ޝުކުރުވެރިވުމުން ނިއުމަތްތައް ދަމަހައްޓާ ދެއްވައެވެ.

މުއްސަނދި މީހަކު އެއްދުވަހަކު އޭނާގެ ކާރުގައި ދަނިކޮށް ހިނގާފައިދާ ބަޔަކު ފެނިގެން ހިތަށް އެރިއެވެ.އަހަރެންނަށް އަމިއްލަ ރީތި ކާރެއްގައި ދުއްވާލާފަ ދެވޭ ކަމަށްޓަކައި ޝުކުރުވެރިވަމެވެ. ހިނގާފައިދާ މީހަކަށް ހުސްފައިގަ ހިނގާފައިދާ މީހެއް ފެނިގެން ހިތަށް އެރިއެވެ.އަހަރެންނަށް ފައިވާނެއް ގަނެވޭހާ ތަނަވަސްކަން ދެއްވާފައިވާތީ އެކަމަށް ޓަކައި ޝުކުރުވެރިވަމެވެ. ފައިވާނަށް ނާރާ ހިނގާފައިދާ މީހާއަށް ދަނޑިގަނޑު ޖަހައިގެން ހިގާ މީހަކު ފެނުނެވެ.އެވަގުތު ހިތަށް އެރިއެވެ.އަހަރެން ނަށް ރީތިކޮށް އެކަނި ހިނގާލާފަ ދެވޭތީ ޝުކުރުވެރިވަމެވެ.ދަނޑިގަނޑު ޖަހަމުން ހިނގާފައިދާ މީހާއަށް ފުރޮޅުލީ ގޮނޑިއެއްގައި […]

ބައްޕަ ދަސްކޮށްދެއްވި އަގުބޮޑު ފިލާވަޅު

ޒުވާން ފިރިހެނަކު މީހަކާ ކައިވެނި ކުރުމަށް ނިންމާ އެކަމުގެ އިންތިޒާމްތައް ކުރިޔަށް ގެންދަން ފެށިއެވެ.ނަމަވެސް ކުރަން ހުރި ކަންތައްތައް ގިނަ ކަމުން އެކި މީހުންގެ އެހީ ހޯދުމަށް ނިންމިއެވެ. މިގޮތުން ބައްޕަ ކައިރިޔަށް ގޮސް ބުންޏެވެ. އަޅުގަނޑަށް އެކަނި މިއުޅެނީ ކައިވެނީގެ ހުރިހާ އިންތިޒާމް ތަކެއް ނުނިންމިގެންނެވެ. އެހެންވީމަ ބައްޕަ ވެސް ކަމެއް ކޮށްދެއްވަން އެބަޖެހެއެވެ. މިއޮތީ އަޅުގަނޑުގެ އެންމެ ގާތް 50 އެކުވެރިންގެ ލިސްޓެކެވެ. މިމީހުންނަށް ގުޅާ އަޅުގަނޑުގެ ކައިވެންޏަށް އައިސް ދިނުމަށް އެދޭ ކަމަށް […]

އަނެއްކާވެސް މަތިންދާބޯޓް އެކްސީޑެންޓެއް:މިފަހަރު ކެނެޑާގެ ޓޮރޮންޓޯގައި

ޑެލްޓާ އެއާލައިންސްގެ މަތިންދާބޯޓެއް، ޓޮރޮންޓޯ ގަޑިން ހޯމަދުވަހު މެންދުރުފަހު ތިންގަޑިތިރީސް އެހާއިރު، ރާއްޖޭ ގަޑިން ރޭ ދަންވަރު، ކެނެޑާގެ ޓޮރޮންޓޯ ގެ އެއާޕޯޓެއްގައި ޖައްސަން އުޅުމުގެ ތެރޭގައި ބޯޓު ކައްސާލައި އަދި ފުރޮޅިފައިވާ ކަމަށް ޚަބަރުލިބެއެވެ.80 މީހުންނާއެކު މިނެސޯޓާ އިން ފުރައިގެން ދަތުރުކުރި އެންޑެވާ އެއާގެ ބޯޓަށް ހާދިސާކުރިމަތިވީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ވެއެވެ. ބޯޓުގައި ތިބި ފަސިންޖަރުންނާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުގައި ބޯޓު ހަމަ ޖެއްސިތަނާ ފުރަތަމަ ކައްސާލީއެވެ.އަދި ބޯޓުގެ ދަށްފުށް […]

ބާޑްފްލޫ ޖެހިގެން އަންދްރާޕްރަދޭޝް އިން އެއްލައްކަ ކުކުޅު ކަތިލާ މަރާލައިފި

އިންޑިޔާގެ އަންދްރާޕްރަދޭޝް ސްޓޭޓްގައި ބާޑްފްލޫ ނުވަތަ ދޫނިރޯގާ ބާރަށް ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެއްލައްކަޔަށްވުރެގިނަ ކުކުޅު ކަތިލާ މަރާލައިފި ކަމަށް ޚަބަރު ލިބެއެވެ. އެސްޓޭޓްގެ ތިން ސަރަހައްދެއްގައި ވަރަށް ބާރަށް ބަލިފެތުރެމުންދާތީ އެސަރަހައްދުތަކުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަންދްރާޕްރަދޭޝް ގެ ހާލަތު މިހެން އޮތް އިރު ވަށައިގެންވާ އެހެން ބައެއް ސްޓޭޓް ތަކުން ވަނީ ކުކުޅުމަސް އިމްޕޯޓް ކުރުމާބެހޭ އައު ގަވާއިދު ތަކެއް އިއުލާން […]

މަންމަ ހަމަ ތަފާތު ވާނެއެވެ.

ކޮންމެވެސް ރަށެއްގައި އުމުރުން 8އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ މަންމައާއި ބައްޕައާއި އެކު ވަރަށް އުފަލުގަ ދިރިއުޅެމުން އައެވެ.ނަމަވެސް ކަންތައް ދިމާކުރިގޮތުން އެކުއްޖާގެ މަންމައަށް ބައްޔެއްޖެހިފަ ކުއްލިއަކަށް މަރުވެއްޖެއެވެ. މިކަމުގެ ހިތާމައިގައި ކުއްޖާގެ ބައްޕަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު ދެވަނަ ކައިވެންޏެއް ކުރުމަށް ނިންމިއެވެ.އެއީ އެކުއްޖާއަށް މަންމައެއްގެ ލޯބި ދިނުމަށްޓަކައެވެ.މިކައިވެންޏަށްފަހު ދުވަސް ކޮޅެއްވީތަނާ ކުއްޖާ ކައިރީ ބައްޕަ އެހިއެވެ.ދަރިފުޅުގެ އަސްލު މަންމައާއި އައު މަންމައާއި ދެމެދު އެއްވެސް ތަފާތެއް ފެނޭ ހެއްޔެވެ. ބައްޕަ މިހެން އެހުމުން […]

މޯދީ އާއި ޓްރަމްޕް ބައްދަލުވުމުން ނިކުތީ ކޮން ނަތީޖާއެއް؟

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ފަހުން އެމެރިކާއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، ހާސިލް ކުރެއްވުނު ކަންތައްތަކާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލުއުފައްދާފައެވެ. ފުރަތަމަ މޯދީ އާއި ބައްދަލް ކުރެއްވުމުގެ ކުރިންވެސް ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ ގައުމުތަކަށް އަޅުއްވާ ”ރެސިޕްރޮކަލް“ ޓެރިފް އެއް އިއުލާން ކުރައްވާފައެވެ.މާނަޔަކީ އެމެރިކާޔަށް ޓެރިފް އަޅާ ގައުމުތަކަށް، ހަމަ އެމިންވަރަށް ޓެރިފް އަޅާނެކަން އިއުލާން ކުރެއްވުމެވެ.ޓްރަމްޕް ވިދާޅުވީ އިންޑިޔާއަކީ އެހެން ގިނަ ގައުމުތަކަށްވުރެގިނަ ޓެރިފް އިއުލާން ކޮށްފައިވާ ގައުމެއް […]

އަންހެނުން ވަރިކޮށްފައި ފޮނުވި ސިޓީއަކަށް ދިން ފުރިހަމަ ޖަވާބު

”އަހަރެން އިނދެގެންހުރި ބައިވެރިޔާއަށް ސަލާމް އަށް ފަހު ބުނަމެވެ.މިސިޓީ އަހަރެން މިލިޔަނީ އަހަރެން ކަލޭ ވަރިކޮށް، ދޫކޮށްލާ ވާހަކަ ބުނުމަށެވެ.އަހަރުމެން އިނދެގެން މިވީ ހަތްއަހަރުވެސް އަހަރެން ކަލެއާމެދު ކަންތައްތައް ކުރަމުން އައީ ވަރަށް ރަގަޅަށެވެ.ނަމަވެސް މިކަމުން އަހަރެންނަށް ލިބުނު އެއްޗެއް ނެތެވެ. ފާއިތުވި ދެހަފްތާއަކީ އަހަރެންނަށް ނަރަކައެއްފަދަ ވޭންދެނިވި ދެހަފްތާ އެވެ.ކަލޭވަޒީފާ ދޫކޮށްލައިފި ކަމަށް ކަލޭގެ އޮފީހުގެ ވެރިޔާ މިއަދު ގުޅާފައި ބުންޏެވެ.ކަލޭ ވަރިކުރަން އަހަރެން ނިންމައިގެން ހުރިނަމަވެސް އަމަލީ ފިޔަވަޅު މިއެޅީ މިފޯންކޯލް އާއި ގުޅިގެންނެވެ.މިދިޔަ […]

މަންމަގެ ލޯތްބަކީ އެފަދަ ދެވައެއްނުވާނެ ލޯތްބެކެވެ.

އުމުރުން ދުވަސްވީ މަންމައަކު އެއްރެޔަކު 12 ޖެހިއިރު ވަރަށް އުފަލުން،ދުރުގައި ހުންނަ އޭނާގެ ފިރިހެން ދަރިފުޅަށް ގުޅާ އުފަން ދުވަހުގެ ތަހުނިޔާ ކިޔެވެ. މަންމަ ފޯނުކުރުމުން ދަރިފުޅު ވަރަށް ރުޅިއައިސްފައި ބުންޏެވެ.މަންމާ މޮޔަވީ ހެއްޔެވެ. އަހަރެން ނިދާފައި އޮއްވާ ތިޔަ ހޭލައްވާލީ ތިޔަހެން ބުންނަ ހެއްޔެވެ؟ ވަރަށް ބާރަށް މިހެން ބުނުމަށްފަހު އިތުރު އެއްޗެކޭވެސް ނުބުނެ ފޯނު ކަނޑާލިއެވެ. ދަރިފުޅު ފޯނު ކަނޑާލުމުން މަންމަ ފެށީރޯށެވެ.ކައިރީގައިހުރި ދަރިފުޅުގެ ބައްޕަ،އޭނާގެ ފިރިމީހާ ވީގޮތް އޮޅުން ފިލުވުމުން ވީގޮތް ކިޔާދިނެވެ.އިރުކޮޅަކުން […]

180 ދަރިން އެބަތިބި ކަމަށް ދައުވާކުރާ މީހެއް

ކޮންޓްރޯލެއްނެތި ސްޕާމް ޑޮނޭޓް ކުރުމުގެ ނުރައްކާތެރިކަން ހާމަކޮށް ދިނުމުގެ ގޮތުން އިގިރޭސިވިލާތުގެ ފަނޑިޔާރަކު ވަރަށް ޚާއްސަ މިސާލެއް ދައްކާލައިފިއެވެ. ފަޑިޔާރު ބުނާގޮތުން އޮންލައިންކޮށް އިޝްތިހާރު ކޮށްގެން ސްޕާމް ޑޮނޭޓް ކުރާ މި މީހާއަށް ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ އަންހެނުން 180 އަށްވުރެގިނަ ދަރިން ވިހާފައިވާ ކަމަށް އޭނާ ދައުވާ ކުރެއެވެ. އަންހެނުން ނިސްބަތްވާ ގައުމުތަކުގެތެރޭގައި ޗައިނާ،އެމެރިކާ،އާޖެންޓީނާ،އޮސްޓްރޭލިޔާ ފަދަ ގައުމުތައް ހިމެނެއެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ރޮބާޓް ޗާލްސް އަލްބަން ނަމަކަށްކިޔާ މިމީހާ އަކީ އިގިރޭސި […]

ކޮންމެ މީހަކު ނެތުނަސް އެމީހެއްގެ ބަދަލުގައި އެހެން މީހުން ތިބޭނެއެވެ.

އަހަރެންގެ ރަހުމަތްތެރިއަކު އުމުރުން އެންމެ 45 އަހަރުގައި ކުއްލިބައްޔެއް ވުމަށްފަހު ހަފްތާއެއްހާ ދުވަހުގެތެރޭގައި މަރުވިއެވެ.އޭނާގެ މަރާއެކު ފްރެންޑްސް ގްރޫޕަށް މެސެޖެއް ލާފައިވެއެވެ.ކުއްލިމަރާއެކު އަހަރުމެންނާއި ވަކިވެދިއުމުން ހިތާމަކުރާކަމަށް ބުނެފައެވެ.އެނިމުނީއެވެ. އޭނާ މަރުވި ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުން އޭނާގެ ހަނދާންތައް ފިލާނުދެއެވެ. އޭނާ އަބަދުވެސް ބުނާނެއެވެ. އަހަރެން ނެތިއްޔާ އަހަރެންގެ ގޭގެ ކަންތައް މުޅިން ހުއްޓުމަކަށް އަންނާނެއެވެ.އަހަރެންގެ ފިރިމީހާއަށް އަމިއްލަޔަށް ކޮފީތައްޓެއްވެސް ހަދާނުލެވޭނެއެވެ. އޭނާގެ މުސްކުޅި މަންމައާއި ބައްޕަގެ ކަންތައް ބެލެހެއްޓުމާއި ކުދިންގެ ކިޔެވުމުގެ ކަންތަކާއި ބާޒާރުކޮށް،ކައްކާ ކާންދިނުމާއި،ތިމާގެ […]