ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ހަދައިފިއެވެ. ބޮޑެތި ޒަހަމްތަަކަކާއެކު ހޮޅުދޫގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަގޭ ޒަކިއްޔާ މޫސާ 50އ ގެ ހަށިގަނޑު ތަހުލީލުތައް ކުރުމަށްފަހު އަނބުރާ އެ ރަށަށް ގެންގޮސް ވަޅުލީ އޮޓޮޕްސީ ނަހަދައެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ ގައިގައި ބޮޑެތި ޒަހަމަތަކެއް ހުރިއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށް […]

ފޮރިން މިނިސްޓަރު ޚަލީލް މޯލްޓާއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މޯލްޓާއަށް ވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި ރާއްޖެއާއި މޯލްޓާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުުރުމަށް ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި ހިޔާލު ބަދަލު ކުރާނެ ކަމަށެވެ. އެގޮތުން ތިމާވެށި ހިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި ވިޔަފާރިއާއި ފަތުރުވެރިކަމާއި ގުޅޭ ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރާނެއެވެ. މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި މޯލްޓާގެ […]

ރާއްޖޭގައި އުފައްދާ ލޮނު ޖަޕާނަށް އެކްޕޯސްޓު ކުރާނެ

ރާއްޖޭގައި ތަރައްޤީކުރި ލޮނު ފެކްޓަރީގައި އުފައްދާ ލޮނު ޖަޕާނަށް އެކްޕޯސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރާއްޖޭގައި ލޮނު އުފައްދާ ފެކްޓަރީއެއް ތަރައްޤީ ކޮށްފައި ވަނީ ހއ. ދިއްދޫގައެވެ. އަދި މިއީ ރާއްޖޭގައި ތަރައްގީކުރި ލޮނު އުފައްދާ މިފަދަ ފުރަތަމަ ފެކްޓަރީއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް ހުޅުވުނު ލޮނު ފެކްޓްރީ އިއްޔެ އެ ރަށުގައި ހުޅުވާފައިވާ ކަމަށެވެ. އެ ފެކްޓަރީއަކީ އެ ރަށު ކައުންސިލާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ހުޅުވި […]

އަވަށްޓެރި ދައްތަގެ ހަދިޔާ

އަހަރެންގެ ނަމަކީ ލީސާއެވެ.އަހަރެންގެ ގެޔާ ޖެހިގެން ހުރި ގޭގައި އުމުރުން ދުވަސްވީ އަންހެނަކު އުޅުނެވެ.އޭނާގެ ބޮޑެތިވެފައިތިބި ދެއަންހެން ދަރިންނާއި ދެފިރިހެން ދަރިން ތިބި ނަމަވެސް އެއިން އެއްކުއްޖަކުވެސް އޭނާޔަށް އެގޮތަކަށްވެސް އަޅާލައެއް ނުހަދައެވެ. ގެޔަކީ މަތީފަންތީގެ ގެޔެކެވެ. ގެރީތި ވެފައި ފުރިހަމަ ނަމަވެސް ގެބަލަހައްޓަން ނޯކަރަކުވެސް ނުހުރެއެވެ. އެމީހެއްގެ ކޮޓަރީގައި އެމީހަކު އުޅެނީއެވެ.މަންމަ އިންނަނީ އެންމެ ތިރީގައެވެ. އަމިއްލަޔަށް އެއްޗެއް ރޯފިލުވޭ ފަހަރަކު ކައިގެންނެވެ.ރޯފިލުވޭ ވަރުނުވާނަމަ ނުކައެވެ. މަންމަ އިނީ ކައިގެންތޯ ނުކައިތޯވެސް ބަލާލާ ދަރިޔަކު ނޫޅެއެވެ.އަހަރެން […]

ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ޝަހީދު، ޢައްޔަންކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ ޙުސައިން ޝަހީދު، މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު، މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވިރަސްމިއްޔާތެއްގައެވެ. ފަނޑިޔާރު ޝަހީދު، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޝަހީދުއަށް ލައިދެއްވީ، […]

ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ފުލުހުން އެދިއްޖެ

ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. އެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިއަދު ވަނީ ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ އެމްއެމްއޭގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފައެވެ. އެގޮތުން ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ފާހަގަކުރެއެވެ. ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދާދި ފަހުން ވަނީ ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން […]

ހޯނޑެއްދޫގެ އިހުތިސާސުން ”ކަޑެވާރެހާ“ ވަކިކޮށްފި

އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިޚްތިޞާޞުން އެރަށް ވަކިކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ގދ. ހޯނޑެއްދޫގެ އިޚްތިޞާޞަށް އެ ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައިވާ ކަމަށެވެ. ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، އެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. ރައީސް މުޢިއްޒު މި ނިންމުން ނިންމަވާފައި ވަނީ، ޤާނޫނު ނަންބަރު 7/2010 […]

ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކޮށްފި

ޝަރީއަތް ނިމެންދެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކޮށްފިއެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޝަމްއާން މަޤާމުން ވަކިކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން އޭރު ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި […]

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް!

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34އ) އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން […]

ކެފޭއެއް ބަލައި ފާސްކޮށް 11 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

 މާލޭގެ ކެފޭއެއް ބަލައިފާސްކޮށް، 11 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ރޭ ބުނީ ގަވާއިދާ ހިލާފަށް ރާއެްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި، ރޭ މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިއަ އެ ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައި ވެއެވެ. އިމިގްރޭޝަނުން ރޭ ބަލާ ފާސްކޮށްފައި ވާ […]