އުމުރުފުޅުން 92 އަހަރުގައި ރައީސް ކަމުގެ އިތުރު ދައުރަކަށް

ސެންޓްރަލް އެފްރިކާގެ ގައުމެއް ކަމަށްވާ ކެމަރޫންގެ ރައީސް ޕޯލް ބިޔާ އަނެއްކާ ވެސް ވެރިކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިއެވެ. އަށްވަނަ ދައުރަކަށް ހޮވަވަޑައިގެންފައިވާ އުމުރުން 92 އަހަރުގެ ބިޔާއަކީ މިހާރު ވެސް ދުނިޔޭގެ ރައީސުންގެ ތެރެއިން އެންމެ ދޮށީ ހެޑް އޮފް ސްޓޭޓް އެވެ.އޮކްޓޯބަރ 12 ވަނަ ދުވަހު ބޭއްވުނު އިންތިހާބަށްފަހު ހޯމަ ދުވަހު ނަތީޖާ އިއުލާން ކުރިއިރު ރައީސް ބިޔާ އަށް ވޯޓުގެ 53.7 އިންސައްތަ ލިބިވަޑައިގެންފައިވާ ކަމަށް އިއުލާން ކޮށްފައި ވެއެވެ. އޭނާޔާ އެންމެ […]

އިންޑިޔާ އާއި ޗައިނާ އާއި ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި

ޗައިނާ އާއި އިންޑިޔާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ރަގަޅުވާން ފެށުމާއި އެކު ސީދާ ދަތުރު ތައް އަލުން ފަށައިފިއެވެ. މިގޮތުން ބޭއްވި ފުރަތަމަ ދަތުރުގައި 180 ފަސިންޖަރުންނާއި އެކު އިންޑިގޯގެ ބޯޓެއް ހޯމަ ދުވަހު ކޮލްކަތާއިން ޗައިނާގެ ގުއަންގޒޫ އަށް ދަތުރު ކޮށްފައި ވެއެވެ. ޗައިނާއާއި އިންޑިޔާއާއި ދެމެދު ބާއްވަމުން އައި ސީދާ ދަތުރު ތައް ފުރަތަމަ މެދުކަނޑާލީ ކޮވިޑް ޕެންޑަމިކް ފެށުމާއި އެކު 2020ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު ބޯޑަރު ސަރަހައްދުގައި ހަމަލާތަކެއް ބަދަލު […]

އަލްވަދާއު ކިއުމަށްފަހުވެސް ހިތުގައި ފަނޑުނުވެ ލޯބި އޮވެދާނެއެވެ.

އަހަރެންނާއި ސޭމް ކައިވެނިކުރީ ވަރަށް ބޮޑަށް ލޯބިވެގެން އުޅުމަށްފަހުއެވެ. ކައިވެންޏާހަމަޔަށް ދެވި އަހަރުމެން އުޅުނީ ވަރަށްވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. މިގޮތުގައި އުޅެމުން ދަނިކޮށް، އަހަރުމެންގެ ސޯޅަ އަހަރުގެ ފިރިހެން ދަރިފުޅު މަގުމަތީގެ އެކްސީޑެއްޓެއްގައި ކުއްލިއަކަށް މަރުވި ދުވަހު އަހަރެންގެ މިއުފާވެރި ދުނިޔެ ފުނޑުފުނޑު ވެގެން ދިޔައެވެ. ރޮމުން ރޮމުންގޮސް ކޮޅަށް ތެދުވެ ހުންނާނެހާވަރުވެސް އަހަރެންގެ ގަޔަކު ނުހުރެއެވެ. ގިނަވަގުތު ބާއްވާފައޮތީ ވެސް ބޭސްދީ ނިންދަވާފައެވެ. އެކަމަކު އަހަރެންގެ ފިރިމީހާ ސޭމް އެންމެ ކަރުނަ ތިއްކެއްވެސް އަޅާތީ […]

ޕާޓީ ބާއްވާތަނެއް ހަދަން ރިޔާސީ ގަޑުވަރު ވައިޓް ހައުސްގެ ބައެއް ޓްރަމްޕް ތަޅާލައިފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ޕާޓީ ބާއްވާ ބޮޑު ހޯލްއެއް(ބޯލްރޫމްއެއް) ހަދަން ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަމުރަށް ގަނޑުވަރުގެ އީސްޓަރން ވިންގް (އިރުމަތީފަޅިން ބައެއް) ތަޅަން ފަށައިފިއެވެ. 250 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހަދާ ބޯލްރޫމް ހެދުމުގެ މަސައްކަތް ރައީސް ޓްރަމްޕް ފައްޓަވާފައިވަނީ އެކަމަށް ބޭނުންވާ ރަސްމީ ހުއްދަތައް ހޯދުމެއް ނެތި ކަމަށް ޚަބަރުލިބެއެވެ. މިހަފްތާގައި ޕްރޮޖެކްޓް ކުރިޔަށް ދާނެކަން އާންމުވިއިރު ރައީސް ޓްރަމްޕް އަދި ވައިޓްހައުސްގެ އޮފިޝަލުންވެސް ވަނީ އެމަސައްކަތުގައި އެއްވެސް ތަނެއް […]

ކޮރަޕްޝަންގެ ތުހުމަތުގައި ސައޫދީ ސަރުކާރުގެ އިސްބައެއް ވެރިން ހައްޔަރު ކޮށްފި

ސައޫދީއަރަބިއްޔާގެ އެތައް ސަރަހައްދު ތަކެއްގައި ހިންގުނު އޮޕަރޭޝަން އެއްގައި ސަރުކާރުގެ އިސްވެރިންތަކެއް ހިމެނޭގޮތުން ބަޔަކު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ. ސައޫދީގެ އޯވަސައިޓް އެންޑް އެންޓިކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގެ ތަރުޖަމާން ބުނެފައިވާ ގޮތުގައި މިމީހުން ހައްޔަރު ކުރެވުނީ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މައްސަލަތައް ބަލާ ތަހްގީގް ކުރުމަށް ފަހުއެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ބޭރުގެ އިންވެސްޓަރަކަށް ނުގަވާއިދުން ކްރަޝަރ ލައިސެންސެއް ހޯދާދިން މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް މިނަރަލް ރިސޯސަސް ގެ މުވައްޒަފަކު ރިޝްވަތުގެ […]

ޔަމަނަށް ނިސްބަތްވާ އދ.ގެ 5 ސްޓާފް މެމްބަރު، ހޫތީން ހިފަހައްޓައިގެން އުޅުމަށްފަހު ދޫކޮށްލައިފި

ޔަމަނަށް ނިސްބަތްވާ އދ.ގެ 5 ސްޓާފް މެމްބަރުންނާއި 15 އިންޓަނޭޝަނަލް މެމްބަރުން ހަފްތާބަންދުގައި ސަންއާގެ ތަނެއްގައި، ހޫތީން ހިފަހައްޓައިގެން އުޅުމަށްފަހު އެމީހުންގެ އޮފީސް ނުވަތަ އދ. އަށް ނިސްބަތްވާ ޓެރިޓަރީގައި އުޅެވޭ ގޮތަށް ދޫކޮށްފި ކަމަށް ޚަބަރު ލިބެއެވެ. އދ. ގެ ތަރުޖަމާން ބުނީ ހޫތީ ހަނގުރާމަވެރިން އދ.ގެ ކޮމްޕައުންޑް ބަލާފާސް ކުރަން ފެށުމުން އެތާތިބެންޖެހޭ ސިފައިން ތަންދޫކޮށް ގޮސްފައިވާ ކަމުގައެވެ. ޔަމަންގެ ވެރިރަށް ސަންއާ ހިމެނޭހެން، ޔަމަންގެ މުޖާހިދުންގެ އަތްދަށުގައިވާ ސަރަހައްދުތަކަށް ހޫތީން އަންނަނީ ހަމަލާތައް […]

އެއިލީން ކޮލިންސް: ނާސާގެ ސްޕޭސް ކްރާފްޓެއް ދުއްވި ފުރަތަމަ އަންހެން ކޮމާންޑަރު

ނާސާ އިން ހިންގާ ޖައްވީ ޕްރޮގްރާމްގެ ދަށުން ޖައްވީ އުޅަދެއްގެ ޕައިލެޓްކަން ކޮށް، އުޅަދުގެ ކޮމާންޑަރުކަން ކުރި ފުރަތަމަ އަންހެން ކަނބަލަކީ އެއިލީން ކޮލިންސް ކިޔާ އަންހެނެކެވެ.  އޭނާއަކީ މިސާލު ބަހެއްގެ ގޮތުން ބުނާ ”ބިއްލޫރި ފަންގިފިލާ“ ފޫއަޅުވާލާ ޖައްވަށް އުދުހުމުގެ ފަޚުރު ހޯދި ފުރަތަމަ އަންހެނާ އެވެ. އުމުރުން މިހާރު 68 އަހަރުގެ އެއިލީން ކޮލިންސް އަކީ މިފަދަ ފަޚުރުވެރި ރިކޯޑެއް ހާސިލް ކޮށްފައިވާ ފަރާތެއްނަމަވެސް މާގިނަ ބަޔަކަށް އޭނާގެ ނަން ނޭގުމަކީ އެކަށީގެންވާ ކަމެކެވެ. […]

ޖަޕާންގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒިރުގެ މަގާމަށް ހޮވިވަޑައިގެންފި

ޖަޕާންގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންފިއެވެ. އަންގާރަދުވަހު ހެނދުނު ޖަޕާންގެ ރައްޔިތުންގެ މަޖިލީހުގެ ދެގޭގައިނެގުނު ވޯޓުގެ ތެރެއިން ސަނާއީ ޓަކައީޗީ ކާމިޔާބު ކުރައްވާފައިވަނީ މަތިގޭގައި ނެގުނު ވޯޓު، 125 ވޯޓުން، އަދި ދަށުގޭގައި ނެގުނު ވޯޓު، 237 ވޯޓުންނެވެ. އުމުރުފުޅުން 64 އަހަރުގެ ޓަކައީޗީ އަކީ ”އަޔަން ލޭޑީ“ ގެ ނަމުން މަޝްހޫރު އިގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގަރެޓް ތެޗަރ އަށް ވަރަށް ތާއީދު ކުރައްވާބޭފުޅެކެވެ.އަދި އެކަމަނާ ގިނަ ބަޔަކު ދަންނަނީ […]

ބަންގްލަދޭޝްގެ މައި އެއާޕޯޓްގައި އަލިފާން ރޯވުމުގެ ސަބަބުން އެއްބިލިއަން ޑޮލަރުގެ ގެއްލުން

ބަންގްލަދޭޝްގެ މައި އެއާޕޯޓް ކަމަށްވާ ހަޒްރަތު ޝާހް ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގެ ލޮޖިސްޓިކްސް ސެކްޝަން ގައި އަލިފާން ރޯވެ،ތަކެއްޗާއި މުދަލަށް ލިބުނު ގެއްލުމުގެ އަގު އެއްބިލިއަން ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ބަންގްލާދޭޝް އަކީ ދެވަނަޔަށް އެންމެ ގިނައިން ޗައިނާއަށް ފޮތި އެކްސްޕޯޓް ކުރާގައުމެވެ. އަލިފާން ރޯވެފައިވަނީ މިތަކެތި ގުދަން ކޮށްފައިވާ ކާގޯ ސެކްޝަގައިކަމުން ވަރަށް ގިނަ އަދަދެއްގެ ފޮއްޗާ އަދި ރޯމެޓީރިއަލް ގެ އިތުރުން ބޭސްފަދަ ތަކެތި ވަނީ އަނދައިގެން ގޮސްފައެވެ. […]

ޣައްޒާގެ ކުޑަކުދިންނަށް އަލުން ކިޔަވާދޭން ފަށައިފި

ޣައްޒާގެ ކުޑަކުދިނަށް އަލުން ކިޔަވާދިނުމުގެ އިންތިޒާމްތައް އދގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ (އަންރުވާ) ގެ ފަރާތުން ހަމަޖައްސާ ދިނުމާއި ގުޅިގެން ހޮނިހިރު ދުވަހު ކްލާސްތައް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ. ކްލާސްތައް ފެށިނަމަވެސް ގައްޒާއަށް އެހީގެ ގޮތުގައި ލިބެންޖެހޭ އެތައް މިލިއަން ޑޮލަރު، އިޒްރޭލްގެ ބްލޮކޭޑްގެ ސަބަބުން އަދިވެސް ވަނީ ހިފަހައްޓާފައި ކަމަށް ވެއެވެ. ”އަންރުވާ“ގެ މީޑިޔާ އެޑްވައިޒަރު އަދުނާން އަބޫ ހަސްނާ ބުނީ އެޖަމާއަތުން 3000،000 ކުދިން ނަށް ކިޔަވަން ފެށުމުގެ އިންތިޒާމް ވަނީ ހަމަޖައްސާދީފަކަމުގައެވެ.އަދި […]