ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ. ޤައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ވަނީ ދާއިރާއެއް އިތުރުކޮށްފައެވެ. ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަލަށް ހުޅުވާލާފައިވާ ދާއިރާއަކީ ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، […]

ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީ އާއި ފުލުހުން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް މިއަދު ވަދެއްޖެ އެވެ. އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެފައި ވަނީ 2018 ވަަނަ އަހަރުންފެށިގެން ބަލަމުން އަންނަ ކަރަޕްޝަންގެ ތަހުގީގަކަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއްކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމުން އަތުލައިގެންފި

ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން މިކަންހާމަކޮށްފައި ވަނީ އެ އިދާރާއިން މިއަދު ކުރި ޕޯސްޓެއްގައެވެ. ކަސްޓަމްސް އިން ބުނީ، ރާއްޖެ އަށް ”ސިއްރުން“ އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެއެވެ. ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ […]

މަޝްވަރާތަކަށް އެއްދުވަހަށްވެފައި ވަނިކޮށް ޚާމަނާއީގެ ސިޓީފުޅެއް ޕޫޓިން އަށް!

އެމެރިކާއިން ބޭނުންވާ ޝަރުތުތަކަށް އީރާނުން އެއްބަސް ނުވާނަމަ އީރާނަށް ބޮންއަޅާނެ ކަމުގެ އިންޒާރާއެކު އެމެރިކާއާއި އީރާނުން ރޯމްގައި ފަށަން ރާވާފައިވާ ނިއުކްލިއަރ މަޝްވަރާތަކަށް އެއްދުވަހަށްވެފައި ވަނިކޮށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިގެ ފަތްކޮޅަކާއެކު އެ ގައުމުގެ ޚާރިޖީ ވަޒީރު، ރަޝިޔާގެ ރައީސް އަރިހަށް ފޮނުއްވައިފިއެވެ. ރަޝިޔާއަކީ އީރާނާއި ވަރަށް އެކުވެރި ގައުމެކެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއާއި ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ބާރުގައި ޔޫ އެން ސެކިއުރިޓީ ކައުންސިލް ފާސްކުރަން މަސައްކަތްކުރާ ކޮންމެ ގަރާރެއް […]

ހިޔާ ޓަވަރު ސަރަހައްދުގައި އިތުރު މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވަނީ

ހިޔާ ޓަވަރު ސަރަހައްދުގައި އިތުރު މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މިއަހަރު ހުޅުވާނެ ކަމަށެވެ. އަދި ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ ހުރިހާ މިސްކިތްތަކެއް ނިމުމަކަށް ގެނައުން ކަމަށެވެ. އެގޮތުން އަލަށް ހުޅުވަން ނިންމާފައި ވަނީ 3 ބުރީގެ ދާއިމީ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. […]

ޗައިނާއަށް ނަފްރަތު ކުރިއަސް ޗައިނާގެ އުފެއްދުމަކާ ނުލައި ދިރިއުޅުން ފުރިހަމަ ނުވެއެވެ.

އެމެރިކާއާއި ޗައިނާގެ ވިޔަފާރި ހަނގުރާމަ ހޫނުވަމުންދާ މިވަގުތުގައި ރައީސް ޓްރަމްޕްގެ ޕްރެސް ސެކްރެޓްރީ 27 އަހަރުގެ ކެރޯލީން ލީވިޓް ޗައިނާގެ ކުންފުންޏަކުން ފަރުމާކޮށްފައިވާ ރަތްކުލައިގެ ހެދުމެއް ލައިގެން ހުރުމުން ސޯޝަލް މީޑިއާތަކުގެ ރަތް ސުރުޚީއަށް ވެގެން ހިނގައްޖެއެވެ. އެކަމަނާ ކަޅުކުލައިގެ ފަށެއް އަޅާފައިހުރި ރަތްކުލައިގެ އެ ހެދުން ލައްވައިގެން ހުންނެވި ފޮޓޯ އެމެރިކާގައި ހުންނަވާ ޗައިނާ ސަފީރު ޒާންގް ޒިޝާނަށް ފެނިވަޑައިގަތުމުން ވެއިބޯގެ ސްކްރީންޝޮޓަކާއެކު އެކްސްގައި ޕޯސްޓް ކުރެއްވީ ކަމަށް ވެއެވެ. ވެއިބޯ ބޭނުންކުރާމީހުން ހަމަވަގުތުން އެއީ […]

ތުރުކީއާ ރާއްޖެއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ތުރުކީއާ ރާއްޖެއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، އިސްތަންބޫލްގައި ތިއްބަވާ ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެ އާއި ތުރުކީއާ […]

ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް އަންހެނަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮފް ޒުވާން އަންހެނަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ، ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 7:23 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އީރާނުގެ ޔުރޭނިއަމް 3 ވަނަ ގައުމަކަށް ގެންދިއުމަށް އީރާނުން އެއްބަސްވުން ވަރަށް ދުރު

އެމެރިކާއާއި އީރާނުން މާދަމާ ފަށަން ގަސްދުކުރާ އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ ވާހަކަ ތަކުގައި އެމެރިކާއިން ކިތަންމެ ވަރަކަށް ފިއްތުން ކުރިމަތި ކުރި ކަމުގައި ވިޔަސް އީރާނުން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް 3 ވަނަ ގައުމަކަށް ގެންދަން އީރާނުން އެއްބަސްވުން ވަރަށް ދުރު ކަމުގައި ޑީ ޕީ އޭ ގެ ޑިޕްލޯމެޓިކް އެޑިޓަރ ޕެޓްރިކް ވިންޓުއަރ ބުނެފިއެވެ. އެމެރިކާއިން ބުނެފައިވަނީ އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް  ރަޝިޔާފަދަ ގައުމަކަށްގެންގޮސްގެން ނަމަވެސް އޭގެ ފެންވަރު މަދަނީ ވިންގަނޑަށް ދަށްކުރަން ޖެހޭނެ ކަމަށެވެ. […]

އިންޑިއާ ދެފަޅިވަޅިވަމުންދާތީ ޖިއޯލޮޖިސްޓުންގެ އިންޒާރު

މި ރިޕޯރޓްގައި ބުނެފައިވާ ހޯދުންތައް ދެނެގަނެފައިވާ ނަމަވެސް މޮނާޝް ޔުނިވަރސިޓީގެ ޖިއޯޑައިނަމިސްޓް ފެބިއޯ ކެޕިޓާނިއޯ ބުނެފައިވަނީ މިހާރު ލިބިފައިވާ ޑޭޓާތައް ފުރިހަމަނުވާތީ އިތުރަށް ދިރާސާކޮށް ގިނަ މައުލޫމާތުތަކެއް ހޯދަން ބޭނުންވާކަމަށެވެ. ކިއުންތެރިންގެ ސަމާލު ކަމަށްޓަކައި މިކަން ފާހަގަކޮށްލީއެވެ.         ސަންދާނު ކިއުންތެރިންނަށް އަޅުގަނޑުމެން މިގެނެސްދެނީ އެމެރިކަން ޖިއޯފިޒިކަލް ޔުނިއަނުން އިންޑިއަން ޓެކްޓޯނިކް ޕްލޭޓް ދެ ފަޅިވުމުގެ ނިޝާންތައް ފެންނަމުންދާތީ މި ސަރަހައްދުގެ ޖިއޯލޮޖިކަލް ލޭންޑް ސްކޭޕަށް އަތުވްދާނެ ބަދަލުތަކާބެހޭގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯރޓެއްގެ އުސްއަލިތަކެއްގެ ޚުލާސާއެކެވެ. އިންޑިއަން […]