ކަމަލާ ހެރިސްގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ހަފްތާގައި 200މިލިއަން ޑޮލަރު ޖަމާކުރެވުނު

އެމެރިކާގެ ރިޔާސީ ރޭހަށް މިހާރު ކުރިމަތިލައްވާފައިވާ މިހާރުގެ ނާއިބް ރައީސް ކަމަލާ ހެރިސްގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ހަފްތާގައި 200މިލިއަން ޑޮލަރު ޖަމާކުރެވިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ކެމްޕެއިނަށް އެކިފަރާތްތަކުން ދޭ އަދަދު އިތުރުވެގެން ގޮސްފައި ވަނީ ރައީސް ބައިޑަން ރޭހުން ވަކިވެ ވަޑައިގެން ކަމަލާ އެންޑޯސް ކުރެއްވުމާއިއެކު  ޑިމޮކްރެޓިކް ޕާޓީން ވާދަ ކުރައްވާނެ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރިޔަށް ކަމަލާގެ ނަންފުޅު އެރި ހަމައިން ފެށިގެންނެވެ. ޖުލައި 28 ވީ އާދީއްތަ ދުވަހާ ހަމަޔަށް ލިބިފައިވާ […]

 ފެޅުނު ބަނޑިޔަލުގެ ވާހަކަ

މުސްކުޅި އަންހެނަކު ދެބަނޑިޔާ ގެންގުޅެއެވެ.މިދެބަނޑިޔަލުގައި އޭނާ ކޮންމެ ދުވަހަކުވެސް ވަރަށް ދުރުގައިވާ ކޯރަކުން ގެޔަށްފެން އުފުލައެވެ. ނަމަވެސް ދެބަނޑިޔަލުގެ ތެރެއިން އެއްބަނޑިޔަލުގައި ވަނީ ރެނދެއްލާފައެވެ.އެހެން ކަމުން ފެންހިފައިގެން އަންހެންމީހާ އަށް ގެޔާ ހަމަޔަށް އާދެވޭއިރު އެބަނޑިޔަލަށް އެޅިފެން ހުންނަނީ ދެބައިކުޅައެއްބައި މަދު ވެފައެވެ.ބިމަށް ފައިބާފައެވެ.އަނެއް ބަނޑިޔަލުގައި ފުރާލާ ފެން ހުރެއެވެ. އެހެން ކަމުން އަންހެންމީހާއަށް ކޮންމެދުވަހަކުވެސް ގެނެވެނީ އެއްބަނޑިޔަލާ ބައިބަނޑިޔަލުގެ ފެނެވެ. ނުފެޅޭ ބަނޑިޔާ މިކަމާ އަމިއްލަޔަށް ވަރަށް ފަޚުރުވެރިވެއެވެ. ހަމައެއާއެކު ފެޅުނު ބަނޑިޔާ އޭނަގެ ހާލަތާމެދު […]

ކަންތައްތައް ”ޖަޖް“ ކުރުމަށް އަވަސްވެ ނުގަންނާށެވެ.

ބައްޕަޔަކު އެއްފަހަރަކު އޭނާގެ ކުޑައަންހެން ދަރިފުޅު އޭނާގެ ތިމާގެ މީހުން ކައިރިޔަށް ޗުއްޓީ ހޭދަ ކުރުމަށް ފޮނުވިއެވެ.ޗުއްޓީ ނިންމާލުމަށްފަހު ކުއްޖާގެޔަށް އައުމުން ބައްޕަ ސުވާލުރިއެވެ.”ޗުއްޓީ ކިހިނެއް ހެއްޔެވެ؟ ހުރިހާ އާންޓީންނާއި ކަޒިންތައް ދަރިފުޅަށް ހެޔޮހެއްޔެވެ؟ ޗުއްޓީ މަޖާހެއްޔެވެ؟“ ބައްޕަ ސުވާލު ކުރުމުން ކުއްޖާ ޖަވާބު ދިނެވެ.”އާއެކެވެ. އެންމެންވެސް ވަރަށް ހެވެވެ.އަހަރެންނަށް ވަރަށް ރަގަޅެވެ.އެކަމަކު އެއް އާންޓީ އަހަރެންނަށް ވަރަށް ނަފްރަތު ކުރާކަން ފާހަގަވިއެވެ.އޭނާ އަހަރެންނާއި ދޭތެރޭ ގެންގުޅުނީ ވަރަށް ރުޅިވެރި،ހަރުކަށިގޮތްތަކެކެވެ. އެ އާންޓީ ނޫނީ އެންމެންވެސް ވަރަށް […]

ގެޔެއްގެ ކުރިމައްޗަށް ކުޑަ މަތިންދާބޯޓެއް ވެއްޓިއްޖެ

އެމެރިކާގެ ޔޫޓާގައި ގެޔެއްގެ ދޮރުމަތީ އޮންނަ ވިނަގަނޑު މައްޗަށް ކުޑަ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ. މިހާދިސާގައި ގެޔަށް ގެއްލުންތަކެއް ލިބިފައިވާއިރު، ބޯޓުގައި ތިބި ދެމީހުންނަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައެވެ. ބޯޓު ވެއްޓުނު އިރު ބާރުގަދަ އެއްޗެއް ގޮވިފަދަ އަޑުފަށެއް އިވުނު ކަމަށް އަވަށްޓެރިން ބުނެފައި ވެއެވެ. ހާދިސާ ހިނގި އިރު ގޭގެ ވެރިމީހާވަނީ ވަޒީފާއަށް ގޮސްފައެވެ. ނަމަވެސް އޭނަގެ އަންހެނުންނާއި ކުދިން ގޭގައި ތިބި ކަމަށް ވެއެވެ.ހާދިސާ ހިނގި ވާހަކަ އަންހެނުން ގުޅާފަ ބުނުމުން ގޭގެ […]

އޮލިމްޕިކްސް މުބާރާތް ހުޅުވުމާއި ދިމާކޮށް ޕްރާންސްގެ ރޭލު ނިޒާމަށް ބަޔަކު ގެއްލުންތަކެއް ދީފި

ޕެރިހުގައި ހުކުރު ދުވަހު ރަސްމީކޮށް ފަށާގޮތަށް އޮތް އޮލިމްޕިކްސް މުބާރާތުގެ އޯޕަނިންގ ސެރެމަނީއާ ދިމާކޮށް އެ ގައުމުގެ ހައިސްޕީޑް ރޭލު ނެޓްވަރކަށް ބަޔަކު ހަމަލާތަކެއް ދިނުމުގެ ސަބަބުން ދަތުރުތައް ހުއްޓިއްޖެއެވެ. ރޭލްވޭ ނިޒާމް ހިންގާ ފަރާތުން ބުނެފައިވާ ގޮތުގައި ނިޒާމަށް ގެއްލުން ދިނުމަށް ބަޔަކު ގަސްތުގައި އެކި ތައްތަނެއްގައި ރޯކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން އަށް ލައްކައެއްހާ ދަތުރުވެރިން ގެ ދަތުރު ތަކަށް ވަނީ ބުރޫއަރާ ސްޓޭޝަން ތަކުގައި މީހުން ފުނިޖެހޭ ގޮތް ވެފައެވެ. ޔޫކޭ އާއި […]

މުޒާހަރާކުރި ފަރާތްތަކުން ދީފައިވާ ގެއްލުން ބެއްލެވުމަށްފަހު ޝެއިޚް ހަސީނާ ކީރިތި ކުރައްވައިފި

ބަންގްލާދޭޝްގައި ނިމުނު ހަފްތާގައި ކުރިޔަށް ދިޔަ މުޒާހަރާ ތައް ކުރި ފަރާތްތަކުން އެގައުމުގެ މެޓްރޯ ސްޓޭޝަން އަށް ދީފައިފައިވާ ގެއްލުން ބެއްލެވުމަށްފަހު ބޮޑުވަޒީރު ޝެއިޚު ހަސީނާ ކީރިތި ކުރައްވައިފިއެވެ. ވަޒީފާގެ ކޯޓާ ގެންގުޅޭ މައްސަލައިގައި ޔުނިވަރސިޓީ ކުދިން ފެށިމުޒާހަރާތައް މަތަކުރުމަށް ކަމަށްބުނެ ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުން މުޒާހަރާތައް ހޫނުވެ އަދި ފުޅާވެގެން ދިޔައެވެ. އެގޮތުން ހިނގި އެކި ކުރިމަތިލުން ތަކުގައި މަދުވެގެން 150 މީހުން ވަނީ މަރުވެފައެވެ. މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ވެހިކަލްތަކާ […]

 އިންޑިޔާގެ ލޭބަރަކަށް 95ހާސް ޑޮލަރުގެ އަގުބޮޑު ޑައިމަންޑެއް ކޮނެވިއްޖެ

މައިނެއް ކޮނުމުގެ މަސައްކަތުގައި އުޅުނު އިންޑިޔާގެ ލޭބަރަކަށް 95ހާސް ޑޮލަރުގެ އަގުބޮޑު ޑައިމަންޑެއް ކޮނެވިއްޖެއެވެ. 19.22ކެރެޓްގެ ބަރުދަންހުރި ޑައިމަންޑުގެ އަގު އިންޑިޔާގެ 8މިލިއަން ރުޕީސް ނުވަތަ 95،570 ޑޮލަރަށް އަރައެވެ.                                          ޑައިމަންޑް ފެނުނު ރާޖޫ ގައުންޑް ބުނި ގޮތުގައި މިކަމަށް އެދިގެން އޭނާ މަސައްކަތް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. އޭނަ ކުރާކަމަކީ ފަސްގަނޑުގައި ޑައިމަންޑް ގިނަކަމަށް މަޝްހޫރު ޕަންނާ ސިޓީ ކިޔާ ހިސާބުން ޑައިމަންޑަށް ކޮނުމަށްޓަކައި ބިން ކުއްޔަށް ނަގަނީ […]

1000 އެއްހައި ޖާސޫސުން އޮލިމްޕިކްސް ކުޅިވަރުތަކަށް ނާދެވޭގޮތައް ބޭރުކޮށްލާފައިވާ ކަމަށް ފްރާންސުން ބުނެފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތްކަމުގައިވާ، އޮލިމްޕިކްސް 2024 ގައި ބޭރުގެ ފަރާތްތަކަށް ޖާސޫސްކޮށްދޭކަމަށް ގަބޫލުކުރެވޭ 1000 އެއްހައި މީހުން އަނބުރައި ނާދެވޭގޮތަށް ބޭރުކޮށްލާފައި ވާނެ ކަމަށް ކުޅިވަރުތައް ފެށުމުގެ ތިންދުވަސް ކުރިން ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ޖެރަލްޑް ޑަރމާނިން ބުނެފިއެވެ.   2024 ވަނަ އަހަރު އޮލިމްޕިކް ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ފްރާންސްގެ ޕެރިސް ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ރައްކާތެރި ތަަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ މިއީއެވެ.  […]

ސަރުކާރުން އޭނަ މަރުވިކަމަށް ނިންމުމުން ދިރިހުރިކަން ދެއްކުމަށް ޖަރީމާ އެއް ހިންގައިފި

ސަރުކާރުގެ އިދާރާ ތަކުން ލިޔެކިއުމުން އޭނާ ”މަރާލި“ ހަމައިން މުޖްރިމަކު އުފަން ވިއެވެ. އިންޑިޔާގެ ރައްޔިތެއްކަމަށްވާ ބާބޫރާމް ބިލް އަކީ މަރުވެފައިވާ މީހެއް ކަމަށް ނިންމާ ސަރުކާރުން އޭނާގެ މަރުގެ ސެޓްފިކެޓް ހެދިއެވެ.މި ނިންމުން ބަދަލު ކޮށް، އޭނާ ދިރި އެބަހުރިކަން ސާބިތުކޮށް ދިނުމަށް ބާބޫރާމް އެކި އިދާރާތަކަށް ހިނގާ މަސައްކަތް ކޮށްކޮށް ވަރުބަލިވި އިރުވެސް އެކަން ވާގޮތް ނުވި ކަމަށް ވެއެވެ. އެންމެ ފަހުން ބާބޫ ރާމް ނިންމީ ކުށެއް ކުރުމަށެވެ. ނުވަތަ ބޮޑު ޖަރީމާއެއް […]

ބާރުގަދަ ތޫފާން ”ގެމީ“ އާއިގުޅިގެން މެނީލާ އަދި ތައިވާންގެ ބޮޑުބައެއް ފެނުއަޑީގައި

ބާރުގަދަ ތޫފާން ”ގެމީ“ އާއި ގުޅިގެން ބޯކޮށް ވާރޭވެހި ފިލިޕީންސްގެ ވެރިރަށް މެނީލާގެ ބޮޑުބައެއްގައި ބުރާސްފަތިދުވަހު ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ތޫފާނުގެ ގަދަ ވައިގެ ސަބަބުން ބޮޑެތި ގެއްލުން ވެފައިވާއިރު، ބޭރަށް ނިކުމެވޭނެ ގޮތެއްނެތި ގިނަ ބަޔަކު ވަނީ އެކި ތަންތާ ބަންދު ވެފައެވެ. ފެންބޮޑުވި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި 13 މީހުން މަރުވެފައިވާއިރު،ހަލައްކައެއްހާ މީހުން އެކިތަންތަނަށް ގެންދެވި ނުވަތަ އަމިއްލަޔަށް ބަދަލުވެފައިވާ ކަމަށް ޑިޒާސްޓަރ ރިލީފް […]