100 ގައުމަކުން 1،300 މީހުންގެ ހައްޖު ދަތުރު ހަމަޖައްސާދިނުމަށް ސައޫދީ ރަސްގެފާނު އަމުރު ކުރައްވައިފި

މި އަހަރު 100 ގައުމަކުން 1،300 މީހުންގެ ހައްޖު ދަތުރު ހިލޭ ހަމަޖައްސާދިނުމަށް،މާތްވެގެންވާ ދެހަރަމްގެ ވެރިޔާ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަމުރު ކުރައްވައިފިއެވެ. މިއީ ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި ކޮންމެ އަހަރަކުވެސް ހައްޖުވުމަށާ އުމްރާވުމަށް އަދި އެގައުމަށް ޒިޔާރަތް ކުރުމަށް ދެވޭ ފުރުސަތުގެ ދަށުން ހަމަޖައްސާދެވޭ ދަތުރެކެވެ. އަދި މިދަތުރުގެ ކަންކަން ކުރިޔަށް ގެންދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް ދަޢުވާ އެންޑް ގައިޑަންސް ގެ ފަރާތުންނެވެ. އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި، ޕްރޮގްރާމްގެ […]
ކަންތައް އެނބުރިގެން ދާނެގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ.

ޒުވާން ދެމަފިރިންގެ ތެރެއިން އަންހެންމީހާ ވަރަށް ބޮޑަށް ބަލިވިއެވެ. އެހެން ކަމުން އޭނާއަށް ފަރުވާ ކުރުމަށް އޭނާގެ ފިރިމީހާ ޔޫރަޕްގެ ގައުމަކަށް ގެންދިޔައެވެ. އޭނާއަކީ އަތްމަތި ތަނަވަސް މީހަކަސްވާތީއެވެ. ބަލީގެ ފަރުވާއަށް ގިނަދުވަސް ނަގާނެކަމަށް ޑަކްޓަރުބުނުމުން އޭނަ ނިންމީ އަންހެނުން އެގައުމުގައި ބެހެއްޓުމަށްފަހު އެނބުރި ގައުމަށް އަންނާށެވެ.އޭނާގެ މަސައްކަތް ދޫކޮށްލާފަ އެހާ ގިނަ ދުވަހު ނުހުރެވޭނެތީއެވެ. ފަރުވާ ނިމިގެން އެންގުމުން ފިރިހެންމީހާ އަންހެނުން ޖެނީ ހުރިގައުމަށް ދިޔައެވެ. ޑޮކްޓަރު އޭނައާ ބައްދަލް ކުރުމަށްފަހު ބުންޏެވެ.“އަންހެނުންގެ ނަސީބު ވަރަށް […]
ޗާގޯސްއާ ބެހޭގޮތުން ގޮތްނިންމުން އަނެއްކާވެސް ފަސްކޮށްފި

ޗާގޯސްއާ ބެހޭގޮތުން ގޮތެއްނިންމުން އަނެއްކާވެސް ފަސްކޮށްފިއެވެ. މިފަހަރު މަސްއަލަ ފަސްކޮށްފައިވަނީ ޗާގޯސް އަށް ނިސްބަތްވާ ދެއަންހެނުން ހުށަހެޅި ގާނޫނީ މައްސަލައަކާއި ގުޅިގެން، އެމައްސަލަ ބަލައިގަތުމަށްފަހު އިގިރޭސި ހައިކޯޓުގެ ފަޑިޔާރަކު ނިންމި ނިންމުމަކާއި ގުޅިގެންނެވެ. އެއާއެކު ޗާގޯސް މައްސަލައާ ބެހޭ ވާހަކަތައް އަދި ނިމުމަކަށް ނުގެނައުމަށް ސަރުކާރަށް ވަނީ ހައިކޯޓުން އަންގާފައެވެ.ދެއަންހެނުން މައްސަލަ ހުށަހަޅާފައިވަނީ އިގިރޭސި ފޮރިން އޮފީހާ ދެކޮޅަށެވެ. ކުރިން ހަމަޖެހިފައިއޮތީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމާ، އޮންލައިންކޮށް ބާއްވާ ސޮއިކުރުމުގެ […]
ސްރީލަންކާއަށް 120މިލިއަން ރުޕީސްގެ އަގުހުރި ޑްރަގް އެތެރެކުރަން އުޅުނު ތިންއަންހެނުން ހައްޔަރުކޮށްފި

ސްރީލަންކާއަށް 120މިލިއަން ރުޕީސްގެ އަގުހުރި ޑްރަގް އެތެރެކުރަން އުޅުނު އެގައުމުގެ ތިންއަންހެނުން ބަންޑާރަނާޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން އަންގާރަދުވަހު ހައްޔަރުކޮށްފިއެވެ. މިމީހުން އެތެރެކުރަން އުޅުނީ ”ޚުޝް“ ކިޔާވައްތަރުގެ ޑްރަގް ކަމަށް ވެއެވެ. ސްރީލަންކާގެ ކަސްޓަމްސުން ހާމަކޮށްފައިވާ ގޮތުގައި ޑްރަގް ރައްކާކޮށްފައި ހުރީ ތައިލަންޑުން އެމީހުން އަންނަމުން ގެނައި ކަރަންޓް ސާމާނުތަކެއްގައެވެ. އިލެކްޓްރިކަލް އެޕްލަޔަންސް ތަކެއްގައި ވަރަށް ފަރުވާތެރިކަމާއެކު ރައްކާކޮށްފާހުއްޓާ 12 ކިލޯގެ ”ހުޝް“ ވަނީ ކަސްޓަމްސް އޮފިޝަލުންނަށް ފެނިފައެވެ. ސްރީލަންކާގައި ”ޚުޝް“ ކިޔާބާވަތުގެ ޑްރަގް ގެ އެންމެ ގްރާމެއްގެ […]
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިޔާގެ ބެންގަލޫރުގެ ބޮޑުބައެއް ފެނުއަޑީގައި

އިންޑިޔާގެ ބެންގަލޫރަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން އެސިޓީގެ ބޮޑުބައެއްގައި ފެންބޮޑުވެފައިވާކަމަށް ޚަބަރު ލިބެއެވެ. އިންޑިޔާގެ ސިލިކޯން ވެލީގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ ބެންގަލޫރަށް ކުރަމުންދާ ވިއްސާރަޔަކީ އަންދަމަން ސީގެ މަތީގައި އުފެދިފައިވާ ސައިކްލޯނިކް ފޯމޭޝަން ތަކެއްގެ ސަބަބުން ކުރަމުންދާ ވިއްސާރަޔެއްކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ. އަންގާރަ ދުވަހުވެސް އިތުރަށް ވާރޭވެހޭނެކަމަށް ބެލިފައިވާއިރު މޫސުންގޯސްވެ ހިންގި ހާދިސާތަކުގައި ހޯމަދުވަހު ތިންމީހުން މަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. މީގެ ތެރޭގައި ފާރެއް ވެއްޓުމުގެ ސަބަބުން މަރުވި 35 އަހަރުގެ އަންހެނަކާއި އެހެން ހާދިސާއެއްގައި މަރުވި […]
ފަންސުރާއި ފޮހޭ ރަބަރު

ފަންސުރަކާއި ފޮހޭރަބަރެއް އެއްދުވަހަކު ބައްދަލް ވެގެން ފޮހޭ ރަބަރު ފަންސުރަށް ސަލާމް ގޮވާލާ ހާލުއަހުވާލު އަހާލިއެވެ.މީގެ ޖަވާބުގައި ފަންސުރު ވަރަށް ރުޅި އައިސްފަ ބުންޏެވެ.“އަހަރެންނަކީ ކަލޭގެ ރައްޓެއްސެއް ނޫނެވެ.އަހަރެންނާ ވާހަކަ ދައްކާނެކަމެއްނެތެވެ. އަދި ކީއްހެއްޔެވެ.އަހަރެން ކަލެޔަށް ނަފްރަތު ކުރަމެވެ.“ މިހެން ބުނުމުން ފޮހޭރަބަރަށް ވަރަށް އަސަރުކުރިއެވެ.އަދި ބުންޏެވެ.“އަހަރެންގެ ރައްޓެއްސެއްނޫނޭ ތިޔަބުނީ ކީއްވެގެން ހެއްޔެވެ.؟“ ޖަވާބުގައި ފަންސުރު ބުނެޏެވެ. ”ކަލޭ އަހަރެން ލިޔާ އެއްޗެތި ފޮހޭތީއެވެ.“”އަހަރެން ފޮހެނީ ލިޔެވޭ ކުށްތަކެވެ.ފޮހެން ޖެހޭ އެއްޗިއްސެވެ.“ ރަބަރު ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. […]
ސަލްމާން ރަސްގެފާނުގެ އަމިއްލައެހީގައި ފަލަސްތީނުގެ އެއްހާސް މީހަކަށް ހައްޖު ދަތުރު ހަމަޖައްސާދެއްވާނެކަން ހާމަކޮށްފި

ސަލްމާން ރަސްގެފާނުގެ އަމިއްލަފުޅު ޚަރަދުގައި މިއަހަރު ފަލަސްތީނުގެ އެއްހާސް މީހަކަށް ހައްޖު ދަތުރު ހަމަޖައްސާދޭނެ ކަން ހާމަކޮށްފިއެވެ. މިގޮތުން ހޮވޭ މީހުންނަކީ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އާއިލާ ތަކުން ހޮވޭ މީހުންނާއި، ހަނގުރާމައިގައި އަނިޔާތައް ލިބިފައިވާ މީހުން އަދި ޖަލަށްލެވި މިނިވަންވެފައިވާ މީހުންކަމަށް ވާނެ ކަމުގައި ސައޫދީ ސަރުކާރުން ހާމަކޮށްފައި ވެއެވެ. ސައޫދީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް ވަނީ މިކަން ހަމަޖައްސަވާދެއްވިކަމަށްޓަކައި ސަލްމާން ރަސްގެފާނަށާ ޕްރައިމިނިސްޓަރ މުހައްމަދު ބިން ސަލްމާން އަށް ޝުކުރު އަދާކުރައްވާފައެވެ.އޭނާ ވިދާޅުވީ […]
ދޮންމަންމަ

އަހަރެންގެ ދޮންދަރިފުޅުގެ ކައިވެނި ކުރިރޭ ރޯން ޖެހިދާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ނަމަވެސް ފަހުން އެންމެ ބާރަށް ހުނީ އަހަރެންނެވެ. އެރޭ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެންގެ އަމިއްލަދަރިއެއް ނޫންނަމަވެސް ނަތަން އަކީ ހަމަ އަހަރެންގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެކެވެ. އެހެންކަމުން އެރޭ އަހަރެން ޕާޓީ އަށް ދިޔައީ ވަރަށް ރީތިކޮން ނަލަހެދި، އަދި ނަތަން އަހަރެންނަށް ދީފައިވާ ޚާއްސަ ފަށެއް އަޅައިގެންނެވެ.މެހްމާނުންނަށް ޚާއްސަ ގޮނޑިތަކުގެ އެންމެ ކުރީބަރީގައި އަހަރެންގޮސް އިށީނީމެވެ. އެތާ އިންދާ ނަތަންގެ […]
ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކަށް ހައްޖުވެރިން ހޭލުންތެރި ކުރަން ޚާއްސަ ކިޓެއް!

1446ވަނަ އަހަރު ހައްޖުވުމަށްދާ ހައްޖާޖީން ނަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކާބެހޭގޮތުން ހޭލުން ތެރިކަން އިތުރުކުރުމަށް އަމާޒުކޮށް ޚާއްސަ ”އެވެއާނަސް ކިޓެއް“ ސައޫދީ ސިއްހީ ވުޒާރާއިން ތައާރަފް ކޮށްފިއެވެ. މިކަމަކީ ހެލްތު ސެކްޓަރަށް ގެނެވިފައިވާ އިސްލާހީ ބަދަލުތަކަކާއިއެކު އާންމު ސިއްހަތާބެހޭ ގޮތުން ކުރިންނޭގޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި ކަމެއް ދިމާވުމުގެ ކުރިން އެފަދަ ކަންކަން ވިޔަ ނުދިނުމަށް އެޅިދާނެފިޔަވަޅުތައް އަންގާދީ ބުނެދިނުމަށް ތައާރަފްކުރި ކިޓެކެވެ.”ހައްޖު އެވެއާނަސް ކިޓް“ ގައި މައިގަޑު 8 ބަހަކުން ގައިޑްލައިންތައް ވެއެވެ.އޭގެ ތެރޭގައި އަރަބި ބަސް،އިގިރޭސި […]
އުފަންވިއިރު ބޮލުން ގުޅިފައިވާ އެރިޓްރިޔާގެ ދެ ކުދިން ކާމިޔާބުކަމާއެކު ވަކިކޮށްފި

ސައޫދީ ސަރުކާރުން ހިންގާ ”ކޯޖޮއިންޑް ޓްވިންސް ޕްރޮގްރާމް“ ނުވަތަ އުފަންވާއިރު ގުޅިފައިތިބޭ ކުދިން ވަކިކުރުމުގެ ޕްރޮގްރާމްގެ ދަށުން އެރިޓްރިޔާގެ ދެކުދިން ކާމިޔާބް ކަމާއެކު ވަކިކޮށްފިއެވެ. ސައޫދީ ރަސްގެފާނު ސަލްމާން،އަދި ޕްރިއިމިނިސްޓަރ މުހައްމަދުބިން ސަލްމާންގެ ޚާއްސަ އެހީތެރިކަމުގެ ދަށުން ހިންގާ ޕްރޮގްރާމްގެ ދަށުން މިފަހަރު ސަލާމަތް ކުރި ދެއަންހެން ކުދިންކަމަށްވާ އަސްމާ އާއި ސުމޭރާ ތިބީ އުފަންވީއިރު ބޮލުން ގުޅިފައެވެ. ކިންގ ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ސުޕަވައިޒަރ ޖެނެރަލް އަދި މެޑިކަލްޓީމްގެ ވެރިޔާ އަބްދުﷲ […]