ޓްރަމްޕް ސޮއި ކުރެއްވި ބައެއް އަމުރުތަކަށް ބަލާލުމެއް

ޓްރަމްޕް ސޮއި ކުރެއްވި ބައެއް އަމުރު ތަކަށް ބަލާލުމެއްއެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި ހޯމަ ދުވަހު ސަރުކާރާ ހަވާލުވެވަޑައިގެންނެވި،45 ވަނަ ރައީސްގެ ގޮތުގައި ކުރިންވެސް ރައީސްކަން ކުރައްވާފައިވާ ޑޮނަލްޑް ޓްރަމްޕް، ހަމަ އިއްޔެ ވަނީ ގިނަ އަދަދެއްގެ އެގްޒެކެޓިވް އޯޑަރ ނުވަތަ އަޅުއްވާނެ ފިޔަވަޅުތަކުގެ އަމުރު ގައި ސޮއި ކުރައްވާފައެވެ. އަލުން ވެރިކަމާ ހަވާލުވެވަޑައިގެންވުމަށްފަހު ގެންނަވާނެކަމަށް ވިދާޅުވި ބޮޑެތި ބަދަލުތައް،އޯވަލް އޮފީހުގެ ފުރިހަމަ ބާރުވެރިކަން ބޭނުންކުރައްވައިގެން، ހަމަ ފުރަތަމަ ދުވަހުންފެށިގެންވެސް ވަނީ ގެންނަވަން ފައްޓަވާފައެވެ.ޓްރަމްޕް ފުރަތަމަ […]
އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ،ޑޮނަލްޑް ޓްރަމްޕް ކުރައްވައިފި

އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ،ޑޮނަލްޑް ޓްރަމްޕް ކުރައްވައިފިއެވެ.ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ(ރާއްޖޭ ގަޑިން ރޭގެ 10 ޖެހިއިރު) އެތާ ގަޑިން މެންދުރު 12ޖެހިއިރު އެވެ. ކުރީގެ އާދަކާދަޔާއި ޚިލާފަށް ރަސްމިއްޔާތު ބާއްވާފައިވަނީ ކެޕިޓަލްގެ ރޮޓަންޑާ ބިލްޑިންގ ގެ އެތެރޭގައެވެ. އިމާރާތެއްގެ ތެރޭގައި ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ ހާމަ ތަނުގައި ބާއްވަން މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑޮނަލްޑް ޓްރަމްޕް ވަނީ އިއްޔެއިންފެށިގެން އެމެރިކާއަށް މިއައީ އައު ރަންޒަމާނެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން […]
ކޮލްކަތާގެ ޑޮކްޓަރު ރޭޕްކުރި މީހާޔަށް އުމުރު ދުވަހުގެ ޖަލުހުކުމެއް

އިންޑިޔާގެ ކޮލްކަތާގައި ޖޫނިއަރ ޑޮކްޓަރަކު ރޭޕްކޮށް އަދި މަރާލިކަމަށް ކުށް ސާބިތުވި މީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.މިކަން ކޮށްފައިވަނީ ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެހޮސްޕިޓަލް،އާރުޖީ ކަރް މެޑިކަލް ކޮލެޖް އަށްދާ ސަންޖޭ ރޯއީ ކިޔާ މީހެކެވެ. މުޅިއިންޑިޔާ ސިއްސުވާލި ރޭޕްގެ މިމައްސަލައިގެ ޝަރީއަތް ފަށައިގެން ނިމުނުއިރުވެސް ސަންޖޭ ރޯއީ ގެންދިޔައީ ކުށަށް އިންކާރު ކުރަމުންނެވެ.އެހެންކަމުން މިއަދުގެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބެލެވެއެވެ.މައްސަލަބެލި ފަޑިޔާރުވަނީ މަރުގެ ހުކުމް އިއްވުމަށް ދެކޮޅުހަދާފައެވެ.ނަމަވެސް އޭނާ މުޅި […]
މަހަކަށް އޮޅުވާލުމަށް ތަފާތު ގޮތަކަށް ކަންތައްކޮށްފި

ޖަޕާނުގައި މަސްގެންގުޅޭ އެކުއޭރިއަމެއްގައި އޮންނަ ސަން ފިޝްކިޔާ ކިޔާވައްތަރުގެ ބޮޑު މަހެއް، ކެއުން ހުއްޓާލުމުގެ ސަބަބުން އޭތި މަރުވެދާނެކަމުގެ ބިރު ހީވުމުން ތަން ބަލަހައްޓާ މީހުން ތަފާތު ގޮތަކަށް ކަންތައް ކޮށްފިއެވެ. އެމީހުން ވަނީ ކޮށީގެ ބޭރުގައި ”ފޭކް“ މީހުން ތަކެއް އަތުރާފައެވެ.މިގޮތުން މީހުންގެ ފޮޓޯ،ޔުނީފޯމްތަކެއްގައި ހަރުކޮށް ކޮށީގެ ބޭރުގައި މީހުން ބަރިއެއް އަތުރާފައި ވެއެވެ. މިއާއެކު މަސް ވަނީ އަލުން ކާންފަށައި، އެނބުރި ހެޔޮ ސިއްހަތަށް އައިސްފައި ކަމަށް އެކުއޭރިއަމްގެ ފަރާތުން ބުނެފައި ވެއެވެ.މަހަށް ސިއްހީ […]
ތެދު ބުނާގޮތްވެސް ތަފާތު ކުރެވިދާނެއެވެ.

ކޮންމެވެސް ގައުމެއްގައި ވަރަށް ކުޅަދާނަ ގާނޫނީ ވަކީލަކު އުޅުނެވެ.އޭނާ މަޝްހޫރުވެފައި ވަނީ ކުއްލި ހާޒިރު ޖަވާބަށާ އަދި ޝަރީއަތްތަކުގައި ގެންގުޅޭ ތެދުވެރިކަމުގެ ސަބަބުންނެވެ. ލޯޔަރުގެ އަންހެނުންދެކެ އޭނާ ވަރަށް ލޯބިވެއެވެ.އަދި ދެމީހުންނަށް ވަނީ ބާރަ ދަރިން ލިބިފައެވެ.އޭނާގެ ގޭތެރޭން އަބަދުވެސް ހުނުމާއި މަޖަލުގެ އަޑު އިވިއިވި ހުރެއެވެ.އޭނާގެ އާއިލީ ދިރިއުޅުން ވަރަށް ފުރިހަމައެވެ.ކަންމިހެންހުރިނަމަވެސް ލޯޔަރަށް ބޮޑު މައްސަލަ އެއް ކުރިމަތި ވެއްޖެ އެވެ.އާއިލާއިން އުޅެމުން އައި ކުލީ ގޭގެ ކުލީގެ މުއްދަތު ހަމަވަނީއެވެ.އެހެން ކަމުން އައު ތަނެއް […]
ޞައިފް އަލީ ޚާން ގަޔަށް މީހަކު ވަޅި ހަރާ ޒަޚަމް ކޮށްލައިފި

އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ޞައިފް އަލީ ޚާންގެ ގަޔަށް މީހަކު ވަޅިހަރާ ޒަޚްމް ކޮށްލުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ވިލޭރޭ ދަންވަރު ތިނެއްޖަހާ އެހާއިރު ކަމަށް ޚަބަރުތައް ބުނެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ކާކުކަން ނޭގޭ މީހަކު، މުމްބާއީ ސިޓީގައި މުއްސަނދިން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ޞައިފް ގެ ގެއަށް ވަދެފައިވާކަމަށް ބެލެވެނީ ވައްކަން ކުރުމަށެވެ.އެމީހާ އާއި ސައިފް ކުރިމަތިލާ ބަހުގެ ހަމަލާތައް ބަދަލު ކުރުމުގެ ތެރޭގައި […]
އާއިލާއެއްގެ ޒިންމާތައް ފުރިހަމަ ކުރުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަތަ؟

އަހަރެންނާއި އަހަރެންގެ ފިރިމީހާ އާއިލާއެއްފަށާ ކުދިން ހޯދަން ފެށީ އެއްމަގްސަދެއްގައި އެއްކަމެއް ހާސިލް ކުރުމަށެވެ. ނަމަވެސް ދެމީހުންގެ ބައިވެރިވުން މިކަމުގައި އޮންނަނީ އެއްވަރަށް ހެއްޔެވެ؟ ދަރިން ލިބެން ފެށުމަށްފަހު ފިރިމީހާގެ ދިރިއުޅުމަށް މާބޮޑުބަދަލެއް ނާދެއެވެ.އޮފީހަށް ދެއެވެ.ބޭނުން އެހެން ކޮންމެ ތާކަށް ދެއެވެ. ބޭނުން ހޮބީއެއް ކުރިޔަށް ގެންދެވެއެވެ. ނަމަވެސް ކުއްޖަކު ލިބުމަށްފަހު ވަޒީފާޔަށް ދިއުން އަހަރެންނަށް ވަނީ އުނދަގޫ ވެފައެވެ.ބޭރު ތަނެއްގައި ހުއްޓާ ފެންނަ ދަންނަކޮންމެ މީހަކު، ބޭބީ ކާކާ ހަވާލުކޮށްފަތޯ ތިއުޅެނީ އަހާލައެވެ.ބަލިވެ އިނުމުން އަހަރެންގެ […]
ކަޝްމީރުގެ އިންޑިޔާ ކޮންޓްރޯލްކުރާ ފަޅިއާއި ނުލާ އިންޑިޔާ ފުރިހަމައެއް ނުވޭ:ރާޖްނާތު

ކަޝްމީރުގެ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ފަޅި (ޕީއޯކޭ)އާއި ނުލާ،ގައުމެއްގެ ގޮތުގައި އިންޑިޔާ ފުރިހަމަ ނުވާކަމުގައި އިންޑިޔާގެ ޔޫނިއަން ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.އަދި އެސަރަހައްދު ޕާކިސްތާނަށްވާނީ ”ފޮރިން“ ސަރަހައްދަކަށް ކަމުގައި ސިންގ ވިދާޅުވިއެވެ. މީގެ އިތުރުން ޕާކިސްތާނުން ކަޝްމީރުގައި ޓެރަރިސްޓް ޓްރެއިނިންގ ކޭމްޕް ތައް ހިންގާކަން ފާހަގަ ކުރައްވަމުން، މިކަމަކީ އިންޑިޔާއިން ރައްދު ފިޔަވަޅު އަޅާނެ ކަމެއްކަމަށް ވިދާޅުވެ ”ވޯނިންގ“ ދެއްވިއެވެ. ރާޖްނާތު ސިންގ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އަންގާރަ ދުވަހު،ޖަންމޫ އެންޑް […]
ދެން ނިކަން އެނދު ދަށުގައި މީހަކު އޮވެބަލަ !

އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެން ގަންނަ ޒާތެއްގެ ބިރެއް ވެއެވެ.އެއީ އަހަރެންގެ އެނދުގެ ދަށުގައި މީހަކު ވަދެއޮންނަހެން ހީވާތީ ގަންނަ ބިރެކެވެ.މިކަމާ އަހަރެން ގެ މައިންބަފައިންނާއި އަދި އާއިލާގެ އެހެން މީހުންވެސް ވާހަކަ ދެއްކުމުންވެސް އެބިރު ފިލާދާގޮތެއް ނުވިއެވެ.އުމުރުގެ ދުވަސްތައް ގުނެމުން ގޮސް އަހަރެން ބޮޑުވެ މީހަކާ އިންނަ ވަރު ވީއިރުވެސް އެބިރު އޮވެއެވެ.އެއްރޭވެސް ހަމަޖެހިގެން ނިދާލެވޭ ގޮތެއް ނުވެއެވެ.އެކި ޑަކްޓަރުންނަށް ދައްކާ ބޭސް ކޮށް ހެދުމުންވެސް ރަގަޅެއް ނުވިއެވެ.މިބިރުގެ ކަންތައް މާބޮޑުވެގެންގޮސް އެންމެ ފަހުން މިކަމުން […]
ޓްރަމްޕް މަރަން ހަމަލާ ދޭނެ ކަމަށް ”ޕްރެޑިކްޓް“ ކުރި މީހާ،އެމެރިކާއަށް ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ”ޕްރެޑިކްޓް“ ކޮށްފި

ކްރިސްޓިއަން ދީނުގެ ރަސޫލެއް ކަމަށް ދައުވާކުރާ ބްރެންޑަން ޑޭލް ބިގްސް ކިޔާ މީހަކު،އެމެރިކާ އަށް ބާރުގަދަ ބިންހެލުމެއް އަންނަންއުޅޭ ކަމުގެ“ވިޝަން“ އޭނާޔަށް ފެނިއްޖެ ކަމަށް ބުނެފިއެވެ.އޭނާ ބުނެފައިވާ ގޮތުގައި މެގްނިޓިއުޑް 10ގެ ބާރުގަދަ ބިންހެލުމެއް އެމެރިކާގެ ”ނިއު މެޑްރިޑް ފޯލްޓް ލައިން“ ކިޔާ ސަރަހައްދަށް އަންނާނެއެވެ. އަދި މިބުނާ ފޯލްޓް ލައިން މަތީގައިވާ އެތައް ސްޓޭޓަކަށް އެއްފަހަރާ ބިންހެލުން އަންނާނެކަމަށް އޭނާ ބުނެފައި ވެއެވެ. މިތަންތަނުގެ ތެރޭގައި މިސޫރީ،އާކަންސާސް،ޓެނެސީ ކެންޓަކީ އަދި އިލިނޯއީ ހިމެނެއެވެ.”ނިއު މެޑްރިޑް ފޯލްޓް […]