ތައިލަންޑްގެ އައު ބޮޑުވަޒީރު ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފި

ތައިލަންޑްގެ އައުބޮޑުވަޒީރު ޕެޓޮންގޓަރން ޝިނަވަޓްރާ ރަސްމީކޮށް އެމަގާމަށް އައްޔަން ކުރެވިއްޖެއެވެ.އަދި ސަރުކާރެއް އެކުލަވާލެއްވުމުގެ ހުއްދަ އާދީއްތަ ދުވަހު ރަސްގެފާނު ވަނީ އެކަމަނާއަށް ދެއްވާފައެވެ. އުމުރުފުޅުން 37 އަހަރުގެ ޕެޓޮންގޓަރން އަކީ މިހާތަނަށް ތައިލަންޑް ގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވި އެންމެ ހަގު ބޭފުޅާއެވެ. އަދި އޭނާއަކީ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓްރާގެ އެންމެ ހަގު ދަރިކަނބަލުންނެވެ. ޕެޓޮންގޓަރން ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންނެވީ ކޮރަޕްޝަންގެ މައްސަލަ ތަކެއްގައި ކުރީގެ ބޮޑުވަޒީރު ކޯޓުން މަގާމުން ދުރުކުރުމާއި ގުޅިގެން ހިނގި […]
އިންޑިޔާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި ގައުމީ ފެންވަރުގެ ހަޅުތާލެއް

އިންޑިޔާގައި ޖޫނިއަރ ޑޮކްޓަރެއް ރޭޕްކުރުމަށްފަހު މަރާލާފައިވާ މައްސަލައިގައި އެތައް ސްޓޭޓެއްގައި ހޮނިހިރު ދުވަހު ޑޮކްޓަރުން ގައުމީ ފެންވަރުގެ ހަޅުތާލެއް ކުރަމުން އެބަގެންދާކަމަށް ޚަބަރު ލިބެއެވެ. ރޭޕް ކޮށްފައި ވަނީ ވެސްޓް ބެންގޯލްގެ ކޮލްކަތާ ސިޓީގައެވެ. އެންމެ ގިނަ ޑޮކްޓަރުން ބައިވެރިވެފައިވާ ޖަމިއްޔާ އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ބުނެފައި ވަނީ ހޮނިހިރު ދުވަހު ހުރިހާ ”ނޮން އެސެންޝަލް“ ނުވަތަ މުހިންމު ނޫން ޚިދުމަތްތައް ނުދޭނެ ކަމަށެވެ.އައިއެމްއޭ އިން ސިފަ ކޮށްފައިވާ ގޮތުގައި ނިމުނު ހަފްތާގައި ހިންގާފައިވާ ރޭޕްގެ އަމަލަކީ […]
ކެނެޑާ އިން ޔަހޫދީ 2ޖަމާއަތަކަށް ދެމުން އައި ”ޓެކްސް އެގްޒެމްޕްޓް“ ސްޓޭޓަސް އުވާލައިފި

ކެނަޑާއިން ޔަހޫދީ 2ޖަމާއަތަކަށް ދެމުން އައި ޓެކްސް ނުދެއްކުމުގެ ލުޔަށް ނިމުން ގެންނަކަން ކެނަޑާއިން އިއުލާން ކޮށްފިއެވެ.އެދެޖަމާއަތަކީ ޖުވިޝް ނެޝަނަލް ފަންޑް ކެނެޑާ“ އަދި ”ނޭމަން ފައުންޑޭޝަން“ އެވެ. ކެނެޑާ ރެވެނިއު އޭޖެންސީން މިކަން އިއުލާން ކޮށްފައިވިވަނީ މިދެޖަމާއަތުން އިސްރާއިލުގެ މިލިޓަރީ ހަރަކާތްތަކަށް ތާއީދުކުރާ ކަމަށް އަޑުފެތުރިފައިވާ ވަގުތެއްގައެވެ. މިދެ ގްރޫޕަށް ދީފައި އޮތް އިނާޔަތެއް ކަމަށްވާ ”ޓެކްސް އެގްޒެމްޕްޓް ސްޓޭޓަސް“ ނުވަތަ ޓެކްސް ނުދެއްކުމުގެ ލުއި އުވާލި ވަކި ސަބަބެއް ކެނެޑާއިން ހާމަ ކޮށްފައެއް […]
ނިއުޒިލަންޑްގެ ޗެރިޓީ އަކުން ޑްރަގް އެކުލެވޭ މެޓައެއް ބަހައިފި

ނިއުޒިލަންޑްގެ ޗެރިޓީއަކުން ބެހި ކާއެއްޗެތީގެ ތެރޭގައި މެތަމްފެޓަމީން(މެތު) މަތީ މިންވަރަކަށް އެކުލެވޭ މެޓައެއް ބެހިފައިވާތީ އެތަކެތި ލިބުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އޮކްލަންޑް ސިޓީ މިޝަނުން ބެހި ފުޑް ޕާރުސަލު، 400އެއްހާ މީހުންނަށް ބެހިކަމަށް ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާ ޗެރިޓީ ޖަމާއަތުން ބުނެފައި ވެއެވެ. އެޖަމާއަތުން ބުނެފައިވާ ގޮތުގައި އެމެޓަޔަކީ އާންމުފަރާތަކުން ނަން ވަންހަނާކޮށް ހަދިޔާކުރި ސީލް ކޮށްފައިވާ މެޓާ ކޮތަޅަކުން ނެގި މެޓައެވެ. ނޭގި މެޓާ ބޭނުން ކުރެވުމަށްފަހު ކުޑަކުއްޖަކު ހިމެނޭ […]
އެމް-ޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފި

އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ބާރަށް ފެތުރެމުންދާ އެމް-ޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާ އިއުލާން ކޮށްފިއެވެ.މިގޮތުން މަންކީޕޮކްސް އާ ގުޅިގެން ޑަބްލިޔުއެޗްއޯ އިން ނެރޭ އެންމެ މަތީ ލެވެލްގެ އެލަރޓް ބުދަ ދުވަހު ވަނީ ނެރެފައެވެ. މިއީ މި ބައްޔަށް އެ ޖަމްއިއްޔާ އިން މިއަހަރު ތެރޭ އެ އެލަރޓް ނެރުނު ދެވަނަ ފަހަރެވެ. ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް […]
އެއްމާބަނޑު ދެބެންގެ އުފަން ސެޓްފިކެޓް ހަދަން ގޮސްހުއްޓާ ދެކުދިން ޝަހީދު ކޮށްލައިފި

ޣައްޒާ އަށް އިސްރާއިލުން ދިން އިތުރު ވައިގެ ހަމަލާއެއްގައި މަރުވި މީހުންގެތެރޭގައި އަލަށް އުފަންވެފައިވާ އެއްމާބަނޑު ދެބެން ހިމެނިއްޖެ އެވެ.އިސްރާއިލް އަސްކަރިއްޔާގެ އެންމެ ފަހުގެ ހަމަލާ ދިންއިރު ދެކުދިންގެ ބައްޕަ ހުރީ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލޯކަލް ގަވަންމަންޓް އޮފީހަށް ގޮހެވެ. އުމުރުން އެންމެ ހަތަރު ދުވަސް ވެފައިވާ އައްސަރު ގެ ނަމުން ނަންދީފައިވާ ފިރިހެން ކުއްޖަކާ އައިސެލް ގެ ނަމުން ނަންދީފައިވާ އަންހެން ކުއްޖާ އާއި އެކު އޭނާގެ މަންމައާއި މާމަވެސް ވަނީ މިހަމަލާގައި […]
އިސްރާއިލްގެ ކެބިނެޓްގައި އެތެރޭގެ ”ހަނގުރާމަ“ އެއް؟

ހަމާސްއާ ދެކޮޅަށް އިސްރާއިލުން ކުރިޔަށްގެންދާ ހަމަލާތަކުގައި ”ޓޯޓަލް ވިކްޓަރީ“ ނުވަތަ ފުރިހަމަ ނަސްރު ހޯދުމަށް ބޮޑުވަޒީރު ނަތަންޔާހޫ ގެންގުޅުއްވާ އަމާޒަކީ ”ޖިބަރިޝް“ ނުވަތަ ތާކުންތާކު ނުޖެހޭ ކަމެއްކަމުގައި ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް ވިދާޅުވެއްޖެއެވެ.މިއާއެކު ބޮޑުވަޒީރުގެ އޮފީހުން ވަނީ ކުއްލިރައްދެއްވެސް ދީފައެވެ. ގަލަންޓް ވިދާޅުވި އެއްޗަކަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވަނީ ގަލަންޓް ގެންގުޅުއްވަނީ އިސްރާއިލަށް ފައިދާހުރި ގޮތެއްނޫން ކަމަށާ މިކަމުގެ ސަބަބުން ސިފައިންގެ މަސައްކަތަށާ ހޮސްޓެޖުން ސަލާމަތްކުރުމާބެހޭ ވާހަކަތަކަށް އަސަރު ކުރާކަމަށް ވިދާޅުވެފައެވެ. ”ގަލަންޓް އެންޓި […]
އަހަރުމެންނަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ކަނޑައަޅަނީ އަހަރުމެންގެ ސިކުނޑިއެވެ.

އެއްދުވަހަކު މީހަކު އެތް ގެންގުޅޭ ކޭމްޕަކަށް ދިޔައެވެ. އެތަނުން އޭނާއަށް ފެނުނު މަންޒަރުން އޭނާ ވަރަށް ހައިރާން ވިއެވެ. އެހެނީ އެތްތައް ވަނީ ދަގަނޑު ކޮށިތަކަށް ލާފައެއް ނޫނެވެ. ނުވަތަ ޗޭނުޖަހާފައެއްވެސް ނޫނެވެ.އެކަމަކު ކޭމްޕްގައި ބޭތިއްބި ތަނެއްގައި ރީތިކޮށް އެތްތައް ތިބެއެވެ. އެތްތައް ކޭމްޕުން ބޭރަށް ދިޔަ ނުދިނުމަށް ހަމައެކަނި އޭގެ ފައިގައި އައްސާލާފައި ވަނީ ކުޑަކުޑަ ރޯނު ފަށެކެވެ. އެމީހާ ހައިރާންވެގެން ހުރިހާ އެތްތައް ކައިރިން ހިނގަމުން ބަލަމުން ދިޔައެވެ. ހަމަ އެންމެ އެތެއްވެސް އެރޯނުފަށް […]
ވީޑިއޯ ހަދަން އުޅެނިކޮން ގެނބިގެން 7 ޒުވާނުން މަރުވެއްޖެ

އިންޑިޔާގެ ރާޖަސްތާންގައި، ވެހެމުން ދިޔަ ބޯވާރޭގައި ކޯރަކަށް އެރި ފަތަމުން ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން 7 ޒުވާނުން މަރުވެއްޖެ އެވެ.މިހާދިސާ ހިނގާފައިވަނީ ރާޖަސްތާންގެ ޝްރީނަގަރު ކޯރުގައި ކަމަށްވެއެވެ. މިދުވަސްކޮޅު އެހިސާބަށްވެސް މޫސުންގޯސްވެ ބޯކޮން ވާރޭ ވެހެމުން ދިއުމާއިއެކު ކޯރުގެ ފެންގަނޑު ވަނީ ވަރަށް ބޮޑަށް އުފުލިފަ ކަމަށް ޚަބަރުތައް ބުނެއެވެ. ޕީޓީއައި އާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ހާދިސާ ހިނގި އާދީއްތަ ދުވަހު އެހިސާބަށް އެރިފައި ވަނީ 8 ޒުވާނުންނެވެ.މީގެ ތެރޭގައި […]
ދެކުނު އެފްރިކާގެ ރީތީގެ ރާނީ އަކަށް ކަންފަތަށް އަޑުނީވޭ ކުއްޖެއް

ދެކުނު އެފްރިކާގެ ރީތީގެ ރާނީ އަކަށް ފުރަތަމަ ފަހަރަށް ކަންފަތަށް އަޑުނީވޭ ކުއްޖަކު ހޮވައިފިއެވެ. އޭނާ މި މަގާމަށް ހޮވުމާއެކު ދިން ”އެކްސެޕްޓަންސް ސްޕީޗް“ ގައި ރީތީގެ ރާނީ މިއާ ލެރޫ ބުނީ ހުވަފެންތަކެއް ހުރެމެ،މުޖްތަމައުއިން އެކަހެރި ކުރެވޭ އޭނާފަދަ އެހެން ފަރާތްތަކަށް އޭނާގެ މި ކާމިޔާބީގެ ސަބަބުން ހިތްވަރެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.އަދި މާލީގޮތުން ފުދުންތެރިކަން ނެތިގެން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރެގެން މިފަދަ އުންމީދުތައް ހާސިލް ނެވެފަ ތިބި ފަރާތްތަކަށް އެހީތެރިވާން […]