކުވެ ދިޔަފަހުން ކަނޑުން ވިޔަސް ފަޅުން ވިޔަސް ލިބުނު ގޯތިގަނޑުގެ ބޭނުން ނުހިފި މުޅި ދިރިއުޅުން އެދަނީ ވެެއްޔާ މޮޑެވެމުންނެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން މާލޭ ރައްޔިޔުންނަށް ލިބިފައިވާ ގޯތިތައް އެ ފަރާތްތަކަށް ދެއްވުން ލަސްވަމުން ވަމުންގޮސް އެ ގޯތިތައް ލިބުން އިބިލީހުގެ ކައިވެންޏަށް ބަދަލުވެ ނިމުނީތޯއެވެ. ޅަފުރާއިން ފެށިގެން އަމިއްލަ ބޯހިޔާވަހިކަން ނެތުމުގެ ހިތްދަތި އިޙުސާސް […]
ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެއްމަސްނުވެ ފަސްއަހަރު ނިމިއްޖެ

އެއްމަސް ނުވެ ފަސް އަހަރުވި ވާހަކަ އަކީ އަރަތެއް ނޫނެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަޢުދުވެ ވަޑައިގަތީ އެ މަނިކުފާނު ރައީސްކަމުގެ ހުވާކުރައްތާ އެއްމަސްދުވަހުގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަރުގެ މައްސަލަ ބަލައި ޢާއިލާއަށް އިންޞާފު ހޯއްދަވާ ދެއްވާނެ ކަމަށެވެ. އެހެހެނަސް އެ މަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރު ނިމިގެންދިޔައީ ރިލްވާނުގެ ޢާއިލާއަށް އިންޞާފު ހޯއްދަވައި ދެއްވަން ވިދާޅުވި އެއްމަސް ދުވަހަށް ވީގޮތެއް އެނގޭ ރައްޔިތަކު ހުރިހެނެއް ހީއެއް ނުވެއެވެ. އެކިއެކި ވެރިކަން ފެށުގެން އަންނަނީ […]
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމާއި ދިމާލަށް

ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވެއެވެ. އަދި ރިޔާސީ ނިޒާމުގެ ސިފަތަށްވެސް ވަނީ ގާނޫނު އަސާސީގައި ލިޔެފައި ވެއެވެ. ރިޔާސީ ނިޒާމުގައި ދައުލަތުގެ ތިންބާރު އޮންނަނީ މިނިވަން މުސްތަގިއްލު ތިންބާރުގެ ގޮތުގައެވެ. އެއީ ވެރިކަން ކުރާބާރާއި ޢަދުލު އިންޞާފުގެ ބާރާއި އަދި ރައްޔިތުންގެ ބާރެވެ. ރައްޔިތުންގެ ބާރުހިމެނިގެންވަނީ ރައްޔިތުން ކަނޑައަޅާފައި ވާފަދައިން ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުން ނުވަތަ މެންބަރުން ތަކެއްގެ މައްޗަށެވެ. އެމެންބަރުންނަކީ ދައުލަތުގެ ތިންބާރުގެ ތެރޭގައި […]
މުޅިދުނިޔެއަށް މަޖުބޫރުން ކޮވިޑު ވެކްސިން ބޯންދިނުމަށްފަހު ތިބާ ފިލީތޯއެވެ!

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ދުނިޔޭގެ އެންމެހައި ގައުމުތަކަށް މަޖުބޫރުކޮށްގެން 2019 ވަނަ އަހަރު ކޮވިޑު ވެކްސިން ވަނީ އެންމެހާ އިންސާނުންނަށް ދީ ނިންމާލާފައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށް ވާން މަސައްކަތް ކުރާ ސީނުކަރައިގެ ސިޔާސީ ކޮވިޑަކީ އެ ގައުމުން އުފެއްދި ވަބާއެއްތޯ ވެސް ބެލުމެއްނެތި އަދި އެ ބަލި އުފެދެން މެދުވެރިވި ޙަގީގީސަބަބު ވެސް ދެނެގަތުމަކާ ނުލާ ކުރަންޖެހޭ ރަސްމީ ތަޙުލީތައް ހަގީގީ މާނައިގައި ވެސް ނުކޮށް އެ ވެކްސިން އެ ވަނީ މުޅި […]
މާލެ ސަރަޙައްދުގެ މަގުތައް ސަލާމަތީ ޚިދުމަތްތަކަށް ނުބެލެހެއްޓޭ!

ހުޅުމާލެއިން އެއާރޕޯޓަށާއި މަލެއަށް ވެހިކަލްތައް ދަތުރުކުރާ ބޮޑުމަގަކީ އެންމެ ކާރޫބާރު ބޮޑު އެއްމަގެވެ. އެ މަގަކީ އަސްލު ހައިވޭއެކެވެ. މިހާރު އެ މަގުގެ މެދުގައި ހުންނަނީ ކޯންޖަހާފައެވެ. އެއީވެސް އެ މަގުގައި ދަތުރު ފަތުރު ކުރާފަރާތްތަކުގެ ސަލާމަތައްޓަކައެވެ. އެހެނަސް ދުއްވާފަރާތްތަކުން ވެހިކަލް ދުއްވުމުގައި ހަމައެއް ލަމައެއްނެތްކަމުން މަގުގައި ޓެފިކް ޖޭމްވެ ގިނަގުނަ އުނދަގޫތައް ތަޙަންމަލް ކުރަންޖެހެއެވެ. ކޯން ޖަހާފައި ވާއިރު މަގުގެ ދެފަރާތުގައި ވެހިކަލް ދުއްވަން ދަމާފައި ވަނީ ދެ ލައިނެވެ. އެއީ ކާރާއި ލޯރީ އަދި […]
މިނިސްޓަރ އިޙުސާނުއެވެ! މަނިކުފާނުގެ ހިތްޕުޅުގައި އިންސާނީ ކުލުނެއް ހަމަ ނެތީ ހެއްޔެވެ

ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރެވޭ މީހުންގެ މައްޗަށް ކުރިމިނަލްކޯޓުން ކުރައްވާ އަމުރުތަކުގައި ފަނޑިޔާރު ވިދާޅުވަނީ މި މީހާ މުޖުތަމަޢަށް ދޫކޮށްލައިފި ނަމަ މިމީހާގެ ސަބަބުން ޖަމާޢަތަށް ނުރައްކާތެރި ވެދާނެ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންވާތީ ޝަރީޢަތް ނިމެންދެން މީނާ ޖަލުގައި ބަންދު ކުރުމަށް އަމުރު ކުރައްވާ ކަމުގައެވެ. އެކަމުގައިވެސް ބައްލަވަނީ ފުލުންދޭ މަޢުލޫމާތާއި އެދޭގޮތުގެ މައްޗަށް ބުރަވެހުރެވެ. މިގޮތަށް ކުރިމިނަލް ކޯޓުން އަމުރު ކުރެއްވުމާއެކު ކުށްކުރި ކަމުގެ ތުޙުމަތުގައި ބަންދު ކުރާމީހާ ޝަރީޢަތް ނިމެންދެން […]
ވެރިކަމަށް ގެނައުމަށް ކިތަންމެ ބުރަ މަސައްކަތެއްކޮށްދިން ކަމުގައިވީ ނަމަވެސް ދައުލަތުގެ އެއްބާރު ޙަވާލު ކުރާކަށް ނުޖެހޭނެ!

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދައިދިނުމަށްޓަކާ ގިނަގުނަ މަސައްކަތް ކޮށްދިނީތީ ބަދަލުގައި ދައުލަތުގެ ބާރެއް ހިބަކޮށްދޭކަށް ނުޖެހޭނެއެވެ. ދައުލަތުގެ ތިންބާރުގެ ވެރިންގެ ގޮތުގައި ތިއްބަވަން ވާނީ ކިޔަވައިގެން ތިއްބެވި ޢިލްމީ ގާބިލް ބޭފުޅުންނެވެ. އަދި އެފަދަ ބޭފުޅުން ވާން ވާނީ އަބުރުވެރި ނަޒާޙަތްތެރި ބޭފުޅުންނަށެވެ. ތިމާއަށް ރަނގަޅުގޮތް ވުމަށްއެދި މަސްކަތެއް ކުރުމަކީ ރައްޔިތުންގެ ބާރު އެމީހާއަށް މިލްކު ކޮށްދޭން ޖެހޭ ސަބަބެއްވެސް ނޫނެވެ. ތަޢުލީމެއް ތަރުބިއްޔަތެއް ލިބިފައިނުވާ އަދި ވައްކަމުގެ ރެކޯޑު އޮތް އަބުރުކަތިލެވިފައިވާ މީހަކަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި […]
ސަރުކާރު ބަދަލު ކުރަންޖެހޭ މިންވަރަށް ސަރުކާރުން ހިންގާ ޖަރީމާތައް ގިނަވެއްޖެ

ސަރުކާރަށް ނިސްބަތްވާ ސިޔާސީ ވެރިން ރައީސްގެ ނަންފުޅުގައި ތަފާތު ވައްތަރު ވައްތަރުގެ ލިސްޓްތައް ތައްޔާރުކޮށް ގާނޫނުތަކާއި ގަވާއިދުތައް މުގުރާލާ އުސޫލުން ބޭރުން އެކިފަރާތްތަކަށް ބިން ވިއްކުމާއި ރިޝްވަތު ހިމެނޭ ގޮތަށް މަޝްރޫޢުތައް އެކި ފަރާތްތަކަށް އެ ގެންދަނީ ދެމުންނެވެ. އަދި ޖަލުތަކުގައި ތިބޭ މީހުންނަށް ކާންދިނުމަށް ބިޑަށް ލައި ބިޑު ހުޅުވައި އެބިޑު ކާމިޔާބު ކުރާފަރާތަށް އެ ކޮންޓެކްޓް ވެސް ޙަވާލު ކުރަނީ އެތައްލައްކަ ރުފިޔާއެއް އަތުލުމަށްފަހުގައި ކަމަށް މިފަދަ ބިޑެއް ކާމީޔާބު ކުރި ފަރާތަކުން ސޯސަލް […]