ޔޫކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޓްރަމްޕް، ޕޫޓިން އާއި ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރާމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ޚާއްސަ ބައްދަލް ވުމަކަށް ދެ ލީޑަރުންވެސް އެލަސްކާ އަށް ވަޑައިގެންފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު އެޖެންޑާއަކަށް ވާނީ ޔޫކްރެއިން ހަނގުރާމައާއި ބެހޭ ގޮތުން މަޝްވަރާކޮށް އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް، ނުވަތަ ރަޝިޔާގެ ހަމަލާތައް ހުއްޓާލަން އެއްބަސްވާނެ ޝަރުތު ތަކަކަށް އެއްބަސްވެވޭތޯ ބެލުން ކަމަށް ޚަބަރު ލިބެއެވެ.ބައްދަލުވުން އިއުލާން ކުރެވުމާއި އެކު ޓަރަމްޕް ވިދާޅުވެފައި ވަނީ ޕޫޓިން އޭނާއަށް މަކަރު ނުހައްދަވާނެ ކަމުގައެވެ. އޭނާއަކީ […]
މޫނުބަލާ ލޯގަނޑު

އަހަރެންގެ ފިރިމީހާ އަހުމަދު އަހަރެންނާއި 3 އަހަރުގެ ފިރިހެން ދަރިފުޅު ގެއިން ނެރެ އެއްލާލީ ހިފަފޮދުވާރޭވެސް ވެހެމުން ދިޔަ ވަގުތެއްގައެވެ. ”މިގޭގަ ސާރާ އިނުމުގެ ވަގުތު ހަމަވީއެވެ.ހަމަ މިހާރު ގެއިން ނިކުމެގެންދާށެވެ.“ މިހެން ބުނެ އަހަރެންގެ އަތުގައި ހިފައި ގެއިން ނެރެލުމުން އަހަރެން ނުއެއް ރޮމެވެ. ޝަކުވާއެއްވެސް ނުކުރަމެވެ. ދަރިފުޅުޅުގެ ކުޑަކުޑަ އަތުގައި ހިފައިގެން ވެހެމުން ދިޔަ ވާރޭތެރޭގައި އަހަރެން ހިނގައިގަތީމެވެ. ދަރިފުޅު އޭރު ހުރީ މިވާނުވާއެއްނޭނގި ކަންބޮޑުވެގެން ވަށައިގެން ހޯދަހޯދައެވެ.މިގެޔަކީ އަމިއްލަގޭގެ ގޮތުގައި އޭނަޔަށް މިހާތަނަށް […]
ސައޫދީ އަންހެނަކު އޭނާގެ ފިރިމީހާގެ ދެވަނަ އަނބިމީހާއަށް އޭނާގެ ލިވަރ ގެ 80 އިންސައްތަ ހަދިޔާކޮށްފި

ހަމްދަރުދީ އާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެއް ދައްކަމުން ސައޫދީއަރަބިއްޔާގެ އަންހެނަކު އޭނާގެ ފިރިމީހާގެ ދެވަނަ އަނބިމީހާ އަށް އޭނާގެ ލިވަރގެ 80 އިންސައްތަ ހަދިޔާކޮށްފިއެވެ. އޭގެ ކުރިން ފިރިމީހާ ވަނީ އަމިއްލަ އެއް ކިޑްނީ ހަގު އަނބިމީހާ އަށް ހަދިޔާކޮށްފައެވެ.މިއާއެކު ހަގު އަނބިމީހާ އެތައް އަހަރެއް ވަންދެން ތަހައްމަލް ކުރަމުން އައި ”ކިޑްނީ ފެއިލިއާ“ ބަލިން ވަނީ ސަލާމަތް ވެފަކަމަށް ޚަބަރު ލިބެއެވެ.ސައޫދީއަރަބިއްޔާގެ ޠާއިފް އަށް ނިސްބަތްވާ މާޖިދު ބަލްދާ އަލް ރޫގީ ކިޔާ ފިރިހެނެއްގެ ފުރަތަމަ […]
ޖިއްދާގައި ހުންނަ ޑޮކްޓަރ ސޮލިމަން ހޮސްޕިޓަލުގެ 14 ސެންޓަރަކަށް ”އެކްސެލެންސް“ ސެޓްފިކެޓް ލިބިއްޖެ

ޖިއްދާގައި ހުންނަ ޑޮކްޓަރ ސޮލިމަން ފަކީހް ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ފެންވަރު ރަންގަޅު ކަމަށް މަޝްހޫރުވެފައިވާއިރު، އެހޮސްޕިޓަލުގައި 14 ދާއިރާއަކުން ފަރުވާދޭ 14ސެންޓަރަކަށް ސާޖިކަލް ރިވިއު ކޯޕޮރޭޝަން (އެސްއާރުސީ) ން ދޭ ”އެކްސެލެންސް“ ސެޓްފިކެޓް ލިބިއްޖެއެވެ. މިއީ މުޅި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އަދި މިއީ އެއް ހޮސްޕިޓަލަކަށް އެންމެ ގިނަ އެކްސެލެންސް ސެޓްފިކެޓް ލިބުނު ހޮސްޕިޓަލަށް ވަނީ ވެފައެވެ. ޑޮކްޓަރ ސޮލިމަން ފަކީހް ހޮސްޕިޓަލަށް 14 ”ސެޓްފިކެޓް އޮފް އެކްސެލެންސް“ ލިބިފައިވަނީ ރައްކާތެރި، މަތީ […]
ބަންގްލާދޭޝްގެ އިންގިލާބަށް އަހަރެއް ފުރިފައިވާއިރު ފެބްރުއަރީގައި އިންތިޚާބް ބާއްވާނެ ކަން ވަގުތީ ރައީސް އިއުލާން ކުރައްވައިފި

ބަންގްލާދޭޝްގެ ކުރީގެ ރައީސް ޝެއިޚް ހަސީނާ މަގާމުން ދުރު ކުރެވުނުތާ އެއްއަހަރު ފުރުން އެގައުމުގައި ފާހަގަކޮށްފައިވާއިރު އައު ސަރުކާރެއް ހޮވުމަށްޓަކާ އަންނަ ފެބްރުއަރީ މަހު އާންމު އިންތިޚާބް ބާއްވާނެކަން ވަގުތީގޮތުން ގައުމު ހިންގުމާއި ހަވާލުވެވަޑައިގެންހުންނެވި ލީޑަރު މުހައްމަދު ޔޫނުސް އިއުލާން ކުރައްވައިފިއެވެ. ހަސީނާގެ ވެއްޓުން ފާހަގަ ކުރުމަށް އަންގާރަ ދުވަހު ވެރިރަށް ޑާކާގެ މަގުތަކުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާއިރު، އާންމުން ސިފަކޮށްފައިވާ ގޮތުގައި ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރެވުމަކީ 1971ގައި ޕާކިސްތާނުގެ ކިބައިން އެގައުމު މިނިވަންވި […]
ހެޔޮކަމެއްގެ ބަދަލު

ފަގީރު މީހަކު އެއްދުވަހަކު އޭނާގެ އަންހެން ދަރިފުޅުގެ އަތުގައި ހިފައިގެން އަގުބޮޑު ރެސްޓޯރަންޓަކަށް ދިޔައެވެ. އޭނަގެ ހެދުން ވަނީ ބާވެފައެވެ. ނަމަވެސް މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ރެސްޓޯރަންޓަށް ގޮސް އެތަނުގެ މޭޒެއްކައިރީގައި އިށީނުމަށްފަހު ދަރިފުޅު އެންމެ ކާހިއްވާ ކެއުން ކަމަށްވާ ”މެކްއެންޑް ޗީޒް“ ގެ އެއްތައްޓަށް އޭނާ އޯޑަރު ދިނެވެ. އޯޑަރު ނެގި ވެއިޓަރު އަހާލިއެވެ. އިތުރު އެއްޗެއް ބޭނުން ތޯއެވެ. މީގެ ޖަވާބުގައި ފިރިހެން މީހާ ބުންޏެވެ. ނޫނެކެވެ. މިއަދު މީ ދަރިފުޅުގެ ޚާއްސަ ދުވަހެވެ. […]
ޗައިނާގައި ޗިކުންގުންޔާ ފެތުރެނީ

މަދިރީގެ ޒަރީއާ އިން ފެތުރޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ ޗައިނާގައި ބާރަށް ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައި އެކަނިވެސް ނިމުނު ޖުލައިމަހު ހަތްހާހަށް ވުރެގިނަ ޗިކަންގުންޔާ ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޅިފަދަ ހަރުކަށި ފިޔަވަޅު ތައް އަޅަމުން ދާކަމަށް ޚަބަރު ލިބެއެވެ. ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ފޮޝާން ސިޓީގައި ބަލިޖެހޭ މީހުން ދަނީ ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކުރެވެމުންނެވެ.އަދި މި […]
ބުޅަލަށް އަނިޔާކޮށް ވީޑިއޯ ކޮށް ވިއްކަމުންދާ ނެޓްވާކެއް ހާމަވެއްޖެ

(ބުޅަލަށް ކުރާ އަނިޔާގެ ތަފްސީލް ތައް ހިމެނޭ) ކުދި ބުޅަލާ އަދި ބޮޑެތި ބުޅާތަކަށް އަނިޔާ ކުރާ ވީޑިއޯތައް ނެގުމަށްފަހު އޮންލައިންކޮށް ވިއްކާ ބަޔަކު ހިމެނޭ ނެޓްވާކެއް ހާމަވެއްޖެއެވެ. ބީބީސީގެ ރިޕޯޓެއް ބުނާގޮތުން މި ނެޓްވާކުގައި އިގިރޭސި ބައެއް ރައްޔިތުން ހިމެނޭގޮތުން އެތައް ގައުމަކަށް ނިސްބަތްވާ އެތައްހާސް ބަޔަކު ހިމެނެއެވެ. ބީބީސީގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި މި ގްރޫޕް ގައި ހިމެނޭ މީހުން ބުޅާ ކަރަންޓުގައި ޖެއްސުމާއި،ބަޑަށް ބޭތިއްބުމާއި ގުނަން ބުރިކުރުމާ އައި ގެނބިގެން މަރުވާން ދޫކޮށްލުންފަދަ […]
ފަލަސްތީނަށް ތާއީދުކޮށް އޮސްޓްރޭލިޔާގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ފަލަސްތީނަށް ތާއިދުކޮށް އޮސްޓްރޭލިޔާގައި އެތައް ހާސްބަޔަކު ހިނގާލުމެއް ބާއްވައިފިއެވެ. ސިޑްނީ ހާބަރ ބްރިޖް ހުރަސްކޮށް އާދީއްތަ ދުވަހު ހިނގާލުން ބާއްވާފައިވަނީ 2023ވަނަ އަހަރުން ފެށިގެން މިފަދަ އެއްވުންތަކަށް ބްރިޖް ބަންދު ކޮށްފައި އޮތުމަށްފަހު ސުޕްރީމް ކޯޓުން ހިނގާލުން ބާއްވަން ހުއްދަ ދިންތާ އެއްދުވަސް ފަހުންނެވެ. ”މާޗް ފޯ ހިއުމެނިޓީ“ ގެ ނަމުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ ހަނގުރާމަ އަވަހަށް ހުއްޓާލާ އަދި ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އިޒްރޭލާއި […]
މައުލޫމާތު ނެތްނަމަ ”ޖަޖް“ ނުކުރާށެވެ.

ކުޑަ ފިރިހެން ކުއްޖަކު ސްކޫލަށް ގޮސްއިނދެ ކޮންމެ ދުވަހަކުވެސް ނިދާތީ އެއްދުވަހަކު ޓީޗަރު ގާތަށް ރުޅިއައިސްގެން އޭނާގެ މޭޒުގައި ޖަހާލުމަށްފަހު ބުންޏެވެ. ”ކޮންމެ ދުވަހަކު ސްކޫލަށް އައިސް އިނދެ ޓީޗަރު ކިޔަވާދޭ ގަޑީގައި ނިދަނީ ކީއްވެގެން ހެއްޔެވެ.؟ އެހާ ކަންނެތް ވާކަށް ނުވާނެއެވެ. ކްލާހުގައި ނިދާވާހަކަ އަހަރެން ކަލޭގެ މަންމަމެން ކައިރީ ބުނާނަމެވެ.“ މިހެން ބުނުމުން ކްލާހުގެ އެހެން ކުދިން އެކުއްޖާއަށް މަލާމަތް ކޮށްފަ ހޭންފެށިއެވެ.މިކުއްޖާ ކްލާހުގައި ނިދާ މައްސަލައިގައި ޓީޗަރު ވަރަށް ކަންބޮޑުވެއްޖެއެވެ.އަދި ސްކޫލް ނިމުމުން […]