”އެވްރިޑޭ މާމަ“

އަހަރެންގެ ނަމަކީ އެވްލީން އެވެ. އުމުރަކީ 63 އަހަރެވެ. އަހަރެން އިއްޔެ ގެޔަށް އައީ ވަޒީފާއިން އިސްތިއުފާދީފައެވެ. ރަސްމީކޮށް ނޯޓިސް އެއްނުދެމެވެ.އަހަރެން ނެތުމުން ދެން ވާނެ ގޮތަކާބެހޭ ގޮތުން މަޝްވަރާއެއްވެސް ނުކުރަމެވެ.ކޭކެއް ފަޅަން އުޅެފަ، ވަޅިބާއްވާފަ، ހެދުމުގެ ބޭރުންލާ ކޯޓު ނަގައިގެން ދަރިފުޅުގެ ގެއިން ނިކުމެގެން އައީއެވެ. އަހަރެން އަދާކުރަމުން އައީ އަހަރެންގެ އަންހެން ދަރިފުޅު ކްލާރާ ދިން ވަޒީފާއެކެވެ.ހަތް އަހަރުވަންދެން އަހަރެން މަސައްކަތް ކުރިއިރު އަހަރެން ގަބޫލު ކުރަމުން އައީ އަހަރެންނަށް ލިބޭ މުސާރައަކީ ލޯތްބާއި […]
ރަޖަބު މަހު އެކަނިވެސް 14.8 މިލިއަން މީހުން އުމްރާއަށް ދިޔަ

ސައޫދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހާމަ ކޮށްފައިވާ ގޮތުގައި ނިމުނު ރަޖަބް މަހު އެކަނި 14.8 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކޮށްފައިވެއެވެ. މީގެ ތެރެއިން ދެމިލިއަނަށް ވުރެގިނަ މީހުން ގޮސްފައިވަނީ ގައުމުން ބޭރުންނެވެ. އުމްރާއަށް ދިޔަ މީހުން ގެ އަދަދު މިހާ މަތިވެފައިވަނީ ސައޫދީ ސަރުކާރުން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް އަދި އިތުރު ޚިދުމަތްތައް ތައާރަފްކޮށްފައި ވުމުން ކަމަށް ޚަބަރުތައް ބުނެއެވެ. ހައްޖު އަދި އުމްރާ އަދާކުރުމަށްދާ […]
ބިލިއަނަރު އަނަންތު އަމްބާނީގެ ބުދު ހިމަނައިގެން 1.5 މިލިއަން ޑޮލަރުގެ އަގުހުރި އަތުކުރީ ގަޑިއެއް ހަދައިފި

އޭޝިޔާގެ އެންމެ މުއްސަނދި މަހުޖަނު،ބިލިއަނަރު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު ބިލިއަނަރު އަނަންތު އަމްބާނީގެ ސޫރަ ނުވަތަ ބުދު ހިމަނައިގެން ވަރަށް އަގުބޮޑު އަތުކުރީ ގަޑިއެއް ހަދައި އިންޑިޔާގައި ”އަންވެއިލް“ ކޮށްފިއެވެ. ލަގްޒަރީ އަތުކުރީގަޑި އުފައްދާ ކުންފުނި ”ޖޭކަބް އެންޑް ކޯ“ އިން ހަދާ ނެރުނު އަތުކުރީ ގަޑީގައި ގިނަ އަދަދަކަށް ޖަވާހިރު ޖަހާފައިވާއިރު،އަނަންތު އަމްބާނީގެ ސޫރައިގެ އިތުރުން އެތަކާއި ބެންގޯލީ ޓައިގަރަކާއި ލަޔަން އެއްގެ ސޫރަވެސް ހިމަނާފައި ވެއެވެ. އަނަންތު އަމްބާނީ އިންނަނީ […]
ނިއުޒިލަންޑަށް ކުރިމަތިވި މޫސުމީ ކާރިސާއެއްގައި 2 މީހުން މަރުވެއްޖެ

ނިއުޒިލަންޑްގެ ”ވެލްކަމް ބޭ“ ކިޔާ ސަރަހައްދުގެ ގޮނޑުދޮށުހިސާބަށް ކުރިމަތިވި ފެންބޮޑުވުމާއި ކިސަޑު ދެމިގެންދިއުމުގެ ހާދިސާއެއްގައި ދެމީހުން މަރުވެ އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ޓުއަރިސްޓުންގެ މަގްބޫލް ސަރަހައްދެއް ކަމަށްވާ ”މައުންޓް މައުންގަނުއީ“ އަށްވެސް ކުރިމަތިވި މިފަދަ ލޭންޑް ސްލައިޑްއަކާއި ގުޅިގެން އެތައްބަޔަކު ގެއްލިފައިވާކަމަށް ވެސް ޚަބަރު ލިބެއެވެ. މިއީ ގިނަބަޔަކު ކޭމްޕް ކުރުމަށްވެސް ދާސަރަހައްދަކަށްވާއިރު އެހިސާބު ބެލިބެލުމުން މީހަކު ނުފެނުނު ކަމަށް އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް […]
ސްޕެއިންގައި އަނެއްކާވެސް ރޭލު އެކްސީޑެންޓެއް ހިނގާ ރޭލު ޑްރައިވަރު މަރުވެއްޖެ

ސްޕެއިންގެ ބާސެލޯނާއާއި ކައިރި ހިސާބެއްގައި ރޭލެއް، ޓްރެކްމައްޗަށް ވެއްޓިފައިވާ ފާރެއްގައި ޖެހި، ހިނގި އެކްސީޑެންޓްގައި ރޭލު ދުއްވަން އިން މީހާ މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ބާސެލޯނާ އާއި 40 ކިލޯމީތަރު ދުރުގައިވާ ގެލީޑާ ކިޔާ ސަހައްދުގައި އަންގާރަދުވަހު އެކްސީޑެންހިނގާފައި މިވަނީ އޭގެ ދެދުވަސްކުރިން އަންދަލޫސިޔާ ކިޔާ ސަރަހައްދުގައި ހިނގި ރޭލު އެކްސީޑެންޓެއްގައި 42 މީހުން މަރުވެފައި ވަނިކޮންނެވެ.އަންގާރަ ދުވަހުގެ އެކްސީޑެންޓްގައި އެކަކު މަރުވެ 37 މީހުންނަށް އަނިޔާވެފައިވާއިރު އޭގެތެރެއިން ބައެއްމީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައިކަމަށް […]
ސްޕެއިންގައި ހައިސްޕީޑް ދެރޭލު ޖެހުމުގެ ސަބަބުން 40 މީހުން މަރުވެއްޖެ

ސްޕެއިންގެ ދެކުނުގެ ހިސާބެއްގައި ހައިސްޕީޑް ދެރޭލު ޖެހި، ހިނގި ހާދިސާގައި މަދުވެގެން 40 މީހުން މަރުވެ އިތުރު އެތައް ބަޔަކަށް އަނިއްޔާތައް ލިބިއްޖެ ކަމަށް ޚަބަރު ލިބެއެވެ. އާދީއްތަދުވަހުގެރޭ ހިނގި މި ހާދިސާގައި މެޑްރިޑަށް ދަތުރުކުރި ރޭލެއް، ދަގަނޑު މަތިން ނައްޓާލުމާއި ގުޅިގެން ބައެއް ބައިތައް ޖެހިގެން އޮތް ރޭލުޓްރެކަށް ފުރޮޅާލާފައިވަނިކޮށް އިދިކޮޅުން އައި ރޭލެއް މި ބައިތަކުގައި ޖެހިފައިވާކަމަށް ވެއެވެ. ދެ ރޭލުގައި އެކު ޖުމްލަ 400 ފަސިންޖަރުންނާއި ކްރޫ ތިބިއިރު ،އިމަޖެންސީ ސަރވިސަސްގެ ފަރާތުން […]
ޕާކިސްތާނުގެ ޝޮޕިންގ މޯލްއެއްގައި ރޯވެ ހަ މީހުން މަރުވެއްޖެ

ޕާކިސްތާންގެ ކަރާޗީގެ ޝޮޕިންގ މޯލް އެއްގައި އަލިފާނުގެ ބޮޑުހާދިސާއެއް ހިނގުމުގެ ސަބަބުން ހަ މީހުން މަރުވެ އިތުރު ވިއްސަކަށް މީހުންނަށް އަނިޔާތައް ލިބިއްޖެއެވެ. ވަރަށް ބައިބޯ ވިޔަފާރި މަރުކަޒެއް ކަމަށްވާ ގުލްޕްލާޒާ ޝޮޕިންގ މޯލްގެ ގްރައުންޑް ފްލޯގެ ފިހާރައެއްގައި ހޮނިހިރު ދުވަހުގެރޭ ރޯވި އަލިފާން، އެތައް ފިހާރަޔަކަށް ވަނީ ފެތުރިގެން ގޮސްފައެވެ. އަދި އާދީއްތަ ދުވަހަށް އަލިވިލުނު އިރު ކޮންޓްރޯލް ކުރެވިފައިވަނީ އަލިފާން ގަނޑުގެ 30 އިންސައްތަކަމަށް އޮފިޝަލުން ހާމަ ކޮށްފައި ވެއެވެ. ސައުތު ޑެޕިއުޓީ އިންސްޕެކްޓަރ […]
މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމުން ގެއްލުމެއް ނެތް ކަމަށް ސްޓަޑީއަކުން ދައްކައިފި

މާބަނޑު ދުވަސްވަރު އަންހެނުން ޕެރަސެޓަމޯލް ބޭނުންކުރުމުން ލިބޭ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖަކަށްވުމުގެ ފުރުސަތު ބޮޑުވާކަމުގެ ހެއްކެއް ނެތް ކަމަށް މުހިންމު ސްޓަޑީއަކުން ދައްކައިފިއެވެ. ކުރިން ހީވެފައިއޮތީ އަންހެނުން ބަލިވެއިނުމަށްފަހު ޕެރަސެޓަމޯލް ބޭނުންކުރުމުން އޯޓިޒަމް ގެ އިތުރުން އޭޑީއެޗްޑީ،އަދި އެހެންވެސް ”ޑިވެލޮޕްމެންޓަލް އިޝޫ“ ތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ. މި ޚާއްސަ ސްޓަޑީގެ ފަހަތުގައިވާ ސިއްހީ މާހިރުން ބުނާ ގޮތުގައި ޕެރަސެޓަމޯލް ބޭނުން ކުރަން މާބަނޑުމީހުން ޖެހިލުންވާންވީ ސަބަބެއް ނެތެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު […]
އެއާ އިންޑިޔާ ޖެޓެއްގެ އިންޖީނުތެރެޔަށް ކާގޯ ކޮންޓެއިނަރެއް ދަމައިގެންފި

އިންޑިޔާގެ ވެރިރަށް ޑެލްހީގެ އެއާޕޯޓެއްގައި އެއާ އިންޑިޔާ މަތިންދާބޯޓެއްގެ އިންޖީނު ތެރެޔަށް ކާގޯ ކޮންޓެއިނަރެއް ދަމައިގަތުމާއި ގުޅިގެން އެކަން ހިނގަން މެދުވެރިވި ގޮތް ބަލަމުން ދާކަމަށް ޚަބަރު ލިބެއެވެ. މިކަން ހިނގާފައިވަނީ ބޯޓު ޓެކްސީވޭ ގައި ދުއްވަމުން ދަނިކޮން ކަމަށް ވެއެވެ.މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ކަމެއް ނުވެއެވެ. ނަމަވެސް ބޯޓުގެ އިންޖީނަށް ގެއްލުން ތަކެއް ލިބިފައި ވުމާއި އެކު މަރާމާތަށް ބޯޓުވަނީ ގްރައުންޑް ކޮށްފައެވެ.ބޯޓުގައި 240 ފަސިންޖަރުންނާއި ހައެއް ނުވަތަ 8 ކްރޫ މެމްބަރުން ތިބިކަމަށް […]
ތައިލަންޑްގައި އަނެއްކާވެސް ކެރޭނެއް ވެއްޓި ދެމީހުން މަރުވެއްޖެ

ތައިލަންޑް ގައި ހައިވޭ އެއްގެ މައްޗަށް ކޮންސްޓްރަކްޝަން ކެރޭނެއް ވެއްޓުމުގެ ސަބަބުން ދެމީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އިއްޔެވެސް ތައިލަންޑްގައިވަނީ ދުއްވާފައި ދިޔަ ރޭލެއްގެ މައްޗަށް ކެރޭނެއް ވެއްޓުމުގެ ސަބަބުން 32 މީހުން މަރުވެފައެވެ. މިއަދުގެ ހާދިސާ ހިނގާފައިވަނީ ބެންކޮކްގެ ރަށްފުށު ހިސާބެއްގައި އެކްސްޕްރެސްވޭ ނުވަތަ ބާރަށް ދުއްވާ މަގެއް ހެދުމުގެ މަސައްކަތް ކުރިޔަށް ދިޔަ ތަނެއްގައެވެ. ވީޑިއޯ ތަކުން ފެންނަ ގޮތުގައި ކާރު ތަކެއްގެ މައްޗަށް ކެރޭނު ވެއްޓުމާއި އެކު ބައެއްކާރު ފިތިގެން ދެއެވެ.އަދި […]