ސިހުރު ހަދާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ބާރަށުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

ހއ. ބާރަށުގައި ސިހުރު ހަދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތާކައި ގުޅިގެން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެރަށު 8 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. މި މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާ […]

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާއަޅައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމް.އައި.އެފް.ސީ) ގެ ބިންގާއަޅައިފިއެވެ. މިއަދު ބޭއްވި އެ އިމާރާތުގެ ބިންގާއެޅުމުގައި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވައިފިއެވެ. ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީ ބިނާ އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އެވެ. އެމް.ބީ.އެސް. ގްލޯބަލް އިންވެސްޓްމަންޓްސް […]

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވުމުން އެކްސިޑެންޓުވެއްޖެ!

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަައިގައި މެއި 4 ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާ މަންޒިލް، ނާޝާދު ވަލީދު މުޙައްމަދު […]

ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން އެމެރިކާއިން ކުރާ މަސައްކަތް ރަޝިޔާގެ ކޮޅަށް ބުރަވެފައި

މިފަހަރު މަޝްވަރާތައް ކުރެވިފައިވަނީ އެއްކޮޅުން ސެއިންޓް ޕީޓަރސްގެ ޝަރަފްވެރި ބެސިލިކާގައެވެ. އަނެއްކޮޅުން ދުނިޔޭގެ ސުޕަރޕަވަރ ރަމްޒުކޮށްދޭ ވައިޓްހައުސްގެ އޯވަލް އޮފީހުގައެވެ. ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް ކުރެވެމުންދާ މި މަޝްވަރާތައް ފެންނަ ފެނުމުގައި ރަޝިޔާގެ ކޮޅަށް މާބޮޑަށް އޮންނަނީ ބުރަވެފައެވެ. މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި ކަންތައްތައް ގޯސްކުރައްވަނީ ރައީސް ޒެލެންސްކީ ކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް ގެންދަވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވަމުންނެވެ. އަދި ހަނގުރާމަ ހުއްޓުވައި ސުލްހަވެރި ކަން ކަށަވަރު ކުރުމަށްޓަކައި ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް […]

ތަޢުލީމާއި ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށްދޭން ޖެހޭ: ޝާހިދު

ތަޢުލީމާއި ތަޖުރިބާއާ އެއްފަދަ މުސާރައެއް ކޮންމެ މަސައްކަތްތެރިއަކަށްވެސް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދު ވިދާޅުވީ މަސައްކަތްތެރިންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ޙައްޤުތަކުގެ ކަށަވަރުކަމާ، އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ އަސާސީ ހައްޤުތައް ޔަޤީންކުރެވި، ”މުސާރައިގެ އެއްހަމަކަން“ […]

ޑުރަގު ވިޔަފާރިން ހޯދި ކަމަށް ބެލެވޭ 40،000 ރުފިޔާއާއެކު 2 މީހަކު ހައްޔަރަށް!

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ބެލެވޭ 40،000 އަށް ވުރެ ގިނަ ރުފިޔާއާ އެކު ހުޅުމާލެއިން ދެ މީހަކު ރޭ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ 2025 އޭޕްރިލް 30 ވަނަ ދުވަހުގެ ރޭ 6:52 އެހައިކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވަމަށް ފަހު ކަމަށެވެ. ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހމ. ފްލެޓް ނަންބަރު 04-ޖީ-10 […]

ނޭޝަނަލް ސަރވިސްގެ ޚިދުމަތުގައި ބައިވެރިވުމުގެ ފުރުޞަތު މިރޭ ހުޅުވާލަނީ

މޯލްޑިވްސް ނޭޝަނަލް ސަރވިސްގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން މިރޭ ހުޅުވާލަން ނިންމައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެއްވަމުން ގެންދަވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މޯލްޑިވްސް ނޭޝަނަލް ސަރވިސް ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށަން […]

ކާބޯތަކެތި އިސްތިހާރު ކުރުމުގެ ގަވައިދު އަލުން އިސްލާހުކުރަނީ

ކާބޯތަކެތި އިސްތިހާރު ކުރުމުގެ ގަވައިދު އަލުން އިސްލާހުކުރަން ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވިދާޅުވީ، ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވާއިދާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އެގޮތުން މި ގަވާއިދު ތަންފީޒުކުރުމުގައި ވެސް ދަތިތަކެއް ވާ ކަން ފާހަގަކުރައްވާ, އެކަންތަކަށް ރިޢާޔަތްކޮށް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒާހިރު […]

ދިވެހި މަސްވެރިންނަކީ މިހާރު ދައުލަތުން ދަންނަ ބަޔަކަށް ވެއްޖެ: ޝިޔާމް

ދިވެހި މަސްވެރިންނަކީ މިހާރު ދިވެހި ދައުލަތުން ދަންނަ ބަޔަކަށް ވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް ވިދާޅުވީ މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ރަހުނަކާ ނުލައި 300،000 ރުފިޔާއާއި ހަމައަށް މަސްވެރިންނަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމަށްފަހު ވާހަކަދައްކަވަމުންނެވެ. އެގޮތުން ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް […]

ރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމް މާލެޝިޔާގައި ބާއްވައިފި

ދިވެހިރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމް މާލެޝިޔާގައި ބާއްވައިފިއެވެ. އިއްޔެ ބޭއްވި އެ ފޯރަމްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދެ ޤައުމުގެ ސަރުކާރުގެ އިސް ވަޒީރުންނާއި، ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމެއް މެލޭޝިޔާގައި ބޭއްވިގެން ދިއުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުންތައް ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. […]