ކުޑަކުޑަ ޕްރިންސެސް

ޒުވާން އަންހެން ކުއްޖަކު އޭނާގެ ބައްޕަ ކައިރީގައި އެއްދުވަހަކު ބުންޏެވެ. އަޅުގަނޑުގެ ހަޔާތުގެ ކުރިޔަށް އޮތް ތަނުގައި ބޭނުންހިފޭނެ އިބްރަތްތެރި ފިލާވަޅެއް ދަސްކޮށް ދެއްވާށެވެ. މިހެން ބުނުމުން ބައްޕަ ބުންޏެވެ. ކުޑަކުޑަ ޕްރިންސެސްގެ ވާހަކަ ކިޔާދެންހެއްޔެވެ. ބައްޕަ ކިޔާދިން ގޮތުގައި ކޮންމެވެސް ރަށެއްގައި މުއްސަނދި ދެމަފިރިއެއްގެ ވަރަށް ރީތި އަންހެން ކުއްޖަކު ހުއްޓެވެ. ރަސް ދަރިކަނބަލެއްހެން ބޮޑުކުރަމުން އައި މިކުއްޖާ އަށް އެމީހުން ކިޔާ ނަމަކީ ކުޑަކުޑަ ޕްރިންސެސް އެވެ. ކުއްޖާ ފުރާފުރިހަމަވެ އުމުރުން 21 އަހަރުގައި […]

މޯދީ ހުވާކުރައްވާ ރަސްމިޔާތަށް ދައުވަތުދިން 7 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ހަތް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ދައުވަތު ލިބުނު ގައުމު ތަކުގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ އަވަށްޓެރި އަދި އިންޑިޔާ ކަނޑުގެ ގައުމުތަކެވެ. މިގައުމު ތަކަކީ ސީޝެލްސް، މޮރިޝަސް،ދިވެހިރާއްޖެ،ސްރީލަންކާ،ބަންގްލާދޭޝް، ބޫޓާން އަދި ނޭޕާލް އެވެ. މިގައުމުތަކުގެ ގިނަ ލީޑަރުންނާ މޯދީ އަމިއްލަފުޅަށް ވަނީ ގުޅުއްވާ ދައުވަތު ދެއްވާފައެވެ. އެއާއެކު ރަސްމީ ކޮންވެސް މިހާރުވަނީ ދައުވަތު ފޮނުވާ، އަދި ގިނަ ލީޑަރުން ވަނީ ގަބޫލު […]

މައުންޓް އެވަރެސްޓް ސާފު ކުރިއިރު 4 ހަށިގަޑާ އިންސާނެއްގެ ކަށިގަޑު ފެނިފައިވޭ

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓްގެ އެންމެ މަތިން ކުނި ސާފު ކުރުމަށް ނޭޕާލްގެ އަސްކަރިއްޔާއިން ކުރި މަސައްކަތުން މިއަހަރު 11 ޓަނުގެ ކުންޏާ އެކުއެކީ މަރުވެފައިވާ 4 މީހުންގެ ހަށިގަނޑާ އަދި ކުރިން މަރުވެ މަސްފިލާފައިވާ އިންސާނެއްގެ ކަށިގަނޑުވެސް ފެނިފައިވާ ކަމަށް ނޭޕާލް ސަރުކާރުން ބުނެފިއެވެ. އަހަރަކު އެއްފަހަރު ކުރިޔަށް ގެންދާ އެވަރެސްޓް ސާފު ކުރުމުގެ މަސައްކަތުގައި މިއަހަރު 55 ދުވަސް ހޭދަވީކަމަށް އެފަރާތުން ބުނެފައި ވެއެވެ. ބެލެވޭ ގޮތުގައި އެވަރެސްޓްއާއެކު ކައިރީގައިވާ އަނެއްދެފަރުބަދަ […]

ދޫނިރޯގާ ޖެހިގެން މެކްސިކޯއިން މީހަކު މަރުވެއްޖެ

އެޗްފައިވް އެން-ޓޫ ނުވަތަ ދޫނިރޯގާ ޖެހިގެން އިންސާނަކު މަރުވެއްޖެ ކަމަށް ޑަބްލިއު އެޗް އޯ އިން ހާމަ ކޮށްފިއެވެ. މިބަލީގައި ފުރަތަމަ އިންސާނަކު މަރުވެފައި މިވަނީ މެކްސިކޯއިންނެވެ. ޑަބްލިއު އެޗްއޯ އިން ބުދަދުވަހު ބުނެފައިވާ ގޮތުގައި މިމީހާ ގަޔަށް ބަރޑް ފްލޫ ނުވަތަ ދޫނިރޯގާ އެރީ ކިހިނެއް ކަމެއް ނޭގުނު ނަމަވެސް މެކްސިކޯގައި ވިއްސާ ބޮޑުކުރާ ކުކުޅުން އެޗްފައިވް އެން-ޓޫ ގެ ވައިރަސް ވަނީ ފެނިފައެވެ. ދޫނިރޯގާގެ ވައިރަހަށް ބަދަލު ތަކެއް އައިސް އިންސާނުންނަށް ބަލިޖެހޭ ގޮތްވެދާނެ […]

ކުރާ ހެޔޮ އަމަލު އެނބުރި އައިސް ތިމާޔާ ބައްދަލް ކުރެއެވެ.

  ވިއްސާރަ ބަނަ ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަހަރެން ކާރުގަ ނިކުތީ ގަޑިއެއްހާއިރުން ދެވޭ ތަނަކަށް ދިއުމަށެވެ. ކާރު ދުއްވަމުންގޮސް މީހުން އުޅޭ ސަރަހައްދު ފަހަނައަޅާގޮސް ހައިވޭ އަށް އަރަން އުޅެނިކޮން ކުއްލިއަކަށް ކާރު ހުއްޓިއްޖެ އެވެ. އަލުން ސްޓާޓް ކުރަން އުޅެއުޅެ އެކަން ވާގޮތެއް ނުވިއެވެ. އަހަރެން ހަދާނެ ގޮތެއް ނޭނގިގެން ކާރުން ފައިބައިގެން އައިސް ކާރުގެ ފަހަތުގައި މަޑުކޮށްލައިފީމެވެ. އެތާހުންނަތާ ބައިގަޑިއެއްހާއިރު ވީއިރުވެސް އެކަކުވެސް މަޑުކޮށް ވީކިހިނެއްތޯ އަހާވެސް ނުލިއެވެ. އެތައް ކާރު ތަކަކާ ސައިކަލު […]

އައު ދައުރަށް ހުވާކުރެއްވުމުގެ ކުރިން މޯދީ މަގާމުން އިސްތިއުފާދެއްވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ، ރައީސް ޑްރޫޕަޑީ މުރުމޫ އާއި މިއަދު ބައްދަލް ކުރައްވާ އިސްތިއުފާގެ ސިޓީ ހަވާލުކުރައްވާފައި ވެއެވެ. މޯދީ އާއި އެކު ކައުންސިލް އޮފް .މިނިސްޓަރސް ވެސް ވަނީ އިންތިއުފާ ދެއްވާފައެވެ  އައު ސަރުކާރެއް ހުވާކުރުމުގެ ކުރިން އެއިރަކު އޮންނަ ސަރުކާރެއް އިސްތިއުފާ ދިނުމަކީ އިންޑިޔާގެ ވެރިކަމުގެ ނިޒާމުގައި އުސޫލެއްގެ ގޮތުން ކަންތައް ކުރަމުން އަންނަ ގޮތެވެ. މޯދީގެ އިސްތިއުފާ އާއި އެކު ރައީސް މުރުމޫ ވަނީ އެކަން ގަބޫލު ކުރައްވާފައެވެ. ނަމަވެސް އައު ސަރުކާރު […]

އިންޑިޔާގެ ލޮކްސަބާ އިންތިޚާބް: ބީޖޭޕީ އަށް ވެއްޓުމެއް

އިންޑިޔާގެ ލޮކްސަބާ ނުވަތަ މަޖިލީހުގެ ތިރިގެޔަސް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބްގެ ވަގުތީ ނަތީޖާ ހާމަކޮށްފައިވާއިރު ބޮޑުވަޒީރު ނަރެންދުރަމޯދީ ގެ ބީޖޭޕީ އަށް ކުރިން ހީކުރެވުނު ވަރުގެ ކާމިޔާބީ އެއް ލިބިފައެއް ނުވެއެވެ. އެއްޕާޓީ އެކަނި ސަރުކާރެއް އުފެއްދުމަށް ބޭނުންވާ 272 ގޮނޑި ބީޖޭޕީ އަށް ކާމިޔާބް ކުރެވިއެއް ނުވެއެވެ. ބީޖޭޕީ އަށް އެކަނި ލިބިފައިވަނީ 240 ގޮޑިއެވެ. ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އަށް ޖުމްލަ 293 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު، […]

ހައުސް ވައިފް

ފިރިމީހާ ހަވީރު އޮފީހުން އައި އިރު އަހަރެން ހުރީ ވަރުބަލިވެގެން ހަލާކުވާ ވަރުވެފައެވެ. އެހެން ކަމުން ފިރިމީހާ އަށް މަރުހަބާ ކިޔާލާނެހާ ވަރުވެސް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެން ވަރުބަލި ވެފައިވާ ވާހަކަ ފިރިމީހާ ގާތު ބުނީމެވެ. ނަމަވެސް އޭނާއަށް އަޑުއިވުނު ހެންވެސް ހިއެއް ނުވެއެވެ. އަހަރެން ދެވަނަ ފަހަރަކަށް ވެސް އެވާހަކަ ނެގުމުން ފިރިމީހާ ބޮޑު ޗޮކެއް ޖަހާފަ ބުނެޏެވެ. ކަލޭ ވަރުބަލި ވާންވީ ކީއްވެގެން ހެއްޔެވެ. ތިޔަ ކުރަނީ ގޭތެރޭގަ އިނދެގެން ކުރާ ކަންކަމެއް […]

އިންޑިޔާގެ އާންމު އިންތިޚާބްގެ ނަތީޖާ ހާމަކުރަމުން ދާއިރު ކުރީގަ އުޅެނީ މޯދީގެ ބީޖޭޕީ

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިޔާގައި ބޭއްވުނު އާންމު އިންތިޚާބްގެ ނަތީޖާ އަންގާރަ ދުވަހު ހާމަ ކުރަމުން ދާއިރު އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެވުނީ  ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޕާޓީ ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އަށެވެ. ނަމަވެސް ކުރިން ހީކުރެވުނުހާ ތަފާތު ބޮޑެއްނޫނެވެ. ބީޖޭޕީއާއި އެންމެ ގާތުން ވާދަކުރި ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ އިންޑިއާ ގްރޫޕް އަށް އިރުއޮއްސި 6 ޖެހިއިރު 234 […]

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ މެދުތެރޭގެ ހިސާބު ތަކަށް ބާރުގަދަ ބިންހެލުމެއް އަތިވެއްޖެ އެވެ. 5.9 ގެ ބާރުމިނުގައި މިއަދު އެތާގަޑިން ހެނދުނު 6.30 ގައި ބިންހެލުން އައިސްފައިވަނީ މިދިޔަ ޖެނުއަރީ މަހުވެސް ބިންހެލުން އައި ހިސާބަށެވެ. ހޯމަ ދުވަހުގެ ބިންހެލުމުގައި ތިން ގެ ވެއްޓިފައިވާކަމުގެ ރިޕޯޓް ލިބުނު ނަމަވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ޚަބަރު ލިބެއެވެ. ޖަޕާންގެ ޕަބްލިކް ބްރޯދްކާސްޓަރ އެންއެޗްކޭ އިން ވެއްޓިފައިވާ އިމާރާތެއްގެ ފޮޓޯ އާއި ވީޑިއޯ އާންމު ކޮށްފައި ވެއެވެ. އެހިސާބުގައި މުހިންމު […]