ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި އުޅޭތާ 15 އަހަރު ވުމުން

މާލެ ސަރަހައްދުން މި ސަރުކާރުން ދޫކުރަން ތައްޔާރުވަމުން އަންނަ ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް މެދުނުކެނޑި އުޅުމުން ކަމަށް އެ އުސޫލުގައި ހިމަނައިފި އެވެ.
ނިއުޔޯކްގެ މޭޔަރު ޛަހުރާން މަމްދާނީ އަށް ލިބިދޭ އިޚްތިޔާރުތަކަކީ ކޮބާ؟

ދުނިޔޭގެ މުހިންމު ސިޓީތަކުގެ ތެރޭގައި ހިމެނޭ ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ފުރަތަމަފަހަރަށް އިންތިޚާބުކުރެވުނު އެންމެ އުމުރުން ހަގު މުސްލިމް މޭޔަރު ޛަހުރާން މަމްދާނީ މޭޔަރުކަން ހޯއްދެވީ ޓްރަމްޕް އާއި ބިލިއަނަރު އެލަން މިސްކު އެމަނިކުފާނާއި ދެކޮޅަށް ފާޅުގައި ކުރި ކެމްޕޭން ކާމިޔާބު ކުރައްވައިގެން 10 ލައްކައަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެނެވެ. 1 ޖެނުއަރީ ގައި ހުވާ ކުރެއްވުމަށް ފަހު އެމެރިކާގެ އެންމެ ބޮޑު ސިޓީންކުރެ އެއް ސިޓީގެ ޗީފް އެގްޒެކިޓިޔު އަކަށް އެމަނިކުފާން ވެވަޑައިގަންނަވާނެއެވެ. 85 ލައްކަ […]
އިސްރާއީލު ފަޟީޙަތާއި ބަދުނާމީގެ ބޮޑު ސިހުމެއްގެ ތެރެއަށް

ފާއިތުވެދިޔަ ހަފުތާއާ ހަމަޔަށްވެސް މޭޖަރ ޖެނެރަލް ޔިފާތު ތޯމަރ ޔެރުޝަލްމީއަކީ އިސްރާއީލުގެ މިލިޓްރީ އެންމެ އިސް އެޑްވޮކޭޓް ޖެނެރަލްއެވެ. އެކަމަކު މިއަދު އެކަމަނާ ހުރީ އިސްރާއީލު ބޮޑު ސިހުމެއްގެ ތެރެއަށް ވެއްޓި އެފުށް މިފުށަށް ޖެހެމުންދާ ފަޟީހަތާއި ބަދުނާމުގެ ތެރޭގައި ޖަލުގައި ބަންދުކޮށްފައެވެ. މި ބަދުނާމްގެ ތެރޭގައި ކުއްލިއަކަށް އެކަމަނާ އިސްތިއުފާދީފައި އިސްރާއީލުގެ ބިޔަ ދުރުމިން ކުޑަދުވަސްކޮޅަކަށް ނަމަވެސް ގެއްލިގެން ދިޔައެވެ. އެންމެފަހުން އިސްރާއީލު ސަރުކާރުގެ ކެމެރާއަށް އެކަމަނާ އަރާފައިވަނީ ތެލްއަވީވްގެ ބީޗަކުންނެވެ.އިސްރާއީލަށް މިއައި ހެލުންގަނޑުގެ ސަބަބެއްކަމުގައިވެފައިވަނީ […]
މިއީ ޖަޕާނަށް އެންމެ ރަނގަޅުގޮތް: އެމެރިކާއާއި ދެެކޮޅުވެރިކަމެއް ނެތެވެ.

އެމެރިކާއިން އެ ގައުމު ބަލަހައްޓާށެވެ. ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަން އަހަރެމެނަށް ދޫކޮށްލާށވެ. މިއީ ޖަޕާނަށްޓަކައި އަހަރެމެންގެ ނިންމުމެވެ. މި ހިނގާ އޮކްޓޯބަރމަހު އިންތިޚާބު ކާމިޔާބު ކުރައްވައި ޖަޕާނުގެ ތާރީޚުގައި ފުރަތަމަފަހަރަށް ބޮޑުވަޒީރު ކަމުގެ މަގާމު ލިބި ވަޑައިގެންނެވި އަންހެން ބޭފުޅާ އުމުރުފުޅުން 64 އަހަރުގެ ސަނާއި ތަކައިޗީ އާއި ދޭތެރޭ ކުރިން ބެލެވިފައިއޮތީ އެކަމަނާ ވެގެންދާނީ ކޮންޒަވޭޓިވް އުސޫލުތަށް ތަބާވެ ވަޑައިގެންނަވާ އެކަމަކު ހުޅަނގުގެ ގައުމުތަކާއި ގާތް ސިޔާސަތެއް ގެންގުޅުއްވާނެ ބޭފުޅެއް ކަމަށެވެ. އަދި ޖަޕާނުގެ މިލިޓްރީ […]
ވިލުފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ވިލުފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވިލުފުށި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. […]
ސްކޫލް ކައުންސެލަރުންނަށް ޙާއްޞަ ވޯކްޝޮޕެއް ބާއްވައިފި

”ސްކިލްސް ފޮރ ބިލްޑިންގ އިމޯޝަނަލް ސްޓްރެންތު“ ގެ ނަމުގައި ސްކޫލުތަކުގެ ކައުންސެލަރުންނަށް ޚާއްޞަ ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ ތާޖުއްދީން ސްކޫލުގައެވެ. މި ވޯކްޝޮޕް އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި, ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތް (އެންސީއެމްއެޗް) އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ. އަދި އެ ވޯކްޝޮޕްގެ ސެޝަންތައް ނަގައިދީފައި ވަނީ އެންސީއެމްއެޗްގެ ފަރާތުން, އެ ދާއިރާގެ މާހިރުންނެވެ. މި ވޯކްޝޮޕްގައި މާލޭ ސަރަޙައްދުގެ އެކި ސްކޫލުތަކުން ޖުމްލަ 25 ކައުންސެލަރުން […]
ގަލޮޅު ސިޓީ ޕާރކުގެ ފޭސް 2 ގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ނިމިއްޖެ

ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޭސް 2 ގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މި ޕާކުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރ މަހުގެ ނިޔަލަށް ނިންމުމަށް، ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ”މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ […]
ނ.ޢ.ޢ.ވ. ޙަސަން ޞާބިރުގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފި

ދިވެހި ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޙަސަން ޞާބިރުގެ ހަށިކޮޅު މިއަދުގެ އަސުރު ނަމާދަށްފަހު، ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައި ފަސްދާނުލައިފިއެވެ. އާލާސްކަންފުޅަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އެމަނިކުފާނު އަވަހާރަވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 73 އަހަރެވެ. އެ މަނިކުފާނުގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޙަސަން ޞާބިރު ވަނީ 38 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް […]
ރެޑްސީން ދަތުރުކުރާ ބޯޓުފަހަރަށް އެހީ ފޯރުކޮށްދެވޭނެ ވަސީލަތެއް ޔޫރަޕުގެ ގައުމުތަކުގައި ނެތް

ހޫތީ މުޖާހިދުންގެ ހަމަލާތައް އަލުން ފެށުމާއެކު ޖެހިޖެހިގެން 2 ބޯޓު ވަނީ ފައްތާލާފައެވެ. ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަރަކާތްތެރިވަމުންގެންދާ ޔޫރަޕިއަން ޑިފެންސްގެ ކޮމާންޑަރ ރެއަރ އެޑްމިރަލް ވަސިލޯސް ރިޕަރިސް ބުނެފައިވަނީ އެއިން އެއްވެސް ބޯޓަކުން އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެދިފައި ނުވާކަމަށެވެ. އަދި ރެޑް ސީގެ ތެރެއިން ދަތުރުކުރާ ބޯޓުފަހަރަށް ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދެވިދާނެ މިންވަރަށް ޔޫރަޕްގެ ގައުމުތަކުގައި މަނަވަރުވެސް ދޫކުރެވެން ނެތް ކަމަށެވެ. ޔޫރަޕްގެ މިޝަނުން ބަލަމުން ގެންދަނީ ދިފާއީ ގޮތުން ފޯރުކޮށްދެވިދާނެ އެހީތަކަށެވެ. އެ […]
ހުޅުމާލޭގައި ހުންނަ އެންސިސް ގުދަނުގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48ހާއިރު ކަމަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި މި ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.