ކުއްޖަކަށް އަމަލުން ދަސްކޮށްދިން ފިލާވަޅު

ކޮންމެވެސް ރަށެއްގައި ވަރަށް ބަސްނާހާ،ހަޑިކޮށް އުޅޭ ކުޑަ ފިރިހެން ކުއްޖަކު އުޅުނެވެ.މި ކުއްޖާގެ ކަންތައްތައް ހުންނަ ގޮތުން އޭނާގެ މަންމައާއި ބައްޕަ ތިބެނީ ހަނދާނެގޮތް ހުސްވެ،ވަރުބަލިވެފައެވެ.އާންމު ގޮތެއްގައި އުޅޭ އުޅުމުގައިވެސް މޫނުމަތީގައި ޒުވާބުކުރުމާ ދޮގުހެދުމާއި އަދި ގަވާއިދަށް ހުރުމަތްތެރިކޮން ނުހިތުމަކީ ކުއްޖާގެ ކަށީގައި ހިފާފައިވާ ކަންތައް ކަހަލައެވެ.މިކަމާ ކުއްޖާގެ މަންމައާއި ބައްޕަ ނަސޭހަތްދީ އަދި އެއްޗެތިކިޔާ އަދަބުދީ ހަދައިގެންވެސް މިކުއްޖާގެ މި ނުބައި އާދަތައް ހުއްޓޭނެ ގޮތެއް ނުވިއެވެ. ކުއްޖާގެ އުޅުން މިގޮތަށް ހުރުމުން އޭނާގެ މުސްތަގްބަލާމެދުވެސް […]

ސިންގަޕޫރުގެ އެންމެ ބޮޑު ބޭންކުން އޭއައިގެ ދައުރު ފުޅާކޮށް ހަތަރުހާސް ވަޒީފާ އުނި ކުރަނީ

އިންސާނުން މިވަގުތު ކުރަމުން އަންނަ މަސައްކަތުގެ ބޮޑުބައެއް އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމުމާއި ގުޅިގެން،ކުރިޔަށް އޮތް ތިންއަހަރުތެރޭ ހަތަރުހާސް މުވައްޒަފުން މަދުކުރަން ގަސްތުކުރާކަމަށް ސިންގަޕޫރުގެ އެންމެ ބޮޑުބޭންކް ޑީބީއެސް އިންބުނެފިއެވެ. ނަމަވެސް މަސައްކަތުގެ ވާކްފޯސް މަދުކުރެވޭނީ މަޑުމަޑުން ކަމަށާ މިގޮތުން އުނިކުރެވޭނީ ވެސް ވަގުތީ މުވައްޒަފުންނާއި އަދި ކޮންޓްރެކްޓަށް ނަގާފައިވާ މުވައްޒަފުން ކަމަށް ޑީބީއެސްގެ ތަރުޖަމާން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.މިގެނެވޭ ބަދަލުގެ ދަށުން ދާއިމީ މުވައްޒަފުންގެ ވަޒީފާއަށް އަސަރު […]

ހުވަފެން ތަޢުބީރު ކުރަންޖެހުނު ވަގުކަލޭގެ!

އެއްރެޔަކު ވަގަކު ވައްކަން ކުރަން ގެޔަކަށް ވަނެވެ.އޭނާޔަށް ވަދެވުނީ ގޭގެ ވެރި އަންހެންމީހާގެ ކޮޓަރިއަށެވެ.ވަގުކަލޭގެ ވަދެގެން އުޅޭ އަޑު އިވިގެން އަންހެންމީހާއަށް ހޭލެވުނެވެ.މިކަމާ ބިރުން އަންހެންމީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓުންއަރާފަ ވަގު ކަލޭގެއަށް ހުރެވުނެވެ. އެވަގުތު އަންހެން މީހާ ބުންޏެވެ. އަހަރެންނަށް ޔަގީން ކުރެވޭ ގޮތުގައި ކަލޭ ތިޔަގޮތަށް މީހުންގެ ގެޔަށް ވަގަށް ވަންނަނީ މަޖްބޫރުވެގެންނެވެ.މައްސަލައެއްނެތެވެ.އެހެރަ އަލަމާތީގެ ތިންވަނަ ވަތްގަނޑުގައި ތިޖޫރީއެއް ހުންނާނެއެވެ.އޭގައިވާ ހުރިހާ ފައިސާއެއް ކަލޭ ގެންދާށެވެ. ފައިސާތައް ނަގަން ވަގުކަލޭގެ ހިނގައިގަތުމުން އަންހެންމީހާ ބުންޏެވެ. […]

ލިބިފައިވާ ނިއުމަތްތަކާމެދު ކިބުރުވެރި ނުވާށެވެ!

ވަރަށް މުއްސަނދި ބައްޕައަކު އޭނާގެ ދިހަ އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން އެއްދުވަހަކު ވަރަށް އަގުބޮޑު ޝޮޕިންގ މޯލް އަކުން ބާޒާރު ކޮށްލަން ދިޔައެވެ. ބާޒާރުކޮށް ނިމިގެން ކާރަށް އަރަން ދަނިކޮށް،ކުއްޖާ އުމުރުގެ ފަގީރު ކުއްޖަކު އެމީހުންގެ ކުރިމައްޗަށް އަރާފަ ސަލާން ޖެހިއެވެ.އެކުއްޖާބުންޏެވެ.އަޅުގަނޑު އަތުގައި އެއްވެސް އަންނައުނެއް ނެތެވެ.އަޅުގަނޑަށްވެސް އެއްޗެއް ގަނެ ދެއްވާށެވެ.ބައްޕަ ފަގީރު ކުއްޖާއާއި ދިމާލަށް ބަލާލުމުން ފެނުނީ އެކުއްޖާ ލައިގެން ހުރި ގަމީހާއި ފަޓުލޫނު ވީދި ހަލާކުވެފައި ވާތަނެއެވެ. އެވަގުތު އެކުއްޖާގެ މައްޗަށް ހަމްދަރުދީ […]

ކުޅަދާނަކަން ދައްކާލުން

ހަރު ފުރައިގެ އަންހެނަކާ ޒުވާން ފިރިހެނަކު އެއްދުވަހަކު ޕާންފިހާތަނަކަށް ވަނެވެ.އެތަނުގެ އެތެރޭންދުވާ، އަލަށް ފިހެވެމުންދާ ޕާނާއި ބަނަސް އަދި ކޭކުގެ ވަހުން ބަނޑު ފުރިއަރާހާވެއެވެ. ދެމީހުން އެތަނުގަ ހުރި ތަކެތި ބަލަމުން ދިޔައިރު ޒުވާނާ ދެފަރާތްބަލާލުމަށްފަހު މީހަކު ބަލަން ނެތްކަން ޔަގީން ކޮށްފައި ވަށިގަނޑަކުން ތިން ކަޕްކޭކް ނަގާޖީބަށް ލިއެވެ.އަދި އެއްޗެކޭ ހިތަށްވެސް ނާރާ އަންހެންމީހާއާ ދިމާލަށް ބުންޏެވެ.އަހަރެން ވަރަށް ހުށިޔާރު ދޯއެވެ.ވެރިމީހާޔަށް އަންގާވެސް ނުލާ އަހަރެން ތިން ކަޕްކޭކް ނަގައިފީމެވެ.މުސްކުޅި އަންހެންމީހާ ބޯހޫރާލިއެވެ.އަދި ޒާތަކަށް ހީލަމުން […]

ވަކީލަކަށް ހެދިގެންގޮސް ކޯޓު ތެރޭގައި ގޭންގު ލީޑަރަކު މަރާލައިފި

ސްރްލަންކާގައި ވަކީލެއްގެ ހެދުމުގައި ދިޔަ މީހަކު،ކޯޓުތެރޭގައި ބަޑިޖެހުމުގެ ސަބަބުން މަޝްހޫރު ގޭންގް ލީޑަރަކު މަރުވެއްޖެއެވެ.ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ބަޑިޖެހިމީހާ ބޭނުން ކޮށްފައިވަނީ ފޮތެއްގެ ތެރޭގައި ފޮރުވައިގެން އަންހެނަކު އޭނާޔަށް ގެނެސްދިން ރިވޯލްވާ އެކެވެ. މި އަންހެންމީހާ ފިލާފައިވާއިރު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މަރުވި ގޭންގް ލީޑަރަކީ އެތައް ބަޔަކު މެރުމުގައި ޝާމިލުވާކަމަށް ޝައްކު ކުރެވޭ ސަންޖީވާ ކުމާރަ ސަމަރަރަތުނާ އެވެ. އޭނާ ކޯޓަށް ގެނެވުނީ ފުލުހުންގެ އެސްކޯޓުގައި ޝަރީއަތުގެ މަޖިލީހަށެވެ.ނަމަވެސް އަޑުއެހުންތައް […]

ޝުކުރުވެރިވުމުން ނިއުމަތްތައް ދަމަހައްޓާ ދެއްވައެވެ.

މުއްސަނދި މީހަކު އެއްދުވަހަކު އޭނާގެ ކާރުގައި ދަނިކޮށް ހިނގާފައިދާ ބަޔަކު ފެނިގެން ހިތަށް އެރިއެވެ.އަހަރެންނަށް އަމިއްލަ ރީތި ކާރެއްގައި ދުއްވާލާފަ ދެވޭ ކަމަށްޓަކައި ޝުކުރުވެރިވަމެވެ. ހިނގާފައިދާ މީހަކަށް ހުސްފައިގަ ހިނގާފައިދާ މީހެއް ފެނިގެން ހިތަށް އެރިއެވެ.އަހަރެންނަށް ފައިވާނެއް ގަނެވޭހާ ތަނަވަސްކަން ދެއްވާފައިވާތީ އެކަމަށް ޓަކައި ޝުކުރުވެރިވަމެވެ. ފައިވާނަށް ނާރާ ހިނގާފައިދާ މީހާއަށް ދަނޑިގަނޑު ޖަހައިގެން ހިގާ މީހަކު ފެނުނެވެ.އެވަގުތު ހިތަށް އެރިއެވެ.އަހަރެން ނަށް ރީތިކޮށް އެކަނި ހިނގާލާފަ ދެވޭތީ ޝުކުރުވެރިވަމެވެ.ދަނޑިގަނޑު ޖަހަމުން ހިނގާފައިދާ މީހާއަށް ފުރޮޅުލީ ގޮނޑިއެއްގައި […]

ބައްޕަ ދަސްކޮށްދެއްވި އަގުބޮޑު ފިލާވަޅު

ޒުވާން ފިރިހެނަކު މީހަކާ ކައިވެނި ކުރުމަށް ނިންމާ އެކަމުގެ އިންތިޒާމްތައް ކުރިޔަށް ގެންދަން ފެށިއެވެ.ނަމަވެސް ކުރަން ހުރި ކަންތައްތައް ގިނަ ކަމުން އެކި މީހުންގެ އެހީ ހޯދުމަށް ނިންމިއެވެ. މިގޮތުން ބައްޕަ ކައިރިޔަށް ގޮސް ބުންޏެވެ. އަޅުގަނޑަށް އެކަނި މިއުޅެނީ ކައިވެނީގެ ހުރިހާ އިންތިޒާމް ތަކެއް ނުނިންމިގެންނެވެ. އެހެންވީމަ ބައްޕަ ވެސް ކަމެއް ކޮށްދެއްވަން އެބަޖެހެއެވެ. މިއޮތީ އަޅުގަނޑުގެ އެންމެ ގާތް 50 އެކުވެރިންގެ ލިސްޓެކެވެ. މިމީހުންނަށް ގުޅާ އަޅުގަނޑުގެ ކައިވެންޏަށް އައިސް ދިނުމަށް އެދޭ ކަމަށް […]

އަނެއްކާވެސް މަތިންދާބޯޓް އެކްސީޑެންޓެއް:މިފަހަރު ކެނެޑާގެ ޓޮރޮންޓޯގައި

ޑެލްޓާ އެއާލައިންސްގެ މަތިންދާބޯޓެއް، ޓޮރޮންޓޯ ގަޑިން ހޯމަދުވަހު މެންދުރުފަހު ތިންގަޑިތިރީސް އެހާއިރު، ރާއްޖޭ ގަޑިން ރޭ ދަންވަރު، ކެނެޑާގެ ޓޮރޮންޓޯ ގެ އެއާޕޯޓެއްގައި ޖައްސަން އުޅުމުގެ ތެރޭގައި ބޯޓު ކައްސާލައި އަދި ފުރޮޅިފައިވާ ކަމަށް ޚަބަރުލިބެއެވެ.80 މީހުންނާއެކު މިނެސޯޓާ އިން ފުރައިގެން ދަތުރުކުރި އެންޑެވާ އެއާގެ ބޯޓަށް ހާދިސާކުރިމަތިވީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ވެއެވެ. ބޯޓުގައި ތިބި ފަސިންޖަރުންނާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުގައި ބޯޓު ހަމަ ޖެއްސިތަނާ ފުރަތަމަ ކައްސާލީއެވެ.އަދި ބޯޓުގެ ދަށްފުށް […]

ބާޑްފްލޫ ޖެހިގެން އަންދްރާޕްރަދޭޝް އިން އެއްލައްކަ ކުކުޅު ކަތިލާ މަރާލައިފި

އިންޑިޔާގެ އަންދްރާޕްރަދޭޝް ސްޓޭޓްގައި ބާޑްފްލޫ ނުވަތަ ދޫނިރޯގާ ބާރަށް ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެއްލައްކަޔަށްވުރެގިނަ ކުކުޅު ކަތިލާ މަރާލައިފި ކަމަށް ޚަބަރު ލިބެއެވެ. އެސްޓޭޓްގެ ތިން ސަރަހައްދެއްގައި ވަރަށް ބާރަށް ބަލިފެތުރެމުންދާތީ އެސަރަހައްދުތަކުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަންދްރާޕްރަދޭޝް ގެ ހާލަތު މިހެން އޮތް އިރު ވަށައިގެންވާ އެހެން ބައެއް ސްޓޭޓް ތަކުން ވަނީ ކުކުޅުމަސް އިމްޕޯޓް ކުރުމާބެހޭ އައު ގަވާއިދު ތަކެއް އިއުލާން […]