ހަމަނުޖެހުން ބޮޑު ދުވަސް ތަކަކަށްފަހު ނޭޕާލްގައި ފުރަތަމަ އަންހެން ބޮޑުވަޒީރު މަގާމްގެ ހުވާ ކުރައްވައިފި

ނޭޕާލްގައި ކޮރަޕްޝަނާ ދެކޮޅަށް ހިންގި ވަރުގަދަ މުޒާހަރާތަކަށްފަހު ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންފިއެވެ. ހުކުރު ދުވަހުގެ ރޭ ހުވާކުރެއްވި އައު ބޮޑުވަޒީރަކީ ސުޕްރީމްކޯޓުގެ ޗީފް ޖަސްޓިސް ކަން ކުރިން ކުރައްވާފައިވާ ސުޝީލާ ކާކީ އެވެ.އުމުރުފުޅުން 73 އަހަރުގެ ސުޝީލާ ކާކީ އެ މަގާމަށް އައްޔަން ކުރަން އިހްތިޖާޖް ތަކުގެ އިސް ލީޑަރުން އެއްބަސް ވެފައިވަނީ ”ޑީލް“ އެއްގެ ދަށުން ކަމަށް ޚަބަރުލިބެއެވެ. ސަރުކާރުން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ބަންދު ކޮށްލުމުން އާންމުގެ […]
ޕާކިސްތާނުގެ ޕަންޖާބްގައި ފެންބޮޑުވެ ދެމިލިއަނެއްހާ މީހުން ހާލުގައި ޖެހިފައި

ޕާކިސްތާންގެ ޕަންޖާބުޕްރޮވިންސުގެ ބޮޑެތި ސަރަހައްދު ތަކެއްގައި ފެންބޮޑުވެ ދެމިލިއަނެއްހާ މީހުން ހާލުގައި ޖެހިފައި ވުމާއި އެކު އެމީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. ޕަންޖާބްގެ އިތުރުން ސިންދު ޕްރޮވިންސުންވެސް އެއްލައްކަ ފަންސާސް ހާހެއްހާ މީހުން އެހެން ހިސާބުތަކަށް ބަދަލު ކުރެވިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޗީފް އިނާމް ހައިދަރު މާލިކް ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވާފައި ވެއެވެ. ޕާކިސްތާނުގެ އިރުމަތީ ސަރަހައްދަށް މޫސުން ގޯސްވެ ޖޫން މަހުން ފެށިގެން އަންނަނީ ވިއްސާރަ […]
އުމުރުން ދުވަސްވީ ދެމަފިރިންގެ ހަވާއީ ދަތުރު

އުމުރުން ދުވަސްވީ ދެމަފިރިން އެމީހުންގެ ކައިވެންޏަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހަވާއީ އަށް ދަތުރެއް ކޮށްލަން ނިންމިއެވެ. މިއީ އެތައް އަހަރެއް ވަންދެން ދެމީހުންވެސް ދެކެމުން އައި ހުވަފެނެކެވެ. އެހެން ކަމުން ފްލައިޓަށް އަރާ ދަތުރު ފެށިހަމައިންވެސް ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. އެއީ ޕައިލެޓްގެ އެނައުންސްމަންޓެއް އިވިގެން ދަންދެނެވެ. ”ފަސިންޖަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ. މި ބޯޓަށް ކުއްލި އިމަޖެންސީ އެއް ކުރިމަތިވެއްޖެއެވެ. ބޯޓުގެ ދެ އިންޖީނު އެއްފަހަރާ ވަނީ ފެއިލްވެފައެވެ. އެހެން ކަމުން […]
ނޭޕާލްގައި ޒުވާނުންގެ މުޒާހަރާ އެހާ ހޫނުވެގެން ދިޔައީ ސޯޝަލް މީޑިޔާ ކަނޑާލުމުން

ނޭޕާލްގައި ކޮރަޕްޝަން މާބޮޑަށް އާންމުވެ، އާންމު ރައްޔިތުންގެ ރުޅިގަނޑު ފާޅު ކުރަމުންއައި ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް ސަރުކާރުން ބަންދުކޮށްލުމުން ޒުވާނުން ނިކުމެ ކުރަންފެށިމުޒާހަރާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު 22 އަށް އެރުމުން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.އޭގެ ކުރިން އާންމުންނާއި ޒުވާނުން ވަނީ ރައްޔިތުންގެ މަޖިލީސް ކުރާގޭގައި ހުޅުޖަހާ އަދި ސަރުކާރުގެ އިސް ވެރިންގެ ގެދޮރަށް ވަދެ މުދަލަށް ގެއްލުން ދީ އަދި އަތުޖެހުނު މީހަކަށް ވިއްޔާ އަނިޔާ ކޮށްފައެވެ. ބޮޑުވަޒީރު […]
ހަމާސްގެ ވެރިން ޤަތަރުގައި ތިއްބަވަނިކޮށް އިޒްރޭލުން ހަމަލާދިނީ ޓްރަމްޕް އެކަމަށް ”ގޯއަހެޑް“ ދެއްވައިގެން

ޣައްޒާ ހަގުރާމަ ނިންމުމާއި ބެހޭގޮތުން މަޝްވާކުރަން ކަމަށް ބުނެ ހަމާސްގެ ލީޑަރުން ދޯހާއަށް ގެންގޮސް އުޅުނީ މަރަން ކަމުގައި މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ. ނެގޯޝިއޭޓިންގ ޓީމް ތައް ޤަތަރުގެ ވެރިރަށް ދޯހާޔަށް ގެންދިއުމަށްފަހު އިޒްރޭލުން ވަނީ ހަމާސްގެ އޮފިޝަލުން ނަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީފައެވެ. މި ހަމަލާއަށްފަހު، އޮކްޓޯބަރު 7ގެ މެސަކާ ނުވަތަ ގަތުލުއާމަށް ޒިންމާވާ ފަރާތްތަކަށް، ވަރަށް އަމާޒު ހަމަލާތަކެއް ދީފައިވާނެ ކަމަށް އިޒްރޭލުގެ ދިފާއީ ބާރު އައިޑީއެފުން އެއްބަސްވެފައިވެއެވެ. އަދި މިހަމަލާތައް […]
ނޭޕާލުގައި ސޯޝަލް މީޑިޔާ ބަންދު ކުރުމުން މަޝްރަހު ހޫނުވެ 19 މީހުން މަރުވުމާއި ގުޅިގެން އަލުން ސޯޝަލް މީޑިޔާ ހުޅުވާލައިފި

ނޭޕާލުގައި ސަރުކާރުން ސޯޝަލް މީޑިޔާ ބަންދު ކުރުމުން މަޝްރަހް ހޫނުވެ 19 މީހުން މަރުވުމާއި ގުޅިގެން އަލުން ސޯޝަލް މީޑިޔާ ހުޅުވާލައިފިއެވެ. އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުތީ ”ނެޕޯ ކިޑްސް“ ނުވަތަ ސިޔާސީ އިސްވެރިން ނާއި އެހެންވެސް ނުފޫޒުގަދަ ފަރާތްތަކުގެ ދަރިންގެ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން އަތްނުފޯރާ ދަރަޖައަށް ފުޅާވުމާއި ގުޅިގެންނެވެ. މުޒާހަރާތަކުގައި މަރުވި މީހުންގެ އިތުރުން ސަތޭކައެއްހާ މީހުންނަށް އެކި އަނިޔާތައް ލިބިގެން ފަރުވާދީފައި ވެއެވެ. ސަރުކާރާ ދެކޮޅަށް އާންމުން ނިކުމެފެށި މުޒާހަރާތަކާ […]
ރަޝިޔާއިން ކެންސަރު ބައްޔަށް ވެކްސިނެއް އުފައްދައިފި: ބޭނުން ކުރަން ރައްކާތެރިބާ؟

ރަޝިޔާއިން ކެންސަރ ބައްޔަށް ވެކްސިނެއް އުފައްދާ، ވެކްސިން ބޭނުން ކުރަން ތައްޔާރު ވެފައިވާކަން އިއުލާން ކޮށްފިއެވެ. ހުރިހާ ބަލިމީހުންނަށް ހިލޭ ދޫކުރާ މިވެކްސިނަކީ ”mRNA-based” ވެކްސިން އެއްކަމަށާ، ވެކްސިންގެ ނަމަކީ އެންޓަރޯމިކްސް (EnteroMix) ކަމަށް އެގައުމުގެ ފެޑަރަލް މެޑިކަލް ބަޔޮލޮޖިކަލް އޭޖެންސީން ވަނީ އިއުލާން ކޮށްފައެވެ. އެ ފަރާތުން ބުނެފައިވާ ގޮތުގައި މިއައު ވެކްސިންގެ ޕްރީ ކްލިނިކަލް ޓްރަޔަލްތަކުން އުންމީދީ ނަތީޖާތަކެއް ވަނީ ފެނިފައެވެ. މިގޮތުން ވެކްސިން ބޭނުން ކުރުމުން ކެންސަރުގެ ޓިއުމަރތައް ކުޑަވެ، އަދި އިތުރަށް […]
ލޯފަން މިޔުޒިކް ޓީޗަރު

ލޮލަށް ނުފެންނަ މީހަކާ އަހަރެން ކައިވެނި ކުރީ އޭނާޔަށް އަހަރެން ހުރި ސިފަ ނުފެންނާނެތީއެވެ. ނަމަވެސް ކައިވެނީގެ ފުރަތަމަރޭ އޭނަ ބުނި އެއްޗަކުން އަހަރެން ތުރުތުރު އަޅައިގެންދިޔައެވެ. އަހަރެންގެ އުމުރުން 20 އަހަރުގައި،ބަދިގޭ ގޭސްފުޅި ގޮވައި ހިނގި ހާދިސާއެއްގައި އަހަރެންގެ މޫނާއި ކަރު އަދި ގައިގެ ބޮޑުބައެއް ފިހުނެވެ.އެދުވަހުގެ ފަހުން ބިރު، ނުވަތަ ހަމަދަރުދީ އާއި އެކުނޫނީ އެއްވެސް މީހަކު އަހަރެންގެ މޫނަށް ބަލައެއް ނުލައެވެ. އެހެން ކަމުން އަހަރެން ފިލީއެވެ. ލޯގަނޑު ތަކަށް ފިލަމެވެ.މީހުންނަށް ފިލަމެވެ.ޚާއްސަކޮށް […]
ޝީ، ޕޫޓިން އަދި ކިމް ގުޅިވަޑައިގެން އެމެރިކާއާއި ދެކޮޅަށް ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފި

ޗައިނާގެ ރައީސް ޝީ ޖިން ޕިންގ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން އާއި ގުޅިވަޑައިގެން އެމެރިކާއާއި ދެކޮޅަށް ރޭވުންތަކެއް ރާއްވަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ. ޓްރަމްޕް މިމޭރުމުން ކޮމެންޓް ކުރައްވާފައިވަނީ ޗައިނާގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ”ވިކްޓަރީޑޭ ޕެރޭޑް“ ބުދަދުވަހު ބާއްވަމުން ދަނިކޮށް އެމުނާސަބަތާ ދިމާކޮށެވެ. މިޕެރޭޑް ބައްލަވާލެއްވުމަށް މިއަހަރު ދުނިޔޭގެ 26 ގައުމެއްގެ ހެޑްސް އޮފް ސްޓޭޓުން […]
250،000 އޮސްޓްރޭލިޔާ ޑޮލަރުގެ ކުޅޭއެއްޗެތި ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި

އޮސްޓްރޭލިޔާގެ އެޑިލައިޑްގައި ގިނަ އަދަދަކަށް ކުޅޭ އެއްޗެތި، ޚާއްސަ ކޮށް ކުޑަކުދިން ރާވާ ބްލޮކްސް(ލެގޯ ސެޓް) ވަގަށް ނަގަމުން ދިޔަ މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމީހާ ވަގަށް ނަގާފައިވާ 2،500 އައިޓަމް ފެނިފައިވާއިރު، އޭގެ ތެރޭގައި ނުކަނޑާ އޮތް 1،700 ލެގޯ ފޮށި ހިމެނެއެވެ. މި ތަކެތި ފެނިފައި ވަނީ އެ މީހާ އުޅެމުން އައި ގެ ބަލާފާސް ކުރުމުގެ ތެރޭ ގައެވެ. އެޑިލައިޑްގެ ޑިޕާޓްމަންޓް ސްޓޯރު ތަކުން […]