ފަހަތުން ކަށިޖަހާ މީހުންނަށް ސަމާލުވާށެވެ.

އެއްދުވަހަކު ބޮޑު ހަރުފައެއް ޖަންގައްޔެއްގެ ތެރޭން ދަނިކޮށް ”ފަޔާފްލައި“ އެއް(އަދިރީގަ ދިއްލޭ ކުދި ސޫފި)ފެނިއްޖެ އެވެ. ކުއްލިއަކަށް ހަރުފައިގެ އަމިއްލަ ދަތުރު ބަދަލު ކޮށްލުމަށްފަހު ”ފަޔާފްލައި“ ފަހާ ދުވަން ފެށިއެވެ. އެތައް ހިސާބަކަށް ފަހާ ދިޔައިރުވެސް ”ފަޔާފްލައި“ އަތުވާގޮތެއް ނުވިއެވެ. އެހާހަމައިން ފަޔާފްލައި ބުނެފިއެވެ. މަޑުކޮށްބަލާށެވެ. އަހަރެން ކަލެޔާ 3 ސުވާލު ކުރަން ބޭނުމެވެ. މިފުރުސަތު އަހަރެންނަށް ދޭނަން ހެއްޔެވެ؟ ބުނީމަ ހަރުފަ ބުނެފިއެވެ. އެންމެ ރަނގަޅެވެ. ކުރިޔަށް ގެންދާށެވެ. ބުނީމަ ”ފަޔާފްލައި“ ސުވާލު ކުރިއެވެ.”ކަލޭ ކެއުމަށް […]
އެއްގަމު މަސް އަޅާފައިފާ ކާއެއްޗެއް ގެންދިއުމުން ސްކޫލުން ވަކިކޮށްފި

އިންޑިޔާގެ އުއްތަރް ޕްރަދޭޝްގެ އަމްރޯހާގެ ޕްރައިވެޓް ސްކޫލެއްގައި ގްރޭޑް 3ގައި ކިޔަވަމުންދާ ކުއްޖެއްގެ ލަންޗްބޮކްސް ގައި އެއްގަމު މަސް އަޅާފައިފާ ކާއެއްޗެއް ގެންދިއުމުން ކުއްޖާ ސްކޫލުން ވަކިކޮށްފިއެވެ. މި މައްސަލައިގައި ޕްރިންސިޕަލް އާއި ކުއްޖާގެ މަންމަ އާއި ދެމެދު ބަދަލު ކުރެވުނު ބަހުގެ ހޫނު ހަމަލާތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި މިހާރު ވަނީ ވައިރަލް ވެފައެވެ. ކުއްޖާ އަތަށް ދީފަ މިގޮތަށް އެއްގަމު މަސް ބޭނުންކޮށްގެން ހަދާފައިވާ ކެއުން ފޮނުވުމުގެ ބޭނުމަކީ ކްލާހުގެ ހުރިހާ ކުދިން […]
ކާމިޔާބު ފިރިންގެ ފަހަތުގަ ތިބޭ އަނބިން

ކޮންމެވެސް ރަށެއްގައިވާ ހައިވާނު ބަގީޗާއެކެވެ. މިތަނުގައި ވަރަށް ގިނަ ތަފާތު ޖަނަވާރު ތައް ވެއެވެ. އެހެން ކަމުން މިތަނަކީ ގިނަބަޔަކު ޒިޔާރަތް ކުރާ އަދި އާންމުންގެ މެދުގައި މަގްބޫލް ތަނަކަށް ވަނީ ވެފައެވެ. މިތަނުގެ މެދުގައި ވަރަށް ބޮޑު ފުން ކޯރެއްވެއެވެ. އަދި ކޯރުގައި ވަރަށް ގިނަ ކިނބޫ އުޅެއެވެ.އެކި ވަރުގެ އެކި އުމުރުގެ ކިނބޫ ތަކުން މިކޯރު ވަނީ ގާތްގަނޑަކަށް ފުރިފައެވެ. ކޯރުގެ މެދުގައި ކުޅިބަލާގެއެއް ތައްޔާރު ކޮށްފައި ވެއެވެ. އެއީ އެތަނަށް ޒިޔާރަތް ކުރާ […]
ގައުމީ ދުވަހަކީ ކޮބާ؟

ކޮންމެ ގައުމެއްގައިވެސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އެގައުމަކަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބި އަމިއްލަ ވަކި ގައުމެއްގެ ގޮތުގައި ގުނެން ފެށި ދުވަހެވެ. ރާއްޖޭގައި ގައުމީދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ދަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައި 17ވަރަކަށް އަހަރު އޮތުމަށްފަހު ރާއްޖެ މިނިވަން ކުރުމަށް މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި ގުރުބާނީ ފާހަގަ ކުރުމުގެ ދުވަހެއްގެ ގޮތުގައެވެ. ގައުމީ ދުވަހަކީ އެދުވަހެއްގައި ވަރަށްވެސް މުހިންމު ކަންތައްތަކެއް […]
އޮފީސް ގަޑީގައި ”ޑޭޓް“ ކުރުމަށް ހުއްދަދޭ ތައިލަންޑުގެ ކުންފުންޏެއް

ތައިލަންޑުގެ މާކެޓިންގ ކުންފުންޏަކުން،އެތަނުގެ މުވައްޒަފުން އޮފީސް ގަޑީގައި ލޯބިވެރިންނާ ބައްދަލު ކުރުމަށް ދިއުމަށް ހުއްދަ ދޭކަމަށް ޚަބަރު ލިބެއެވެ.މުވައްޒަފުންގެ އާންމު ސިއްހަތު އަދި ނަފްސާނީ ދުޅަހެޔޮކަން ރަގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅުގެ ދަށުން،މިގޮތަށް ބޭރަށް ދާ މުވައްޒަފުންނަށް މުސާރަވެސް ނުކަނޑާ ކަމަށް ވެއެވެ. ތައިލަންޑް ގެ ވައިޓްލައިން ގްރޫޕުން ޖުލައި މަހު ދޭންފެށި އައު ފުރުސަތު ޑިސެމްބަރުގެ ނިޔަލަށް އެކުންފުނީގެ މުވައްޒަފުންނަށް ވަނީ ހުޅުވާލާފައެވެ. އެފަރާތުން ބުނާގޮތުގައި މުވައްޒަފުން ލޯބީގެ ގުޅުމެއްގެތެރޭގައި ތިބިނަމަ އެކަމުގެ އެދެވޭ އަސަރު […]
ތިޔަދައްކަވާ ވާހަކަ ހިނދުކޮޅަކަށްވެސް ގަބޫލެއް ނުކުރަން:ޓްރޫޑޯ އާ ދިމާލަށް އާންމު މީހަކު

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި ސްޓީލް ފެކްޓަރީއެއްގައި މަސައްކަތްކުރާ އާންމު މުވައްޒަފަކާދެމެދު ބަދަލުކުރެވުނު ވާހަކަ ކޮޅެއް ސޯޝަލްމީޑިޔާގައި ވައިރަލް ވެއްޖެއެވެ. ޓްރޫޑޯއާއި ގާތުން ބައްދަލްވީ ފަހަރަކު އެމީހާވަނީ ޓްރޫޑޯ ސަރުކާރުގެ ޕޮލިސީތަކުގެ ސަބަބުން އޭނަގެ އާއިލާއިން ޚަރަދުތައް ދެކޮޅު ނުޖެހިގެން އުޅެން ޖެހިފައިވާ ކަމަށް ދިމާލަށް ބުނެފައެވެ. އޮންޓޭރިއޯގެ ސިޓީއެއްގައި ހިނގި މިހާދިސާގައި ޓްރޫޑޯ އެމީހާއަށް ޑޯނަޓްތަކެއް ދެއްވަން އުޅުއްވި ކަމަށް ވެއެވެ.ނަމަވެސް އެމީހާވަނީ އޭގައި ހިފުމަށް އިންކާރު ކޮށްފައެވެ. އަދި ސަރުކާރުން ޓެކްސް ބޮޑުކޮށްފައިވާތީއާއި […]
މަރުވާން ފުންމާލި ޒުވާނާ ގޮސް ވެއްޓި ޖެހުނު މީހާވެސް މަރު

ޖަޕާނުގެ ޔޮކޮހާމާގައި ޒުވާން އަންހެން ކުއްޖަކު އަމިއްލަޔަށް މަރުވުމަށްޓަކާ އުސް އިމާރާތަކުން ފުންމާލި ވަގުތު ވެއްޓި ޖެހުނީ އެވަގުތު އެތަން ހުރަސްކުރަމުން ދިޔަ އަންހެނެއްގެ ގައިމައްޗަށެވެ. ދެއަންހެނުންވެސް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ދެމީހުންވެސް ވަނީ މަރުވެފައެވެ. އުމުރުން 17 އަހަރުގެ، ހައިސްކޫލްގައި ކިޔަވަމުންދާ ޒުވާން އަންހެން ކުއްޖާ ފުންމާލާފައިވަނީ ކާރޫބާރޫ ބޮޑު ޝޮޕިން ސަރަހައްދެއްގައި ހުރި އިމާރާތެއްގެ މަތިންނެވެ. އޭނަވެއްޓި ޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ ރައްޓެހިންތަކަކާއެކު މަޖާކޮށްލުމަށް ނިކުމެއުޅުނު އުމުރުން 32 އަހަރުގެ އަންހެނެއްގެ ގައިމައްޗަށެވެ.އެތާގަޑިން […]
އެ ސިއްރު

އެއީ އަހަރެން ސްކޫލް ނިމުނު އަހަރެވެ.އޭރު އަހަރެންނަކީ ނަފްސާނީ ގޮތުން ވަރަށް ތަފާތު މޫޑުތަކެއް ތަހައްމަލް ކުރަމުންދާ ޒުވާނެކެވެ. އެހެން ކަމުން އޭލެވެލް ނިމުމުން މަންމައާއި ބައްޕަ ލަފާދިނީ ކޮންމެވެސް ތާކަށް ދަތުރެއް ކޮށްލުމަށެވެ. އެކަމަށްވެސް ފަރުވާއަކަށް ވާނެ ކަމަށް ބުނެއެވެ. ރައްޓެހި އީނާޒް އަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖެކެވެ.ސްކޫލް ނިމުމުން އޭނަ ރަށަށް ދާއިރު އޭނަޔާއެކީ އެއަތޮޅަށް ގޮސްލުމަށް ވަނީ ދައުވަތު ދީފައެވެ. އަހަރެންގެ މަންމައާއި ބައްޕަވެސް އަހަރެން އެދަތުރު ދިއުމަށް ނަސޭހަތް ތެރިވިއެވެ. […]
ޖަޕާނުގައި މި އަހަރު 40ހާހެއްހާ މުސްކުޅިން އެކަނި ގޭގައިތިބެ މަރުވެފައިވޭ

ޖަޕާން ފުލުހުން ހާމަކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން މި އަހަރުގެ ފުރަތަމަ 6މަސް ދުވަހުގެތެރޭ އެކަނިވެސް އުމުރުން ދުވަސްވީ 40ހާހެއްހާމީހުން އެކަނި ގޭގައިތިބެ މަރުވެފައިވަނިކޮށް ފެނިފައި ވެއެވެ. މީގެތެރެއިން ހަތަރުހާހެއްހާމީހުން މަރުވިތާ މަހަކަށްވުރެ ފަހުން ފެނިފައިވާއިރު، 130 މީހަކު ވީތަނެއް އެކަކުވެސް ނުބަލާތާ އަހަރެއްހާދުވަސް ފަހުން މަރުވެފައިވަނިކޮށް ފެނިފައިވާ ކަމަށް އެ ގައުމުގެ ނެޝަނަލް ޕޮލިސް އެޖެންސީން ބުނެފައިވެއެވެ. އދ.ގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އުމުރުން ދުވަސްވީ މީހުން މި ވަގުތު އެންމެ ގިނައީ ޖަޕާނުގައެވެ.އެކަނި އުޅެންޖެހި،އެކަނި މަރުވާ އުމުރުން […]
ކުށްޔަށް ހިފި ލޯބިވެރިޔާ

އަހަރެންގެ ނަމަކީ މަރީއެވެ. އަހަރެން ބޮޑުއާއިލާއަކަށް ނިސްބަތްވާއިރު އަހަރެންގެ އާއިލާދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ނަމަވެސް މުޅިއާއިލާ އެކުގައި ބާއްވާ ބައްދަލްވުންތަކަކީ އަހަރެންނަށް ބޮޑު ވޭނެކެވެ. އެހެނީ އަހަރެންގެ ބައިވެރިއަކު ނުވަތަ ލޯބިވެރިއަކު ނުހުންނާތީ އަހަރެންގެ ކޮއްކޮ އައިޝާ އަބަދު ދިމާކުރާތީއެވެ.އަހަރެންގެ ”ސިންގަލް“ ހާލަތު މައުޟޫއަކަށް ހަދައިގެން އެންމެންގެތެރޭ ޖޯކްޖަހާ މަލާމަތްކޮށް ހަދާތީއެވެ. އެންމެ ފަހުން ބޭއްވި ފެމިލީ އެއްވުމުގައިވެސް ކޮއްކޮ ވަނީ ކަންތައްތައް ވަރަށް މައްޗަށް ޖައްސާފައެވެ. ޓިޝޫއެއްގައި މޫނެއްކުރަހާފަ މަރީގެ ޚިޔާލީ ބޯއިފްރެންޑް ޖަހާފަ […]