އަހަރެންގެ މަންމަ އަހަރެން އެކަނި އެއާޕޯޓަށް ދޫކޮށްލާފަދިއުމުން…

އަހަރެންގެ މަންމަ އަހަރެން އެކަނި އެއާޕޯޓަށް ދޫކޮށްލާފަ ދޮންބައްޕައާއި އޭނާގެ ދެދަރިންނާއެކު ޗުއްޓީ ދަތުރެއްގައި ފުރައިގެން ދިޔައެވެ. އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ ހަތް  އަހަރެވެ. އެދުވަހު އެއާޕޯޓަށް ދިޔައީ އެންމެން އެއްކޮންނެވެ. އަހަރެންވެސް ހުރީ އަލަށް ޗުއްޓީ އެއްގައި އެހެން ގައުމަކަށް ދެވޭތީ ވަރަށް އުފަލުންނެވެ. ރީތިކޮން ނަލަ ހެދިގެން، އަތުގަ އޮންނަ ޕާޕަލް ކުލައިގެ ބެކްޕެކް އަޅައިގެން އަހަރެން ތައްޔާރުވެގެންހުރީމެވެ. ދަތުރުގައިދަނީ އަހަރެންނާއި މަންމައާއި ދޮންބައްޕަ އަދި ދޮންބައްޕަގެ ދެފިރިހެން ކުދިންނެވެ. އެއާޕޯޓަށް […]

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން ވިއްސަކަށް މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން ދިމާވި އެކި ހާދިސާތަކުގައި މަދުވެގެން 20 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. 6.3ގެ ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ ރޭ އެތާގަޑިން ދަންވަރު އެކެއްޖަހާ އެހާއިރު މަޒާ-އެ-ޝަރީފް އާއި ކައިރި ހިސާބަކަށެވެ. އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މަޒާ-އެ-ޝަރީފް އަކީ ފަސް ލައްކަ މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދަކަށްވާއިރު ބިންހެލުމުގައި މަރުވި މީހުންގެ އިތުރުން އެތައްސަތޭކަ މީހުންނަށް ވަނީ އަނިޔާތައްވެސް ލިބިފައެވެ. ތާލިބާން ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން […]

ޖެމެއިކާއަށް އެރި ބާރުގަދަ ތޫފާނަށްފަހު އާންމުން ކާއެއްޗެތި ހޯދުމަށް ލޫޓުވުމާއި ގޮނޑުހޮވުމުގައި

ޖެމެއިކާއަށް އެރި ބާރުގަދަ ”މެލިއްސާ“ ތޫފާނަށްފަހު ގިނަ ސަރަހައްދުތަކެއް މުޅިން ސުންނާފަތިވެފައިވާއިރު ކާނެ އެއްޗެއް ހޯދުމަށްވެސް އާންމުން ފިހާތަކަށްވަދެ ލޫޓުވާ އަދި ވެއްޓިފައިވާ ގެތަކުން ހޮވައިގެން ކާއެއްޗެތި ހޯދަމުންދާ ކަމަށް ޚަބަރުލިބެއެވެ. ވެޓިފައިވާ ގެތަކުގެ މީހުން ބޯފެނަށްވެސް ޖެހިފައިވާއިރު ފިހާރަތައް ލޫޓުވައިގެން އެންމެ ބޮޑަށް ހޯދަމުން ދަނީ ފެންފުޅި ކަމަށް ޚަބަރުތައް ބުނެއެވެ. ތިންދުވަސްކުރިން އެރި ކެޓަގަރީ ފަހެއްގެ ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ”ބްލެކް ރިވަރ“ ކިޔާ ޕޯޓް ސިޓީއަށެވެ. އެތަން ވަނީ […]

ޖަސްޓިން ޓްރޫޑޯ އާއި ލަވަކިއުންތެރިޔާ ކޭޓީ ޕެރީ ލޯބީގެ ގޮތުން ގުޅިއްޖެ

ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެމެރިކާގެ ޕޮޕް ލަވަކިއުންތެރިޔާ ކޭޓީ ޕެރީ ލޯބީގެ ގޮތުން ގުޅިފައިވާކަން މީޑިޔާއަށް ޔަގީން ކޮށްދީފިއެވެ.މިގޮތުން ޓްރޫޑޯ އާއި ޕެރީވަނީ މިދިޔަ ހަފްތާބަންދުގައި ޕެރިހުގެ މަޝްހޫރު ހޮޓަލެއްގައި، ކޭޓީ ޕެރީގެ 41 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީ އަށްފަހު،އަތުގަ ހިފާލައިގެން ނިކުމެގެންދާތަން ފެނިފައެވެ. 2015 ވަނަ އަހަރު ކެނެޑާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އުޅުއްވަން ޖެހުނު ބުރަ ޝެޑިއުލްގެ ސަބަބުން ޓްރޫޑޯގެ ޕްރައިވެޓް މާގިނަ ކަންކަމެއް މީގެ ކުރިން […]

އިގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް އެންޑްރޫގެ ”ޕްރިންސް“ ގެ ލަގަބު އަތުލައިފި

އިގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް އެންޑްރޫގެ ޝާހީ ކަމުގެ ލަގަބު ކަމުގައިވާ ”ޕްރިންސް“ މިނަން އަތުލާގޮތަށް ނިންމާފައިވާކަމަށް އިގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލަސް އިން އިއުލާން ކޮށްފިއެވެ. ބުރާސްފަތިދުވަހުގެރޭ ބަކިންހަމް ޕެލަސް އިން އާންމު ކުރި ބަޔާނެއްގައިވާ ގޮތުން ޕްރިންސް އެންޑްރޫ އަށް ދެން މުހާތަބް ކުރެވޭނީ އެންޑްރޫ މައުންޓް ބެޓަން ވިންޑްސަރ މިނަމުންނެވެ.މިފިޔަވަޅު އަޅާފައިވަނީ ވަރަށް ފުޅާދާއިރާއެއްގައި ފައިސާދީގެން އަންހެނުން ލައްވާ ފާޙިޝް އަމަލްތައް ހިންގަމުން އައި މަހުޖަނު ޖެފްރީ އެޕްސްޓެއިން އާއި ޕްރިންސް […]

ޑެލްހީގެ ވައި ނުސާފުވެ އާޓިފިޝަލް ވާރޭ ވެއްސަން ކުރި މަސައްކަތް ކާމިޔާބެއްނުވި

އިންޑިޔާގެ ވެރިރަށް ޑެލްހީގެ ވައި އާދަޔާޚިލާފަށް ނުސާފުވެފައިވާ މައްސަލަ ހައްލު ކުރުމަށް، ޚާއްސަ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އަމިއްލަޔަށް ވާރޭ ވެއްސަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މި ޓެކްނޮލޮޖީގެ ދަށުން އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ ފަރާތުން އަންގާރަ ދުވަހު ވަނީ ކުދި މަތިންދާބޯޓު ބޭނުން ކޮށްގެން ވިލާތަކުގެ ތެރެޔަށް ޚާއްސަ މާއްދާއެއް ދޫކޮށްފައެވެ. މިގޮތަށް އާންމުކޮށް ދޫކުރާ ސިލްވަރ އަޔޮޑައިޑް އަދި ލޮނު ފުށް ތަކެއްގެ ވަށައިގެން ފެނުގެ ފަށަލައެއް އުފެދޭކަމަށްވެއެވެ. […]

ވަގުތު ޖެހުމުން

އާންމުކޮށް ސަލާން ޖަހައިގެން ކައިއުޅޭ އުމުރުން 10 އަހަރުގެ މިހީރު އަށް އެދުވަހު ތަންކޮޅެއް ދުރަށް ދެވުނީ އޭނާ ބަލަމުންދާ މުސްކުޅި ބާބާ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ އޭނާއަށް ދޭން ތަންކޮޅެއް ރަގަޅު ކާއެއްޗެއް ލިބޭތޯއެވެ. ހިނގަމުން ހިނގަމުން ގޮސް އޭނާއަށް ދެވުނީ ވަރަށް ބޮޑު ކައިވެނި ޕާޓީއެއް ބާއްވައިގެން އުޅޭ ތަނަކަށެވެ. މިހީރު ހަނދާން ހުންނަން ފެށީއްސުރެވެސް އުޅެނީ މުސްކުޅި ބާބާއަކާއި އެކު،ކޯރެއްގެ އައްސޭރީގައި ހުންނަ ވަރަށް ނިކަމެތި ޖިފުޑިއެއްގައެވެ.އޭނާގެ މައިން ބަފައިންނަކީ ކޮންބައެއްކަމެއް […]

ކްރޫޒް ޝިޕަކުން ނޭނގި ޖަޒީރާއެއްގައި ބަހައްޓާފައިދިޔަ މުސްކުޅި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއަރ ރީފް އަށް ދަތުރުކުރި ކްރޫޒް ޝިޕް އަކުން ނޭނގި އެތަނުގެ ޖަޒީރާއެއްގައި ބަހައްޓާފައި ދެވުނު އުމުރުން 80 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ލިޒަރޑް އައިލަންޑް ކިޔާ ޖަޒީރާ އަށް ބޯޓު މަޑުކުރުމުން ރަށުތެރެ ބަލަން އަންހެންމީހާ ވެސް ފޭބީ އެހެން ފަސިންޖަރުންގެ ގްރޫޕަކާއެކު ކަމަށްވެއެވެ. ނަމަވެސް ފަހުން ކޮންމެވެސް ސަބަބަކާހެދި ގްރޫޕާއި ވަކިވެފައިވާކަމަށް ވެއެވެ. ބޯޓު އޮތް ތަނުން ނައްޓާލީ ހޮނިހިރު ދުވަހު އިރު އޮއްސުމުންނެވެ. ނަމަވެސް އަންހެން މީހާ […]

ގަޑިއަކު 120 މޭލު ބާރުމިނުގެ ވަޔާއެކު ތޫފާން މެލިއްސާ ކިއުބާ އަށް އަރައިފި

ޖެމެއިކާއަށް ބޮޑެތި ގެއްލުން ތަކެއް ދިނުމަށްފަހު ތޫފާން މެލިއްސާ ކިއުބާއަށް އަރައިފިއެވެ. ތޫފާނުގެ ވައި ގަޑިއަކު 120މޭލުގެ ބާރު މިނުގައި ހުރިއިރު ލިބުނު ގެއްލުން ތައް ބޮޑުކަމުން ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޮލްނަސް ވަނީ މުޅި އެސަރަހައްދަކީ ”ޑިޒާސްޓަރ“ ސަރަހައްދެއްގެ ގޮތުގައި އިއުލާން ކުރައްވާފައެވެ. ތޫފާންގެ ސަބަބުން ޖެމެއިކާ ގެ ހޮސްޕިޓަލްތައްވެސް ހިމެނޭހެން ވަރަށް ގިނަ ގެދޮރާއި އެހެން އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު ލިބުނު ގެއްލުމުގެ މިންވަރު ސާފުވާން އަދި ވަގުތު ނަގާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައި […]

ޝިންޒޯ އަބޭ އަވަހާރަކޮށްލިކަމަށް އެކަން ކުރިމީހާ އިއުތިރާފް ވެއްޖެ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލިކަމަށް އެކަންކުރި މީހާ އަމިއްލަބަހުން އިއުތިރާފް ވެއްޖެ އެވެ. ވެރިރަށް ޓޯކިޔޯގެ ކޯޓެއްގައި އަންގާރަ ދުވަހު ބޭއްވުނު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި، އަބޭ އަވާހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި އުމުރުން 45 އަހަރުގެ ޓެސޫޔާ ޔަމަގާމީ އަށް ދައުވާ އިއްވުމުން ބުނީ ”ތިޔައީ ހުސް ތެދު“ ކަމުގައެވެ. އަދި އެކަން ކުރިކަމަށް އިއުތިރާފް ވާ ކަމުގައެވެ.ޝިންޒޯ އަބޭ އަވަހާރަ ކޮށްލާފައިވަނީ ޖަޕާންގެ ނާރާ ސިޓީ ކިޔާ ތަނެއްގައި ކެމްޕެއިން […]