ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރު ނުނެގޭ ގޮތް ހެދުމަކީ ބަގާވާތެއް ކަމަށް ކަނޑައެޅުން އެއީ ހެދުނު ގޯހެއް: މުހައްމަދު ފައިސަލް

ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރު ނުނެގޭ ގޮތް ހެދުމަކީ ކުރި ބަގާވާތެއް ކަމަށް ކަނޑައެޅުމުން، އިތުރު މާލީއެހީ އަދި ބަޖެޓް ސަޕޯޓް ހޯދުމަށް ރާއްޖޭންކުރާ މަސައްކަތަށް ހުރަސްއެޅޭނެ ކަމުގައި ރާއްޖޭން ޔޫއޭއީ އަށް ކަޑައަޅާފައި ކުރިން ހުންނެވި ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ މިކަމުން ލިބިދާނެ ބައެއް ގެއްލުންތައް ފާހަގަ ކުރައްވާފައެވެ. މިފަދަ ގޮތަކަށް ބޭންކުން ނިންމުމަކީ ބަގާވާތެއް ކަމަށް ރައީސް މުއިއްޒު ސިފަކުރެއްވުމަކީ،ބޭންކަށާ ބޭންކުގެ ބޯޑަށް ބިރު […]
ކޮވިޑް 19 ދުވަސްވަރު ”މެޓަ“ ގެ ކޮންޓެންޓް ކޮންޓްރޯލް ކުރަން ވައިޓް ހައުސް މަސައްކަތްކުރި : ޒަކަބާގް

ކޮވިޑް 19 ޕެންޑަމިކް ދުވަސްވަރު ”މެޓަ“ ގެ ބައެއްކަހަލަ ކޮންޓެންޓް ކޮންޓްރޯލް ކުރަން ބައިޑަން ސަރުކާރުން މަސައްކަތްކުރި ކަމަށް ސޯޝަލްމީޑިޔާގެ ބިޔަ ޕްލެޓްފޯމް ”މެޓަ“ގެ ސީއީއޯ މާކް ޒަކަބާގް ބުނެފިއެވެ.މިގޮތުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ކޮންޓެންޓްގެ ތެރޭގައި ހެއްވާ ކޮންޓެންޓާއި އަދި އެކިފަރާތްތަކަށް ފުރައްސާރަކޮށް، މަލާމަތް ކޮށްފައިވާ ކޮންޓެންޓް ހިމެނޭ ކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ. ހައުސް ޖުޑީޝަރީ ކޮމިޓީގެ ޗެއާ،ޖިމް ޖޯޑަން އަށް ފޮނުވި ސިޓީއެއްގައި ޒަކަބާގް ބުނެފައިވަނީ ވައިޓްހައުސްއިން ކުރިމަތިކުރި ފިއްތުން […]
ކުއޮންޓަސް އެއާލައިނަށް އެރި އޮޅުމަކުން ފަސްޓް ކްލާސް ޓިކެޓް ތަކެއް 85% އަގުހެޔޮކޮށް ވިއްކައިފި

ކޯޑިންގ އެރާއެއްގެ ސަބަބުން ކުއޮންޓަސް އެއާލައިނަށް އެރި އޮޅުމަކުން ފަސްޓް ކްލާސް ޓިކެޓްތަކެއް 85އިންސައްތަ އަގުހެޔޮކޮށް ވިއްކައިފި އެވެ. އޮސްޓްރޭލިޔާގެ އެއާލައިނެއް ކަމަށް ކުއޮންޓަސް އެއާލައިނަށް މިކަން ދިމާވެފައި ވަނީ މިދިޔަ ހަފްތާގައެވެ. ކުރިމަތިވި މައްސަލަ ފާހަގަ ކުރެވުމަށްފަހު މިހާރު ގެންދަނީ ޓިކެޓް ގަތް މީހުންނަށް ރިފަންޑް ދެމުންނެވެ. ނުވަތަ އެމީހުން އެދޭނަމަ އިތުރު އަގަކާ ނުލާ ބިޒްނަސް ކްލާހަށް ޓިކެޓް ހަމަޖައްސާދެވޭނެ ކަމަށް އެފަރާތުން ބުނެފައި ވެއެވެ. އަގުހެޔޮ ޓިކެޓް އެއާލައިންގެ ވެބްސައިޓްގައި މިދިޔަ ބުރާސްފަތި […]
ޕާކިސްތާންގައި ކޮންބައެއްތޯ ބަލާ ސީދާ ޓާގެޓް ކޮށްގެން 22 މީހަކު ބަޑިޖަހާ މަރާލައިފި

ޕާކިސްތާންގެ ބަލޮޗިސްތާން ޕްރޮވިންސްގައި ވެހިކަލް އެއްގައި ދަތުރު ކުރި ބަޔަކު ވެހިކަލުން ބާލުވާ ކޮންބައެއްތޯ ކަށަވަރު ކުރުމަށް ފަހު 22 މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ. ބަޑިހިފައިގެން ތިބި ބަޔަކު ވެހިކަލް ހުއްޓުވާފައިވަނީ ރޭގެ ވަގުތެއްގައި ބަލޯޗިސްތާން ޕްރޮވިންސް ގެ ހައިވޭ އަކުން ވެހިކަލްތައް ދަތުރު ކުރަނިކޮންނެވެ. މިހަމަލާގައި އައިޑެންޓިޓީ ޑޮކިއުމަންޓް ޗެކް ކުރުމަށް ފަހު ބަޑިޖަހާމަރާލާފައިވަނީ ޕަންޖާބަށާ ސިންދަށް ނިސްބަތްވާ މީހުން ކަމަށް ވެއެވެ. އަދި އެއަށް ފަހު އެމީހުން ދަތުރުކުރި ވެހިކަލްގައި ވަނީ ރޯކޮށްލާފައެވެ. […]
ކޮލްކަތާ ރޭޕް ކޭސް:ސީ.ބީ.އައި އޮފިޝަލުން 15 ތަނެއް ރެއިޑް ކޮށްފި

އިންޑިޔާގެ ކޮލްކަތާ ގައި މި މަހު ހިންގާފައިވާ ރޭޕް އަދި އިހާނަތްތެރި މަރާއި ގުޅިގެން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ފަރާތުން މިހާރު ކުރިޔަށް ގެންދާ ތަހުގީގުގައި އާދީއްތަ ދުވަހު 15 ތަނެއް ރެއިޑް ކޮށްފިއެވެ. މިތަންތަނުގެ ތެރޭގައި ހާދިސާ ހިނގި އާރުޖީ ކަރު މެޑިކަލް ކޮލެޖްގެ ކުރީގެ ޕްރިންސިޕަލް ސަންދީޕް ގޯޝްގެ ގެ ހިމެނެއެވެ. 31 އަހަރުގެ އަންހެން ޑޮކްޓަރަކު ރޭޕްކޮށްފަ އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާ ހިނގި ފަހުން، ފައިސާޔަށް ޚިޔާނަތްތެރިވުމުގެ މައްސަލަ […]
ބީއެމްއެލްގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން ވަކިކޮށްފި ކަމަށް ޚަބަރުލިބޭ

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެބޭންކުގެ ބޯޑުން ވަކި ކޮށްފި ކަމަށް ޚަބަރުލިބެއެވެ. މިކަން ހާމަ ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ”ވިސްލް ބްލޯވާ“ ހަސަން ކުރުސީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. ހަސަން ކުރުސީ ގެ ޕޯސްގައި ބުނެފައިވާ ގޮތުގައި މިމަހުގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ބޭންކަށް ޓްރެޝަރީ ބިލް ވިއްކަން އުޅުމުން އެކަމަށް ބޭންކުން ވަނީ އެއްބަސް ނުވެފައެވެ. ބީ.އެމް.އެލް ގެ އިތުރުން މޯލްޑިވްސް […]
ޑޭޓިންގ އެޕްތައް މެދުވެރިކޮށް ފިރިހެނުން ހައްލާލައިގެން ގެންގޮސް ލަނޑުދޭ އަންހެނުންތަކެއް

އިންޑިޔާގެ މުމްބާއީގައި ޑޭޓިންގ އެޕްތައް މެދުވެރިކޮށް ފިރިހެނުން ހައްލާލައިގެން އަގުބޮޑު ރެސްޓޯރަންޓް ތަކަށް ގެންގޮސް އެމީހުންނަށް ލަނޑުދޭ އަންހެނުން ތަކެއްގެ މައްސަލަ ފެންމަތިވެ އެކަން ބަލަން ފަށައިފިއެވެ. މިމައްސަލަ ފުރަތަމަ ހާމަކޮށްފައިވަނީ ދީޕިކާ ނަރާޔަން ކިޔާ އެކްޓިވެސްޓެކެވެ.އޭނާ އެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ އަންހެނުންގެ މަޅީގައިޖެހޭ ފިރިހެނުން ގެންދަނީ އަދޭރީ ވެސްޓްގައި ހުންނަ ”ގޯޑް ފާދާ ކްލަބް“ ކިޔާ ވަކި ރެސްޓޯރަންޓަކަށެވެ.އެތަނަށް ގެންދިއުމަށް ފަހު ފިރިހެން މީހާއަށް މެނޫ ދެއްކުމެއްނެތި ކާއެއްޗިއްސާ ޑްރިންކް ތަކަށް އޯޑަރު […]
ޕޭވްމަންޓްގައި ހެދުނު ވަޅުގަނޑަކަށް ވެއްޓުނު އަންހެންމީހާ އަދިވެސް ނުފެނޭ

މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި މަގެއްގެ ޕޭވްމަންޓްގެ ތަންޑަނޑެއް އަޑިޔަށް ގޮސް ހެދުނު ވަޅުގަނޑަކަށް އަންހެނަކު ވެއްޓުމާއި ގުޅިގެން އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިޔަށް އެބަގެންދެއެވެ.26 ފޫޓުގެ ފުން ވަޅުގަނޑަށް ވެއްޓިފައިވަނީ އުމުރުން 48 އަހަރުގެ އިންޑިޔާގެ ރައްޔިތެއް ކަމަށް ޚަބަރުލިބެއެވެ.ހުކުރު ދުވަހު މި ހާދިސާ ހިނގާފައިވަނީ ޖަލަން އިންޑިޔާ މަސްޖިދް ކިޔާސަރަހައްދުގައިވާ ބެންޗެއް ގައި އިދެފައި ތެދުވެ އޭނާ ހިނގައިގަތް ތަނާ ބިންމަތީގަ ބޮޑު ވަޅުގަނޑެއް ހެދިގެންކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. […]
ފާޚާނާ ތަށިމަތީ އިންދާ 12 ފޫޓުގެ ހަރުފައެއް ދަތް އަޅައިފި

ތައިލެންޑްގައި ފިރިހެނަކު ފާޚާނާ ތަށިމަތީ އިންދާ 12 ފޫޓުގެ ހަރުފައެއް ތަށިންއަރާ އޭނާގެ ”ޓެސްޓިކަލްސް“ ގައި ދަތް އަޅައިފިއެވެ. ތަނަތު ނަމަކަށް ކިޔާ މީހާ ކިޔާދީފައިވާ ގޮތުގައި އޭނާ ފާޚާނާ ތަށިމަތީގައި އިންދާ ”ޕްރައިވެޓް ޕާޓް“ އަށް ކުއްލިއަކަށް ތަދުވިއެވެ. އޭނާ ބަލާލިއިރު ފެނުނީ ދިގު ހަރުފައެކެވެ. އަދި އޭތި ވަނީ އޭނާގެ ގައިގައި ދަތް އަޅާފައެވެ.ދެންއޭނާ ކުއްލިއަކަށް ތެދުވި ކަމަށް ވެއެވެ. އަދި ހަރުފައިގެ ކަރުގައި ބާރަށް ހިފުމަށްފަހު އޭނާގެ ގައިން ދޫކުރުވަން މަސައްކަތް ކުރިއެވެ. […]
ޑޮނަލްޑް ޓްރަމްޕް އަކީ ”ސްޓޫޕިޑް“ މީހެއްނޫން:ޓިމް ވޯލްޓްޒް

ދެވަނަ ފަހަރަށް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް އަކީ ”ސްޓޫޕިޑް“ ނުވަތަ ބޯހަމަނުޖެހޭ މީހެއް ނޫން ކަމަށާ އެގޮތް ދައްކަމުން ދިޔަނަމަވެސް ގަބޫލު ނުކުރުމަށް އިދިކޮޅު ކެންޑިޑޭޓް ކަމަލާ ހެރިސްގެ ރަނިންމޭޓް ޓިމް ވޯލްޓްޒް ވިދާޅުވެއްޖެއެވެ.ވަރަށް ގިނަބައެއްގެ ތާއީދު ލިބިފައިވާ ޓިމް ވޯލްޓްޒް ވިދާޅުވީ ޓްރަމްޕްރައީސްކަން ހޯއްދަވަން އުޅުއްވަނީވެސް ހަމައެކަނި އަމިއްލަ މުއްސަދިކަން އިތުރު ކުރެއްވުމަށް ކަމަށާ އެމެރިކާއަށް އެއްވެސް ހެޔޮކަމެއް ކޮށް ދިނުމުގެ ނިޔަތެއް ޓްރަމްޕް ގެ ކިބައިގައި ނެތް ކަމަށެވެ. […]