ސްރީލަންކާގެ ރިޔާސީ އިންތިޚާބްގެ ވޯޓުލުން ކުރިޔަށް ދަނީ

މާލީ ދަތިތަކުން އަރައިގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ސްރީލަންކާގައި 10ވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ފެށިގެން ކުރިޔަށް އެބަދެއެވެ. 22 ހާހެއްހާ މީހުންގެ އާބާދީ އެއް އޮންނަ ސްރީލަންކާގައި 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ހޮނިހިރު ދުވަހުގެ ވޯޓަށް 13 ހާހެއްހާ ވޯޓިން ސްޓޭޝަން ގާއިމް ކޮށްފައިވާކަމަށް ޚަބަރުލިބެއެވެ. ދެލައްކައެއްހާ އޮފިޝަލުން ހަރަކާތް ތެރިވަމުން ދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި 63ހާސް ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. ވޯޓުލުން […]
އިންޑިޔާގައިވެސް ސިންކްހޯލް އެއް ހެދި ބައެއް ވެހިކަލްތައް އެތަނަށް ވެއްޓިއްޖެ

އިންޑިޔާގެ ހުޅަގުފަޅީގެ ސިޓީއެއް ކަމަށްވާ ޕޫނޭގެ ޕޯސްޓް އޮފީހުގެ ޕާކިންގ އޭރިޔާއެއްގައި ހުކުރު ދުވަހު ކުއްލިއަކަށް ބޮޑު ސިންކްހޯލް އެއް ހެދި ބައެއް ވެހިކަލްތައް އެތަނަށް ވެއްޓިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ސިންކް ހޯލް އަކީ ބިމުއަޑީގެ ފަސްގަނޑަށް އަންނަ ބަދަލުގެ ސަބަބުން ވެލިގަނޑު ފައިބައިގެން ދިއުމުގެ ސަބަބުން ހެދޭ ބޮޑެތި ވަޅުގަނޑު ތަކެވެ. ހުކުރު ދުވަހު ޕޫނޭގައި ހެދުނު ސިންކްހޯލް އަށް ވެއްޓުނު ވެހިކަލް ތަކުގެ ތެރޭގައި ޓްރަކް އަކާ ޓޫވީލާ ކިޔާ ވައްތަރުގެ ދެވެހިކަލް […]
ދެގަޑިއިރު ވަންދެން ބޮޑު ހަރުފައެއް އޮޅާލާ ހިފެހެއްޓި އަންހެނަކު ސަލާމަތް ކޮށްފި

ތައިލަންޑްގެ ވެރިރަށް ބެންގކޮކް ގައި ”ޕައިތަން“ ކިޔާވައްތަރުގެ ބޮޑު ހަރުފައެއް އޮޅާލައިގެން ދެގަޑިއިރު ވަންދެން ހިފެހެއްޓި އަންހެނަކު ސަލާމަތް ކޮށްފިއެވެ. އުމުރުން 64 އަހަރުގެ އަންހެންމީހާ އެވަގުތު އުޅުނީ އޭނާގެ ގޭގައި، ތެލިތަށި ދޮވުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި މަސައްކަތް ކުރަން ކަމަށް ވެއެވެ. މަސައްކަތުގައި އުޅެނިކޮށް ފައިގެ ފަލަމަސްގަނޑަށް ކައްޓެއް ހަރާލިފަދަ ތަދެއް ވެގެން ބަލާލި އިރު ބޮޑުހަރުފައެއް ދެފައިގައި އޮޅާލިތަން ފެނުނު ކަމަށް ބުނެފައިވެއެވެ. ސޯޅަފޫޓެއްހާ ދިގު ހަރުފަ އޭނާގެ ދެފައިގައި އޮޅާލުމުން އޭނާ ތަޅުންގަނޑު […]
ހުރިހާ މުދާވިއްކާފައި ކްރޫޒް ދަތުރަކަށް އެރި މީހަކަށް ކުންފުނިން ހުރަސްތައް

ހުރިހާ މުދާވިއްކާފަ ތިންއަހަރުގެ ކްރޫޒް ދަތުރަކަށް އެރި ފްލޮރިޑާ ގެ އަންހެނަކު ކުރި ވަޓްސްއެޕް މެސެޖްތަކަކާ ގުޅިގެން އޭނާ ދަތުރުގައި ބައިވެރިވުން މަނާކޮށްފި ކަމަށް އޭނާ ބުނެފިއެވެ. ”ވިލާވައި އޮޑިސީ“ ކިޔާ ކްރޫޒް ޝިޕް ތިން އަހަރުގެ ދަތުރެއް ކުރާގޮތަށް އޮތީ ޔޫރަޕް އޭޝިޔާ އަދި އެމެރިކާގެ ދެބައްރު ހުރަސް ކޮށެވެ. 350،469ޑޮލަރަށް އަގުކަނޑައަޅާފައިވާ ދަތުރުގައި ބޯޓު ބެލްފާސްޓްގައި ތިންމަސްދުވަހު މަޑުކުރަން ޖެހިފައިވާ ކަމަށްވެއެވެ. މިކަމުގެ ސަބަބުން ހުރިހާފަސިންޖަރުންނަށްވެސް ދަތިތައް ވަނީ ކުރިމަތިވެފައެވެ. ފްލޮރިޑާގެ އަންހެންމީހާ، އުމުރުން […]
އަމިއްލަ ނަފްސުގެ އަޑުން ބުނާއެއްޗެއް އެހުމަށް އިސްކަން ދޭށެވެ.

މަރު އެނދުގައި އޮތް މުސްކުޅި މީހަކު އޭނާގެ ޑޮކްޓަރާ މުޚާތަބް ކޮށް ބުންޏެވެ.އަހަރެންނާ މެދު އެއްގޮތަކަށްވެސް ކަންބޮޑު ނުވާށެވެ. އަހަރެން މިމަރުވަނީ ކަން އެނގެއެވެ.އަހަރެން މިތަނަށް އަންނާކަށްވެސް ބޭނުމެއް ނޫނެވެ.އެކަމަކު އެމީހުން ގެނައީއެވެ. އަހަރެން މިމަރުވަނީއެވެ.ހަޔާތް ނިމުމަކަށް އައީއެވެ. އެކަމަކު ތިޔައީ ޒުވާނެކެވެ. އަހަރެންގެ ހަޔާތުން ދަސްވި ފިލާވަޅުތައް އަޑުއަހާލައިގެން އެއިން އިބްރަތެއް ލިބިގަނެގެން ކުރިޔަށް ދާން އަހަރެން ނަސޭހަތްތެރި ވަމެވެ.މިތާ ކައިރީގަ އިށީދެބަލާށެވެ. މަޑުމަޑުން އޭނާގެވާހަކަ ކުރިޔަށް ގެންދިޔައެވެ. އަހަރެންގެ އުމުރުން 4 އަހަރުގައި އަހަރެންނަށް […]
މުވާސަލާތީ އާލާތްތައް ގޮއްވާލައިގެން ލުބްނާނުގައި ދިން ދެވަނަ ހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

މުވާސަލާތީ ޑިވައިސްތައް ގޮއްވާލައިގެން ލުބްނާނުގައި ދިން ދެވަނަ ހަމަލާއެއްގައި 20 މީހުން މަރުވެ އިތުރު 450މީހުން ޒަޚަމް ވެއްޖެއެވެ. މިފަހަރު ގޮއްވާލާފައިވަނީ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން އާންމުކޮށް ބޭނުން ކުރަމުން އަންނަ ވޯކީޓޯކީތައް ކަމަށް ވެއެވެ.ހަމަލާތައް ދީފައިވަނީ ހިޒްބުﷲގެ ހަނގުރާމަވެރިން ގިނައިން ހަރަކާތްތެރިވާ ސަރަހައްދެއްކަމަށްވާ ބޭރުތުގެ ދެކުނުން ބެކާވެލީގައި ކަމަށްވެއެވެ.ބައެއް ގޮވުންތައް ހިންގާފައިވަނީ ޕޭޖަރުތަކެއް ގޮއްވާލައިގެން އަންގާރަދުވަހު ދިނަ މިފަދަ ފުރަތަމަ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާ ކުރިޔަށް ދިޔަ ތަންތަނުގައެވެ. އިއްޔެގެ ހަމަލާތަކާ އެކުއެކީހެން އިސްރާއިލުގެ […]
ޕޭޖަރު ބޭނުން ކޮށްގެން ދިން ހަމަލާތަކުގައި ބޭނުންކުރި ޕޭޖަރުތައް ހެދީ ކޮންތާކުން؟

މުވާސަލާތު ކުރުމުގައި ބޭނުންކުރާ ޑިވައިސް އެއްކަމަށްވާ ޕޭޖަރު ބޭނުން ކޮށްގެން ލުބުނާނުގައި އިއްޔެދިން ހަމަލާ ތަކުގައި ބޭނުންކުރި ޕޭޖަރުތައް ހެދީ ކޮންފަރާތަކުންތޯ ބެލުމުގެ މަސައްކަތް ތަހުގީގުކުރާ ޓީމްތަކުން ބާރަށް ކުރަމުން އެގެންދެއެވެ. މިހާތަނަށް ހާމަވެފައިވާ ގޮތުގައި ޕޭޖަރުތައް ހަދާފައިވަނީ ރެޔާހަމަޔަށް ގިނަބަޔަކު އަޑުއަހާފައިނުވާ ތައިވާނުގެ ކުންފުޏަކުންނެވެ. ހިޒްބުﷲ ޖަމާއަތުގެ މެމްބަރުންނަށް އަމާޒުކޮށް އެއްފަހަރާ އެއްވަގުތެއްގައި ދިން ހަމަލާތަކުގައި 12 މީހުން މަރުވެ ތިންހާސް މީހުން ޒަޚަމްވެފައި ވެއެވެ. ހަމަލާތަކުގައި ބޭނުންކުރި ޕޭޖަރުތައް ހަދާފައިވަނީ ގޯލްޑް އެޕޯލޯ ކިޔާ […]
އިންސާފުވެރި ފަނޑިޔާރު

އެއްދުވަހަކު ވަރަށް ފަގީރު މީހަކަށް ކޮންމެވެސް މީހެއްގެ ވޮލެޓެއް ހޮވުނެވެ.އޭނާ ބަލާލިއިރު އޭގައި 700 ޑޮލަރު އޮތެވެ.މިމީހާއަކީ ވަރަށް ބޮޑު ފަގީރެއް ނަމަވެސް ވަރަށްވެސް އީމާންތެރި ތެދުވެރި މީހެކެވެ. އެހެން ކަމުން އޭގައިވާ ފައިސާގައި ޖެހުމުގެ ބަދަލުގައި އޭނާގަސްތުކުރީ ވޮލެޓުގެ ވެރިމީހާއަށް ވޮލެޓާއި ފައިސާ ރައްދު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެހެން ކަމުން ބައެއް މީހުންގެ އެހީތެރިކަމާއިއެކު، ހޮވި ވޮލެޓެއް އެބައޮތްކަމާ އޭގެ ވެރިފަރާތުން އޭނާއާއި ބައްދަލް ކުރުމަށް އެދި ނޫހުގައި އިސްތިހާރު ޖެހިއެވެ މިވޮލެޓަކީ ވަރަށް […]
ނުރައްކާތެރި ފައިދިގު މަކުނެއް ދަތް އެޅި ތަނެއް ގޯސްވެ އެތަނުން މަސްވިރެން ފަށައިފި

އިނގިރޭސި ރައްޔިތެއްކަމަށްވާ ނައިޖެލް ހަންޓް ކިޔާ މީހެއްގެ ބަނޑުގައި ނުރައްކާތެރި ފައިދިގުމަކުނެއް ދަތް އެޅިތަނެއް ގޯސްވެ، އެތަނުން މަސްވިރި ވަޅު ހެދުނު ކަމަށް ޚަބަރުލިބެއެވެ. އުމުރުން 59 އަހަރުގެ ނައިޖެލް އަށް މިކަން ކުރިމަތިވީ އައިލްސް އޮފް ސިސިލީގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮން ކަމަށް ވެއެވެ. ފައިދިގު މަކުނު ހެފުމަށް ފަހުވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ އޭނާ އާދައިގެ މަސައްކަތުގައި އުޅުނު ކަމަށް ވެއެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން އޭނާ ހޮޑުލާ […]
ދުނިޔޭގައިވާ އެންމެ އުމުރުން ދުވަސްވީ ބުޅާ މަރުވެއްޖެ

މުޅިދުނިޔޭގައިވެސް އެންމެ އުމުރުން ދުވަސްވީ ބުޅާކަމަށް ގަބޫލުކުރެވޭ ބުޅާ އުމުރުން 33 އަހަރުގައި މަރުވެއްޖެއެވެ. ރޯޒީގެ ނަމުން ނަންދީފައިވާ ބުޅާ ގެންގުޅެމުން އައީ އިރުމަތީ އިންގްލަންޑްގެ ސަރަހައްދެއްކަމަށްވާ ނޯފޯކްގައި ދިރިއުޅޭ ލީލާ ބްރިސެޓް ކިޔާ އުމުރުން 73 އަހަރުގެ އަންހެނެކެވެ. ރޯޒީމަރުވީ ލީލާ ބްރިސެޓް ގެ ގޭގެ ހޯލްވޭގައި ކަމަށާ އެވަގުތު އޭނާވެސް ކައިރީގައި ހުރިކަމަށް ވެއެވެ. ރޯޒީ އެދުވަހު ހިނގާލާފައިއައިސް ހޯލްވޭގައި އޮށޯވެ މަރުވީކަމަށް އޭނާ ބުނެފައި ވެއެވެ. ރޯޒީ އުފަންވެފައިވަނީ 1991 ވަނަ އަހަރުއެވެ. […]